ފުލުހުންގެ ތެރޭގައި އޮންނަ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑް (އެސްއޯ) ގެ އިސް މަގާމުތަކަށް ބަދަލު ގެނެސް، ހަ ސްކޮޑެއްގެ ކޮމާންޑަރުން މަގާމުތަކުން ދުރުކޮށްފިއެވެ.

ޖުމްލަ ހަ ސްކޮޑެއްގެ މައްޗަށް އެކުލެވިފައި އޮންނަ އެސްއޯގެ ހަ ސްކޮޑެއްގެ ކޮމާންޑަރުން މަގާމުން ދުރުކޮށް އެމީހުން މަސައްކަތް ކުރާ ޑިޕާޓްމަންޓްތައް ބަދަލު ކުރިކަން "ވަގުތު" އަށް ވަނީ ކަށަވަރު ވެފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އެސްއޯގެ ސްކޮޑްތަކުގެ ކޮމާންޑަރުންގެ މަގާމުގައި ތިއްބަވަނިކޮށް އެހެން ޑިޕާޓްމަންޓްތަކަށް ބަދަލު ކުރި ކޮމާންޑަރުންނަކީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ނުރުހުން ވަރަށް ބޮޑަށް މީގެ ކުރިން އަމާޒުވެފައިވާ ބޭފުޅުންނެވެ. އެކޮމާންޑަރުންގެ ފޮޓޯތައް އާއްމުކޮށް އެމީހުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީ އެކްޓިވިސްޓުން މީގެ ކުރިން ދީފައި ވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ބޭފުޅަކު ވިދާޅުވީ މިއީ ސިޔާސީ ނުފޫޒު ފުލުހުންގެ މައްޗަށް އޮތް މިންވަރު ދައްކުވައިދިން ބަދަލެއް ކަމަށެވެ.

"އެމްޑީޕީ އެކްޓިވިސްޓުން ބޭނުންވާ ގޮތައް ފުލުހުންގެ އިދާރާ ހިންގާނެ ކަމެއް އިތުރު ހެއްކެތް ފެނިގެން މިދިޔައީ. ސިޔާސީ ބަދަލެއް މިގެނައީ." މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓުން ބޭނުންވާ އެސްއޯ ކޮމާންޑަރުން މަގާމުން ދުރުކުރިއިރު މިހާރު އެކްޓިން ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު އަކީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކެމްޕޭންގައި އެމްޑީޕީއަށް ތާއިދު ހޯއްދަވަން އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން އެމްޑީޕީ އިން ބޭއްވި މުޒާހަރާއެއްގައި ވެސް ބައިވެރިވެފައެވެ.

އެސްއޯ ފުލުހުންގެ ބައެއް ކޮމާންޑަރުން މަގާމުން ދުރުކުރިއިރު އެމްޑީޕީ މެންބަރުންގެ ނުރުހުން އަބަދުވެސް އެސްއޯ ފުލުހުންނަށް އޮވެއެވެ.

އެސްއޯ ފުލުހުންނަކީ ފުލުހުންގެ ތެރޭގައި އޮންނަ އެންމެ ވަރުގަދަ ޓްރޭނިންތައް ހަދާފައިވާ އަދި ކުއްލި ހާލަތްތަކުގައި އެންމެ އަވަހަށް ހަރަކާތްތެރިވާން ތައްޔާރުކޮށްފައި އޮންނަ ފައުޖެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޤަވްމު

    މި ވެރިކަން ދެމި ނޯންނާނޭކަމުގެ ސިގްނަލްތައް މި ފެންނަނީއެވެ. ފުލް ސްޕީޑްގައި ކުރިޔަށްދިޔަ ދިވެހިރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ދުވެލި މަޑުޖެހި ހަލުވިކަމާއެކު ބިނާކުރަމުންދިޔަ ބިނާތައް ހުއްޓި މުޅި ޤަވްމު އިނދަޖެހެމުންދާތަން ބަލަން ތިބެން ދިވެހިންނަށް ކެއްވަންޏާ ކެއްކޮށްގެން ތިބެންވީއެވެ.

    • ގުލަ

      ކަލެއަށް މާބޮޑަށް އިނގެނީ...

