މިއަހަރު ދުނިޔޭގައި ހިނގި ބޮޑެތި ކަންތައްތައް ހިމަނައިގެން "ޓައިމްސް އޮފް އިންޑިއާ" އިން އެކުލަވާލި ލިސްޓެއްގެ އެއްވަނައިގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހު ނެރުނު އާދަޔާއި ހިލާފު އަމުރު ލިސްޓް ކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޙުކުމް ތަންފީޒު ކުރަމުން ދިޔަ ނުވަ ގައިދީއަކު ވަގުތުން މިނިވަން ކުރަން އަމުރުކޮށްފައެވެ. އަދި އޭރު މަޖިލިސް މެންބަރުކަން ގެއްލިފައިވާ ކަމަށް ނިންމާފައިވާ މެންބަރުންގެ މެންބަރުކަން ނުގެއްލޭ ކަމަށް ވެސް އަމުރުގައި ވެއެވެ.
ކުއްލިއަކަށް ނެރުނު އަމުރާއި ގުޅިގެން ގައުމު ހުއްޓުމަކަށް އައިސް، ޖިނާޢީ އަދުލުގެ ނިޒާމް އޮޅުން ބޮޅުންވެގެން ދިޔައެވެ. ނަމަވެސް އަމުރު ނެރުނުތާ ފަސް ވަނަ އަށްވީ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރިއެވެ. އަދި ސުޕްރީމް ކޯޓުން އަމުރު ބާތިލް ކުރިއެވެ.
ޝަރީޢަތެއް ކުރުމެއް ނެތި، އަޑުއެހުމެއް ވެސް ނުބާއްވާ، ކުއްލިއަކަށް ކުށްވެރިންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓަކުން އަމުރު ކުރުމަކީ މުޅި ދުނިޔެއަށް ބެލި ނަމަވެސް އަލަށް ހިނގި ކަމެކެވެ.
އިންޑިއާގެ ނޫހުން އެކުލަވާލާފައިވާ މިއަހަރު ދުނިޔޭގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ފްރާންސްގައި ހިނގަމުންދާ މުޒާހަރާތަކާއި، ޕާކިސްތާންގައި ބޭއްވި އާންމު އިންތިޚާބު ވެސް ލިސްޓް ކޮށްފައި ވެއެވެ. މީގެ އިތުރުން ދާދިފަހުން ސްރީލަންކާގައި ހިނގި ސިޔާސީ ކަންތައްތަގަނޑު ވެސް ވަނީ ލިސްޓް ކޮށްފައެވެ.
ޢެމީހުންގެ ރޭޕްތަކާއި ކަޝްމީރުގައި ހިންގާ ޖަރީމާތަކާއި ދެ ވައްތަރު ކުޅި އެވެރިންގެ ސުޕްރީމް ކޯޓުން ހުއްދަ ކުރި ވާހަކައެއް ނެތް ދޯ. ޢިންކްރެޑިބްލް ރޭޕިސްތާން.
އަދި އީސީ ލައްވާ ވޯޓުން ވައްކަން ކުރުވައިގެން ގެނައި ވަގުސަރުކާރު ވެސް ލިސްޓުކުރޭ.
ހެހެހޭ. ހިނިއަންނަނީ
އިންޑިޔާގައި ހިނގާ ރޭޕް ކުރުމާއި ކަރަޕްޝަނާއި، ޒިނޭހުރުން ހުއްދަކުރުމާއި، އެއް ޖިންސުން ގުޅުންހިންގުން ހުއްދަކުރިކުރުން ލިސްޓަކަށް ނާރާ ދެއްތޯ...
ރައީސް ޔާމީނަށް ޝުކުރުގެ ސަލާމް 2 ވަނަ އިބްރާހީމް ނާބިރު މާޝާﷲ !
