ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި ގޮވާ ގޮވުމުގެ ތެރެއިން އަލިފާން ނުފެންނަ ވީޑިޔޯ އެއް، "ސަންގު ޓީވީ" އިން އާއްމުކޮށްފިއެވެ. މި ވީޑިޔޯ އާއްމުކޮށްފައިވަނީ މިރެއެވެ.

"ސަންގު ޓީވީ" އިން މިރޭ ހާމަކޮށްފައިވާ ގޮތުގައި މި ވީޑިޔޯކޮޅު ނަގާފައިވަނީ ހަމައެކަނި ރައީސް އޮފީހުންނެވެ. އަދި އެއްވެސް ޓީވީ ޗެނަލަކަށް މި މަންޒަރު ރިކޯޑު ނުކުރެވޭކަމަށް ބުނެފައިވެއެވެ.

އެދުވަހު ރައީސް އޮފީހުން ނެގި ވީޑިޔޯގެ ރޯ ފޫޓޭޖް ކަމަށް ބުނެ ވީޑިއޯއެއް މިރޭ ސަންގު ޓީވީ އިން އާއްމުކޮށްފައިވާއިރު، ކުރިން، މައްސަލަ ތަހުގީގު ކުރި ކޮމިޝަނުން ހާމަކުރި ވީޑިޔޯއާ ޚިލާފަށް، އޮރެންޖު އަލިފާންގަނޑު ނުފެނެއެވެ. އެހެންނަމަވެސް، ކޮންމެވެސް ވަރަކަށް ދުން އަރާ މަންޒަރު ފެނެއެވެ.

ސަންގު ޓީވީން އިތުރަށް ފާހަގަކުރި ގޮތުގައި އެތެރޭގައި އޮރެންޖު ކުލައިން މުޅި ތަނުގައި އަލިފާން އޮންނަތަން ފެނުނުއިރު، އެތެރެއަށް އެއާ އަޅާބަލާއިރު އަސަރުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ކުރިން ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒް އަލީ ވިދާޅުވެފައިވަނީ އެދުވަހު އަލިފާން ނުފެންނަކަމަށެވެ. މުއާޒް އިތުރަށް ވިދާޅުވެފައިވާ ގޮތުން އޭނާއަށް އެންމެ ފުރަތަމަ އަލިފާން ފެނިފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްވި ސީޑީއެއްގައި އިން ވީޑިޔޯއަކުންކަމަށެވެ.

މިކަމަށް ރައްދު ދެއްވާ އުމަރު ވިދާޅުވީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށާއި އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

67 ކޮމެންޓް

  1. ސަޕޯޓަރު

    ވީޑިޔޯ ކޮބާތަ؟

  2. ޙާދަ

    ހާދަ ނުސާފޭ ރޯ ފައިލް

  3. ޙށނ

    ޥީޑީއޯ އަލިފާންކޮޅުލެވޭ ގޮތައް އަލިފާންކޮޅުނެގެންވެސް ނެގޭނެ. މީހުންނައް އޮޅުވާލިއަސް ދެންތީ ބޮޑުވަރު...

  4. Anonymous

    ސަންގު ޓީވީ އަދީބު ޓީވީއިން ވީޑިޔޯ ވަނީ އެޑިޓު ކޮއްފަ.

  5. ލަބީބު

    އިންސާނާ ހުރިގޮތަށްހުއްޓާ އެ އިންސާނާގެ ނޭފަތް ނުފެންނަ ވީޑިޔޯއެއްވެސް ހަދާލުމަކީ މިއަދުގެ ޓެކްނޯލޮޖީއށް ބަލާއިރު ފެންފޮދެއްބޯލުންފަދަ ފަސޭހަކަމެކެވެ. މިއަދު އަދީބު އަޑީގައިހުރެގެން އެ ކުޅޭ ގޭމަކީ އޭނާ ކުށުން ބަރީޢަވުމަށް ހަދާ އުކުޅުތަކެވެ. ދިވެހި ރައްޔިތުން މިއަދު އެކަން ޤަބޫލެއް ނުކުރާނެއެވެ. ލޯންޗުގައި އެވަގުތު ތިބި މީހުންނަށް އަލިފާންގަނޑު ފެނުނުކަން ކަށަވަރެވެ.

  6. އާއްހާއް

    ހިންނަވަރު އިބޫ ވެރިކަމާއި ހަވާލުވި ފަހުން އަދި އެއް ރައްޔިތުންނަށް ކަމެއް ކޮށް ނުދޭ ދެން ރައްޔިތުންނަށް ކަމެއް ކޮށް ނުދެވޭތަނުގައި ރައްޔިތުންނަށް ކުރީ ސަރުކާރުން ދިން ފްލެޓް ގަނޑު ވެސް ބަނޑުއަޅާލަނީއޭ ވަގު ކޮމެޓީ އެއް އުފައްދައިގެން ސިޗުއޭޝަން މިއޮތީ ވަރަށް ބޮޑަށް ގޯސްވެ ހަރާމްކޯރުން ތައް ފާޅުވާން ފަށައިފައޭ އެހެންވެ ޕޮލިހުންގެ އިދާރާ އާއި ނުބެހޭ ކަންކަމަށް ވެސް އެމެން ބާނައިގެން މިއުޅެނީ ކުރީ ސަރުކާރުން ކަމެއް ކޮށް ނުދޭ ކަމަށް ދައްކަންއޭ ޔޫނޯ އައި ރިއަލީ ހޭޓް ދިސް އަންހެން ދުޅައިގެ ޕޮލިސް ކަމިޝަނަރަށް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް.....

