ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށާއި ޕޮލިސް ރިފޯމްކުރުމަށް ޤާއިމްކުރެވޭ "ރައްޔިތުންގެ ޚިޔާލު" އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މެނޭޖްމަންޓް ބޯޑުގައި، މި އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މެނޭޖްމަންޓް ބޯޑު ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އެކްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މިއަދު އިފްތިތާޙުކުރި މި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންނާއި އާންމުންގެ ހިޔާލުލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެތެރޭގައި ހިމެނޭކަމެކެވެ.

އޮންލައިން ޕޯރޓަލް އިފްތިތާޙުކޮށްދެއްވުމަށްފަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، މިޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުންކަމުގައި ވިދާޅުވިއެވެ.

" މިޕޯޓަލް މެދުވެރިކޮށް ފެބްރުވަރީ 15އާއި ހަމައަށް ހުށަހެޅޭ ޚިޔާލުތައް، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައި ބޭނުންކުރެވިގެންދާނެ , އޭގެފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެ, އެގޮތުން ހުށަހެޅޭ ޚިޔާލުތައް މޮނީޓަރކޮށް ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ " ހަމީދު ވިދާޅުވިއެވެ.

ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެ ތެރޭގައި އޮންލައިން ޕޯރޓަލްގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ފޯކަސް ގްރޫޕް ބައްދަލުވުންތަކާއި ފޯރަމްތަކާއި އަދި ޕޮލިސް ރިފޯމް ސިމްޕޯސިއަމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފޯކަސް ގްރޫޕްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ދަޢުލަތުގެ ބައެއް މިނިވަން މުއައްސަސާތަކާ ވަނީ ބައްދަލުވުން ކުރިއަށްގެންދެވިފައެވެ.

އޮންލައިން ޕޯރޓަލް މެދުވެރިކޮށް ފުލުހުންގެ ވެބްސައިޓް www.police.gov.mv އަދި www.policelife.mv ގެ ބޭނުން ހިފައިގެން ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ރައްޔިތުން ބޭނުންވާ ހިޔާލުތައް ހުށަހެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަދި

    ފުލުހުން އިޞްލާޙެއް ނުވާނެ އެންމެ އިސްކޮށް ތިބޭ ފުލުހުންގެ ވެރިން ސިޔާސީ ވެރިންގެ އުނގަށް ވެއްޓޭހާ ހިނދަކު. މިހާރުވެސް ކުރިންވެސް ވަނީ ހަމަ އެހެން ކުރިއަށް އޮތްތާވެސްވާނީވެސް އެހެން. ކިތަންމެ ރައްޔިތެއްގެ ޚިޔާލެއް ހޯދިނަމަވެސް ޒާތީ ޙަސަދަ ފިލުވުމަށް ކަންތައްތައް ކުރަމުން ގެންދާހާ ހިނދަކު ފުލުހުންގެ މުއްސަސާ އިޞްލާޙެއް ނުވާނެ. އަނެއްކަމަކީ ބައެއް ފުލުހުންނަށް ހީވާކަހަލަ މީހުން ކުށްކުރުމުން ދުރުކުރުމުގެ ބަދަލަުގައި ކުށްވެރިއަކަށް ހެދުމޭ އެމީހުންގެ ޒިންމާއަކީ

  2. އިންސާނާ

    ދައިލަތުގެ މުއައްސަސާތައް އިސްލާހުކުރާނީ ރައްޔިތުން ބުނީމަ ބުނާގޮތަކައްނޫން ފައުލަތުގެ މުއައްސަސާތައް އިސްލާހުކުރަން ވީގޮތާ އެތަންތަނުން ކުރަންވީ ކަންތައް ނޭގެމީހަކު ގައުމުގެ ވެރިއަކައް ހުރެގެން ގަޔައް މުންދަރު ލާންވީނުން

  3. މިމީހާ

    ރާއްޖޭގައި މަސްތުވާ ތަކެތި ނުހުއްޓިގެން މިއުޅޭނީ ފުލުހުންގެ ސަބަބުން.

  4. ލަބީބު

    މަގޭ ޚިޔާލް: ޤަވްމަށާ ޢާއްމު ރައްޔިތުންނަށް ވަފާތެރި ، މާތްﷲ ގަންދީކުރި ހުވައިގެ މަތީގައި ސާބިތުވެތިއްބެވި ހުރިހާ ފުލުހުން މަޤާމުތަކުން ވަކިކޮށް ވަގުވޯޓުން ގެނައި ސަރުކަރު ދަމަހައްޓަންކެރޭ ފުލުހުން ބައިތިއްބާ!

  5. ޤަމަރު

    ލަބީބުގެ ޚިޔާލަކީ މަގޭވެސް ޚިޔާލު.

  6. އަބުޖި

    ފުލުހުން މަގުމައްޗަށް ނިކުތުމަށް ގޮވާލަން، އަންނި ވައްޓާލި ގޮތަށް ވުރެ ހަޑި ގޮތަކަށް ކިނބޫ ވައްޓާލާނަން، ވ ސަލާމް ލައްކަވާހަކަ މީ،

  7. ރައިން

    ކަންތައްތައް ދިރާސާކޮއް އެކަމުގެ ހައްލު ހޯދާނީ މަގާމައްއައުމައް ފަހަކުންނޫން ....ނޫނީ ރިޔާސީދައުރުގެ ފަހުދެއަހަރަކޫން ބެސްޓްޕްރެކްޓިސްގަ ކަމެއްކުރަންޔާ ކުރިންބައިގައި ކަންތައްތައް ކުރުމުގެ ޕްލޭން ހުންނަން ވާނީހެދިފަ.......

  8. އަލީ

    އަހަންނަށް ފެންނަނީ އެންސީ ހަމީދު މުޅީއާއިލާ ފުލުހަށް ވައްދަން ހަމީދަކީ މަގުމަތީގައި މުޒާހަރާ ކުރަންއުޅުނު މީހެއް!

  9. ބުރަދަރ ޒަހީނު

    އިސްލާހު ކުރަންޖެހޭ އެއްވެސް ކަމެއް ނެތް. ވަރަށް ވެދުން!

    - ބުރަދަރ ޒަހީނު -

  10. ސަދ

    ބަލަގަ ކުރަންވާ ކަންކަން ނޭގެނީތަ؟ ނުވަތަ ވާނުވާ ނޭގެނީތ؟ ކަންކަން ރަގަޅުކޮށްބަލަ

  11. އިރޭ

    ރަންގަޅެއް ނުވެސްކުރެވޭނެ ނުވެސް ވާނެ. ހަމަގޯހުންގޯހައްދާނީ..

  12. ޑައިލޯގް

    މަގޭ ޚިޔާލަކީ ތިޔަ އެމްސީ ހަމީދު ފުލުހުންގެ އިދާރާއިން ވަކިކުރުން ސަބަބަކީ އޭނާޔަކީ ފުލުހުންގެ އިންޓެލިޖެންސް ވައްކަންކޮށްފައިވާ ޚިޔާނާތްތެރިއެއް އަދި އެމްޑީޕީގެ އެކްޓިވިސްޓެއް ވީމާ ވަކިފަޅިއަކަށް ޖެހިފައިވާ މީހުން ފުލުހަކަށް ފިޓެއްނޫން