ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ފައިސާ ހަދިޔާ ކުރެއްވި ބައެއް ބޭފުޅުންގެ މައުލޫމާތު "ރާއްޖެޓީވީ" އިން ހާމަކޮށްފިއެވެ.

"ރާއްޖެޓީވީ" އިން ބުނީ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޔާމީން 22.5 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމަށެވެ. އެ މަނިކުފާނަށް ވަކިވަކި ފަރުދުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދެއްވާފައި ވަނީ ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝިދު (ކާނަލް ނަޝީދު) ކަމަށާއި ނަޝީދު އަށް މިލިއަން ރުފިޔާ ދެއްވާފައިވާއިރު، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު ތިން މިލިއަން ރުފިޔާ އަދި، ހ.އަސްފާމް ޝިމްލާ ނަސީމް ތިން މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށް "ރާއްޖެޓީވީ" އިން ބުނެއެވެ.

ޔާމީންގެ ކެމްޕެއިން އަށް ފައިސާ ދެއްވިކަން ނަޝީދު ދޮގު ނުކުރައްވާ ކަމަށް ވެސް "ރާއްޖެޓީވީ" އިން ބުނެއެވެ.

"އަޅުގަނޑަކީ ވިޔަފާރިވެރިއެއް. ގާނޫނާ ޚިލާފަށް ހޯދި ފައިސާއެއް ނުހުންނާނެ. އެހެންވެ، ބޭނުންވާ މީހަކަށް ފައިސާ ވެސް ދެވޭނެ ނޫންތޯ؟" ނަޝީދު "ރާއްޖެޓީވީ" އަށް ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން ޝަވީދު އާއި ޝިމްލާގެ ބަހެއް ނުލިބޭ ކަމަށް އެޗެނަލް އިން ބުނެއެވެ.

ޔާމީންގެ ކެމްޕެއިން އަށް ތިން ބޭފުޅަކު 14 މިލިއަން ރުފިޔާ ދެއްވާފައިވާއިރު، ދެން ޚަރަދު ކުރެއްވި 8.5 މިލިއަން ރުފިޔާ ދީފައިވަނީ ބައެއް ކުންފުނިތަކުން ކަމަށާއި ނަމަވެސް އެއީ ކޮން ކޮންފުނިތަކެއްކަން އަދި ނޭނގޭ ކަމަށް "ރާއްޖެޓީވީ" އިން ބުނެއެވެ.

ޔާމީންގެ އިންތިޚާބަށް ފައިސާ ހަދިޔާ ކުރި ފަރާތްތަކުގެ މައުލޫމާތު "ރާއްޖެޓީވީ" އަށް ލިބުނު ގޮތެއް އެޗެނަލް އިން ހާމައެއް ނުކުރެއެވެ. ނަމަވެސް އެޗެނަލް އިން ހާމަކުރި މައުލޫމާތުތަކަކީ އިލެކްޝަންސް ކޮމިޝަނަށް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭނެ މައުލޫމާތު ކަމަށް ވެއެވެ.

ޔާމީން އިންތިޚާބުގެ ޚަރަދުތައް ކުރުމަށް ހުޅުވި އެކައުންޓްގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން އެދިގެން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ވަނީ ފްރީޒް ކޮށްފައެވެ. އެކައުންޓް ފްރީޒް ކުރި މައްސަލަ ޔާމީންގެ ފަރާތުން މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ހަވާ

    ސޯލިހުބެއަށް ހަރަދުކުރީ ކޮންބައެއްތަ

  2. ރުޒާނާ ޗޮއްޕަޓު

    އިނގިރޭސި ފައްޅި އަކުން ނޫނީ ރޭޕް އިންޑިއާގެ ބުދު ކޯލަކުން ކުރިނަމަ ޚަބަރަކަށް ވީސް. މިހާރު ދެން ތީގަ އޮތް މައްސަލައަކީ ކޮބާ؟

  3. އޭތް!

