ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ދުވަހު ރައީސް އޮފީހުގެ ކެމެރާތަކަށް ރިކޯޑުވި ރޯ ވީޑިޔޯ ފޫޓޭޖު މިރޭ "ސަންގު ޓީވީ" އިން ދެއްކުމަށް ނިންމައިފިއެވެ.
އެޓީވީ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެދުވަހު ރައީސް އޮފީހުގެ ކެމެރާ އަށް ރިކޯޑުވި މަންޒަރު ފެންނަ ރޯ ފޫޓޭޖު ދައްކާނެކަމަށާއި މިކަމުގެ ސަބަބުން ދޮގު ހަދަނީ ކާކުކަމާއި އަދި މިއީ އެޑިޓު ކޮށްފައިވާ ވީޑިޔޯ އެއްކަންވެސް ހާމަވެގެންދާނެކަމަށެވެ.
#FinifenmaaGovun: Riyaasy Launch govumugai fenunu alifaanaky edit eh tha? Dhogu hadhany Muaz, Umar nuvatha R Yamin tha? Edhuvahu Raees Office camera ah record vi manzaruge raw footage SanguTV ah libijje! Mirey 21:00 ga aslu manzaru dhakkaalaane! Alhaakiyeyne! Inthizaarukollavvaa! pic.twitter.com/jkdBa8jMDJ
— Sangu TV (@Sangu_TV) January 1, 2019
ސަންގު ޓީވީ އިން ބުނެފައިވާ ގޮތުގައި މިކަމުގައި ދޮގު ހަދަނީ ކުރީގެ ރިޔާސީ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީތޯ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުތޯ ނުވަތަ ކުރީގެ ރައީސް ޔާމީންތޯ އެނގިގެންދާނެކަމަށެވެ. އަދި އެދުވަހުގެ ވީޑިޔޯތަކުން ފެންނަ އަލިފާނަކީ އެޑިޓެއްކަންވެސް ހާމަވެގެންދާނެކަމަށް ބުނެފައިވެއެވެ.
ވަރަށް ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވެފައިވަނީ ލޯންޗް ގޮވި ވަގުތު އަލިފާން ނުފެންނަ ކަމަށާއި އަލިފާނުގެ ކުލަ ފުރަތަމަ ފެނުނީ ވެސް އުމަރު ނަަސީރު އޭނާގެ އަތައް ދެއްވި ސީޑީއެއްގައި އިން ވީޑިއޯ އަކުން ކަމަށެވެ.
އެގޮތުން އުމަރު ބައްދަލު ކުރައްވައި އޭނާގެ އަތަށް އެ ދުވަހުގެ ހާދިސާއާ ގުޅޭ ގޮތުން ވީޑިއޯ ސީޑީއެއް ދެއްވި އިރު، އެ ވީޑިއޯ އިން އަލިފާނުގެ ކުލަ ފެނުނު ކަމަށް މުއާޒް ވިދާޅުވެފައިވެއެވެ. އެއީ ކޮމްޕިއުޓަރު ޑިޒައިނަރަކަށް ނުވަތަ ވީޑިއޯ އެޑިޓްކޮށްލާ މީހަކަށް ވެސް ކޮށްލެވިދާނެ އެޑިޓެއް ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް، އުމަރު ވިދާޅުވެފައިވަނީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށެވެ. އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށް އުމަރު ވިދާޅުވިއެވެ.
މި ވީޑިޔޯ ދައްކަން ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.
އިބޫގެ ވެރިކަމަށް ދެމަސް ދުވަސް ވަމުންދާއިރު ވެސް އިބޫގެ ވެރިކަމުން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ގައި ތިބޭ އަމިއްލަ އެދުން ބޮޑު މީހުންނަށް ނުފެނެއޭ ގައުމުގައި ހުރި ބޮޑެތި އިޝޫސް ތައް މިގައުމުގައި ހުރި އެންމެ ބޮޑެތި އިޝޫސް ތަކަކީ އެއީ މާލެ ސަރަހައްދުން ފްލެޓްސް ތައް ބޭނުންވާ އެންމެންނަށް ފްލެޓްސް ނުވަތަ ބިން ދިނުން ނޫންތޭ އެކަން ނުކޮށް ތަމެންގެ އުފަންދުވަހޭ ކިޔުން އެއީ ރައްޔިތުން ގައިގައި ޗާބޫކުން ތެޅުން ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ވަރަށް ތަދުވެ ގައި ގައި ރިއްސައޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް...
