ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ބައްދަލު ކުރައްވައިފިއެވެ.

މޫސަ ރޭ ވަނީ ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށް ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ. ނަމަވެސް ބައްދަލުވުމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ބައްދަލުވުން އޮތީ ރިޔާސީ ގަނޑުވަރު މުލީއާގޭގައެވެ.

ރައީސް އާއި މޫސަގެ ފޮޓޯ ރީޓްވީޓް ކުރަަމުން ސޫޒަން އިބްރާހިމް "ހެވީލޯޑްގެ ކޮރަޕްޝަން މައްސަލަ ތަޙްޤީޤުކޮށް، ދައުލަތައް އޭގެ ބަދަލު ނަގާނަން." ކަމަށް ބުނުމުން މޫސަ ވަނީ އެއަށް ރައްދު ދެއްވާފައެވެ.

މޫސަ ވިދާޅުވީ "ކުރިން ޑީއާރްޕީގައި ތިބި މީހުން ވެސް ގޮވި ވާހަކަތީ؟ ބާޣީންނޭ ވެސް ބަޔަކާ ދިމާލަށް ގޮވި މީހުން؟ އަޅުގަނޑަށްވުރެ ކުރިން ކަމަނާ އެމްޑީޕީ ސަރުކާރުގައި ކުޅުދުއްފުއްޓާއި ހަވާލުވެ ހުރި އިރު ކުރި ކަންކަން ތަޙްޤީޤު ކޮށް ބަލަން ވީނުން؟" ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް މޫސަ އުޅުއްވި ނަމަވެސް އިންތިޚާބަށް ފަހު މޫސަ ފެންނަނީ ރައީސް ސޯލިހަށް ތާއިދުކޮށް އެކި ފޯރަމްތަކުގައި ވާހަކަދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ މިހާރު ވަނީ ޕީޕީއެމް އިން ވަކިވެ އަމިއްލަ ގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ލ.ގަމު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައެވެ.

މޫސަ ވަނީ ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން މީގެ ކުރިން ވެސް އެމަނިކުފާނާއި ބައްދަލު ކުރައްވާފައެވެ. އެބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Miadhu

    ހިތާދެކޮޅަށްވެސް ސަރުކާރަށް ނުވަތަ ރައިސްމީހާއަށް ތާއިދުކޮށް ބުނެފިނަމަ އެމީހަކު ސަލާމަތުގެ ބަދަރަށް ދުވުނީ

  2. Miadhu

    އަދީބުސަލާމަތްކުރަންވެގެން ރިޔާސީ ލާންޗް ގޮއްވާލި މައްސަލަ އަލުން ނަގައިފި ކީއްވެބާ 2012ގެ ބޮޑުހުޅުގެ މައއދަލަ އަދިވެސް ނުބަލަންވީ ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޖެހޭނެ

  3. Miadhu

    މަޖިލިސްކުރާގޭގައި މައިކުތަކާއި ގޮޑިތައް އުކާހަލާކުކުރިމައްސަލަ ބަލާ ދައުލަތަށް ލިބުނު ގެއްލުމުގެ.ބަދަލުހޯދަންޖެހޭނެ ބޮޑުމުސާއިން ނުފުދިން މުދާހަލާކުކުރެވިގެން ނުވާނެ

  4. Miadhu

    ކުރިންބުނި އަފްރާސީމުޢަލީގެ ގާތިލަށް ފައިސާ ޚަރަދުކޮށްފައިވަނީ މޫސައޭ އެކަން އޮއްބުމަށް އަބަދުވެސް ރައިސްގެ ފަހަތުންރ ދުވާމަންޒަރު

  5. ޖިންނި

    މަސް ދުވާނީ ފެން އޮންނަ ދިމާލަކަށް

  6. ބަނާނާ ޕީސް

    ބޭނުމަކީ އިބުރާހިމުގެ އިތުބާރުނެތްކަމުގެ ވޯޓެނަގާފާނެހެން ހީވާތީ އެކަންހުއްޓުވުން. މަކަވެރި ހިޔަޅެފަދަ މީހެއް ވެރިކަމުގަހުރީ. ނޫސްވެރިން ގަނެލާފަ މަޖުލިސްގަންނަނީމިހާރު.

  7. ބަޢީ

    ރީކޯ މޫސަހާ ބޯބޮޑު މީހަކު މިރާއްޖެއަކުނެތް. އެއިރަކު އޮންނަ ކޮންމެ ސަރުކާރަކުން މޫސައަށް ކެވުނު އެންމެ ބޮޑު މިންވަރަކުން ކަމުން އެދަނީ. އެވާހަކަތައް ދައްކާނެ ބަޔަކުވެސް ނުތިބޭ. އެހެންތާވާނި ދައްކަން ތިބިމީހުނަށްވެސް ބައިއެޅޭ ގޮތަށް މަސައްކަތްކޮށްފަ ހުންނަނީ. މައްސަލަ ބަލައިފިއްޔާ މިއެންމެންވެސް ބެދޭނެ. ހެވީ ލޯޑްގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ގޮވާލަން.