    • ޢަފީ

      ކަލޭ ހާދަ އަމިއްލަ އެދުން ބޮޑޭ ދޯ.. ބަލަ ފްލެޓް ތައް ހުރީ ހާދަ ނާއިންސާފުންނޭ ދީފަ.. އެކަން މަށަށް އެނގޭ.. ކިތަންމެ މީހަކަށް އެބަހުރި މާލޭގަ ގެދޮރު ހުރި އެ ފްލެޓް ތައް ދީފަ.. ކަލެއަށާ ކަލޭ އާއިލާއަށް އެކަނި ލިބުނީމަ އެވީ ދޯ..

  7. އާއްހާއް

    ތަމެންގެ ވެރިކަމަށް ދެ މަސް ދުވަސް ވެގެން ދިޔައިރު ވެސް ތަމެންނަށް އިނގެނީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުން ދީފައިވާ ފްލެޓްސް ތައް ރައްޔިތުން އަތުން ފޭރިގަންނަން ނޫންތޭ އެހެން ކަމެއް ތަމެންނަށް ނޭގުނެއް ނޫންތޭ އޯލް އައި ވޮނާ ސޭ ދެޓް ޔޫ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް...

  8. Anonymous

    އެތަނެއްގައި ފިތުނަ ފަސާދަ ބޮޑުވެގެންވިހިނދު އެތަނެއް ފަނާވެދާ ހުއްޓެވެ.

  9. މޫސަ

    ވީޑިއޯ ބޭނުން ގޮތަކަށް ހެދިދާނެ ތި ވާނީ ރިސްވަތު މުއާޒު ދިން ވީޑިއޯ އަކަށް

  10. ބޭރުމީހާ

    އަލިފާން ނުފެންނަހެން ތިޔަދެއްކި ވީޑިއޯއަކީ އެޑިޓް ކޮށްފައިވާ އެއްޗެއްކަން އެވީޑިއޯ ބެލުމުން ވަރަށް ސާފުކޮށް އެނގެއެވެ.

  11. މާސްޓަރ

    ހުރިހާ ނޫސްތަކުން ރައީސް ދުރުވިއިރު ކެމެރާ އަޅުވައިގެން ތިބި. އެތައް ނޫސްވެރިންނެއް ހަމަލޮލުން މަންޒަރުދުއް. އެތައް ދުވަހަކަށްފަހު ތިވާހަކަ ދެއްކުން ހަމައެއް ނުޖެހޭ. މިބުނީި އެކަން ހިގާފައިވާގޮތް މަށަށްއެގޭ ވާހަކައެއް ނޫން.

  12. އެދުރުބެ

    ދުންވެސް ނާރާގޮތައް ރެކޯޑްވެފަ އިން ކެމެރާގެ ފުޓޭޖް ބޭނުންކުރިނަމަ މާފުރިހަމަ ވީސް.

  13. މަހުމޫދު

    ތިޔައީ އަދީބު ދޫކޮށްލުމަށް މަގުފަހި ކުރުމަށް ރާވައިގެން ހިންގާ ކަމެއް! ތިޔަ ވީޑިއޯ ރައީސް ޔާމީނުގެ ވެރިކަމުގައި ދެއްކިމަނަ ގަބޫލު ކުރެވުނީސް! ކިހިނެއް އެގެނީ އަސްލޭ ކިޔައިފައި ދެއްކި ވީޑިޔޯއަކީ އެޑިޓެއްނޫންކަން! އަސްވާޑު އެހެން ބުނާކަންފިޔައި އެހެންކަމެއް ނެތް! ދެން އިއްވީ ކުރިންހަދައިފައި އޮތްރިޕޯޓް މި ރިޕޯޓްގެ މައިގަޑުއޮތީ އެއްފަރާތައް ޖެހިފައި! ބަލަ ދޮގުހަދާ ސަންގު ޓީވީ އެވަގުތު އެލޯންޗްގައި އެހެންވެސް ލީޑަރުން ތިއްބެވި އެބޭފުޅުންގެ ދޫފުޅުން ހަގީގައް ބަޔާންކުރީ އަހަރެމެންގެ ގާތުގައި ތިބެގެން ކަން އޮތީ ތިޔަބުނާ ގޮތަކަށް ނޫން! އެއްޗެއް ގޮވިކަމަށް އަސްވާދުވެސް އެއްބަސްވޭ އެކަމަކު މެޑައަށް އަނިޔާވި ކަމަށްބުނަނީ ފާޑަކަށް މިއީ ކިހިނެއްވާކަމެއްތަ!

  14. ހ

    ތީ އަސްލެއް ކަމަށް ކިހިނެއް ޤަބޫލްކުރާނީ . ތިވެސް ހަމަ ރައީސް އޮފީހުން ހެދި އެއްޗަކަށް ވެދާނެ.

  15. ފޭކު

    އަޅުގަނޑުގެ ސުވާލަކީ (އަލިފާން ނުފެންނަ ވީޑިއޯ) ނުސާފު ވީޑިއޯ އަކުން (އަލިފާން ފެންނަ ވީޑިއޯ)ސާފު ވީޑިއޯ އެއް ނެގިދާނެހޭ. ވީޑިއޯ އެއް އެޑިޓް ކުރީމަ އަސް ނުސާފުވޭ .

    • ކަޅުމުއާ

      ވީޑިއޯ އެޑިޓް ކުރުމުގެ މަސައްކަތުގައި ވޭތުވެދިޔަ 10 އަހަރުވީ މީހެއް އަހަންނަކީ.. އަސްލު ވީޑިއޯ އެޑިޓް ކޮށް އެންހޭސް ކުރުމުން އެޑިޓް ވީޑިއޯ އަސްލަށްވުރެ ސާފުވާނެ... އަސްލު ވީޑިއޯ އާއި އެޑިޓް ހޯދިދާނެ ދެ ފުޓޭޖް ފައިލް ލިބުމުން ވަރަށް ފަސޭހަކަމާއެކު...

