އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ. އެ ވައުދު ފުއްދުމަށް ފަސް ދުވަހަށް ވެފައި ވަނިކޮށް ސަރުކާރުން ވަނީ ވައުދުތައް ފުއްދާނެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ވިދާޅުވެފައެވެ. މިއަދު މިއީ ބަންދު ދުވަސްތައް ނުހިމަނާ ގުނައިގެން ވެސް ސަރުކާރަށް 30 ދުވަސް ފުރިހަމަވީ ދުވަހެވެ. ނަމަވެސް ޓިކެޓްގެ އަގު ހެޔޮކޮށްފައެއް ނުވެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ މިމަހުގެ 12 ވަނަ ދުވަހު ވިދާޅުވެފައެވެ. އޭގެ ފަހުން ވެސް މިއަދަށް މިވީ 20 ދުވަހެވެ. ހަފްތާ ބަންދު ދުވަސްތައް ނުހިމަނާނަމަ މިވީ 14 ދުވަހެވެ.

ޓިކެޓް އަގުހެޔޮ ކުރުން ކުޑަކޮށް ލަސްވި ނަމަވެސް އެންމެ ފަހުގެ މަޝްވަރާތައް މިމަހުގެ 23 ވަނަ ދުވަހު ނިމިފައިވާ ކަމަށާއި އެހެންކަމުން އަގަށް ބަދަލުގެނައުން ދެން ލަހެއް ނުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ އެދުވަހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ލަސްވީ ގިނަ އޮފީސްތަކެއް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކެއް ވެސް ހުރުމުންނެވެ.

ޓިކެޓްގެ އަގު ހެޔޮކުރުން ލަސްކުރަމުން ދާތީ ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޓިކެޓް އަގު ހެޔޮނުކޮށް ސަރުކާރުން މަޑުކުރަނީ މިދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ ޓިކެޓް އަގުހެޔޮ ނުކޮށް މާލީ ބޮޑު މަންފާއެއް ހޯދުމުގެ ބޭނުމުގައެވެ.

ޓިކެޓް އަގުހެޔޮ ކުރުން މިހާރު ލަސްވަމުން ދަނީ ކީއްވެ ކަމެއް ސަރުކާރުން ވިދާޅެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޒިޔާޕު

    ނަހުލާޔާ ޓެކްސީ ޑުރައިވަރުންނާ ވީހަމަ އެއްވަރު.

  2. މުކި

    ޓީކެޓް އަގުހެޔޮ ނުވަނީ މިނިސްޓަރަށް ޓެކްސީ ޑުރައިވަރުން ބިރުދެއްކީމަ. އެތަނަށް ދިޔަ ޑްރައިވަރުންގެ ބިރު ވަރަށް ބޮޑުކަމަށްވަނީ. ޏަހުލާ އެބަލާފަ ސޭޓު އަންހެނުންގެ ފިރިމީހާމަތިން ފޫހިވެއްޖެޔޮ މިހާރު. ޟިހާރު އެހެނގޭނެ އެސޮރުގެ ނޫނަށް ބިރު ބޮޑު މީހުން އުޅެކަން ނަހުލާޔަށް..

  3. ހުނުމް

    ކުޅަދާނަކަމުން 1 މަސްތެރޭ ވައުދުތައް ފުއްދައިފި. ދެން އޮތީ ޕާޓީ މީހުން ރުއްސަން ރައީސް ޔާމީން ހައްޔަރުކުރުން.

  4. ޒިޔާޕު

    މަބުނީމެއްނު އޭރުވެސް މިނިސްޓަރު 2 ދުވަސް ގުނާނީ ހަމައެކަނި ފެބުރުއަރީ 29 ލައިގެންނޭ.

  5. ޢިބުރަބޭ

    އެބޭ މުޅިންވެސް ކަންތައް ކުރަނީ އެހެންނު. ދޮގާ މަކަރާ ހަދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން މުޅިން ވެރިކަމަށް އައިސްއެހުރީ. ރައީސް ޔާމީން އަވަހަށް ވެރިކަމަށް ގެނޭ.

  6. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    ފުަލައިމީ އަކީ ނަހުލާގެ ސޭޓުގެ މުދާގަނޑެއްވީމަ އައްޑޫ މީހުން ފެލަނީ

  7. ެެެއާތު

    ހުރިހާ ދުވަސްލައިގެން ގުނަންވާނީ އަމާބުނިމާ ފަރަށް ދާގޮތައްތާ މަންޖޭ!!!

  8. ނަހުލާ

    މިސަރުކާރުން 100ދުވަސް ގުނަންފަށާނީ ފުރަތަމަ 100ދުވަހުގެ ފަހުން. ހަމަ އެގޮތަށް 30ދުވަސްވެސް ގުނާނީ ފުރަތަމަ 30ދުވަހުގެ ފަހުން.

