އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރާއިރު ބިދޭސީންނަށް ވެސް ދިވެހިންނާއި އެއްއަގެއްގައި ޓިކެޓްގެ އަގު ހެޔޮކުރަން ވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ "ބަންދު ދުވަސްތައް ނުހިމަނާ ގުނައިގެން ވެސް ޓިކެޓްގެ އަގު ހެވެއްނުކުރެވުނު" ސުރުހީގައި "ވަގުތު" އިން ގެނެސްދިން ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ. ވައުދަށް ކަމޭ ހިތުމަށް ނަސޭހަތްތެރިވަމުން ނިހާން ވިދާޅުވީ "ބޮޑުތަނުން ކުޑަކުރަން ވިދާޅުވި އެތެރޭގެ އުދުހުންތަކުގެ އަގު ބިދޭސީންނަށް ވެސް އެއް އަގެއްގައި ކުޑަކުރަން ވާނެ. އޭރުން ލޯކަލް ޓްއަރިޒަމް ފުޅާވާނެ." ކަމަށެވެ.

މިހާރު ގައުމީ އެއާލައިން މޯލްޑިވިއަން އިން ބިދޭސީންނާއި ދިވެހިންނަށް ޓިކެޓް ވިއްކުމުގައި ބޮޑު ތަފާތެއް ގެންގުޅެއެވެ. މާލެ އިން އެންމެ ދެކުނު އައްޑޫ ސިޓީ ގަމަށް ދަތުރު ކުރުމަށް ބިދޭސީއަކަށް މޯލްޑިވިއަން އިން ޓިކެޓް ވިއްކަނީ 3614 ރުފިޔާ އަށެވެ. ދިވެހިންނަށް އެކި އަގުތަކުގައި ޓިކެޓް ވިއްކައެވެ. އޭގެތެރެއިން އެންމެ އަގުބޮޑު ޓިކެޓް ވެސް 1777 ރުފިޔާއަށް ދިވެހިންނަށް ލިބެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ދެދުވަސް ތެރޭގައި ހެޔޮ ކުރާނެ ކަމަށް މިދިޔަ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވިދާޅުވި ނަމަވެސް އަދިވެސް ހެޔޮ ކުރި އަގުތައް އިއުލާނެއް ނުކުރެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަކީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ. އެ ވައުދު ފުއްދުމަށް ފަސް ދުވަހަށް ވެފައި ވަނިކޮށް ސަރުކާރުން ވަނީ ވައުދުތައް ފުއްދާނެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ވިދާޅުވެފައެވެ. އިއްޔެ އަކީ ބަންދު ދުވަސްތައް ނުހިމަނާ ގުނައިގެން ވެސް ސަރުކާރަށް 30 ދުވަސް ފުރިހަމަވީ ދުވަހެވެ. ނަމަވެސް ޓިކެޓްގެ އަގު ހެޔޮކޮށްފައެއް ނުވެއެވެ.

ޓިކެޓް އަގުހެޔޮ ކުރުން މިހާރު ލަސްވަމުން ދަނީ ކީއްވެ ކަމެއް ސަރުކާރުން ވިދާޅެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ށ.މަަރު

    އެއްވެރިކަމެށްގަ އެއާ މޯލްޑިވްސް މި ވެރިކަމުގަ ގޯސްނަހަދާތި ވާވަރެއްކުޑަކުރާނީ ކޮންމެ އެއްޗެއްކިޔަސް

  2. ސޭޓު

    ސޭޓުގެ އެއަރ މައިން އަގު ހެޔޮކުރަން ބޭނުން ނުވާތީ

  3. ކިނބޫ

    ސަރުކާރުގެ 30 ދުވަސް
    ޢާއްމު ރައްޔިތުމީހާގެ 30 ދުވަސް = 30*24=720 ގަޑިއިރު
    ސައުކާރު މަސައްކަތު ގަޑި=6
    6÷720 = 120 ދުވަސް
    ވީމާ ސަރުކާރުގެ 30 ދުވަހަކީ އިރުއަރާ އޮއްސޭ 120 ދުވަސް، ޓިކެޓުގެ އަގުހެޔޮވާނީ މާޗުމަހު މެދުތެރޭ ކަމަށް ލަފާކުރެވެނީ

  4. ޜާއްޖެތެރޭ މީހުން

    ނިހާނުމެންގެ 5 އަހަރުގައިއަގުހޮޔޮ ނުކުރީކީއްވެ؟

  5. އަލްޖިބްރާ

    ކަލޭމެންގެ ސަރުކާރުން ކަންތައް ކުރިއިރު ރޮޒޭނާ އެއްޗެކޭބުނީމަ ، ކަލޭމެންގެ ސަރުކާރުން ކަންތަށް ކުރާނެގޮތް ރޮޒޭނާއަކަށް ނޭގޭނޭ ބުނި ގޮތަށް ، މިސަރުކާރުން ކަންތައް ކުރާނެ ގޮތެއް ކަލެއަކަށް ނޭގޭނެ ! އަގަމަޑުންލައިގެން ހުރޭ ! ތިމާވަރުގެ މީހަކު ނެތިގެން ތެޅެނިކޮށް މީހަކު ބޮޑިއެއް ދީފާނެ !

  6. ޟީތަލަ ހަންނާން

    ޓިކެޓްގެ އަގު މިހާރު ކުރިއައްވުރެވެސް ބޮޑު، ނަހުލާ ހާދަ ދޮގެކޭ ތިހަދަނީ، ނުވަންޔާ އިސްތިއުފާދީބަލަ، ރައީސް ޔާމީން ވަރެއް ހަމަނެއް،

  7. ނހލ

    ނޯ... ނުޖެހޭ ކުރާކަށް... އެ މީހުންވެސް ދިވެހިންނަށް ހަދަނީ ހަދާނެ އެއްޗެއް...

  8. ޔާސިރު

    ވައުދު 1 އަބްދުﷲ ޝާހިދު އިންޑިޔާ އަށް ދިއުން ވައުދު 2 ރައީސް އިންޑިޔާ އަށް ދިއުން ވައުދު 3 އަބްދުﷲ ޝާހިދު އާއި ކެބިނެޓްގެ ބައެއް ވަޒީރުން ޖަޕާނައް ޖައްސާލުން ވައުދު 4 މިނިސްޓަރ ނަހުލާ އަބޫ ދާބީ އަށް ޖައްސާލުން ވައުދު 5 ރައީސް އުމްރާ އަށް ސައުދީއަށް ޖައްސާލުން .. މިވައުދު ތައް ފުއްދާފި ޤައުމު0.

  9. ބެއްޔާ

    ބަންދުދުވްސް ނުހިމަނާ ވައްދު ފުއްދާ ސަރުކާރުން ޓިކެޓުގެ ވައުދު ނުފުއްދުނުނު. އިބޫ އިސްތިއުފާ

  10. އިހްސަން

    އަނެއްކާ ބިދޭސީއަކާ އިންނަނީތަ.

  11. ދުވާފަރު ދަންޑަހެލު

    ނިހާން ޙުސައިން މަނިކު ޢަބްދުއްރަހީމް ޢަބްދުއްރަހީމް ގެ ދަރި އެއަރ މޯލްޑިވްސް އިން ކެމްޕެއިންތަކަށް ޗާޓަރ ކުރި ފްލައިޓް ތަކަށް ލާރި ވެސް ދައްކަންވާނެ