ފަޒީނާގެ މި ރިޕޯޓް މިދިއަ އަހަރުގެ އެއް ވަނަ އޭ ކިޔާ ދޭތެރެ ޖައްސަން ނޫންތޭ ނޫސްވެރިންނަށް އިނގެނީ ތަމެން އަމިއްލަ އަށް ތޭ ތަމެން އެއްވަނަ ދެނީ ތިޔާއީ ތާރޑް ޕާރޓީ އަކުން ކުރަން ޖެހޭނެ ކަމެކޭ ތަމެން ތިޔާ އުޅެނީ ތަމެންގެ ވެރިކަމުގައި އިބޫ އަށް ރައްޔިތުންނަށް ކަމެއް ކޮށް ނުދެވޭތީވެ މަމެންގެ ރައީސް ގެ އަބުރު ކަތިލައިގެން ތަމެން ގެރައީސް ރަނގަޅު ކަމަށް ދައްކަންތޭ ތިޔާއީ ރައްޔިތުން ގައި ގައި ޗާބޫކުން ތެޅުން ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް
އަހަރަމެން ނުބަލާނަން އެދުވަހު ނޫސްވެރިންގެ ކެމެރާތައް ހުރީ އަދާފަތޯ... ހާދަ ފެންވަރުދަށޭދޯ.. ރަގަޅަށްވެސް ތިއޮތީ ބޭރުއަރާފަ .. ސަންގް ރީލޯޑްވީތޯ.
ހުރިހާ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ މާތްރަސްކަލާންގެ.
ތި ވީޑިއޯ އަކީ އެޑިޓް ނޫންކަން ކިހިނެއް ޔަގީން ކުރާނީ
ހަމަ ކޮންޕިއުޓަރ އެޑިޓަކުން އަސްލު އަލިފާން ނުފެންނަގޮތެވެސް ހަދާލެވިދާނެ. އަނެއްކާ ތިޔަ އެޕިސޯޑު ރިލީސްކުރަނީވެސް ސީދާ ބްރޯ ޓީވީ އިންކަމުން އެގަހު ކޭލެއް މިގަހުކޭލެއް ނޭގެ. ތިޔަދައްކާވާހަކައިގެ ހަޤީގަތް ދެނެވޮޑިގެންވަނީ ﷲ ކަމުގައި ޤަބޫލްކޮއްގެން ތިބީމު!
ތީ އަސްލު އެއްޗެއްތަ؟
ތީދެން ނުވާކަމަކަށް ހަދަންތަ ތިއުޅެނީ، މިރޭ ތިތަނާ އެއްކޮށްކަން ނޭގެ ގޮވައިގެން ދާނީ
އަލިފާން ފެންނަ ވީޑިއޯއެއް އެޑިޓްކޮށް އެ ފުހެލަފައި ދެއްކުމަކިވެސް ކުރެވޭނެ ކަމެއް. އެކަމަށް ވަރަށް ވގުތުވެސް ލިބިއްޖެ މިހާރު.
ތިވީޑިއޯ ސަންގު ޓީވީގެ މުއައްޒަފުންނަށް އެޑިޓެއް ނުުރެވޭނެތަ ތިވީޑިއޯވެސް ގަބޫލުކުރާ ބަޔަކާއި ނުކުރާބައެެތިބޭނެ ވީޑިޔޯ މިހާރު އޮންނާނީ ޔާމީނާއި ދިމާ އިދިކޮޅަށް
ސަންގު ޓީވީއަކީ ކޮން ޓީވީއެއްކަން ރަނގަޅަށް ރައްޔިތުންނަށް އިގޭއިރު އެއިންދައްކާ އޯޑިއޯއާއި ވީޑިއޯގެ ކިހާވަރެއްގެ ހަގީތެއްވާނެކަން މިހާރުވެސް އެގިއްޖެ، ވީމާ ދެންއިތުރަށް ބަލާކަށް ބޭނުމެއްނުވާނެ، އެމްއެމްޕީއާރސީގެ ފައިސާގަނޑު ކާލާފައިވާ މީހުންނާއި މިހާރު އެފައިސާގަނޑުގެ ފަހަތުން ދުވާމީހުން ތިކަހަލަ ފިލްމު ކުޅޭނެކަމީ ހައިރާންވާވަރުގެ ކަމެއްނޫން.
ޙަޤީގަތަކީ އެއްވެސް ނުރައްކާތެރި ކަމެއް ނުހިނގާ. ސަޢުދީންވެސް އެމެރިކާ އިން ވެސް އައި ޓީމުގެ މެމްބަރުންގެ ތަޙުޤީގު ތަކުންނާއި އެވެރިންކރި ދިރާސާ ތަކުން އެނގުނީ އާދައިގެ ފަޓާހެއް ގޮއްވާލިކަން. އަލިފާނުގެ އެއްވެސް އަސަރެއް ނެތް.
ބަލަ ގައުމީ ސަލާމަތުގެ ރޯ ވީޑިއޯ ސަންގުޓީވީ އަށް ލިބެންވީ ކިހިނެއްކަން ތަހުގީގުކުރަންޖެހޭ..