  16. މުހައްމަދު

    މަގޭ ސުވާލެއް..
    މެޑަމް އިންނެވި ގޮނޑި ދަޑުން ގޮވި.. ގޮވިލެއް ބާރުކަމުން ދޮރުވެސް ވިއްސައިގެން ދިޔާއީ. އޯކޭ..
    އެކަމަކު އެވަރުގެ ބާރު ގޮވުމެއްގޮވައި ދޮރުވިއްސައިގެން ދިޔައިރު އެތެރޭތިބި މީހުން ފުނޑުފުނޑު ނުވީ ކީއްވެބާ..
    އެކްސްޕާޓުން މީތި މި ވީގޮތް މަށަށް ކިޔައިދީބަލަ

  17. ޖާންޓޭ

    ޢަލިފާނެއްނޫން ގަނޑުފެން ގަނޑެއް ގޮވީ.ގަނޑު ފެނުންވެސް ދުންއަރާ.އަދީބުމެން މިހާރު ޓީވީ ޗެނަލް ތައްވެސްގަނެލަނީ.ލާރިގަނޑު ބަނޑު އަޅާގެން.

  18. ޖަމީ

    ޢަލިފާނެއްނޫން ގަނޑުފެން ގަނޑެއް ގޮވީ.ގަނޑު ފެނުންވެސް ދުންއަރާ.އަދީބުމެން މިހާރު ޓީވީ ޗެނަލް ތައްވެސްގަނެލަނީ.ލާރިގަނޑު ބަނޑު އަޅާގެން.

  19. ހީދް

    ރޯ ފައިލް ނުސާފް !! އެޑިޓް ކޮށްފައިން ފައިލް ސާފް !!! ކިހިނެއް މިވީ !!!؟؟؟؟؟

  20. Anonymous

    ފުރަތަމަވެސް ރޯފައިލްކަން ސާބިތުވާންޖެހޭ؟އިންޓަނެޓްއަށް ލީމަ އެނގޭނީ ރޯއެއްޗެއްކަން ނުވަތަ ސޮފްޓްވެއަރ އެއްޗެއްކަން

  21. ކްރިލްގާާޓް

    މިކަހަލަ ރޯވީޑޯ އަޅުގަޑު މެން ހަދަން ވ.ގިނައިން ފިލްމް ށޫޓިންގްސް ތަކަށް.

    ކިޔުންތެރިން ނޭ. މީ މިހާރު ދުނިޔޭގެ ޓެކްނޮލޮޖީގެ ތެރެއިން ނުކުރެވޭނެ ކަމެއް ނޫން.
    ޕ.އުގައިލް ކުރެން އައްސަވާ. މީވަރަށް ފަސޭހަ ކަމެއް..

  22. ބޮކި

    ކޮބާ ތަމެންނަށް ފެނޭތަ ފެނޭދޯ ފެނޭތޭ.....
    ގުޑް ގުޑް ގެޓްދަޕޮއިންޓް ؟

  23. ށަބަބު

    ބަލަ މުއާޒޫ. އާފްޓަާ އިފެކްޓްސް ލައިގެން ހަދާފަ އޮތް ވީޑިއޯ އެއްކަން ވަރަށް ރަނގަޅައް އެބަ އިނގޭ. ތިއައްވުރެ ރަންގަޅައް ތީތި ހެދިނަމަ އަޅޭ. އަދި ޕްރިޔަންކާ މެން ލައްވާ ޑަބިން ހައްދާލިނަމަ އަދި މާ ސަޅިވީސް. ބްރޯ ޔޫ ލެޓްމީ ޑައުން ދިސް ޓައިމް

  24. އެނިމޭޓަރ

    އަލިފާން ފެންނަ ވީޑިއޯ އެއީ އޮރިޖިނަލް. އަލިފާން ނުފެންނަ ވީޑިއޯ ވަރަށް ކުލަތަފާތު. އޮޅުވާލަން ނޫޅޭ. އަލފާނެއްނޫން މައްސަލައަކީ އެއްޗެއް ގޮވުން. ދޮރުވިއްސައިގެންދޭ .ދެން ބުނޭ މީހަކު ދޮރުކޮށްޕާލިއްޔޭ. ކޮބާ އެހެން އެންގަލަކުން ހުރިހާނޫސްވެރިންތިބި އިރު ވީޑިއޯ ދައްކާލަބަލަ. ނުވާނެއެކަމެއް. މޮޔަވަނީތަ. ޔާމީން ދަންޖައްސަން ރާވާހާރޭވުން. ތީފުކެއް ބޮޑުވަރު

  25. އަދީބޫ

    ބަލަ އެދުވަހު ފިނިފެންމާ ލެފިއިރުގަ ހުރިހާ ނޫސްވެރިން ވީޑިއޯ ކުރަމުން ދަނިކޮށެއްނު ގޮވީ؟؟؟ ގައިމު އެދުވަހުގަ ލައިވް މަންޒަރުގަ އަލިފާންފެނުނު........ ވަކި ބޭނުމަކަށްޓަކައި ދޮގުނުހަދަމާތޯ؟؟؟!!!