    މީހުންގެ ފަތިފުށް ހާމަކުރުން ނުވަތަ ފާރަލުން އެއީ ދީނުގައި މަނާ ކުރައްވާފައިވާ ކަމެއް!!!

  4. ޑިމޮކްރަސީ

    ޖާބިރު ދިންލާރި ކޮބާ. ޢިބޫ ކެމްޕެއިނަށް އިންޑިޔާއިން 56 މިލިޔަން ޑޮލަރ ނުދޭތޯ. އިިބޫކެމްޕެއިން އަށް ހުރިހާޚަރަދެއްކުރީ ހަމައެކަނި ޖާބިރުދޯ؟ ޖާބިރު މީހަކަށް ދަރާފަވެސް ނެތީތަ ދަރަނި އަދާނުކޮށް ކެމްޕެއިނަށް ޚަރަދުކުރަނީ.

  5. ހުރާގަނޑު

    އިބޫގެ ކެންޕޭނަށް އިންޑިއާ ސަރުކާރުން ދިންލާރި ގަނޑު ހޯދިގޮތް ބަލަން ރައްޔަތުން ބޭނުން އެހެން ނޫނީ ވެރިކަމުން ފައިބާ ދުވަހު ދާންޖެހޭނެ ތަން ހިންމަފުށި ކައިރީގަ އެބައޮތް.

  6. އަލީ

    މިހާރު އެގިއްޖެނޫން ، ވަގުރުފިޔާ ނޫންކަން ޔާމީނު ޚަރަދުކުރެއްވީ ، އެމްޑީޕީން ޚަރަދުކުރިޔަހޫދީމީހުން ދިން ފައިސާ

  7. ހިމާރުލް ޤައުމު

    ކޯލިޝަން އަށް ލިބުނުފައިސާއާއި ލިބުނު ގޮތާއި ދެއްވީ ކޮނބޭފުޅުންނެއްކަން ހާމަކިރެއްވިނަމަ ރާއްޖެ ޓީވީގެ ޚަބަރު ފުރިހަމވީސް. ޢަދިވެސް ރާއްޖރ ޓީވީއަކުން މިނިވަން ނޫސްވެރިކަމެއް ނުފެނޭ. ފެންނަނީ ޕްރައިވެޓް ކުލަބެއްގެ ސިފަ

    • ކިނބޫ

      ކޯޅޭޝަނުން ފައިސާ ހަރަދެއް ނުކުރެޔޯ...ރައްޔިތުން ހިލޭ ސާބަހަށް ދިން ވޯޓަކުންނޯ ހޮވުނީ...ފައިސާ ބެހީ ސއި ނުބޯމީހުން ސައިބޯންށޯ

  8. ޝާހް،ވާދޫ

    މީބައިގަނޑު ޔާމީނުއާ ނުނެއްޓިގެން މިތެޅެނީ ކީއްވެހޭ؟؟ ރާއްޖޭގެ ވެރިކަން ބަދަލުކުރަން އެމްޑީޕީއަށް ރޭޕް އިންޑިޔާއިންނާ، އިނގިރޭސީން އެޅި ފައިސާޔާބެހޭ ރިޕޯޓެއް ޝަރާބުޓީވީން ނުގެނެސްދެވިގެން ތިއުޅެނީ ކީއްވެހޭ؟؟ ކަލޭމެންނަށް ފެންނަނީ އެއްފަޅިތަ؟؟ ތިވެސް މިނިވަން ނޫސްވެރިކަންހޭ؟؟ ހޭބަލިނުވެ މިތަން ފަސާދަކުރުމާ ވަކިމީހަކާ ޖައްސާލައިގެން ތިތެޅެނީ ކަލޭމެންނަކީ ވިކިހުސްވެފަ ތިބި ޝައިތާނީ ބައިގަނޑެއް!!

  9. ކެރޭ އަބްދުﷲ

    ރައީސް ޔާމީން ވަކަން ނުކުރާކަން މީގެން ވެސް އިގޭނު. ދެން ކޮބާ އިބޫ ކެޕެއިން އައް ކުރިހަރަދު. އެވެސް ހާމަ ކޮލަބަލަ. މިކޮމެންޓް ޖަހާލަ ދީބަލަ.

