ގޭމް އޮފް ތްރޯންސް އަކީ ހަތް ކޮއިލުގެ ރަސްކަމުގެ ދަހިވެތިކަމުގައި ބަޔަކު ކުރަމުން އަންނަ ހަނގުރާމަ ދައްކުވައިދޭ ސީރީޒްއެކެވެ. މިހާތަނަށް ހަތް ސީޒަނެއް ގެނެސްދީފައިވާއިރު، މި ސީރީޒްގެ ފޯރި ދިވެހިންގެ މެދުގައިވެސް ވަރަށް ގަދައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރު ފެނިގެން މިދިޔައީ ވެރިކަން ހޯދަން ބަޔަކު ކުރި ވަރަށް ވަރުގަދަ "ހަނގުރާމައެކެވެ." ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ޖެހިގެން އައި ދުވަހު ހިނގި ބޮޑު ހުޅު ޖެހުމުގެ ހާދިސާ އަކީ ވެރިކަން ހޯދަން އެމްޑީޕީ އިން ދިން ފުރަތަމަ ހަމަލާއެވެ.

ދެއަހަރު ވަންދެން މަގުމަތީގައި ތިބެގެން ގައުމު ހުއްޓުވާލަން އެމްޑީޕީ އިން ކުރި މަސައްކަތްތައް ފަހަރުގައި މިހާރު ގިނަ މީހުންގެ ހަނދާނަކު ނުހުންނާނެއެވެ. ނަމަވެސް އެމަންޒަރު ރެކޯޑް ކުރެވި އާކައިވް ކުރެވިފައި އެބަހުއްޓެވެ.

ރައީސް ޔާމިން ވެރިކަމަށް ގެންނަން ޝަރުޢީ ދާއިރާ އިން މަގުފަހިކޮށްދިނެވެ. އިންތިޚާބު ބާތިލްކޮށް އޭރު އިދިކޮޅުގައި ތިބި ބަޔަކު ބޭނުން ގޮތަކަށް ކަންކަން ނިމިގެން ދިޔައެވެ. ޔާމީން ވެރިކަމަށް ވަޑައިގެން ދެން ވެރިކަމުގެ ތަހުތައް އަންނަން އުޅުނު މީހުން "ދުއްވާލަން" އެތައް ކަމެއް ކުރެއްވިއެވެ.

"އެ ހަނގުރާމަ" ކުރެވުނީ ޝަރުޢީ ދާއިރާގެ ތެރެއިންނެވެ. ތަހުތާއި ކައިރިއަށް ފިޔަވަޅެއް ގާތައް ޖެހިލާނެ ހެން ހީވި ކޮންމެ ބޭފުޅަކާއި، ވެރިކަމުގެ ތަހުތައް ލޮޅުން އަރުވާލާނެ ކަމަށް ހީކުރެވުނު ކޮންމެ މީހަކަށް އޮތް ޖާގައަކަށްވީ ޖަލުގެ ކުޑަ ގޮޅިއެވެ.

އެހަނގުރާމައިގައި ޔާމީން އުޅުއްވަނިކޮށް އެމަނިކުފާނު އަވަހާރަކޮށްލަން ދާދިގާތުން ނުރައްކާތެރި ހަމަލާއެއް އަމާޒުވިއެވެ. ނަމަވެސް ސަލާމަތްވެ ވަޑައިގެން އަނެއްކާވެސް ވެރިކަމުގެ ބާރުތައް ވަރުގަދަ ކުރައްވާ ހަމަޖެހިވަޑައިގެންނެވިއެވެ.

ފަހަރަކަށް ވުރެ ފަހަރަކު ޔާމީނަށް އަންނަ ހަމަލާތައް ވަރުގަދަވެ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު ޔާމީން "ކަކޫ މައްޗަށް" ތިރިވިއެވެ. ނަމަވެސް ނުވެއްޓުނެވެ. އަނެއްކާވެސް ޔާމީން ތެދުވެ ކަންކުރި މީހުންގެ ދުވަސް ދުއްވާލިއެވެ. ހަނގުރާމައިގައި އަނެއްކާވެސް ބޮޑު ކާމިޔާބެއް ހޯއްދެވިއެވެ.

ހުރިހާ އާރަކާއި ބާރެއް އޮވެ، ރިޔާސީ އިންތިޚާބަށް ނިކުތްއިރު ޔަގީންވެފައި އޮތް އެއްކަމެއް އޮތެވެ. އެއީ ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ދެން ޔާމީން ބަލިކުރެވޭނެ އެއްވެސް ގޮތެއް އަވަސް މުސްތަގުބަލެއްގައެއް ނުފެންނާނެއެވެ.