ތިއަށްވުރެ މާރަނގަޅުވީސް މިއަހަރު ގެރީގެ ނަޖިސް އެންމެގިނައިން ގައިގާ އުނގުޅީ ކޮންބައެއްތޯ ބެލިއްޔާ.
އެމް އެން ޕީ އާރު ސީ ގެ ބޮޑު ޙިޔާނަތުގެ ވާހަކައެއް ނެތްތަ؟
އަވައްޓެރި ގައުމު ތަކުގައި ހަމަނުޖެހުން ހިންގާ އަވައްޓެރި ގައުމުތަކުގެ އިންޑިއާ ވިސްނުމާ އެއްގޮތައް މަސައްކަތް ނުކުރާ ފަރާތައް ރިސާރޗް އެނަލިސިސް ވިންގް މެދުވވެރިކޮއް ނައްތާލާ ވާހަކަ ނުހިމެނޭތަ؟
އިންޑިޔާ މީހުންދައްކާވާހަ ގަބޫލްކުރާނީ މޮޔަމީހުންނެވެ. މިހާރުވެސް ރާއްޖޭގެއުތުރުން އެއްއަތޮޅު ކައްވާލައިގެންއެއުޅެނީ އެއަތޮޅުގައިވެސް މަލިކާއި އެކު ގާތްގަޑަކަށް ވިއްސަކަށް ރަށް އެބައޮތެވެ.
ދެންކޯލިސަން ގޮބޮއި! ގާސިމުބޭ ބުނީހަމަތެދެއް "އަހަރެމެން އަމުރެއް"ނެރުނީމައި އެވެސްކަމަކުނުދިޔަ/ އަހަރެމެން އޭރުވެސްބުނިން ތިޔައީ ވަގުއަމުރެކޭ
ތި ކަންތައް ހިންގަން 80 މިލިއަން ޑޮލަރ ކަރަދު ކުރީ އެމީހުން
އިންޑިޔާގައި މުސްލިމުންކުރާ ޔަނިޔާ ކޮބާ!!!
އަހަރެމެންް ހަދާ ތީގެ ލިސްޓެއްގެ 1 ވަނަ އިން 100 ވަނަ އާއި ހަމަޔަށް އޮންނާނީ އިންޑިއާގެ ރޭޕް ހާދިސާތައް.
އިންސާނުންގެ ފުރާނަ އަށްވުރެ ގެރީގެ ފުރާނަ އެއީމާމާތްފުރާނައަކަށް ހެދިވާހަަކަ ވެސްހިމަނާލިނަމަ ފުރިހަމަވާނެ
ޤައުމުގެ ފަނޑިޔާރު ގެތަކުގެ ހާލަތު. ލަދުން ހަލާކު
ތިއަމުރަކީ ސޭޓުއަންހެނުންގެ ފިރިމީހާ ނެރުނު އަމުރެއްކަމައް އޭނާވަނީ ބުނެފައެވެ، އަދި ތިބުނާއަމުރެއްގެ ފަހަތުގައި ވަނީ ތި އިންޑިއާގެ ރޭވުންތެރިކަމާ ނުލަފާ އެޖެންޑާ އެެއްކަން ހަމަ ކޮންމެ ދިވެހި ރައްޔިތަކައް އެންގި ކަށަވަރުވެއެވެ،
ދަންނަވަންތޯ ހަމަ އެއަމުރު ފަހުންވެސް ނެރިފަ އެއޮތީ އަޑުއެހުންތައް ބާވައިގެން. ޢެގޮތައް އޭރު އެއަމުރުނެރުނީ ޔަމީގެ ނުފޫޒުން މީހުން ފުރޭމްކޮށްގެންކަން ގާޒީނައްވެސް އެގޭ އޭރު ގާޒީންވެސް ތިބީ ބޮލުގަ ބަޑިޖައްސާފަ އެކަމުން ށަލާމަތްވާން ވަގުތުން އޭރު ހުކުމްކުރީ.
ވޯރލްޑް ރެކޯޑެއް