ގއ. ވިލިނގިލީ ކައުންސިލަރަކު އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

"ވަގުތަށް" މައުލޫމާތު ދެމުން ވިލިނގިލީގައި ދިރިއުޅެމުން އަންނަ މީހަކު ބުނީ ކައުންސިލަރު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ އެ އިދާރާގެ އަންހެން މުވައްޒަފަކަށްކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އެފަދަ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު އެ މުއަސަސާއަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މި މައްސަލައާއި ބެހޭ ގޮތުން ވިލިނގިލީ ކައުންސިލްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިހެންވެ އަންހެނުން ގޭގަތިބެންވީ. ޢަންހެނުންނާ ފުރިހެނުން ވަކިން ވަޒީފާ އަދާކުރެވޭގޮތަށް މާހައުލު ބައްޓަން ނުވާހާ ހިނދަކު ސޭފެެއްނޫން. ޙަރާމްކަމެއް. އަންހެނުން އަންހެނުންނށް ހިދުމަތްދޭގިތަށް އަދި ފިރިހެނުން ފިރިހނުނަށް ހިދުމަތްދޭގޮތަށް އަދު ދެ ޖިންސު ވަކިކޮށް ވަޒީފާ އަދާކުރެވޭނޭގޮތަށް ކަންކަން އިސްލާހުކުރޭ!

  2. ފާއިޒް

    ޢަންހެނުން މަހުރަމަކުނެތި ދޫނުކުރައްވަާށެވެ.

  3. ހޤޤތ

    ކައުންސިލަރުން ތިކަން ކުރަނީ ނަމޫނާއަކަށް އެލް.ޖީ.އޭ ބަލައިގެން. އެތާނގެ ޑީ.ޖީ އެއް އެއީ އެކަމަށް ވަރަށް ފޯރި ހުންނަ މީހެއް.