  26. ވަރުވާ

    އަލިފާން ފެންނަ ވީޑީއޯ ހެދހިކަމަށް ބުނާއިރު، އަލިފާން ނުފެންނަ ވީޑީއޯއެއް ނުހެދޭނެބާ؟ ތިޔައީ މުޢާޒު ދެއްކި ވާހަކައިން މުޢާޒު ސަލާމަތްކުރުމަށް ހަދައިގެން ގެންގުޅޭ ވީޑީއޯ އަކާވައްތަރީ.

  27. މާރިޔާ

    ތީ އަދީބު ޓީވީއެއް. އަދީބު ކާލި ލާރިގަނޑުގަ ތިތަން ތިހިންގަނީ. ރާއްޖެ ޓީވީގެ އަނެއް ގޮފި. ތިހެންގެަސް ބުނާނެ އަންނި ވެރިކެމުން ބޭލީވެސް ޔާމީނު ބަޑިޖައްސައިގެނޭ. މާފުސީގަ ބަޑިޖެހީ ޔާމީނު އަން ގައިގެނޭ. ތިނެއް ނުވެންބަރް ގިނައީވެސް ޔާމީނޭ. މިވެނީ އެހެންތާމިހާރު .އަދީބު އެއީ ހުދު ފޮތިކޮޅަކައްވެނިމިއްޖެ ޕާޓީހަދާ.

  28. ކިނބޫ

    އެޑިޓް ފައިލަށް ވުރެ ރޯ ފައިލް ނުސާފުވީ ކީއްވެބާ؟ ކުޑަކުދިން ކައިރީގަ ދައްކާ ކަހަލަ ވާހަކަ ނުދައްކާ،،، ސަންގު ޓީވީގެ ހަގީގަތްވެސް ރައްޔިތުންނަށް އެގޭ،،،

  29. ޅަތަ

    އަލިފާނެއް ނެތޯ. ބޮމެއްނޫނޯ. ޝައިނީ އައްޖެހުނު ފޮޑި އެކޯ.

  30. ޚިޔާލު

    ހަގީގަތް އޮޅޭފަދަ ތަހްގީގެއް ހިންގާގެން ދުވަހަކުވެސް އިންސާފެއްގާއިމެއް ނުކުރެވޭނެ މިފަދަ ކަންކަމަކީ މިޒަމާނުގައި އަސްލަށް ވާސިލުވެވޭނެ ކަންކަމެވެ، އެތައްބަޔަކަށް ނުހައްގު އަނިޔާއެއް ދީފައިވާނަމަ، ނުވަތަ މި ދައްކާ ވާހަކަތަކަކީ ދޮގުނަމަ އެބަޔަކަށް ވެސް ހައްގު އަދަބު ލިބެންވާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ސަލާމަތީ ބާރުތަކަށް ރައްޔިތުން ކުރާންޖެހޭ އިތުބާރާއި ގަދަރު ގެއްލި ގައުމީ ސަލާމަތަށް މިވަނީ ޙަގީގަތުގައިވެސް ނުރައްކާވެފައެވެ. ރައްޔިތުން އިތުބާރު ގެއްލުމަކީ ކުޑަކަމެއް ހެއްޔެވެ.

  31. Anonymous

    ފިނިފެންމާ ލޯންޗު ގޮވިއިރު އަލިފާން ނުފެންނަ ވީޑިޔޯ އާއްމުކުރުމާއެކު ދެންޖެހެނީ ޢައްދާރު އަދީބު އަކި އެއްވެސް ކުށެއްނުކުރާ އަދި ބަޔަކުލައްވާވެސް އެއްވެސް ކުށެއް ނުކުރުވާ ސާފު ހުދު ކާފޫރު ކޮޅަކަށްހަދާފަ މިނިވަންކޮށްލަން ނޫންތަ؟؟؟ މިއީ ނޫންތަ ތިކަހަލަ ވީޑިއޯތައް އުފައްދާ ނެރުމުގެ ބޭނުމަކީ؟؟

  32. ރާއްޖެ

    ތިއީ އަދީބުގެ ފައިސާއިން ހުޅުވި ސްޓޭޝަނެއް. އަސްވާޑް ނިކަން މިއީ ދޮގެކޭ ބުނެބަލަ.

  33. މަ

    އަލިފާނާ ނުލާ ދުމެއްނާރާނެއެވެ.

  34. އަދީބު

    ސަންގު ޓީވީއަށް ހާދަ ވީޑިއޯ އެއްލިބޭދޯ، ކުރިން ރައީސް ޔާމީން މަރާލާނެ ކަމަށް ބުނާ ވީޑިއޯވެސް ލިބުނީ ހަމަ ސަންގު ޓީވީއަށް، މިވެސް އަޖައިބެއް ކަހަލަ ކަމެއްނޫންތޯ

  35. އަސްވާޑު ދި ދަރަނިބޯ

    ރޯ ފައިލް ނުސާފު ކަމުން ބަލާލަން ނުކެރޭ.. އެޑިޓް ކޮށްފަ އިން ވީޑިއޯ މާ ކޮލިޓީ ރަނގަޅު!