    • ގުލަ

      ކަލެއަށް މާބޮޑަށް އެނގެނީ...

    • ޔާނު

      ދެން ޖެހޭނީ ހަމަ ކެތްކޮއްގެން ތިބެން ހެދޭނެ އެއްގަދަެއެއްވެސް ނޯންނާނެ މާ ގައްޱާވެގެން އުޅުނު ދުވަސް ދިވެހިން ބެެެނުންނެތިގެން ފަސްއަޅާ 2018 ގައި ކަފުނކޮއްފި. ދެން ފަހަރަކު މީހެއްގެ މައްސަލަ ބަލާ އެކަކައްފަހު އަނެކަކު ލެވެެނިޖަލައް

  2. ސޭކުއިންމަ

    ކީއްކުރާނި މި މިރާއްޖޭގެ ހާލަތު. ރައްޔިތުންނަށް އޮޅުވާލައިގެން ވެރިަކަމަށް އަންނަނި. މާކުރިންވެސް އިނގޭ އިބޫ އަންހެނުންގެ ޅިޔަނު ޕޮލިސް ކޮމިޝަނަރަކަށް ލައިގެން އުޅެނި މުޅި ޕްލިސްތެރެ ސިޔާސީ ކުރަންކަން. އެމް.ޑީ.ޕީ އަކީ އެކްޓިވިސްޓުން ހިންގާ ޕާޓީއެއް. އެކްޓިވިސްޓުންނަކީ ގޭންގްތަކުގެ މީހުން. ގޭންގް ސަރުކާރެއް މީ. ގޭންގްތައް ހިމާޔަތުގަ އެތިބެނީ.

    • ޥާހޫ

      ކުރީގަވެސް ބުނިދޯ ފުލުހުންގެ ވާޖިބް ގާނޫން އާހިލާފް އަށް އަދާކުރާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ވާހަކަ، އެތަންމިއޮތީ އައިއްސަ. ދެން ކުދިނުކިޔާ ތިބޭ. ޢަދިވެސް އޮތީ ކުރިއަށް.

  3. ހަބަރުދާރު

    ހުއްޓިފަ ހުރި އިމާރާތްތައް މިހާރު ކުރިއަށް އެބަ ދޭ

  4. ޙާމް

    ވޯޓުދިން ކުދިން ކޮޅަށް ރާކަނިމަސް ކެވެންދެން ބަހައްޓާ. މިހާރު އާސަންދައިން ލިބެނީ މަދުބޭހެއް

  5. މުހައްމަދު

    މިކަމަށް ހަމަ އިހްތިޖާޖު ކުރަންޖެހޭވަރުގެ ބޮޑު ނުރައްކާތެރި ސިޔާސީ ކުޅިގަނޑެއް މިކުޅެނީ ފުރަތަމަ ކޮމާންޑަރު ގޯސް އެމަގާމް ދެވިގެންނުވާނެ އަސްލު އެކްޓިވިސްޓަކަށް މިހާރު ހަމީދަކީ ފުލުހުންނަށް ކުފޫހަމަވާމީހެއްނޫން ބުޅަލެއްގަވެސް މަގާމް އެޅުވީމަ ހަމަ ހަރުލާނެ ހަމައެގޮތަށް

  6. ކެރަފާ ނަސީމް

    އެމް.ޑީ.ޕީ އިން މަސައްކަތް ކުރަމުންދަނީ މުޅި ސަލާމަތީ ޚިދުމަތަކީ އެމީހުންގެ ފިކުރުގެ ބަޔަކަށް ހަދަން.
    އެއީ 7 ފެބްރުއަރީ އިއާދަވިޔަ ނުދިނުމަށް ކޮންމެހެންވެސްކުރަންޖެހޭ ކަމެކޯ ބުނާތީ އަޑުއެހީން.
    އެގޮތުން ސިފައިންނާ ޕޮލިހުންގެ މެނޭޖްނަންޓުން ޤައުމަށާއި އިސްލާމދީނަށް ލޯބިކުރާ މީހުން ވަކިކޮށް އިންޑިޔާގެ ދަށުގައި ޤައުމު އޮތުމަށް ޤަބޫލުކުރާ އެމްޑީޕީ ފިކުރުގެ މީހުން ވެއްދުމަށް ވަނީ ނިންމާފަ...

