2018 ވަނަ އަހަރު ވަރަށް ގިނަ ގުނަ ފިލާވަޅުތައް ލިބުނުކަމަށާއި އެހެންނަމަވެސް، މި ހުރިހާ ފިލާވަޅެއްގެ ތެރެއިންވެސް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ހަޤީޤީ ރައްޓެހިންނަކީ ކޮން ބައެއްކަން އެނގުންކަމަށް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިނތިޚާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމްގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެންމެ ބޭނުންވި ވަގުތު އެކުގައި ތިއްބެވި ބޭފުޅުންނާ މެދު އަބަދުވެސް ފަޚުރުވެރިވެވަޑައިގަންނަވާކަމުގައެވެ.

"2018 އަކީ ވަރަށް ގިނަ ގުނަ ފިލާވަޅުތަކެއް ލިބުނު އަހަރެކެވެ. އެންމެ ބޮޑު ފިލާވަޅަކީ ހަޤީޤީ ރައްޓެހިންނަކީ ކޮބައިކަން އެނގުމެވެ. އެންމެ ބޭނުންވި ވަގުތު އެކުގައި ތިއްބެވި ބޭފުޅުންނާމެދު އަބަދުވެސް ފަޚުރުވެރިވަމެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ހަމައެހެންމެ، ކުރިއަށް އޮތްތަނުގައިވެސް ދެމިހުންނަވާނީ އެބޭފުޅުންނާއެކު، އެބޭފުޅުން ތިއްބެވި ތަނެއްގައިކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ޕޯސްޓުގައި ޑރ. ޝަހީމްވަނީ އެބޭފުޅާގެ ޙަޤީޤީ ރައްޓެހިންނާއެކު ނަންގަވާފައިވާ ބައެއް ފޮޓޯތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، 22 ފޮޓޯއެއް، މި ޕޯސްޓުގައި ޑރ. ޝަހީމް ހިއްސާކުރައްވާފައިވެއެވެ.

ޑރ. ޝަހީމް ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަންވެސް އަދާކުރައްވާފައެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަންވެސް އޭނާ އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނިހާން

    ޟަހީމާ އެއްކޮ ވައްކަމައް ތާއީދު ނުކުރީމަ ގޯސްވީ.

  2. ޏަމްނަމް

    ބޮޑު ތަނުން ބަލިކޮއް ލަދުގަންނަވާލާފަ އޮންނާނީ.

  3. ފުނަދޫ

    ފޮޓޯތައްޖަހާލަދިންނަމަ އެނގުނިސް

  4. މަސްވެިރިޔާ

    އަދާލަތު ޕާޓީ އުފެއްދުމުގައި ޑރ. ޝަހީމް އާއި އަލްމަރުހޫމް ޑރ. ބާރީއާއި ޑރ. މުއިއްޒް އާއި ޝައިޚުން ގެ ދައުރު ވ.މުހިންމު. ފަހުން ޕާޓީ ޖަހާގަތީ ޝޚ އިމްރާން. ޑރ. ޝަހީމް އަކީ ޕާޓީއަށްޓަކާ މިނިަްސްޓަރ ކަން ދޫކޮށްލެއްވި ބޭފުޅެއް. އަހަރަމެން ބޭނުމީ ޑރ. ޝަހީމް ޕާޓީއެއް ލީޑްކުރާތަން ދެކެން.

  5. Anonymous

    ޢަދި ގާތުގަ ރަނގަޅުކަމަށްހެދިގެން އުޅޭމީހުންގެ ނުބައި މާ ބޮޑު!

  6. އަހުލާމް

    ރައްޔިތުންގެ ކުރިމަތީގައި އަގު ނުވެއްޓި ފަލީހަތް ނުވެ ތިބި އިޚުލާސްތެރި އިލްމުވެރީންތަކެއް މިއަދު ރާއްޖެއައް އެބަ ބޭނުންވޭ.. ހިތާމައަކީ އެފަދަ މީހުން އުފެދި އަދި އެގޮތުގައި ދެމި ތިބެވޭވަރައްވުރެ ރާއްޖޭގެ މުޖުތަމައުގެ ފިތުނައާއި ނުބައިކަން ބޮޑުވެފައިވާކަން.

  7. ސަރުދާރު

    ޝަހީމަކީ އަނިޔާވެރި ޙުދުމުޛުތާރު ވެރިޔަކަށް ސަޕޯޓް ކުރި މީހެއް

  8. ޖޮއްބެ

    ބޮޑުތަނުން ވައްކަންކޮށްގެން ވެރިކަން ބަޔަކު ފޭރިގަތަސް ދެރަވާނެ ކަމެއް ނެތް ޑރ ޝަހީމް.