އިލެކްޝަންސް ކޮމިޝަންގެ ކުލަ އާއި ލޯގޯ ބަދަލު ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކޮމިޝަން އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޮމިޝަންގެ ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަކްރަމް ވަނީ އެކަމާ މެދު އާންމުން ދެކެނީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ.

"މި ލޯގޯއަށް އިތުރު ބަދަލެއް ގެންނަން ފެނޭތޯ؟ އަޅުގަނޑުގެ ނަޒަރުގައި މި ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ޖެހޭ" އަކްރަމްގެ ޓްވީޓުގައިވެއެވެ.

އަކްރަމްގެ ޓްވީޓަށް ޖަވާބު ދިން ގިނަ މީހުން ވަނީ މިހާރުގެ ލޯގޯ އާއި ކުލަ ވެސް ބަދަލު ކުރަން ފެންނަ ކަމަށް ބުނެފަ އެވެ.

އަކްރަމް ވިދާޅުވީ ލޯގޯ ބަދަލު ކުރުމަށް އީސީއިން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަންނަ މަހު ތެރޭ އެ މަސައްކަތް ކުރަން ރާވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަސްވާ

    މަށަށް ފެންނަނީ ލޯގޯގައި ވަގުން ސިފަވާގޮތައް ތަލައެއްލާއިފައި ހަދަން މިގޮތް ވަރަށްސަޅިވާނެ އަދި ލޯގޯގެ ތެރެޣައި މިގަރުނުގެ އެންމެބޮޑުވަގު މިހެންލިފައި ލޯގާ ފަރުމާކުރަން! އޭރުން ވަރަށް ސަޅިވާނެ ވަގޫ ސަރިފޫ

  2. ޞވ

    ލޯގޯނޫބަދަލުވާއްވިބަދަލުވާއްވީ ބޮޑޮއްތިބި

    މަކަރުވެރި ފަސްމީހު

  3. ރުޒާނާ ޗޮއްޕަޓު

    އެއްކޮޅަށް ބަރު ތިލަފަތެއް ރަނގަޅުވާނެ.

  4. އަހްމަދު

    ތިޔަލޯގޯ ބަދަލުކުރަންމާބޮޑައްވެސް ލަސްވެއްޖެ ލޯގޯއަކަށް ހަދަންވީ ދިވެހިނޫޓު

  5. ތޯމަރާ

    ތިލޯގޯއަށް އެއްހާސް ރުފިޔާގެ ނޫޓެއް ރަގަޅު ވާނެ

  6. ސުމްބުލި

    ކަޅު ފައިސާ ޖަހާލީމަ އޯކޭ ވާނެ