އަލިފާނެއްވެސް ނުފެނޭ އަދި އެއްޗެއްވެސް ނުގޮވާ ... ލޯންޗުކޮޅު ފަހަތަށް ޖެހިތަނާ އެރި ލޮޅުމެއްގަ ދޮރުފަތް ނެއްޓުނީ ދޯ
ކޮން އަސްލު ފުޓޭޖެއް؟. ލައިވްކޮށް އަހަރެމެން ދުށިން. ޓީވީ އެމް ކްރޫ ވަގުތުން ދެއްކި އެއްޗެއް އެއީ. މިރޭ ތިދައްކަން އުޅެނީ މަކަރުވެރި ހިޔަޅުގރ ވާހަކައިން ހަދާފައިވާ އެއްޗެއް. ކަލޭމެންގެ ތިޔަ ނުބައި މަކަރުވެރިކަމުގެ ސަބަބުން މިވެރިކަން ވީއްދަވާނދޭވެ. އާމީން
ތީރައްޔިތުން ކުރިމަތާ ލައިވް ކޮން ފެނުނު މަންޒަރެއް. ދެން އެތައް އަހަރެއް ކޮއްފަ ފާޑެއްގެ ޓީވީ ޗެނަލް އަކުން ދައްކާ ފިލްމެއް ތަ އަދިވެސް ތެދު ކަމައް ގަބޫލް ކުރަންވީ. މޮޔަނުވޭ.
ސަންގުޓީވީ ރިލޯޑް ވެއްޖެ.
21:00 ޖަހައިފި. އަދި ނުދައްކާ. ކޮމެނޓް ފޮނުވި ގަޑި ފެންނަން އިންނާނެ.
ސަންގުގެ މަގްސަދަކީ ކޮބާ؟ ޢަލީފާނެއް ނުފެނުނަސް ގޮއްވި ދޯ ސަންގުގެ ދަތްދިގު ނޫސްވެރިޔާ
އެމްޑީޕީ އަކީ އަސްލު ފިލްމު ހަދަން ވަރަށް މޮޅު ބައިގަނޑެއް އުޅޭ ކްރިމިނަލް ކަލްޓެއް. މީގެކުރިން އައި ރީނދޫ ސަރުކާރުގައި ސިފައިންގެ ވެސް އޮތީ އެކިއެކި މީހުން ފްރޭމް ކުރުމަށް ވީޑިއޯ ފުޓޭޖް ހަދާ ތަނަކަށް ވެފަ.
ދިވެހިގައުމީ ލޭ ހިނގާމީހަކު ތިޔަ ފުޓޭޖް ލޮލުގެ ކުޑަކޮޅުންވެސް ބަލާ ނުލާނެ. އިނގޭނެވިއްޔަ ރީނދޫ މީހުން ދަމާލި ގުއިރޯނެއްކަން.
ދޮގު ހަދަނީ ކާކު ކަމެއް ނޭނގޭނެ ކޮންމެ އެއްޗެއް ދެއްކިޔަސް. އަދީބުގެ ސަންގު ޓީވީން ހަގީގަތެއް ހާމައެއް ނުވެސް ކުރާނެ. ޔާމީން ދިފާއު ކޮށް ދޭން އުމަރު އުޅެން ޖެހޭ އެއްވެސް ސަބަބެއްވެސް ނުދެއްކޭނެ. ދެން މުއާޒުގެ ވެއްޓޭ ފާހަގައިގެ ހަގީގަތްވެސް ހާމަކޮށް ދެއްޗޭ. ކަލޭމެން ކިތަންމެ ވަރެއް ވިޔަސް ލޯންޗު ގޮއްވާ ނުލާ ކަމަކަށްވެސް އަދީބަކީ ވަގެއް ނޫން ކަމަކަށްވެސް ނެހެދޭނެ. ކަލޭމެންނަށްވެސް މިިކަން އެނގޭނު.
ރައީސް ޔާމީން ފްރޭމް ކުރަން ތިޔަ ވަގުންގެ ގޭންގުން ކިތަންމެ ވަރަށް އުޅުނަސް އިންޝާﷲ އެކަމެއް ނުވާނެ.
އަސްލު ފުޓޭޖޭ؟ ތިޔައީ ނަގުލީ ފުޓޭޖު. ތިޔަ ދެއްކިޔަކަސް ކެއްކޭނެ ގަރުދިޔައެއް ނުހުންނާނެ. ފޭރޭ ބައިގަނޑާ.
ރާވާވާ ނުބައި ރޭވުން ދޯ ވަގު ހެދުމާ އޮޅުވާލުމުގަ މުޅި ހަޔާޔް
ފިނިފެންމާ ލޯންޗް ގޮއްވާލި ހެއްޔެވެ؟ ފިނިފެންމާ ލޯންޗް އަނދައި ހުލިވެއްޖެ ހެއްޔެވެ؟ ފިނިފެންމާ ލޯންޗު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެ ހެއްޔެވެ؟ އެލޯންޗުގެ ތެރޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ޖިސްމާނީ ހަށިގަނޑުގެ އެއްވެސްތަނެއް ޒަޚަމްވެފައި ވޭހެއްޔެވެ؟ އެއްވެސް ބޭފުޅެއްގެ ހެދުންކޮޅުގައިވެސް ބޮލުގައިވެސް އަދި ތުނބުޅިގައިވެސް އަލިފާނުގެ އަސަރެއް ހުރި ހެއްޔެވެ؟