އެހެންކަމުން ވަރަށް ވަރުގަދަ އަޒުމަކާއި އެކު އިދިކޮޅު ހަނގުރާމައަށް ނިކުމެ އެންމެ ފަހުން ތަހުތު ހޯދީއެވެ.

"ގޭމް އޮފް ތްރޯންސް" ގެ ހަނގުރާމަ އަކީ ފަސޭހައިން ނިމެން އޮތް އެއްޗެއް ނޫނެވެ. ވެރިކަމަށް ހަމަލާއެއް ނައިސް ފަސް އަހަރު ނިމިގެން ދިއުން އެއީ ފާއިތުވި ދިހަ އަހަރު ފެނުނު މަންޒަރަށް ބަލާއި ވެދާނެ ގޮތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޝަނީޒް

    ގޭމް އޮފް ތުރޯންސް އަކީ ވަރައް އޮރިޔާން ބޮޑު އަދި އަނިޔާވެރި ސިލްސިލާ ފިލްމެއް. މި ރާއްޖޭގައި ބޮޑެތި އަދި ކުދި އެތަކެއް ބަޔަކު ލަދެއް ހަޔާތެއްނެތި އޭތި ބަލަމުން ގެންދަނީ އެއްވެސް ވަރަކައް ސެންސަރުނުކޮއް ފިލްމުއަޅައިދޭ ތަންތަނުން ހޯދައިގެން. ސެންސަރު ނުކުރާ މިފަދަ ނުބައި ފިލްމުތައް މިހާރު މުޖުތަމައުގައި ފަސޭހަކަމާއި އެކު އާންމުކޮއް ލިބެން ހުރޭ.. މާލޭގައި މިކަން ހުއްޓުވާނެ ސަަރުކާރެއް އަދި ވެރިޔެއް ނެތް. ވަރައް ހިތާމަ ހުރި.. ޒުވާނުން ނާއި ބޮޑެތި މީހުން ދަނީ އޮރިޔާން މަންޒަރުތައް ބެލުމުގައި އެއްވެސް ޖެހިލުމެއް ނެތި އާދައަކައް ހަދަމުން.

    • ނައީމް

      ޒައްރެއްގެ މިންވަރުވެސް ނުބައި ކަމެއް ވިޔަސް ހެޔޮކަމެއްވިޔަސް ކޮށްފި މީހަކު އޭނާ އެކަން ދެކޭނެ..

      • ޑެނޭރިސް ސްޓޯމްބޯން

        ވަލާރ މޯރގުލިސް. އޯލް މެން މަސްޓް ޑައި. *ޑްރެކާރިސް*

    • ސެޕްޓާ އުނެއްލާ

      ޝަނީޒް ގޭމް އޮފް ތްރޯންސް ބަލާތީއެއްނު ތިހުރިހާ އެއްޗެއްއިނގެނީ. މާސެއިންޓު ނުވެބާ. ޝޭމް ޝޭމް ޝޭމް ޝޭމް ޝޭމް.

    • ވޮލްޑާރ ފްރޭ

      އައި އިންވައިޓް ޝަނީޒް ޓު މައި ޑޯޓާސް ރެޑް ތީމްޑް ވެޑިންގ އެޓް ދަ ޓްވިންސް. ސީ ޔޫ ދެއަރ. *ވިންކް ވިންކް*

    • ސާރސީ ލެނިސްޓާ

      ވެން ޔޫ ޕްލޭ ދަ ގޭމް އޮފް ތްރޯންސް ޔޫ ވިން އޯ ޔޫ ޑައި. ޔޫ މައި ފްރެންޑް މަސްޓް ޑައި.

    • ލޭޑީ މެލިސަންޑްރޭ

      ދަ ނައިޓް އިޒް ޑާކް އެންޑް ފުލް އޮފް ޓެރާރޒް

    • އޯލެނާ ޓައިރެލް

      ޑޫ ޝަޓް އަޕް ޑިއާރ. ކެން ސްމެލް ޔޯރ ޝިޓް ފްރޮމް މައިލްސް އަވޭ

  2. ޣޮގް

    ސަޅި.

  3. ޕަކާސް

    ތިތާ މަދު އެބަވޭ އިލްޔާސް އިބްރާހިމްގެ ފޮޓޯއެއް.

    • ޗަކާސް

      މަންޒަރު ކުރިމަތީ ނޫޅޭތީ ނޫޅޭ މީހެއް ކަމަށް ހީވެފައި އޮންނަ މީހެއް އެއީ..

  4. އާރިޔާ ސްޓާކް

    ޔޫ އާ އޮން މައި ލިސްޓް އޮފް ނޭމްސް. ޝަނީޒް.