ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިނިސްޓަރު ކަމުގައި ހުންނެވި އިރު ފިސްތޯލައެއް ހޯއްދަވަން އުޅުއްވި ކަން ދޭހަވާ ސިޓީއެއް މީސް މީޑިއާގައި އާންމު ވެއްޖެއެވެ.

މިނިސްޓަރު އުމަރު އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމަށް ފޮނުވި ކަމަށް ބުނާ ސިއްރު ސިޓީގައި ވަނީ އުމަރަށް ހަމަލާއެއް ދިނުމަށް ރޭވެމުންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ކަނޑިން ހަމަލާއެއް ދީފިނަމަ އޭނާގެ ސެކިއުރިޓީންނަށް އެކަން ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ސިޓީގައި ވެއެވެ.

އެހެންކަމުން ދެގޮތަކުން ކުރެ ގޮތަކަށް ކަންތައް ކޮށްދެއްވުމަށް އުމަރު، ނާޒިމްގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ. ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެއް ގޮތަކީ ހަތިޔާރު އެޅި ސިފައިންގެ ބޭކަލަކު އޭނާގެ ހަށިފާރަވެރިޔަކަށް 24 ގަޑިއިރު ބެހެއްޓުމެވެ. އަދި މިގޮތުން ބަހައްޓަވާ ސިފައިންގެ ބޭފުޅާ އަތުގައި ލިޔުމުން "ޝޫޓިން އޯޑަރ" އެއް އޮންނަންވާނެ ކަމަށް ވެސް ސިޓީގައި ވެއެވެ.

ދެވަނަ ގޮތެއް ކަމަށް އުމަރު ސިޓީގައި ވިދާޅުވެފައި ވަނީ އޭނާގެ އަތައް ފިސްތޯލައެއް ދޫކުރެއްވުމެވެ.

މިކަމަށް އަވަސް ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް 2014 ވަނަ އަހަރުގެ ޖަނަވަރީ މަހު ފޮނުވި ކަމަށް ބުނާ ސިޓީގައިވެއެވެ.

މިސިޓީ އާއި ގުޅިގެން ޑިފެންސް މިނިސްޓްރީ އިން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ކަށަވަރެއް ނުވެއެވެ.

އަދި މިސިޓީ އަކީ ސައްހަ ސިޓީއެއްކަން އުމަރުގެ ފަރާތުން ވެސް ނުވަތަ ރަސްމީ އެހެން ފަރާތަކުން ވެސް މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރިޒް

    ލޮލް ހާދަ ކުރީގެ ހަބަރެއް

  2. އިންސާނާ

    ވަޒީރުކަމުގަ ހުންނެވި އިރު ފިސްްތޯލައެއް ހޯދަވަން އުޅުއްވިކަން އެނގިހުންވި ބޭފުޅަކު އެވަގުތު އެވާހަކަ ހާމަނުކުރީ ކީއްވެ ވަޒީފާގެބޮރު ދެއްތޯ އެހެންވީރު މިހާރު މީހިންނާ ބެހޭގޮތުން ދޮގުވާހަކަ ފަތުރަނީ ގިޔާމައްދުވަހުން އެފަދަ ދޮގުވާހަކަ ދައްކާމީހުންނައް ހުރިއަޒާބައް ބިރުނުގަންނަނީތޯ

  3. އަބޯ

    މިއީ މައްސަލައެއް ނޫން . ފެންނަކަމެއް ކަމާބެހޭ ފަރާތަށް ހުށަހެޅުމަކީ ގާނޫނީ ގޮތުން މިނިސްޓަރަށް ލިބިވަޑައިގަންނަވާ އިހްތިޔާރެއް. ކަނޑައަޅުއްވާފަރާތުން އެކަން ކަނޑައަޅުއްވަންޖެހޭނީ ގާނޫނުއަސާސީއާ ގާނޫނުގައިވާ ތަރަހައިގެތެރެއިން.