  36. ފޭކް

    1 ނަމްބަރ ފާލަމާ ދިމާލަށް ލޯންޗްކޮޅު ގާތް ކުރާތަން ފެނޭ. ޢެކަމަކު އުފެދޭ ސުވާލަކީ 1 ނަމްބަރ ފާލަމާ ދިމާލުގައި ރައީސް އޮފީހުގެ ކެމެރާއެއް ހުރޭބާއޭ.ކެމެރާގެ މޫވްމަންޓަށް ބަލާލީމާ ކެމެރާ އިންނަނީ ފާލަމާ ދިމާލުގައި. ޢެއީކީ ރައީސް އޮފީސް ގެ ކެމެރާއެއް ކީއްކުރަން ރައީސް އޮފީސް ކައިރީ ހުރެވެސް ނުނެގޭނެ އެންގަލަކުން ނަގާފަ އިން ވީޑިއޯއެއް. ރައީސް އޮފީސް ގެ ކެމެރާ މޫވް ކުރާއިރު ލޯންޗް ތެރެއިން އެއްޗެއް ގޮވާގަޑީގައި ކެމެރާ އިންނަނީ ސީދާ ލޯންޗާ ދިމާލަށް ފަހަތު ގައި. ޢެއީކީ 200 ފޫޓް ދުރުގަހުރި ކެމެރާއަކުން ނަގާފަ އިން ފުޓޭޖެއް ނޫން. ކިހިނެއް ސީދާ ލޯންޗާ ދިމާ ފަހަތުގައި ރައީސް އޮފީސް ކެމެރާ އިނީ.

  37. އަސަދު

    ރައީސް އޮފީހުގެ ވީޑިއޯ ފުޓޭޖެއް މީޑިއާއަކަށް ލިބުމަކީ ރައީސް އޮފީހުގެ ސެކިއުރިޓީ ނިޒާމް ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް.

  38. ފާހަގަ

    ދޮރު ވެސް މީހަކު ފަހަތުން ކޮއްޕާލާ ވައްޓާލީ ހީވާގޮތުން ދޮރުވެސް ހުރީ ފަސޭހަކޮށް ވެއްޓޭގޮތަށް ދޯ. ެއެއްޗެ ގޮވައިގެން ދޮރު ވިއްސައިގެން ދިޔައީހެން ހީނުވޭ

  39. ޔޫ

    ތީ އަދީބާއި ސަރުކާރު ގުޅިގެން ކުޅޭ ފިލްމް ކަމަށް މައުލޫމާތު ލިބޭ އަލިފާން ކޮޅު ލެވޭނަމަ ނެގެންވެސް ވާނެތާ. މައްސަލައަކީ ތިޔަ ނުގޮވާކަމަށް ނުވަތަ ނުހިނގާ ކަމަކަށް ނުވިކަން. ކޯޓުތަކުން ކުރާ ހުކުމަށް ވާގޮތަށް ( ހުދުކާފޫރު ހުކުމް) ވި ނަމަ ދޯ

  40. ޑައިލޯގް

    މިހާރު ތީތި އެޑިޓްކުރީތަ. މިއަދީބު ހާދަމޮޅޭދޯ ޖަލުގަ އޮވެގެން ބްރިޖް، މަގުތައް، ގެޓްސެޓް ލޯން، ވެމްކޯ، މަހާޖައްޒާފް، ތެޔޮބޯޓު ހޮސްޕިޓަލް އަދިވެސް މިހުރިހާ ތަރައްގީއެއް ގެނައީ އަދީބޯ ކްރެޑިޓް އަދީބަށް މިހުރިހަކަމެއްގެ ވައްކަންކުރީ ޔާމީނޯ ގޯސްކަންތައް ޔާމީނަށް ބޯހަލާކު

  41. ޢަލީ

    އަލިފާން ފެނުނަސް އަދި ނުފެނުނަސް 2 ވީޑިޔޯ އިން ސާފުވާ އެއް ކަމެއް އެބަ އޮތެވެ.. އެއީ ކޮންމެސް އެއްޗެއް ގޮވި ކަމެވެ...

  42. ބަދެވި

    އަލިފާނެއް ނޫނޭ މުހިންމީކީ، ގޮވަން ވީ ސަބަބު ހޯދަބަލަ. އަދީބު ހުރިހާ ކަމެއްރޭވީ، އެހެން ވީމަ ދުނިޔެ މަތީގަ އަދީބަށް އަޒާބު ދައްކަވަނީ އެ، ދެން އުފެދޭނީ ހިލައެއް ނޫން، ލޮލުގެ ފެނުންގޮސް އަމިއްލަ އަށް ދަންވެސް ޖެހޭނެ އޭނަ،، އެއީ މި ޤައުމުގެ ބޮޑު ބާޤީ، ސަންގު ޓީވީ އަސްވާޑު އަކީ މީހުންގެ ލޮލުގަ އަދުން އަޅުވަން ވ މޮޅު މީހެއް، އެހެން އުޅެނިކޮށް ކަންފަތްމަތި ދިަޔައީވެސް އަދިވެސް މައިތިރި ނުވޭ،

  43. ކިއުންތެރިޔާ

    އެވަރުގެ އަލިފާންގަޑެއް ރޯވިނަމަ، ލޯންޗްގެ ބޮޑުބައެއް ހުންނާނީ ރޯވެފައިހެން ހީވަނީ، މަޑު ކުސަންތަކާއި ފައިބަރަކީ އަލިފާން ހަބޭހަށް ހިފާއެއްޗެއްދޯ!!!!!!
    އަދި ކުރިން ދައްކާ ވީޑިއޯގައި ހަމައެކަނި ފެންނަނީ އެއްތަންކޮޅު

