2015 ވަނަ އަހަރު ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮވި ޙާދިސާގެ ރޯ ފުޓޭޖު އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް އެ ޙާދިސާ ހިނގިއިރު ހޯމް މިނިސްޓަރަކަށް ހުންނެވި ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފިނިފެންމާ ހާދިސާގެ ތަޙްޤީޤުގައި އިސްކޮށް އުޅުއްވި އުމަރު މިހެން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި ގޮވާ ގޮވުމުގެ ތެރެއިން އަލިފާން ނުފެންނަ ވީޑިޔޯ އެއް، "ސަންގު ޓީވީ" އިން ރޭ އާއްމުކޮށްފި ވަނިކޮށެވެ.

"އާފަތިސް" ނޫހަށް މައުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ އެ ހާދިސާގެ ރޯ ފައިލް އެއްވެސް ބަޔަކަށް ނުލިބޭނެ ކަން އެއީ ސަތޭކަ ޕަސެންޓް ކަމެއް ކަމަށާއި ޝަރީޢަތަށް ހުށަހަޅާ ކޭސްއަކަށް ހޯދާފައިހުންނަ އެވިޑެންސަކީ ފުލުހުންގެ ފޮރެންސިކް ލެބުގައި ރައްކާކޮށްފައި ހުންނަ އެއްޗެއް ކަމަށެވެ.

"ރޯ ފައިލެއް އެއްވެސް ބަޔަކަށް ނުލިބޭނެ. ރޯފައިލޭ ކިޔައިގެން ވާހަކަ ދައްކަންވާނީ ނުދަންނަ މީހުން ގާތުގައި ޗޭން އޮފް ކަސްޓަޑީގެ ހުރިހާ ފޯމްތަކެއް ފުރިގެން ފުލުހުން ލޮކް ކޮށްފައި ހުންނަތަނަކަށް އެހުރިހާ އެވިޑެންސެއް ވަންނާނީ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފުލުހުން ވެސް ރައީސް އޮފީހުން ވެސް އެ ވީޑިއޯ ލިބުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި ޗެއިން އޮފް ކަސްޓަޑީ ރޫޅާލައިފައި އެފަދަ އެއްވެސް ހެއްކެއް ނުނެގޭނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

"މި މައްސަލައަކީ އަދިވެސް ހިނގަ ހިނގާއޮތް މައްސަލައެއް މައްސަލަ ނިމޭނީ ސްޕްރީމް ކޯޓާ ހަމައިން" ޢުމަރު ވިދާޅުވިއެވެ.

އެދުވަހު ރައީސް އޮފީހުން ނެގި ވީޑިޔޯގެ ރޯ ފޫޓޭޖް ކަމަށް ބުނެ ވީޑިއޯއެއް ރޭ ސަންގު ޓީވީ އިން އާއްމުކޮށްފައިވާއިރު، ކުރިން، މައްސަލަ ތަހުގީގު ކުރި ކޮމިޝަނުން ހާމަކުރި ވީޑިޔޯއާ ޚިލާފަށް، އޮރެންޖު އަލިފާންގަނޑު ނުފެނެއެވެ. އެހެންނަމަވެސް، ކޮންމެވެސް ވަރަކަށް ދުން އަރާ މަންޒަރު ފެނެއެވެ.

ސަންގު ޓީވީން އިތުރަށް ފާހަގަކުރި ގޮތުގައި އެތެރޭގައި އޮރެންޖު ކުލައިން މުޅި ތަނުގައި އަލިފާން އޮންނަތަން ފެނުނުއިރު، އެތެރެއަށް އެއާ އަޅާބަލާއިރު އަސަރުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ސަނާ

    ސަންގުން އެބުނީ ރަނގަޅަށް. އެހާދިސާގައި އެވަރަށް އަލިފާން ފެނުނުއިރުވެސް މީހެއްގެ އިސްތައްޓަކަށްވެސް ކަމެއްވެފަ ނެތްކަން އެއީ ބޮޑު ސުވާލެއް.

    • Anonymous

      ސަންގަކީ ސީދާ އަދީބުގެ ޓީވީއެއް. އޭނާ މިހާރު ކުށެއް ނުކުރާ ކަމަށް ބޮމެއް ގޮއްވާ ނުލާ ކަމަށް މައުސޫމް ތުއްތު ކުއްޖެއް ކަމަށް ދައްކަން ވެގެން ޖައްސާ ސްޓަންޓެއް. ނިކަން މި ކަމާ ސުވާލު އުފައްދަބަލަ.

