އޮއިވާލި ކަނދުފަތީގެ ވަށައިގެން ތިން މޭލު ކައިރިން ވަދު އަޅައިގެންނާއި ދިރޭ އެން ޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ވަދު އެޅުމާއި ދިރޭ އެންޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށެވެ. ކަނދުފައްޗަށް ގެއްލުން ލިބޭ ގޮތައް ކަންދުފައްތާއި ތިން މޭލް ކައިރިން މަސްވެރިކަން ކުރުމަކީ ވެސް ގަވާއިދާއި ހިލާފު ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

ނަމަވެސް ގަވާއިދާއި ހިލާފަށް ކަނދުފޮތިކައިރީގައި މަސްވެރިކަންކުރުމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ހާއްސަކޮށް މުނިފޫހި ފިލުވުމަށް ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހަރަކާތްތެރިވާކަން ވަނީ ފާހަގަކުރިވިފައި ކަމަށް މިނިސްޓްރީ އިން ވިދާޅުވިއެވެ.

އެދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް އެމްއެންޑީއެފްއާއި ކޯސްޓްގާޑް އަދި ފުލުހުންނާއި ގުޅިގެން މަސަތްކަތް ފަށާފައިވާކަމަށް ފިޝްރީޒް މިނިސްޓްރީ އިން ވިދާޅުވިއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރުމުން މަސް އައިން ތިލަވުން އަދި ހިފެހެއްޓުމަށް ނޭދެވޭ އަސަރުކުރާކަމަށް ފާހަގަވެފައިވާކަމަށެވެ.

ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ކަނދުފައްޗަކީ މަސްވެރިކަމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި ދިވެހި ސަރުކާރުގެ ފަރާތުން ގާއިމްކޮށްފައިވާ 55 އޮއިވާލި ކަނދުފަތީގެ ވިއުގަޔަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ގާއިމުކޮށްދީފައިވާ ވަސީލަތެއް ކަމަށެވެ. ކަނދުފަތިތައް ބަލަހައްޓަމުން ދަނީ ވެސް ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކަމަށް ބަޔާނުގައިވެ އެވެ.​​​​​​

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޢިއްބެ

  މަސްވެރިކަން ނުކުރެވޭނަމަ ބޮއި ކަޑާލަން ނިންމައިފިން .ތީ އެންމެންގެ ހައްގެއް ވަކިބަޔަކައް ކަޑާދީފަ އޮންނަ ގޯޗެއްތަ ؟

 2. ލަބީބު

  "ދިރޭ އެން ޖަހައިގެން" ؟؟؟؟ އެހެންވެއްޖެއްޔާ މަސްވެރިންތާދޯ ކުށްވެރިވާނީ؟ ދިވެހި މަސްވެރިން ކަނޑުގެމަސްވެރިކަންކުރަނީ ދިރޭއެންޖަހައިގެން ދޮށީގެ މަސްވެރިކަން ނޫންހެއްޔެވެ؟ ކަނޑުމަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ އުޅަދުފަހަރު ފިޔަވައި އެހެން އުޅަދުފަހަރު އެގޮތަށް މަސްވެރިަންކުރާނަމަ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ.

  • މުގުރާން

   ރަންކޮޅާ ރަނގަޅަށް ލިޔެފައި އޮތް އެއްޗެއް ކިޔައިލަ " ދިރޭ އެން ޖަހައިގެން އަޑިއަށް ފައްތައިގެން " މަސްވެރިކަން ކުރުން މަނާ ވަހަކަ އެބުނަނީ. ދިރޭ އެންޖަހައިގެން ދޮށިން މަސްބޭނުން މަނާ ވާހަކަ އެއް ނޫން.

 3. ކައުންސެލަރު

  ހައ! ކާކުބަލަނީ. ސަރުކާރު؟ ސަރުކާރުގެ ކާކު؟ ނުވާނެތިކަމެއް

 4. ކެޔޮޅު

  ކަންނެލި އޮޑިތަށް ކަނދުފަތި ކައިރިން ބޭރުކުރޭ! ކަންނެލި މަސްވެރިކަން ކުރަން އެހެން ތަނަކަށް ދޭ! ދޮށީގެ މަސްވރިކަން ހަލާކުކުރަން ނޫޅޭ!

 5. އަދުރޭ

  ކަނޑުމަސްވެރިކަން ކުރާ ފަރާތްތަކުން ފަރުމަސްވެރިކަންކުރާ ފަރުތަކުން ދިރޭއެން ނެގުން މަނާކުރަންޖެހޭނެ. އޭރުން ހަމަހަމަ ވާނީ.