  4. Anonymous

    މީގަ ބުނާގޮތާއި އެއްގޮތަށް އުމަރު ފިސްގޯލައެއް ހޯދަން އުޅުއްވިކަމަށްވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ، ސިއްރު ސިޓިއެކޭ ބުންޏަސް އެސިޓީ ފޮނުވީ އެއިރު އެސިޓީ ފޮނުވަންޖެހޭ ފަރާތަށެވެ'

  5. ޢަލިތަކުރު

    ކޮބާތަ މީގަ މައްސަލައަކީ.. އެންމެނަށް ވެސް އެނގޭކަމަކީ ގޭންގް މީހުން އެންމެ ރުޅިއަންނަ މީހަކީ އުމަރުކަން.. ގޭންގް ތަކަށް ނިސްބަތްވާ ބައެއް މީހުން އަތުގަމިހާރުވެސް ބަޑި ނެތްކަމެއް ނޭނގޭ.. ބޭނުން ކުރަން އަދި ނުފަށަނީ. ބޮޑީގާޑުން އަތުގަ ބަޑިގަނޑެއް ހާ ހިސާބު ނެތުމަކީ ދައުލަތުގެ ނުކުޅެދުންތެރިކަން.. ދައްކުވާދޭ ކަމެއް. ދެރަވަރު މީ.. ދުނިޔޭގަ މިނޫނީ ނޯންނާނެ ފުލުހުން އަތުގަ ބަޑި ނެތް ގައުމެއް.

  6. ރަށްދު

    އުމަރު ވަޒީރުކަމުގަ ހުންނެވިއިރު ހައްޖަށް ދާންއުޅުނު އުމްރާޔަށް ދާންއުޅުނު އިންޑިޔާއަށްވެސް ދާންއުޅުނު ޕާކިސްތާނަށްވެސް ދާންއުޅުނު އިގިރޭސް ވިލާތަށްވެސް ދާންއުޅުނު ވަރަށްގިނަ ގައުތަކަށް ދާން އުޅުނު

  7. މަސްވެރިޔާ

    ފޭކް ސިޓީއެއް. ކީއްތޯ ކުރައްވަން ތިއުޅުއްވަނީ. އުމަރު ނުގުޑާނެ. އުމަރު ކެރިގެން ސަރުކާރު ސައިޒްކުރާނެ.

  8. ފޯއްބެ

    ސަރުކާރު ނުހިންގި ދާނެކަމަށް ބިރުގަންނަނީ މިހާ އަވަހަށް މޭ ކަރަންފެށީ.

  9. ޖޮއްބެ

    ތިޔަށް ކިޔަނީ ރީނދޫ ޕްރޮޕެގެންޑާ.

  10. އައްޑޫ މީހާ

    ޢެއްސަރުކާރުން އަނެއް ސަރުކާރު ބަދަލުވުމާއިއެކު ކުރީގެ ސަރުކާރުގަ ހުރި ހުރިހާ ސިއްރުތަކެއް ބޭޒާރުކޮށްލުމަކީ ވަރަށް ޒިންމާދާރު ކަންކުޑަ އަމަލެއް ސަރުކާރުގެ ސިއްރު ހިފެހެއްޓެންޖެހޭނެ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގަ މިފަދަކަންތަށް ކުރާ މީހުންނާއިމެދު ހަރުކަށި ފިޔަވަަޅުއަޅާ މިގައުމު ތަރައްގީ ވާވަރަކަށް މިފެންނަނީ ނާތަހުޒީބު އަމަލު

  11. ވެރިކަމޭ

    ނަސީދުގެ ވެރިކަން ވަންޓާލިއިރު ސީނުކަރަންކާ ބާގީނާޒިމުވެސް ހުރީ އުނަގަޑަން ފިސްތޯލައެއް ޖަންސަވާގެން. ކިހިނެން ނާޒިމު ފިސްތޯލަ ހޯދެންވީ.މިހާރުވެސް އެހެރީ ސޯސަލް މީޑިއާގަ ފެންނަން.

  12. ޖަހާންގިރި

    ތިޔަށް ކިޔަނީ ރީނދޫ ޕުރޮޕެގެންޑާ ވައްކަން ވޯޓު .

  13. ޕީޖޭ

    ތީގައިނެތް އެއްވެސް މައްސަލައެއް ހައްލަކީ އުމަރު..އުމަރަކީ ގަވްމަށް އިޚްލާސްތެރި ބަތަލެއް..

  14. ޙައްވަ

    ތިވާނީ ކުޅޭކުޅޭެ ބަޑިޔަކަށް.????

  15. ލައިލާ

    ޢެއީ އެއްވެސް މައްސަލައެއް ނޫން މިނިސްޓަރު ކަމުގަ ހުންނެވިއިރު ޤާނޫނު ޢިމުގެ ތެރެއިން އެކަން ކުރަން އެއޮތީ ސިޓީ ފޮނުވާފަ. ދެން ކަންކަން ނިންމަން ތިބި މީހުން އެކަން ނިންމާނީ ޤާނޫނުގެ ތަރަހައިގެ ދަށުން.