ރ. ދުވާފަރުގައި މަސްވެރިކަން ކުރާ ދޯންޏަކުން މާވަހަރެއް ހޮވައިފިއެވެ. "މަންފާ" ނަމަކަށް ކިޔާ މި ދޯނިން މި މާވަހަރު ހޮވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެދޯނީގެ ފަރާތުން، ދޯނި ދުއްވާ މުޙައްމަދު އަޙުމަދު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ދޯންޏަށް މި މާވަހަރު ފެނިފައިވަނީ ރ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމުގައިވާ ވައްޓަރާއި މަހިދުއާ ދޭތެރޭގައި އޮންނަ ހަލަކުންކަމަށެވެ. އަދި، މި މާވަހަރު އޮތީ ހަލުގެ ފަޅުމަތީގައިކަމަށްވެސް އޭނާ ބުންޏެވެ.

"އޮންނާނެ ރ. އަތޮޅުގައި ފަޅު ރަށެއް ވައްޓަރު ކިޔާ، އެރަށާ މަހިދުއާ ދޭތެރޭ އޮންނަ ހަލެއްގެ ފަޅުމަތޫގައި އޮއްވަ ފެނުނީ." އޭނާ ބުންޏެވެ.

މުޙައްމަދު އިތުރަށް ބުނީ ދޯނީގައި ތިބި ހުރިހާ ފަރާތްތަކަށްވެސް ބުރަވެވުނީ މި މާވަހަރަކީ ހުދަންބަރެއްކަމަށެވެ. ހުދަންބަރަކީ މާވަހަރުގެ ވައްތަރުތަކުގެ ތެރެއިންވެސް އެންމެ ޚާއްޞަ އަދި އެންމެ އަގުހުންނަ އެއް ބާވަތެވެ.

ދުވާފަރު މަންފާ ދޯނިން ހޮވި މާވަހަރު

މީގެއިތުރުންވެސް، "ވަގުތަށް" މައުލޫމާތު ދެމުން މުޙައްމަދު ބުނީ ދޯނީގެ ހުރިހާ ފަރާތްތަކުންވެސް ބޭނުންވަނީ ބަރުދަނުގައި 800 ގުރާމު ހުރި މި މާވަހަރު ވިއްކާލުމަށްކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވިއްކާލަން. ދެން ބަރުދަނުގައި ހުރީ 800 ގުރާމު." މުޙައްމަދު ބުންޏެވެ.

މާވަހަރަކީ ބޮޑުމަހުގެ ފަރާތުން ލިބޭ އެއްޗެކެވެ. ވަކީން ޚާއްޞަކޮށް މިއީ "ސްޕާމް ވޭލް" ނަމަކަށް ކިޔާ ބާވަތުން ލިބޭ އެއްޗެކެވެ. ދުނިޔޭގެ ބާޒާރުގައި އަގުބޮޑުކޮށް ވިކޭ މާވަހަރަކީ އާއްމު ގޮތެއްގައި ސެންޓު އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ.

މީގެކުރިންވެސް، ގިނަ ދިވެހި ދޯނިތަކާއި މަސްވެރިން ވަނީ މާވަހަރު ހޯދާފައެވެ. އަދި ފެނުނު މާވަހަރުގެ ސަބަބުން މުއްސަނދިވެފައިވާ މީހުންވެސް އުޅެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. 3ނިރު

  ދުވާފަރު މީހުން ހޮވި ތިކަހަލަ މާވަހަރެއް ބާގީވަހީދު ވެރިކަމުގާވެސް

  • 6 ތީރު

   އާން ދޯ ވަހީދު ވެރިކަމުގައިވެސް ހޯވި.

 2. ީވަނި

  ޥަރުގަދަ ލޯޓްރީއެއްތި ލައްވާލީ?