  9. ށޭޓުގެ 4 ވަނަ އަނބި

    ޜަސްމީ ގަޑި އެކަނީ ގުނާނީ. މާނައަކީ ސަރުކާރު ރަސްމީ ދުވަސް ދުވަހުގެ ރަސްމީގަޑި ހެނދުނު 8 ކުން މެންދުރު ފަހު 14:30ހަށް އަދި ނިމުނީކީ ނޫން 1 ގަޑި އިރުގެ ބްރޭކް ނުހިމަނާ. ޢެހެންވީމަ އަދި 2 ދުވަސް ނުވާނެ. ޢޯކޭ

  10. އަބޯ

    އެތރޭގެ އަގުތައްހުރީ ރާއްޖެ އަށް ނިސްބަތް ކުރާއިރު ހެޔޮ އަގެއްގަ އެއަށް ވުރެ އަގުހެޔޮކޮށްފިނަމަ ކުންފުނިތައްބަގުރޫޓްވާނެ ވީމާ ހެޔޮކުރާ އަގުގެ ފައިސާ ކޮންމެވެސް ފަރާތަކުން ލިބެންޖެހޭނެ އެފައިސާ އިބޫ ނުވަތަ ނަހުލާ ކުންފުނިތަކަށްދޭންޖެހޭނެ. ކޮންމެ މީހެއްގެ އަތުގަ އަގުބޮޑުސްމާޓް ފޯނެއް އެއާކޯންގަ ނިދާ ފެންވަރާ 65 އިންޗިޓީވީ ގަ އިންޓަންޓް ޓިވީ ކޭބަލްޓީވީ ކަރްޓް އާއި ގޭސް އިނދުން އެންމެ ލަގްޒަރީ ފެންވަރުގަ އުޅެފަ ސަބްސިޑީގަ އުދުހެންވީމާ ދިމަލެއްނުވޭ .މިވައްތަރު ވައުދަކީ ވައުދުވާމީހާގެ އަމިއްލަ ހަރަދުގަ ފުއްދަންޖެހޭ ވައުދުތައް . އެއްގޮތަކަށްވެސް ދަވްލަތުން މިވައުދު ފުއްދާކަށެއް ނުޖެހޭނެ.

  11. ވައުދުނަމާ

    މޮޔަނުވޭ. އަދި ސުކޫލު ބަންދު ނުނިމޭ. އެވެސް ހަމަ ބަންދު ދުވަސއތެރޭގަ ގުނޭނެ.

  12. Miadhu

    100 ދުވަސް ގުނާނީ ރައިސްމީހާ އޮފީހަށް ނުކުމެ މަސައްކަތްކުރި 100 ދުވަސް

  13. ކޮސް

    މިސަރުކާރަކަށް ނުވާނެ.

  14. ޢަލި

    ޓިކެޓްގެ އަގު ހެޔޮ ކުރުމަކި ފަސޭހަ ކަމެއް ނޫ ކުންފުނި ދާނީ ބަނގުރޫޓް ވަމުން އިތުރު ބޯޓް ހޯދާ އާބާދީ އާއި އެއްވަރަށް ޚިދުމަތެއް ނުދެވޭނެ.

  15. ސީނުކަރަ

    ބަންދު ދުވަސްތަކަކީ ހިކުމަތުގެ ނަޒަރަކުން ބަލާފިއްޔާ މުޅިފަސްއަހަރުގައި ހިމެނޭ

    ބަންދު ދުވަސްތައް ކަމުގައިވެސް ވެދާނެ

  16. ފާން

    ކޮން ބަންދެއް ޔާމީން ޖަލަށް ލެވުނީމަ ސަރުކާރުގެ ވައުދުތައް ފުއްދާ މުއްދަތު ގުނަން ފަށާނީ ‘ކޮރަޕްޝަނާ’ އަދި ‘އަނިޔާވެރިކަން’ ނިމޭނީ އޭރުން އަދި ހުރިހާ ބާގީންނާ ގައްދާރުން ތައް ވެސް ވެރިކަމާ ދުރުކޮށްގެން އެކަން ވާނީ. ވޭޓުގޯ ރައީސް.

  17. Anonymous

    މިތާގައި އެތެރޭގައި އުދުހޭ އަމިއްލަ ބޯޓަކީ ގާސިމްގެ ބޯޓެވެ. މިއީ ގާސިމްގެ މަޅިއެކެވެ. ދެން އަގުހެޔޮ ކުރާނީ ބަދަލުގައި ގާސިމަށް ރަށެއްދިނީމައެވެ. އޭރުން ހަގީގަތުގައި ޤައުމަށްވާ ގެއްލުން ބޮޑުވާނެއެވެ.