    • ހުސޭނު

      ގަން ޕައުޑަރ އަދި ހައި އެކްސްޕްލޯސިވްސް އަނދާއިރު އަލިފާން ފެންނާނެ، އެކަމަކު މީހަކު އޭގެ ސަބަބުން ރޮލެއް ނުފިލާނެ، ގޮވުމުގެ ޕްރެޝަރ ގައި ބުރައިގެންދާ ކުނޑިތަކެއް މީހާގެ ހަށިގަނޑަށް ވަންނާނީ.

    • އަވާމެންދުރު

      ބަލަ ތި ބުނާ އެއްޗެއް ރަގަޅު ނަމަ، ހަމަ އަލިފާން ނުފެންނަ ގޮތަށްވެސް އެޑިތް ކުރެވިދާނެ ނުން. ވީމާ، ގަބޫލު ކުރަންވީ ކޮންކަމެއްތޯ؟ އެންމެ ރަގަޅު ގޮތަކީ ތި ކަމަކީ ގި ކަމެއްވެސް ނުނޭ ބުނުން. އެއީ ތިފެންނަ ލޯންޗަކީ ކުރެހުމެއްކަން ކައިރިންބަލާލީމަ އެގޭތީ.

    • ނަޢީމު

      މީހެއްގެ އިސްތައްޓެއް ނޭނދިނަމަވެސް އެތާހުރި ގޮނޑިތަށް ހުރީ އަނދާފަ

  2. ގެންޓު

    އުމަރާ، ފުލުހުންގެ ފޮރެންސިކް ލެބްގަ ހުންނަ އެއްޗެއް ނުލިބޭނޭ ކިޔައިގެން ތިޔަގޮތަށް ވާހަކަ ދައްކާނީވެސް ފުލުހުންގެ ޙާލަތު ނޭގޭމީހުންކައިރީގަ.

  3. ގެންޓު

    ހަމަގައިމުވެސް ތިޔަބުނާ ލެބުގަ ތިބޭނީކީ މަތިންފައިބާތިއްބެވި ބައެއްނޫން. އޭގެއަނެއްކޮޅުން ރާއްޖޭގަ ފުލުހުން އެންމެ ކޮރަޕްޓް ޒަމާނުގެ ވާހަކަ ތިޔަ ދައްކަނީ. މަށަށްވުރެ މާރަގަޅަށް މަނިއްޕުޅަށް މިކަންއެގޭނެ.

  4. ބުއްޅަ

    ސްޕްރީންކޯޓުންވެސް އެއީ ނުވާކަމަކަށް ހަދާފާނެ! ހުރިހާކަމެއްވެސް އެކޮޅުކޮޅުންޖެހެމުން ދާ ޒަމާނެއްގައި ކޮންމެކަމެއްވެސްވެދާނެ!

  5. Anonymous

    އުމަރު ފުރަތަމަބުނީ ރޯފައިލް ރައީސް އޮފީހުގަ މިހާރުވެސް އޮންނާނެއޭ.އެހެން ބުނީމަ ސަންގު މީހުން ރޯފައިލް ވެގެން މިއުޅެނީ.... މީއުމަރު އެމީހުން ގަޅި ހައްދަން ބުނިއެއްޗެއްތަ؟

  6. ރަޝީދު

    ކޮންމެ އެއްޗެއްސަންގު ޓީވީއިން ކިޔަސް، ތިޔަ މަންޒަރަކީ ޕީއެސްއެމްއިން ވަގުތުން ދުރައް ދައްކަމުން ދިޔަ މަންޒަރެއް، އެވުގުތު އެފުނުނު މަންޒަރު އަލިފާން އަރާތައް ފެނުން. ދެންމިވަރުން ޔަގީން ނުވަންޔާ ދެން ޔަގީން ކުރަން ބަލާނެ ވީޑިއޯއެއް ނެތް.

    • ޭއިމްމަސް

      އުމަރާ ފުރަތަމަވެސް ކަލޭ ބެލީ ދޮގުހަދާގެން ވެސް އެކަންކުރީ އަދީބު ކަމަށް މީހުނަށް ވިސްނާދެވޭތޯ. އެ ވީޑިއޯއަކީ ކަލޭ އަދީބު ބައްދާލަން ހެދިއެއްޗެއް އެދުވަހު ލޯންޗުގާ އަލިފާނުގެ އެށްވެސްކަމެއްނުހިގާ.އިތުރު މައުލޫމާތު ބޭނުންނަމަ މަކަިރީ އަހާ މަށަށް އެގޭ ވަރަށް އެހެން މީހަކަށް ނޭގޭނެ