  44. ޥާހްވާހް

    އާހްއާހް އަށް ވަރަށް ސަލާމް. މަމޮޅަން ތަމެން މަނެން ހެދިގެން އުޅުނަސް އަދި މުޅިޔަުން އޯކޭ އެއްނޫން. ވާހަކަ ގެންދަންވީ އުޞޫލުއެގިގެން ކޮމެންޓް ލިޔެބަލަ. އަމިއްލަޔަށް ތިޔޮއް އިއުތިރާފް ވެވުނީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އޭ ބުނެގެން. އަސްލަކީ ޕެޓްރޯލް އަޅައިގެން ދުއްވާ ލޯންޗެއްގައި އަލިފާނ ހިފައިފިނަމަ އެވާނީ ވަރަށް ބޮޑުކަމަކަށް. މިހާތަނަށް ސްޕީޑްލޯންޗެއްގަވެސް އަދި ޕްޓްރޯލް އަޅައިގެން ދުއްވާ އެހެން އުޅާނދެއްގަވެސް އެހާބޮޑަށް އަލިފާ ހިފައިފިނަމައަމުދުން ހުޅުފަޅައިގެންދާވަރަސް ހުޅުފަޅައިފނަމަ އެލޯންޗެއް ޗަލާމަތެއް ނުކުރެވެޔޭ. ދެން ރައީސް ހުރީމަޔޭ ކިޔާފަ އަލިފާނެއް އަމިއްލަޔަށް ބިރުންނުނިވޭނެ. އެހެންވީމަ މުއާޒަކަސް އަދި އެހެން މީހަކަސް އެބުނާ ބަހުގަ ކޮންމެސް ވަރެއްގެ ހަގީގަތެއް އެބަވޭ. އެއީ ހަމަ ޔާމީނު އަމިއްލަޔަށް ރޭވި ރޭވުމެއް. ރައްޔިތުން ގެ ރުހުން ހޯދަން. ކުރަންުދިޔަ ވައްކަން ފޮރުވަން. އެއަށްވުރެ ބޮޑަށް ދިވެހި މިތިބީ ހޭލަ. ވަހަު ތިބަި ތައްޔާރުގަ. އުރުން އަންނާނީ ކުރެދި ތޫނުކޯސްގެން މަޑަ ތައްޔާރުކޮށްގެން. ދެކުން އަންނާނީ މުޅާއޮޢްޓަކަށް ގައުއޮޑައިގެން. މިފަހަރު ސަލާމަތެއް ނުވޭވޭނެ. ހަމަ އެއްގޮލަޔަކަށްވެސް. މާލޭ ގުޅަކުޅޭފަސްގަނޑު ތައްޔާރުވެނިމުމައެކު ހުރިހަ ގޮލައިން ބުރީހަންނެގުމަށް އަތުރާލާނަން. މީ ސަމާސާއެއްނޫން

  45. ޖޯކު

    އަހަރެމެން ޤަބޫލު ކުރާނީ ހާދިޘާ ހިނގީމަ ތަޙްޤީޤް ކުރި ފަރާތްތަކުން ދެއްކި ވީޑިއޯ.
    1- އަހަރެމެނަށް އަދީބުވެސް ޔާމީނުވެސް މުހިންމެއް ނޫން.
    މައްސަލައަކީ ރިޔާސީ ލާންޗްގަ އެއްޗެއް ގޮވުން.
    2- އަހަރެމެން އަދީބުއާވެސް ޔާމީނު އާވެސް ޒާތީއެއްނޫން.

    1- ސުވާލަކީ ރިޔާސީ ލާންޗްގަ އެއްޗެއް ގޮވިހޭ؟ ނޫންހޭ؟
    2- ރައީސް ކީއްކުރަންހޭ އޭނަ އަންހެނުން މަރާލަން ނުވަތަ އަނިޔާއެއްދޭން ، ކުޑަ ގޮޅި އެއްގެތެރޭ އޭނަވެސް ހުރެގެން ކަމެއްކުރަންވީ؟ ހަމަ އެނޫން ގޮތެއް ނެތީބާއޭ؟

  46. މިލީ

    ކަލޯމެންނޭ. މީޓެކްނޮލޮޖީގެ ޒަމާން ތިކަހަލަ ކިތައްމެ ވީޑިއޯއެއް އަދީބު އަދި ޢާއްމުކުރާނެ. މިސަރުކާރު ހަމަހަމަކަމާއި އަދުލު އިންސާފު ޤާއިމުކުރަން އެމުޖްރިމް އެހެރީ މިނިވަންކޮށްލާފަ. މިއީ ވަރަށް ހަމަހަމަކަމާއި އަދުލުއިންސާފު ޤާއިމުކޮށްދޭނެ ސަރުކާރެއް.

  47. އަފީފު

    ކަލޭމެންނަށް ކޮންމެހެން ޖެހޭތަ ބަޔަކު ދައްކާހާ ވީޑިއޯއެއް ބަލާ އަދި މީހަކު ދައްކާހާ ވާހަކައެއް ގަބޫލުކޮށް ބޭކާރު ވިސްނުންތަކެއް ވިސްނަން. މޮޔަފުޅު ވީތޯ.