  10. ނަގޫރޯޅި

    ކިނބޫއާއި ގައިގޯޅި ކޯލިސަން ހަރަދުކުރިވަރު، ރާއްޖެ ޓީވީއަކައް ހަމަނޭގުނު. އިންޑިޔާއިން ދިންވަރެއްވެސް ނޭގުނު. ފައްޅިތަކުން އޮއްސިވަރެއްވެސް ނޭގުނު. ހަމައެކަނި އެނގެނީ ރ.ޔާމިން 22މިލިޔަން ރުފިޔާހަރަދު ކުރިކަން. އެވެސް ރިޔާސީ އިންތިހާބައް. އެ އަދަދަކީ ރައްޔިތުން މަޖްލީސް އިންތިހާބުގާ ކޯލިސަންފަރާތުން ވާދަކުރާ 6އެއްކަ މީހުންގެ އެދާއިރާޔައް އެކަނި ހަރަދުކޮއްލާވަރު.

  11. ހދ

    ރާއްޖެ ޓީވީއިން ގެނެސްދެންޖެހެނީ ހަމައެކަނި
    ޔާމީން ކެމޕޭން ޚަރަދުހެއްޔެވެ؟
    މޑޕ އިން ކުރިޚަރަދު ހޯދިގޮތް ހާމަކުރަން
    ޖެހިލުންވަނީ ކީތްވެހޭ؟

    • ޜަނާ

      ޜާޢްޖެ ޓީވީ ކުރަނީ ނޫސްވެރިކަމެއް ނޫން ނޫސްވެތިކަން ނަމަ ދެފަރާތުގެ ވާހަކަތައް ގެނެސް ދެވެން ޖެހޭނެ މިއަށް ކިޔާނީ މީހުނާ ޖައްސާލައިގެން އުޅުން

  12. Anonymous

    މިއީ ހަމަ ކޮންމެފަހަރަކުވެސް ކަންހިގާގޮތް، މިފަހަރު ވަކި އާކަމަކަށް ވެގެންއުޅެނީ ކޮންސަބަބަކާއިބާ ؟؟އެބައެއްގެ އަތުގަހުރި އަމިއްލައެއްޗެއް އެބަޔަކު ބޭނުންމީހަކަށް ދެވިދާނެ، ކީއްވީތޯ އިބޫ ކެމްޕެއިންއަާް ކަރަދުކުރިފަރާތްތައް ހާމަނުކޮށްގެން އުޅެނީ؟؟ޗަމްޕާއަތުގަ އަދީބު ބަހައްޓާފަހުރި އެމްއެމްޕީއާރސީގެ ފައިސާގަނޑުންވެސް ޚަރަދުކުރީ، ހުސްނުއްސުޢުދުގެ އާއިލީ ހިއްސާވާ ސަންލޭންޑް ކޮމްޕެނީންވެސް ޚަރަދުކުރީ، ވިލާ ކޮމްޕެނީ، ލޮލީޖާބިރު ކޮމްޕެނީއާއި މިހެންގޮސް ކިތައްމެ ފަރާތްތައް ހާމަކުރެވިދާނެ ރ.ޔާމީން ފެއިލްކުރަން

  13. ޖަޒީރާ

    އިބޫގެ ކެންޕޭންއށް ބޭނުން ކުރީ އެމް އެމް ޕީ އާރް ސީގެ ހިޔާނާތުން އަދީބަށް ލިބުނު ފައިސާގެ ބައެއް ތޯއްޗެ؟؟

  14. އަޙްމަދު

    އިބޫއަށް އެންމެ ގިނަފަންޑު ދިނީ ޖީއެމްއަރުން. މިކަން ވަރަށް އަވަހަށް އެނގިގެންދާނެ. ޙާއްސަކޮށް ނަޝީދުއައީ އެމީހުންނާ އޮތް ގުޅުން!

