ރާާއްޖޭގެ ކަންތަކުގެ ތެރެއަށް އިންޑިއާއިން ނުވަންނަން ނިންމި ނިންމުމަކީ ވަރަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށް އިންޑިއާގެ އަސްކަރިއްޔާގެ ޗީފް ކަމަށްވާ ޖެނެރަލް ބިޕިން ރަވަތް ވިދާޅުވެއްޖެއެވެ.
ޖެނެރަލް ބިޕިން މިހެން ވިދާޅުވީ ފެބްރުއަރީ 4 ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވުން ރަނގަޅު ކަމާމެދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖެނެރަލް ބިޕިން ވިދާޅުވީ ސިފައިން ނުފޮނުވަން ނިންމި ނިންމުމަކީ ވަރަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށާއި ނަމަވެސް އެ ނިންމުގެ ރަނގަޅުކަން އެނގޭނީ މުސްތަގުބަލުގައި ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ކަންކަމާ މެދު އިންޑިއާއިން ވިސްނާފައި ނިންމީ އިންޑިއާއަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރާއްޖެއަށް އިންޑިއާގެ ސިފައިން އެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުވަތު ދީފައެވެ. އެކަމާ ގުޅިގެން ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައެވެ.
މީގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވަން އުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުންވެސް ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއަށް ނާރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.
ކޮބަ ޖަމީލު މިވެރިން ނައްހީވަނީ މިވެރިން ވަރުގެ ބައެއް ނެތްކަމައް.
ނުޖެހޭ ވައްނާކަށް
މިހާރު ވިސްނާ ބަޔަކަށް އިބުރަތެއް ވާކަން ކަށަވަރު . ވެރިކަމާހެދި ގައުމު ވިއްކާލަންނުވަތަ ގައުމު ބަނޑަށްޖައްސަން ނުވަތަ މިނިވަންކަން ނަގާލަންވެސް ތައްޔާރުވެ ތިބި ބަޔަކު ގައުމުގާ ތިބިކަމާ . އެމީހުންނަކީގައުމުގެ ހާއިނުންތަކެއްކަން އިންޑިޔާއިން ދަނެގެންފި ތިމާގެ ސިކުނޑީގަ ގައުމަށް ވަފާތެރި އިހްލާސްތެރި އަދި ގައުމުގެ ދީނާމެދު ވިސްނާ ފިކުރު ކުރާމީހަކު ކާފަރު ބަޔަކު ގެ އަތްދަށަށް މިގައު ދިއުމަކަށް ނޭދޭނެ. މިފަދަ މީހަކަށް މިގައުމުގެ ވެރކަންދޭން ބަޔަކު އުޅުނަސް މާތްﷲ އެކަން މިންވަރު ނުކުރައްވާށި .އާމީން.
ޗައިނާ ދެކެ ގަންނަ ބިރުން. ކޮން ވިސްނުމެއް
ޗައިނާ ދެކެ ގަންނަ ބިރުން. ކޮން ވިސްނުމެއް..