  48. ސަލީމް

    މާދަމާ މީހަކުއަރާ ބުނެފާނެ އެބުނާ ހާދިސާއެއް މިރާއްޖެއަކު ނުހިނގައޭ

  49. މަހުމޫދު

    ރޭގައި ވީޑިޔޯ ޢާއްމު ކުރަމުންދިޔަ އިރު އަސްވާޑު ބުނިދޯ ތިމަންނަމެންނަކީވެސް އެކަހަލަ މަސައްކަތް ކުރާބައެކޭ! މިހެންބުނީ ކީއްވެބާ! އަލިފާން ނުފެންނަ ވީޑިޔޯ އެޑީޓް ކޮށްފައި ޢައމުންނަށް އޮުވާލީ އަލިފާން ފެންނަ ވީޑިޔޯއަކީ އެޑީޓެއްކަމަށް އަސްވާޑަކަށް އެއްވެސް ހެއްކެއް ދެއްކިފައިނުވޭ! އަލިފާން ނުފެންނަވީޑިޔޯއިން ދުންފެންނަކަމަށް އަސްވާޑުވެސް ރޭގައި އިއުތިރާފުވި ދެން ސުވާލަކީ އަލިފާނުގެ އަސަރު ނެތްކަމަށް ވާނަމަ ދުންއެރީ ކީއްވެބާ ދުންއަރާ ދެ މަރުޙަލާ އޮންނާނީ އެއީ އަލިފާން ހިފަންވެގެން އަރާދުން ދެވަނަ މަރުހަލާގައި ދުންއަރާނީ އަލިފާންގަޑު ނިއްވާލުމުން އަރާދުން! މިކަމާމެދު އަސްވާޑުގެ ޚިޔާލއް ރޭގައި އިވިފައި ނުވޭ!އެކަމަކު ލޯންޗްގެ އެތެރެ ނޫންވެރިންނަށް ނުދެއްކި ވާހަކަ އަސްވާޑޫ ބުނި މިހެންބުނިއިރު އަސްވާޑަށް އެގޭނެ ހެކިފޮހެލަން ބަޔަކު ލޯންޗް ސާފުކުރިކަން ލޯންޗްގެ އެތެރެ ދެއްކުމަކަމީ އެއީ ނުހިގާކަމަކަށް ހެދޭނެ ސަބަބެއްނޫން!

  50. ހަގީޤަތް

    ސުވާލަކީ އަލިފާން ހުރިތޯ ނެއްތޯއެއްނޫން! ލޯންޗުގައި އެއްޗެއް ގޮވިތޯ؟ ހުރިހާ މަންޒަރަކުންވެސް އެއްވެސް ސައްކެއް ނެތް މިންވަރަށް އެނގި ސާފުވާ ކަމަކީ ލޯންޗުގައި އެއްޗެއް ގޮވިކަން.

  51. މަގޭ

    ތިޔަބުނާ ރޯވ ފައިލް ތިއީ ފޭކެއް.. ބަލާ ބެލުމަށް ކުޑަކުއްޖަކަށްވެސް އިނގޭން.. ބޮދުވަރު ދޯ.. ﷲ އަކްބަރު

  52. އަފީ

    މާތްﷲ ގަންދީ ހުވާކޮށް ބުނަން އެދުވަހު ލޯންޗް ބްލާސްޓް ވީއިރު ލޯންޗް އިން އަލިފާން އެވަގުތު ރޯވި. މީ ހަގީގަތް ﷲ ދެނެވޮޑިގެންވޭ! އެ މަންޒަރު އެންމެ ކައިރިން ދުށް ހަމައެކަނި މީހަކަށް އަޅުގަނޑު ވާނެ!

  53. އަފީ

    ﷲ ސވތ ދެއްވާފައިވާ ލޮލުގެ ހަމަ ނޫރުއިން ސާފްކޮށް ފެނުނު ތަސްވީރެއް ނުވަތަ މަންޒަރެއް އެކަން ނުފެންނަ ބަޔަކު ހަގީގަތް ނޭގޭ ވާހަކަ ދެއްކުމަކީ އިންސާނުންގެ ގޮތުގައި ތިބި ޖަނަވާރުންކަން ހުދު ޔަގީން! ދޮގު ހެދުމާ ފިތުނަ ފަސާދަ އުފެއްދުމުގައި ހަގީގަތް ނޭގޭ ކަންކަން ސަންގު ޓީވީން ދެއްކުމަކީ އެކަން ކަށަވަރު ނުކޮށް ވަރަށްވެސް ޖާހިލު ކަމެއް! ހަމަ ލޮލުން ވަރަށް ކައިރިން މި މަންޒަރު ފެނިފައި މި ވާހަކަ މިދައްކަނީ!

  54. ސޯޕް ލައިޓް ބްރަދަރ

    .ސަންގު ތީވީއަކީ އަދީބު ދެން ތިޔަ ވީޑިޔޯ ފުޓޭޖާމެދު ސުވާލު އުފެދޭ؟؟؟އަލިފާން ނުފެންނަ ގޮތައްވެސް ފޮޓޯ ހެދޭނެ!!!

  55. އެކްސްޕާޓް

    ފަހުން އާންމު ކޮއްގެން އުޅޭ ޥީޑިއޯ އެޔީ %100 އެޑިޓެއް..އަލީފާނުގެ ސަބަބުން އަރާއަލި ފޮރުވަން މާސްކިން ލެޔާއެވަނީ އިތުރު ކޮއްފަ. ފުދޭވަރަކާށް އެމެޗަރ ސޮރެއްލައްވާ ހަދައިގެން އުޅޭ އެއްޗެއްތީ. ޔާމީނު ގޯހަސް އަދީބު އޭނަ މަރާލަން ނުވަތަ ގެއްލުމެއްދީގެން ވެރިކަމަށް އަންނަން އުޅުން ގަބޫލް އެއްނުކުރެވޭ. މިހާރު ތިއުޅެނީ ތިޖަރީމާ ހިންގިއަދީބު އާއި އޭނާގެ ބައިވެރިން ވެސް ކޮންމެސް އެއްޗެއްކިޔާފަ ރައްޔިތުންނަށް އޮޅުންބޮޅުން އަރާކަހަލަ ގޭސް ގަޑޭއް ޖައްސާފަ ދޫކޮށްލަން.
    އަދީބުގެ ހިޔާނަތުގެ ފައިސާގެ ބޭނުން މިކަމުގަ ފުދޭވަރަކަށް އެބަ ހިފާ.