  7. ފުލުސް

    ފުލުހުންނަކީ ރާއްޖެއަށް މުހިއްމު ބަޔަކަށް ނުވޭ. ރާއްޖެެގާ ފުލުހުންގެ މުހިއްމުކަމަކީ ސިޔާސީ މީހުންނަ އެކަނި ފައިދާ ކުރާ ކަމަކަށް ވެފާ އޮންނަނީ. ޢެހެންވީމާ ފުލުހުންނަކީ ސިވިލް ބަޔަކަށް ހެދޭނެ ގޮތެއް ނެތް. މިހާރުގެ ސަރުކާރުގާ އިޚްލާސްތެރިކަމެއް ހުރިނަމަ ފުލުހުންގެ މުއައްސަސާގެ މުހިއްމުކަން ކުޑަކޮށް ފުލުހުންނަށް ކުރާ ޚަރަދުތަ ކުޑަ ކުރަންޖޭހޭ. ފުލުހުންގެ ބަދަލުގާ ޕްރައިވެޓް ސެކުރިޓީ ކުންފުޏެ ހެދީމާ ރަގަޅުވާނެ.

  8. ބޭރުމީހާ

    ރައީސް ޞާލިޙް، ވަޒީގެ ބިރެއްނެތޭ ވިދާޅުވި އެއްޗަކާއި ތިޔަކުރައްވާ ި ކަމަކާއި ދިމަލެއް ނުވެއެވެ. ތިޔަ " ހިލޭ އޮށްގޮނޑިޔަކުން"ވެސް ތަމްސީލް ވަމުންދަނީ ވަޒީފާގެ ބިރު އޮތް މިންވަރެވެ.

  9. އެމްޑީޕީ

    ބަރާ ބަރު

  10. އިބްރާ

    އިބޫ ވެރިކަން ދޫކޮށްލައި ފިލާން ޖެހޭނެކަމުގެ އަލާމާތެއްކަމަށް ބެލެވޭ.

  11. ހަމަ ބުނެލީ

    އެސްއޯ ފުލުހުންނަކީ ވަރަށް ނުބައި ބައެެއް. ބޭކާރު ބައެއް

  12. އަހުސަން

    ރައީސް ޔާމީން ހައްޔަރުކުރުމަށް ވާ ތައްޔާރީގެ 2 ވަނަ ހަރުފަތް. ފުރަތަމަ ކަމަކަށް ކުރީ ޔާމީނަށް ތުހުމަތުކުރާ މައްސަލަތަކުގައި އާޒިމާ ޝުކޫރު ހިމަނައި، ރައީސް ޔާމީނުގެ ވަފާތެރި ގާނޫނީ ޓީމް ބަލިކަށިކުރީ. ސާބަސް، ހަމަ ސާބަސް! ކުރިއަށް ކުރިއަށް ބާރަށް. އިންސާނުންގެ މަކަރުވެރި ރޭވުންތަކަށްވުެ ﷲ ސުބްހާނަހޫ ޥަތަޢާލާގެ ރޭވުން ފުރިހަމަވާނެކަން ފަހެ މިި މީހުން ނުދަންނަނީބާ؟ ނުވަތަ އެގުނަސް ގަބޫލް ނުކުރަނީ ބާ؟

  13. ބަބުލީ

    ރޭވުން ތެރިކަމާއެކު ގަ ކިނބޫ ހިފާ ހައްޔަރު ކުރޭ، ވ ބާރައް ދައިގަންނަ އެއްޗެއް އެއީ، ނުލަފާ ގޮތަކަށް ވެއްޓެއް ކައިރިވީ، އިންޝާﷲ، ޔާﷲ މިވެރިކަން ވީހާވެސް އަވަހަކަށް ނިންމަވާނދޭވެ،

  14. ޢުނބުޝޭމު

    މިގައުމުގެ ވެރިކަން ކުރަނީ 6 އެސްއޯ ފުލުހުން ކަމަށްތާ ހީކުރަނީ. ޕީޕީއެމް ގެ ނިއުސްކޮންފަރަސަކުން އަދުރޭ މީހުން ހައްޔަރު ކުރި ޒަމާނާ ހަދާން ނެތުނީދޯ. ތިމާ ފޭހި އިލޮށި ހެރޭނީ ތިމާގެ ލޮލަށޭ ބުނަނީ މިހެންވެގެން. ބަގާވާތް ކުރި އެންމެން ތިޔަދަނީ ހަމަ އެ މަގުން.