  15. ޟނ

    ފުރަންތަމަ ރ ޓިވީ އުފަންދަން ލާރިހޯދިގޮތް
    ފިތުނަ ޓީވީ ރަންޔެތުންނަ ބުނެދީބަލަ

  16. ރިޒާ

    ރާއްޖެ ޓީވީން މިހާރުގެ ރައީސް ސޯލިހަށް ޚަރަދުކުރިފަރާތް ހާމަކުރާނެކަމަށް އުންމީދުކުރަން ތިލަފަތް އެއްވަރު ވާނީ އޭރުން. ޢާންމުކޮންފެންނަނީ އެމްޑީޕގެ ތިލަފަތް އެއްފަރާތައް ބަރުވެފައިވާތީ

  17. ވިސްނާ ވިސްނާ

    ހިލާ ތިނުވާނެ ވަގައްނެގި މައުލޫމާތު ނޫން މައުލޫމާތަކަށް

  18. އުފް

    އެއީ އިބޫ އެއް ނޫން ކިނބޫ

  19. އެމް ޑީޕީ

    އިލަކްޝަން ކޮމިޝަކީވާވާވާވާ މުސްތަގިއްލު ކަމިޝަނެއް! އެމީހުން ވަކިބަޔަކަށް މާބޮޑަށް ޒާތީވީމާ އެއޮތީވާ މުސްތަގިއްލު ވެފައި! ތުތާ ތި ތިބި މީހުންނަކީ މަ ވަރަށް ރަނގަޅަށް ދަންނަ އެމީހުންގެ ފަތިފުށްވެސް ވަރަށް ރަނގަޅަށް މަށަން އެނގޭ ބައެކެވެ. ދެންވަރަށް ސަލާމް!!!!!!!!!!!!!!!!!!!!!!!!

  20. މިއަދު

    އިލެކުސަންސް ކޮމިޝަނަކީ ރާއްޖެ ޓީވީގެ ޕަޕެޓެއް އެކޮމިޝަނަށް އެގޭކޮންމެ އެއްޗެއް ރާއްޖެ ޓީވީއަށް އެގޭނެ އެކަމުގައި ޝައްކު ކުރާނެ މީހަކުވެސް ނުހުންނާނެ

  21. ހުސޭނާ

    ސޯލިހު އަށް ހަރަދު ކުރެއްވީ އެމް.ޑީ.ޕީ މެމްބަރުން ފަންޑުފޮށި ހުޅުވައިގެން،މިކަމުގައި އިންސާފަކީ ސޯލިހު ކެމްޕެއިނަށް ހަރަދުކުރި މީހުންގެ ތަފްސީލް ހާމަކުރުމުން

  22. ބުރުމާ

    ޓިކެޓު އަގުހެޔޮ ކުރި ބުރުމާ ކަށި ކޮބާ...؟ ފިލައިފި ކަން އިންގޭތަ...؟

  23. ދެން

    ތި މައުލޫމާތު ރާއްޖެ ޓީވީއަށް ދިން ފަރާތަކަށް އެއްވެސް ލާރިއެއް ނުލިބޭބާ؟

  24. އެދުރު

    އިބޫއަށް ފަންޑުކުރި ފަރާތްތަށްވެސް ހާމަކުރިނަމަ ދޯ އިންސާފަށް ވާނީ ، އެކަމަކު ރާ ޓީވީ އަށް އެކަން ކުރާކަށް ނުކެރޭނެ ދޯ،

  25. އެސް

    އިލެކްޝަން ކޮމިޝަނުން މިހާރު މި ކަންތައް ކުރަނީ މިނިވަން މުއައްސަސާއަކުން ކަންތައް ކުރާނެ ގޮތަކަށް ނޫން ، ހީވަނީ އެމްޑީޕީގެ ގޮތްޕެއްހެން

