ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

"ޕީއެސްއެމް" އަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރަން ނިންމީ މާލޭ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުން ކަމަށެވެ.

ޝަމާއު ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރަން ނިންމީ އެ ޕާކަކީ ރާއްޖޭގެ ތާރީޚީ މުހިންމު ތަނަކަށް ވުމާއެކު މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ލަފާގެ ދަށުންނެވެ. މި ބަދަލާ ގުޅިގެން ރަސްރަނި ބަގީޗާގެ ނަން އަލުން ރީބްރޭންޑްކޮށް ލޯންޗުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

ކުރީގެ ސަލްޓަންޕާކު މިހާރު އޮތްގޮތަށް ބަދަލުކޮށް، ރާއްޖޭގައި އޮތް އެންމެ ރީތި ޕާކްގެ ގޮތުގައި އެތަން ހުޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.

މާލޭ ސިޓީ ކައުންސިލުން ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކްގެ ނަމަށް ބަދަލު ކުރަން ނިންމި ނަމަވެސް ގައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު ބުނާ ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ކުރިން މާލޭގެ މަގުތަކާއި ޕާރކްތައް ބެލެހެއްޓުން ހައުސިންގ މިނިސްޓްރީގެ ދަށުން ކުރަމުންދިޔަ ނަމަވެސް، މި ސަރުކާރުންވަނީ ސިޓީ ކައުންސިލަށް އެބާރުތައް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މުހައްމަދު

    ސަލްޓަންޕާކް، އެއީ މިހާރު އިނގިރޭސި ބަހެއް ނޫން. އެއީ ދިވެހިވެފައިވާ ދިވެހި ބަހެއް. އެހެން ނޫންނަމަ ބޯޓް، ގަލަން ފަދަ ބަސް ބަސް ދިވެހި ބަހަކަށް ނުވާނެ.

    • Anonymous

      މުހައްމަދަށް ނޭނގޭ ތަންކޮޅެއް ބުނެދީފާނަށް. ބޯޓް އެއީ ދިވެހި ނަމެއްނޫން. ދިވެހިނަމުގައި އޮންނަނީ ބޯޓު. ގަލަން އެއީ ހަމަސީދާ ދިވެހި ބަހެއް. އަރަބިބަހެއްނޫން. އަރަބިބަހުގައި ކިޔަނީ ޤަލަމް.

    • ހައްޖަ

      މުހައްމަދާ.. ދިވެހި ބަހުން ބޯޓައް ކިޔަނީ 'އޮޑި'.. ގަލަން އެއީ އަރަބި އަދި އުރުދޫގެ ތެރެއިން ދިވެހި ބަހައް ވަދެ އިވޯލްވު ވެފަ އޮތް ދިވެހި ވަންތަ ބަހެއް..އެކަމަކު ސަލްޓަން މިއީ އެއްގިތަކައްވެސް އަދި ދިވެހި ނުވާ ބަހެއް.. ދިވެހި ބަހުގައި އެއީ 'ރަދުން'

  2. އެނޮން

    ހާދަހާވަ ތަރައްގީއެކޭ. ރީބްރޭންދު ކުރަން ކިތައް މިލިއަން ގާތް ބަޔަކަށް

  3. އިބްރާހިމް

    މިވެރިކަން ފެށިގެން މަސްދުވަހަކަށްވުރެ ގިނަ ދުވަސް ވީއިރުވެސް ރައްޔިތުންގެ ފައިދާއަށް ކަމެއްކޮށްދިނުމުގެ ބަދަލުގައި މިއުޅެނީ ކިހިނެއްވެގެން..................
    ތިފަދަކަންތައްތައް ކުރުމަށްވުރެ މާލޭގެ މަގުމަތީގައި ޤަވާޢިދާއި ޚިލާފަށް މިއުޅޭ ބަންގްލާދޭޝް މީހުންތައް ފޮނުވާލަން މަސައްކަތްކުރިޔަސް މިޤައުމަށް މާފައިދާ ބޮޑުވާނެ.
    އެކަމަކު އިބޫސަރުކާރަކަށް ނުކުރޭނެ މިކަން ކުރާކަށް، އެއީ ކުރީގެ ރައީސް މައުމޫނުގެ ދަނބިދަރިޔަކީވެސް ބަންގަލަދޭޝް މީހަކަށްވާތީ،،،،

  4. އާދަނު

    އެތަން ހެދި މީހާގެ ނަން ވެސް ބަދަލުކޮށްލަން ވީނު...