  15. އަލިބެ

    ވަޒީފާގެ ބިރެއްނެތްހެން އެބަހީވެއެވެ.

  16. އާންތު

    ފުލުސް ގެ ނަމުގައި ކޮމެންޓް ކުރި ފަރާތަށް ބުނެލަން އޮތީ ކަލޯ ޕްރައިވެޓް ކުންފުންޏަކުން ވެހޭހާ ވާރޭއެއްގައި ދޭހާ އައްވެއްގައި ކަލޯގެ ހިމާޔަތުގައި ތިބޭނެ ތޯ؟ އަދި ގައުމަށް ބޮޑުކަމެއް ޖެހޭވަގުތު ނުކައި ނުބޮއި ނުނިދާ އަނބިދަރިން ދޫކޮއްފައި ހުންނާނެތޯ؟ ކޮސް ނުގޮވާ.

    • ފުލުސް

      ފުލުހުން މިވީތަނަށް ސަލާމަތް ކަމެއް ހޯދާދިން މީހެއްނެތް. ފުލުހުން މުގުރި ބުރި ހިފައިގެން ރެއާދުޥާލު އުޅެނީ މުޒަހަރާކުރާމީހުން ފަހަން. ޢެމީހުން ނޫޅޭނަމަ ބަޔަކު މުޒާހަރާ ނުކުރާނެ. ފުލުހުން ކޮންމެހެން އަހަރެމެންގެ ސަލާމަތްކަން ހޯދާ ދޭން ނޫޅޭ

  17. އަހުމަދު

    އެމްސީ، ތިޔަހެއްދެވީ ކިހިނަކުން.

  18. ޖާހު

    އެއްވެސް ވެރިކަމެއް މަގުމަތިން ވައްޓާލަން ރޭވުމަކީ ޤައުމަކައް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަން، ފުލުހުންގެ މަޤާމްތަކައް ކޮންމެ ސަރުކާރެއްގަވެސް ބަދަލުގެނޭ، އަދި ގެންނަންވެސްޖެހޭ މިކަމަކީ ތަހުޒީބު ހުރިހާ ޤައުމެއްގައި ވެސް އޮންނަކަމެއް އަދި ޑިމޮކްރެސީ އާއި ބީރަށްޓެހި ވިރާސީ ވެރިކަން އޮންނަ ޤައުމުތަކުގައިވެސް މަޤާމްތަކާއި ފައުޖުތަކުގެ ކޮމާންޑަރުން ބަދަލުކުރޭ ...

  19. މާލަސް

    ހެހެހެ ފުލުހުން ތިބެން ޖިހޭ ތަނެއް ކަނޑައެޅުމުގެ ބާރު ސީޕީ އަށް ލިބިގެން ވެއެވެ ތީ ނޫސްތަކުގަ ޖަހައިގެން ހަވާ އަރުވަންވީ ކަމެއް ނޫން

  20. ވިސްނާ!

    ފުލުހުން އެބޭފުޅުން ވާޖިބު އަދާކުރަނީ ވަކި ރޭންކެއް ނުވަތަ ވަކި ފައުޖެއްގެ ކޮމާންޑަރަކައްވީމައެއްނޫން، ފުލުހުންނަކީ ހުވައެއްކޮށް ޤާނޫނުތަންފީޒު ކުރަން ތިބި ބައެއް އެއީ މަދަނީ ބައެއް އެއީ ރަށްޔިތުންގެ ބައެއް އެއީ އަމާންކަމާއި ގޯތި ގެދޮރާއި ރަތްކާތެރިކަން ޔަޤީންކޮށްދޭން ތިބިބައެއީ، އެއީ ފިތުނަ އުފައްދާ ހަލަބޮލިކޮށް ސުލްނަގާނެ ބައެއްނޫން އެފަދަ ކަންކަމުން ލިބޭ ގެއްލުމާއި ހަލާކު މަޒީގެ ތެރެއިން ވަރަށް ބޮޑައް ވަނީ ތަޖުރިބާ ކުރެވިފައި