  56. ފޭކް2

    އެޑިޓް ކޮށްފަ އިން ފައިލް އަށްވުރެ ރޯ ފައިލް ނުސާފު. މިވީ ކިހިނެއް. ސްކްރީން ކޮޕީއެއް ދޯ. އޯކޭ. ކޮންމެ ފިލްމެއްވެސް އަޅުވާ ތަނަކުން ސާފު ކޮޕީ އިންޓަރނެޓުންވެސް ނުލިބޭ.

  57. އަހުރެން

    އަސްލު ދެވީޑިއޯގެ ކުލަޔަށް ރަނގަޅަށް ބަލާބަލަ. ދެވީޑިއޯގެ ކުލަ ވަރަށް ތަފާތު.

  58. ސަނދަރަ

    ސަންގުގެރިން އެޑިޓްކޮށްގެން ހެދި ވީޑިއޯ ޢާއްމުކުރިޔަސް ޗަބަލާނެ މީހަކު ނުވާނެ.

  59. ހަހް!

    ސަންގުން މި އާއްމު ކުރީ އެޑިޓެޑް ވީޑިއޯއެއް! މީފޭކް ވީޑިއޯއެއް ކަން ސާބިތު ކުރެވޭނެ ވަރަށް އެކި ކެމެރާތަކުން ކުރެވިފަ ހުރި ވީޑިއޯތައް ބެލީމަ އެނގޭ! މޮޅު އެޑިޓެއް ނަމަ އެރި ދުންތައްވެސް ދައްކާލިނަމަ!

  60. މަންޒަރު

    ކޮބާ އަސްލު ވީޑިޔޯ އަސްލު ވީޑިޔޯ ފެނުނީމަ ތެދު ގަބުލު ކުރާނީ.

  61. މާތްކަމޯ

    އަލިފާންގަނޑު ނުފެންނަ ވީޑިޔޯ އަކީ އެޑިޓެއް ކަމަށް ބުނާ ފަރާތްތަކަށް ބުނެލަން އޮތީ އެތަނުން އަސްލު ރޯ ފުޓޭޖް އަކީ ކޮބައިކަން ވީޑިޔޯ އެނަލިސްޓުންނަށް ވަރަށް ފަސޭހައިން ހޯދޭނެ ކަން މި ދާއިރާގެ މީހެއްގަ ހައިސިއްޔަތުން ބުނެލަން..އަދި ސަންގު ޓީވީ އިން ވެސް އެދޭ ޕޮލިހުން ނަމަވެސް މި ފުޓޭޖްތަކާއި ހަވާލުވެ މިަތަނުން ސައްޚަ ވީޑިޔޯއެއީ އަލިފާން ނެތް ވީޑިއޯ ކަން އެނެލައިޒްކޮށް ރައްޔިތުންނަށް އަންގަދޭން. ފިރުއައުނުގެ ކާހިނުން ބުނޭ މޫސާގެފާނުގެ މުޢްޖިޒާތް ފެނުމުންވެސް މޮޅުވެގެންވާ ސިހުރެކޭ..

  62. މުއާޡު

    ވީޑިއޯ އެޑިޓް ކުރުމުގެ މަސައްކަތުގައި ވޭތުވެދިޔަ 10 އަހަރުވީ މީހެއް އަހަންނަކީ.. އަސްލު ވީޑިއޯ އެޑިޓް ކޮށް އެންހޭސް ކުރުމުން އެޑިޓް ވީޑިއޯ އަސްލަށްވުރެ ސާފުވާނެ... އަސްލު ވީޑިއޯ އާއި އެޑިޓް ހޯދިދާނެ ދެ ފުޓޭޖް ފައިލް ލިބުމުން ވަރަށް ފަސޭހަކަމާއެކު...

  63. އާބިދާ

    އަލިފާން ފެންނަ ވީޑިއޯގަ ދޮރާ، ދޮރުފަތުގެ ދާރަތައް ސަޅިކޮށް ފެނޭ. އެކަމަކު އަލިފާން ނުފެންނަ ވީޑިއޯގަ މުޅިތަން އޮންނަނީ ކަޅުކޮށްލާފަ. ދޮރުގެ ދާރަތަކަކީވެސް އެޑިޓްބާ؟ ކަމެއް ކުރާއިރު ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް ކުރަންވެއްޖެ.

  64. ގުދިބެ

    ވީޑިޔޯ އޭ އަހަރުމެން ބަލަން ބޭނުމީ ކޮންހާ ބޭކާރު އަނގައެއް ތަޅާކަށް؟ މަސްހޫރުވާން؟

  65. އިއްބެ ހއ

    ތީ ދެން ކުރީގެ ފިލްމު އަސްލަކަށް ބަލައިގެން ޑައިރެކްޓަރ ބްރޯޖީ ގެ އެންގެވުމަކަށް ޕްރޮޑިއުސަރ މުއާޒް ސާހަބު އެޕާރޓްމަންޓް ކުލި ދެއްކޭނެ ގޮތެއް ހޯދަން ހެދި ކޮޕީ ފިލްމެއްކަން މި ޤައުމުގަ އުޅޭ ކުޑަކުދިންނަށްވެސް އެނގޭނެ ދޯ! ހައިރާންވަނީ މިޤައުމުގެ އެންމެ މަތީދަރަޖައިގެ މުއައްސަސާ ތަކުގައި ތިއްބަވާ ޒިންމާދާރު ފަރާތްތައްވެސް މިވަރު ނުދަނެ " އިތުރަށް ތަޙްޤީޤް ކުރަން" އުޅޭކަމަށް ބުނެ ބަތްކައްކާ ކުޅޭތީވެ. ނިޔާޒް ބުނާހެން " ޝަހާދެއް ހަމަ ބޯހަލާކު" ?