ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ ކައިރީގައި އޮންނަ ހުސް ބިމުގައި ޕާކިން ޒޯނެއް ހުޅުވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް "ޕީއެސްއެމް" ވިދާޅުވީ ހައުސިންގ މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ތަރައްޤީކުރި މި ޕާކިންގ ޒޯނަކީ 100 އަށްވުރެ ގިނަ ސައިކަލު ޕާރކް ކުރެވޭ ވަރުގެ ޕާކިން ޒޯނެއް ކަމަށެވެ.

އެ ސަރަހައްދުގައި ޕާކިންގ ޒޯނެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމީ އެއީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ސަރަހައްދެއްކަމުން، އެ އޮފީސްތަކުން ޚިދުމަތް ހޯދާ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ޝަމާޢު ޝަރީފް އިތުރަށް ވިދާޅުވީ، ޕާކިންގގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން، މެކޭނިކަލް ޕާކިންގ ސިސްޓަމެއް ބަހައްޓައިގެން އެކަންވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާ، ނަމަވެސް އެއީ އެންމެ ރަނގަޅު ހައްލު ނޫންކަންވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެކަން އަލުން ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޝަމާޢު ވިދާޅުވިއެވެ.

މާލޭގައި ވެހިކަލްތައް ގިނަވެ ޕާކް ކުރުމަށް ދަތިތަކެއް ދިމާވެފައިވާއިރު، އެކަން ހައްލު ކުރުމަށްޓަކައި މާލެއިން ބިން ހުސްކޮށް، ޕާރކް ކުރެވޭނެ ޖާގަ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަދީބު

    ބަލަ މީ ކުރިންވެސް ސައިކަލު ޕާކު ކުރަމުން އައި ތަނެއް. ރީނދޫ ރޮނގު ދަމާ ރަސްމީ ކޮށްލީ ދޯ. ރަގަޅު ދެން.

  2. ނަން

    އޭގެ ކުރިންވެސް ތިބުނާ ޕާކިން ޒޯނެއް ބޭނުންކުރަމުން ގެންދިޔަ.

  3. ޝަމީމު

    ކުރިންވެސް ސައިކަލްތައް ޕާކުކުރަމުން އައިތަން ވަޢުދުފުއްދުމަށް ރޮގު ދަމާލީ! އޯކޭ

  4. ދަންޑެހެލު

    މެގަ ޕްރޮޖެކްޓެއް ތިޔަ ނިންމާލީ. ގެރި މޯދީއަށް ތިވަރުގެ ޕްރޮޖެކްޓެއް ނިންމާލެވޭނީ 10 އަހަރުން. އެހެންނާ އެއީ މީގެ ކުރިންވެސް ވެހިކަލްތައް ޕާކް ކުރި ތަނެއް. ހީވަނީ އަލަށް ބަޔަކަށް މިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރެވިގެން އުޅޭ ހެން. ލޮލް...

  5. ޤަމަރު

    ހުޅުމަލޭގައި ރައީސް ޔަމީންގެ ސަރުކާރުން ހެއްދެވި ޕާކިންޒޯންގެ ރިބަންކަނޑާ ވަޢުދުފުއްދިފަދައިން އެފަދަ އަނެއް ވަޢުދު ތިޔަ ފުދުނީ!

  6. ފަތަރަންޖީ

    ތިޔަ ކައުންސިލުން އަދި ކުރަނީ ހަމަހުސް ތިކަހަލަ ގަޅި ކަންތައް.