  7. ޒާލިމް

    އުމަރު ނަސީރޫ..... މިދައްކަނީ ރާއްޖޭގެ ދިފާއީ ބާރުގެ ބެލުމުގެ ދަށުގައި ރައްކާކޮށްފައިތިބޭ ބަރު ހަތިޔާރުތައް ރާއްޖޭގެ ރަށްރަށުގެ ފަޅުތެރެއިން ނަގާ ގައުމެއްގެ ވާހަކަ. މިދައްކަނީ ރާޖޭގެ ދިފާއީ ބާރުގެ ބެލުމުގެ ދަށުގައިތިބޭ ފިސްތޯލަތައް ގޭގޭ ކޮޓަރިތެރެއިން ފެންނަ ގައުމެއްގެ ވާހަކަ. މިދައްކަނީ ކޯޓްތަކަށް މީހުން ދީފައިތިބޭ ސިއްރު ބަޔާން އަދި ޝަރީއަތުގެ މަޖިލީސްއަށް ނުވެސް ބާއްވަނީސް އެއިގެ މާކުރިން ސޯޝަލް މީޑިއާގައި ފެންނަން ހުންނަ ގައުމެއްގެ ވާހަކަ. ދެން އުމަރު ކިޔާ މީހަކު ތިހެން ބުނީމަ ގަބޫލުކުރާނީ ކާކުބާ؟ ފަހަރެއްގައި ފޮތުގައި ލިޔެފައި އޮންނަނީ ތިހެންކަމަށްވެދާނެ. އެކަމަކު ފޮތުގައި ލިޔެފައި އޮތުމަކީ އެ "ރޯ" ފުޓޭޖް ހަމަ "ނުރޮނީސް" ވެސް އެހެން މީހަކަށް ނުލިބޭނެ ސަބަބެއް ނޫން.

  8. މަނިކުފާނު

    އަދީބު އެލޯންޗުގަ ހުރިމަންޒަރުވެސް ދަންކަންވީ އެއީރޯމާދުވާލު އިރުއަރަމުންއައި ވަގުތުގަ ގިނަބައެއްގެ އަދި އެތަށްބައެއްގެ ލޯކުރިމަތީގަ ހިގާދިއަ ބޮޑުކާރިސާއެއް. ވ.ސާފު

  9. ގާސިމްބެ

    އެތެރެއަށް ވަތްގޮތަކަށް ބޭރަށް ނުކުންނާނެ، އުމަރުބޭ. ދިސްއިސް މޯލްޑިވްސް.

  10. ޢަލްބިޝާމް

    ރޯފުޓޭޖް އަލިފާން އަރާ ފުޓޭޖައްވުރެ ނުސާވުވީ ކިއްވެހޭ އަދީބޫ..
    އެއްވެސް އަލިފާނެއް ނެތި ދުން އެރީ ކިހިނެއްހޭ...
    ދޮރު ވިއްސައިގެން ދިޔައީ ކިހިނެއްހޭ!
    އެތެރެއިން ގޮވީ ކޯޗެއްހޭ!
    ލޯންޗުގެ މަތީގައި ތިބި މީހުން ސިއްސައިގެން އެންމެން އެއްފަހަރަކާ ދިޔައީ ކިހިނެއްވެހޭ!
    އަދީބު ކީއްވެހޭ ކުއްލިޔަކަށް ބަލިވީ ކީއްވެހޭ!

    • ވީޑިއޯ އެފް އެކްސް

      " ރޯފުޓޭޖް އަލިފާން އަރާ ފުޓޭޖައްވުރެ ނުސާވުވީ ކިއްވެހޭ " މީ އެންމް މުހިންމު ސުވާލު.
      ޖަވާބަކީ އަލިފާން އަރާ ފުޓޭޖު އާފްޓާ އިފެކްޓްސް އިން އަލިފާން ފޮހެފަ ރެންޑާ ކުރެވުނު ގޮތަކުން ވީޑީއޯ ނުސާފުވިއްޔޭ.. ވަރަށް ސަލާމް

  11. ހާމިދު ޝާހިދު

    ފުލުހުންނަކީ އިތުބާރު ގެއްލިފައިވާ ދެފުއްކެހެރި ބައެއް. އެމީހުން ރައީސް ޔާމީންއަށްވެސް ދިނީ ދޯކާ، ރައީސް ނަޝީދަށްވެސް ދިނީ ދޯކާ، އިބޫ ސާލިހަށްވެސް ދޭނީ ދޯކާ...! މިހާރު އެއްޗެއް ލީކުވިއްޔާ ލީކުވެގެން އުޅޭނީވެސް ފުލުހުންގެ ތެރެއިން...!

