މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިސްނަގައިން ކުރިއަށް ގެންދާ ހަފްތާބަންދު ބާޒާރު، "ހަފްތާރެސް" ގައި އެނަރޖީ ޑްރިންކާއި، ކާބޯނޭޓެޑް ބުއިންތައް އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓަރު އަހުމަދު މަހުލޫފު އެވެ.

މިއަދު ހަވީރާއި މުރޭ ރަސްފަންނު ސަރަޙައްދުގައި ކުރިއަށްދާ ހަފްތާރެސްގައި ތަފާތު ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ. ޔޫތު މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތުގައި ހުނަރު ދައްކާލުމުގެ ޝޯވ އަކާއި ފުޑް ފެސްޓިވަލެއް އަދި ލޯކަލް މާކެޓެއްވެސް ކުރިއަށް ދާނެއެވެ.

ހަވީރުގެ ވަގުތުގައި ކުރިއަށް ގޮސްފައިވަނީ ހަފްތާރެސްގެ ކުޑަކުދިންގެ ހަވީރެވެ.

މި ހަރަކާތުގައި މިއުޒިކުގެ ހަރަކާތްތައް ކުރިއަށް ގެންދާތީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މި ހަރަކާތްތައް ކުރިއަށް ގެންދާނީ "ހައްދުން ނުނެއްޓި" ކަމުގައެވެ.

މިރޭގެ ޝޯވ ގައި ސުނީތާ އާއި ޝަލަބީ އަދި އެހެން ބައެއް ފަންނާނުންވެސް ބައިވެރިވެއެވެ. އަދި ޑީޖޭގެ ހަރަކާތްތައްވެސް ކުރިއަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚިޔާލު

    ޢިސްލާމްދީނުގައި މިއުޒިކު ހުއްދަވުމުގައި ވަކި ހަައްދެއް ކަނޑަ އަޅާފައި އޮވޭބާ؟

  2. އެލެކްސް

    ހުއްދަވާނީ ގަންޖާ އާއި ބަނގު އާވި ތޯ؟