ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާތީ ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރެޑިކަލް ޕާޓީގެ ވިސްނުމާމެދު ސުވާލު އުފައްދަވާ މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިކްޝަނަރީގައި "ރެޑިކަލް" އަކީ ހައްދުފަހަނައަޅައި ދިއުމުގެ ވިސްނުން ގެންގުޅޭ މީހުންނަށް ކިޔާ ނަމެއް ކަމަށާއި އަޅުގަނޑުމެންނަށް ދަސްވެފައި ވަނީ މެދުމިންވަރާއި ހެޔޮ މިންވަރު ކަމަށް މާރިޔާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް ހުއްދަ ދީފައިވަނީ ޏ ފުވައްމުލަކު ފުނާޑް މުސްތަރީގޭ އަހުމަދު ބަދީއު އަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިން ރެޑިކަލް ޕާޓީ އޮފް މޯލްޑިވްސް އަކީ ކުރިން ގްރޭޓް ގްރީން ކަނެކްޝަންގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅި ފަރާތުން އެނަން މުރާޖައާ ކުރުމަށްފަހު ހުށަހެޅި ނަމެކެވެ.

އެންމެ ފަހުން އިލެކްޝަނުން ހުއްދަ ދީފައިވާ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް މިހާރު ވަނީ 3000 މެމްބަރުން ހަމަކޮށްފައިވާކަން އިއުލާން ކޮށްފައެވެ.

އިލެކްޝަނުން ޕާޓީ އުފެއްދުމަށް ހުއްދަދީފައި ވަނީ ފަސް ޕާޓީއަކަށެވެ. އަދި މިވަގުތު ހަތް ޕާޓީއެއް އިލެކްޝަނުގައި ވަނީ ރަޖިސްތްރީ ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަހާންގީރު

    ނަމުން ވާ ކަމެއް އޮވޭތަ . މުހައްމަދު ނަޝީދުއޭކިޔާކަލޭގެ އެއީ ފައްކާ ކާރެއް

  2. ޓެކުސް

    ކަލެޔާ ކޮންބެހޭކަމެއް ރެޑިކަލްޕާޓީ އުފައްދަން ދެކޮޅުހަދަންޏާ ޖެޒުއިޓު ޕާޓީ ހަދަން ކަލޭ އޯކޭވާނެތާދޯ.

  3. ރާއްޖެ

    މާރިޔާ ދެންފަހަރަކުންވެސް އާބަން ޑިކްޝަނަރީ އާއި ވިކިޕީޑިއާ އިން ރިފަރެންސް ނުނަގާތި. ނަސޭހަތެއް.

  4. ޝާހް،ވާދޫ

    ދެން އެމްޑީޕީގެ ނަން ކަލެޔަށް އޯކޭވެ ދީނާ ދިމާއިދިކޮޅަށް ދީނަށް ފުރައްސާރަކަށް އުޅޭމީހުން ހިމާޔަތްކޮށް މިފަސްގަނޑު ފިތުނަ ކުރާއިރުއޯ؟ އަދި ކަލޭ މަޖިލީހުގެ ހުރުމަތްކަނޑާ، ގާނޫނުމަށްޗަށް ކޮޅަށްއރިއިރު އެ ކަލެޔަށް އޯކޭދޯ؟ ހަމައިގަ ހުރެގެން އަނގައަރުވަބަލަ!

  5. އާއިޝަތު ޙައިފާ

    ފެންނުވަރާ ދަތް ނޫގުޅާ މަތިހަދާލައިގެން އުޅޭ މާރިޔާ އަށް ވެދުން ސަލާމަށް ފަހު ބުނަން ހަޖަމު ވިޔަސް ނުވިޔަސް މި ރާއްޖޭގައި ޔާމީން އަބްދުލް ޤައްޔޫމް އަށް އޮތް ތާއީދު ކުޑަ އެއް ނޫން... މަރިޔާމެން ތީ ދެއްކުން ތެރި ކަމުގައި މެދުމިނާ ހެޔޮމިން އޮޅިގެން ހައްދުފަހަނަ އަޅައި ގޮސްފައިވާ ބައެއް.........

    • ނަބީހާ

      ހައިފާ. އަށް ސަލަމް . ތޮއޮތީ ހަޖަމުވެފަ. ބޮޑުވަގަށް ތިއޮތީ ވަރަށް ތައީދު ލިބިފަ. ފެނިއްޖެއެއްނު ލިބިފަ އޮތް ތާއީދު.

  6. ނުރަބޯ

    އާދެ އާދެ މާތްކަމަނާ ބުނާކަށް އެމްޑީޕީއަކީ ވަރަށްމެދުމިނުގެ ބައެއް.
    އެހެންވެގެންތާ ގާނޫނު އަސާސީ ބިން މައްޗަށް ވައްޓާލާފަ އެއަށް ފައިން އަރަނީ.....!!!

  7. ބޮއްބޮ

    ލައްބަ އާދެ އެމްޑީޕީ ޑިމޮކްރެޓިކް ކަން ބޮޑުކަމުންތޯ ވަގުވޯޓުން ވެރިކަން ފޭރިގަތީ......!!!