  12. މޮހޮނު

    ރާއްޖެ ޓީވީ ރޯކޮއްލީ ވެސް އަދީބް އަޑީގަ ހުރެގެންނޭ ކިޔާ އަޑު އިވޭ..

  13. ހަސަންބެ

    ސާބަހޭ ކުދިންނޭ؛
    އަދީބު އަތު ފައިސާ ހުރިކަން އެނގިގެން އެއީ މާތް ބޭފުޅަކަށް ބަލަން ވެއްޖެ. ދައުލަތުގެ 150 މިލިއަން ޑޮލަރު އޭނަ ބޭނުންވި އކައުންޓް ތަކަށް ޖަމާކުރި ކަން އެ އޮތީ ސާބިތުކޮށް ފެންނަން. މި ހާރު އެހުރީ ގޭގަ ދެން އެހެދީ ޕާޓީ. އިންސާފްހޯދާ ސަރުކާރޯމީ؛ ކޮން ދެބޯގެރި ދުއްވާ ފިނިފެންމާ ލޯންޗެއްތޯ؟
    މީތޯ ބަލަންވީ ކަމަކީ ކޮބައިތޯ 150 މިލިއަން ޑޮލަރ.؟

  14. އެޑަމް

    ސަންގުން ދެއްކި ރޯފައިލް އަށްވުރެ ނުރޯފައިލް މާ ސާފު

  15. އިދިކޮޅު

    ރިޔާސީ ލޯންޗު ގޮއްވާލީ ޔާމީންކަމަށް ދައްކަން
    މަސައްކަތް ކުރިނަމަވެސް ލޮލާއި ބޯހުރިމީހަކަށް
    އެކަން ޔާމީން ނުކުރާނެކަން އެނގޭނެއެވެ މޑޕ އަޑީގައި އޮވެގެން ހިންގާ ނުރައްކާތެރި ގުޖަޑު
    ތަކަކީ ގައުމުގައި ފިތުނަޔާއި ހަމަނުޖެހުން އުފެއްދުމަށް ހިންގާޖަރީމާ ތަކެކެވެ މިކަންކަމުން
    ރައްކާތރިވެތިބުން ވަރަށް މުހިއްމެވެ މޑޕ އަކީ
    ހަމ މޑޕ އެވެ

  16. އައްޔު

    ސަންގު މީހުންނާއި ސުވާލެއްކޮށްލަން ބޭނުން ކަލޯމެންނަށް ލިބުނު ރޯވީޑިއޯއަށް ވުރެން ރައީސް އޮފީހުން އެޑިޓްކުރި ކަމަށް ކަލޯމެން ބުނާ ވީޑިއޯ ސާފުވީ ކީއްވެތޯ؟
    އެސްޑީ ވީޑިއޯއެއް އެޗްޑީ ނުކުރެވޭއިރު އެވަރަށް ސާފުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެހެން ކަމުން އަސްލު ވީޑިއޯއަކީ ރައީސް އޮފީސްގެ ވީޑިއޯ މިހެން ބުނަން މިޖެހުނީ ދެވީޑިއޯގެ ތަފާތަށް ބަލާފައި
    ނުސާފް ވީޑިއޯއެއް ސާފެއް ނުކުރެވޭނެ ސާފްވީޑިއޯ އެއް ނުސާފްކުރެވިދާނެ މޮޔައިން ޤަބޫލުކުރާނެ ސަންގުޓީވީގެ ސްޓަންޓްތަށް

    • ވީޑިއޯ އެފް އެކްސް

      ސަންގު ޓީވީން ދެއްކީ ރައީސް އޮފީހުން ދެއްކި ވީޑިއޯ އަށް އާފްޓާ އިފެކްޓްސް ބޭނުން ކޮއްގެން އަލިފާން ފޮހެފަ. އެހެންވެ ރައީސް އޮފީހުން ދެއްކި ވީޑިއޯ އަށްވުރެ ނުސާފުވެފަ އެއިނީ.
      ރައީސް އޮފީހުން ދެއްކީ އަސްލު ވީޑިއޯ ރޯ ފައިލް އާފްޓާ އިފެކްޓްސް ބޭނުން ކޮއްގެން އަލިފާން އިފެކްޓްސް ލައިގެން.
      އަސްލު ރޯ ފައިލް މާ ސާފުވާނެ. އެދުވަހު ޓީވީން ލައިވް ދެއްކިއިރު އަލިފާން ނުފެނޭ. މިހެން މިބުނީ ވީޑިއޯ ގުރެފީ ގެ މަސައްކަތް ތަންކޮޅެއް ބޮޑަށް އެނގޭތީ.. ވ.ސަލާމް