 6. މިއަދު

  އެހެންވިއްޔަ ވަދުދަމާމީހުންނަށްވެސް ކަނދު ފަތި އަޅާދޭންވާނެ އެއްމެންނަކީ އެންހިފައިގެންގޮސް ދޮށީ މަސްވެރިކަން ކުރާ މީހުނެއްނޫން އަދި ކަނދުފަތި ކައިރިން ވަދު ދެމުން މަނާސަރަހައްދު އެނގޭގޮތަށް ބޯޑަރުލައިނެއް އަޅާފައި އޮންނަންވާނެ

 7. ރިށްމާ

  ތިކަމުަގައިފުަވައްމުލަކުރައްޔިތުންގެބަސްއިއްވަންނިއްމައިފިންފުވައްމުލަކުބޭރުގައިއަޅާފައިހުރިކަދުފަތިތައްމިާރުންމިހާރައްނަގައިއެތަންސާފުކުރުމައްދައްނަވަންެއެކަންދުފަތިއެޅުމުގެސަބަބުންމިރަށުމަސްކަންޑުންވަދުައަޅައިގެންމަސްވެރިކަންކުރާފަރާއްތަކައްނުހަބޮޑައްގެއްލުންލިބިމަސްކަޑުންމަސްމަދުވަމުންދާތީމިވާހަކަދެއްނެވީމެވެ

 8. މުޖޭ ޑީޑީ

  މަސްދޯނިތަށް ވެސް ކަންނެލިދޯނިތައްވެސް ކުރަނީ ހަމަ ތިކަން... ފުރަތަމަ އެމީހުން ހުއްޓުވާ.. ތިކަމެއް ނުބެލޭނެ ފުރަތަމަ ކުއްވާނީ އެމީހުން.. އަހަރުމެން ޑިންގި ތަކަށް ނުދެވޭނަމަ ބޮއި ތަށް ކަޑާލާނީ...

 9. މަޛާ

  އަހަރުމެން ވެސް މުނިފޫހިފިލުވައިލުމަށް ޓަކައި މަސްވެރިކަން ކުރާނެ ބޮއިތަކަކެއް އަޅާދީބަލަ ތަންކޮޅެއް ކައިރީގަ

 10. ައަދުރޭ

  ޚަބަރުދާރު؛ ތިޔާބުނާ ކަނދުފަތި ސަރުކާރުން އަޅަނީ އަހަރަމެންގެ ޓެކްސް ފައިސާއިން. މިކަމަށް އިތުރަށް މަސްއޮޑި އޯނަރުން ނުވަތަ މަސްވެރިން އިންވެސްޓްކުރޭތޯ. މަސްއޮޑިތަކުން ކަނދުފަތި ޓެކްސްއެއް ނަގާ އޭރުން ނުދާނަން. އަދި މަސްވެރިން ހިތުހުރި ގޮތަކަށް ފަރުތަކުން ޑައިވްކޮށް ،ދިއްލައިގެން އެންނަގަނީވެސް. ފަރުމަސްވެރިންނަށްވެސް އެބަޖެހޭ ރަނގަޅުވާން މީހުން ދިރިއުޅޭ ރަށްތަކާ ކައިރިންނާ ވަކި ހާއްސަ ޕޮއިންޓްތަކުން އެންނެގުން މަނާކުރަންވީ.
  އަދި މިނިސްޓްރީން ބަލާދީބަ ދިއްލައިގެނާއި ޑައިވްކޮށް އެންހިފުމަކީ ހުއްދަކަމެއްތޯ؟

 11. ހުދުހުދު

  ވަކިބަޔަކުގެ ވާހަކަ ފާހަގަކޮށް ފިޔަވަޅުއަޅަން ބަޔާންނެރޭއިރު ކަނ ހިނގާގޮތް ރަނގަޅަށް ބަލާ މޮނިޓަރ ކޮށްފަ ޤަވާޢިދާ ޚިލާފުވާ އެނެމެނާމެދު ފިޔަވަޅު އެޅުމަކީ އިންސާފަކީ އަސްލު ކަނދުފަތިތަކުގައަޅާ މަސް އައިންތައް ހަލާޚުކުރަނީ މަސްވެރިން ކަންނެލިބާޏާމީހުން މީހަޤީޤަތަކީ މީ ތޯތޯ ވާޙަކައެއްނޫން މީ ލޮލުންދެކެ އަތުން ހިފާފަބުނާ ހަޤީޤީ ވާހަކައެއް މަސްވެރިން ކުރާކަމަކީ މަސްބާޏަބާނާފަ އައިން ދެރަވީމަ ބުޅީގަ އެން އަޅައިގެން މަސްބޭނުން އެ ގޮތަށް ނުބޭވޭނަމަ ރޯލުދޫކޮށްއެން އަޅުވައިގެން މަސްބާނަނީ ކަންނެލި ދޯނިފަހަރުވެސް ކުރާކަމަކީ ދިރޭ އެން ޖަހައިގެން މަސްވެރިން ދޮށީގަ މަސްބާނަބާނާ ތިއްބާ ރޯލު ދޫކޮށް ކަންނެލިބާޏަނީ ކަނދުފަތި ކައިރިން މިމީހުނަށް ފިޔަވަޅުއަޅަންޖެހެނީ