  26. ޝަހީދު

    އިންތިޚާބުގައި ވާދަކުރެއްވި އިބޫ ސޯލިހުގެ އެކައުންޓަށް ބޭރުގެ ޤައުމުތަކާއި ކުންފުނިތަކާއި ޖަމާޢަތްތަކުން ފައިސާ ޖަމާކުރިކަމަށް މެލޭޝިޔާގެ ފުލުހުން ކަށަވަރުކޮށް ދެއްވިއިރު، އެއީ އިންތިޚާބުތަކުގެ ޢާންމު ޤާނުނުގެ 70 ވަނަ މާއްދާއިން މަނާކުރާ ކަމަކަށްވާއިރު، ރައީސް ޔާމީނަށް ދިވެހިންގެ ބަޔަކު ދިން އެހީތަކެއްގެ ވާހަކަ ދެއްކުމުން އެބަހާމަވޭ މިސަރުކާރު ވުޖޫދުވުމުގަވެސް ބާޠިލްކަން! އިންސާފަކީ ދެބޭފުޅުންނަށް ލިބުނު އެހީގައި މައްސަލައެއް އޮތްތޯ ބެލުމެވެ.

  27. ދެފުއްކެހެރި

    އިންތަހާބައް ހަރަދުކުރީ ޔާމީނު އެކަނިތަ އިބޫއަށް ފައިސާދިން މީހުންހާމަކޮށްލަދީބަލަ ރ ކުދިންކޮޅު ހާދަފިޑިއޭދޯ ވަކިފަރާތަކަށް އަރިއަޅާގޮސް ހުސްވެފަދޯ ސާބަސް ދެފުއްކެހެރިވިޔަސް ތީ ބޮޑުވަރު....

  28. ދޮގޭމިތުރާ_ރ_ޓީވީ

    ވަރަށް ފެނޭ ހަމަ ދޮހު ހަދައިގެން އެމްޑީޕީން ކެމްޮެއިނަށް ހަރަދު ކުރި ފަރާތްތަކާ ވަރު ކިޔަން. ޔަހޫދީންނާ ފައްޅިތައް ވެސް އުޅޭނެ. 13 އަށް އާދޭސް ދަންނަވަން.

  29. އަލްޖިބްރާ

    ބޮޑުމަގުން ގަނެފައެހެރަ ގެ ގަތީ ކާކުދިން ފައިސާއަކުންތަ ؟ އެތަން އިމާރާތް ކުރަނީ އެއީ ކާކުދިން ލާރިއެއްތަ ؟ ގައިމު ވެރިކަމަށް އައުމުގެ ކުރިން ބިންގަންނާނެ ފައިސާ ހުރިނަމަ ބިންނުގަތީ ކީއްވެތަ ؟ ކޮންމެ އެއްޗެކޭވެސް ކިއިދާނެ ! ތިއީ މުޅިންވެސް ދިވެހިރައްޔިތުންގެ ފައިސާ ! ބަޑު އަޅާލެވުނީމަ ނުމުނީނު ! ދެން ކޮންމެ ދޮގެއްވެސް ހެދިދާނެ އެއްނު ؟

  30. ދެކެދެކެ!

    ޞާލިޙް ބޭބެ އަށް ފައިސާ ޚަރަދު ކުރީ އިންޑިޔާގެ ކުންފުނިތަކުން! އިންޑިޔާ އަށް އެހައި އަވަހަށް ގޮސް ލޯނުނެގިކަމަށް އެހެދީ އެހެންވެ، ދެން އިންޑިޔާއިން ނެގިލޯނެއްގެ ނަމުގައި ސަރުކާރުން އެފައިސާ ދައްކާނީ! ޙަޤީޤަތުގައި މިފަހަރު އެމީހުން ލޯނެއް ނުނަގައެވެ. ނަމަވެސް ލޯނުނެގިކަމަށް ދެއްކީ ކެމްޕޭނަށް ނެގި ފައިސާ ސަރުކާރުން ދައްކަންވެގެނެވެ. އެދަތުރުގައި ދިޔައީވެސް ހުސް އެމްޑީޕީ މީހުންނެވެ.

  31. ޟީދާ

    މީހުންގެ ފަތިފުށެއްވެސް ނޫން ..... 100000. މީދަލަކާ ފަރަންޖީ ޓީވީއަކާ އެއްވަރުވެސް ނުވޭ