އައު އަހަރުގެ އަޒުމަކަށް ވާންވީ ކުރިން ހެދުނު ގޯސްތައް ތަކުރާރު ވިޔަ ނުދިނުންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު މީލާދީ އައު އަހަރާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައ ވިދާޅުވީ އެންމެން އެކީގައި ކާމިޔާބު ކޮށްފައިވާ ކަންތަކުގެ މަތިން މިއަދު ހަނދާން ކުރަން ޖެހޭ ކަމުގައެވެ.

"އައު އަހަރުގެ އަޒުމަކަށް ހަދަން ވާންވީ ކުރީގައި ހެދުނު ގޯސްތައް ތަކުރާރު ވިޔަ ނުދިނުން. އެންމެން އެކީ ކާމިޔާބު ކުރި ކަންތައް މަތިން ހަނދާން ކުރަން ޖެހޭ." ޖަމީލު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޖަމީލު ވިދާޅުވީ ވެރިކަންވެސް އަދި މަޖިލީހުގެ ބާރުވެސް އޮތީ ރައްޔިތުންނަށް ލިބޭ އިތުބާރެއްގެ މައްޗައްކަމަށެވެ. އަދި، އެންމެ މުޙިއްމީ ޙައްޤުތައް ޔަޤީން ކޮށްދޭނެ މަޖިލީހެއްކަމަށްވެސް ވިދާޅުވިއެވެ.

ޙައްޤުތައް ކަށަވަރު ކޮށްދޭނެ މަޖިލީހެއްގެ ވާހަކަ ޖަމީލު ބަޔާން ކުރައްވާފައިވާއިރު، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ޖަމީލު ވަނީ ނިންމަވާފައެވެ. އޭނާ ކުރިމަތިލެއްވުމަށް ނިންމަވާފައިވަނީ ވިލިމާލޭ ދާއިރާއަށެވެ.