  5. ޖުހާ

    ރާޖަރާނީ ބަގީޗާގެ ނަން އަވަހަށްބަދަލުކުރޭ. ތަންވެސް އެހެންގޮތަކަށް ބަދަލުކުރޭ. އެހެންނޫނީ އެންމެންވެސް ކިޔާނި ޔާމީނުހެދި ޕާކެކޭ.

  6. އިބޮރާހިމް

    ސެންކޯ ބަގީޗާ ކިއަން ފެނޭ

  7. ފާތުން

    ހިތާމަހުރި ކަމެއް. ރައީސް ޔާމީން ކޮށްފަ ހުންނަ ކޮންމެ ކަމެއް އެކޮޅުކޮޅުން ތިޖަހަނޭ ހަސަދަވެރިކަމުގެ ސަބަބުން. ޢެކަމަކު "ރަސްރަނި ބަގީޗާ" ކިޔަިފައި އެވަނީ އިލްމީ ދިރާސާ ކޮށްފަ ދިވެހިވަންތަ ނަމަކަށްވާތީ. ޢަދި ރަސްކަލުންނާއި ރަނިކަނބަލުންނަށް ވެސް ނިސްބަތްވާތީ. އަނެއް ކޮޅުން ސަލްޓަން އަކީ ސުލްޠާން. އި8ނގިރޭސީންނަށް އެހެން ކިޔަން ނޭނގޭތީ "ސަލްޓަން" ކިޔަސް އަހަރެމެން ނުޖެހޭ އެހެން ކިޔާކަށް. ރަސްކަލުންގެ ލަގަބަކަށް ކީކީ ސަލްޓަން އެއް ނޫން. މިޔައިފައިވަނީ "ސުލްޠާން" މި ހުރިހާ ގަނޑެއް ގަތަސް "ހެރިޓޭޖް މިނިސްޓަރަށް" ޗުއްޕު ވެސް ކިޔާކަށް ނުކެރޭނެ. މިނިސްޓަރުކަން ގެއްލިދާނެތީ. ބަލަ ރީތި ދިވެހި ނަމެއް ދުއްވާލުމަކީ ހެރިޓޭޖް ހަލާކުކޮށްލުމެއް ނޫންތަ؟

  8. ހުދޫދު

    މި ދެން ކިހާ ދެރަ މައްސަލައެއް. ދެން އަނެއްކާވެސް ވީ ސަލްޓަން ޕާކް ނަންބަދލުކޮށްފަ ބޮޑު ރަސްމިއްޔާތެއް ބާއްވާފަ އެންމެނަށް ސައި ހަދާފަ ފައިސާ ތަކެއް ބޭކާރުކުރަން. ތަންކޮޅެއް ޕްރޮޑަކްޓިވް ކަމެއް ކުރަން ނޭނގެނީތޯ. ކީއްވެތޯ ފައިސާއާއި ވަގުތު ތި އިސްރާފު ކުރަށްވަނީ. ތީގެން ނަންބޯޑެއްވެސް ހަދާދޭނީ 50،000 ރުފިޔާއަށް. އެއަށްވުރެ އެ ފައިސާ ނިކަމެއްޗަކަށްވެސް ދިނުން މާރަނގަޅެއްނު ފައިސާތައް ތަޅާ ނުބުރުވާ.

  9. އަޙްމަދު

    އަޙުގަނޑު ސަރުކާރަށް ގޮވާލަން ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ރަސްރަނި ބަގީޗާގެ ނަން ދިރުވާ އެނަން އާލާކުރަން.

  10. އިންސާނާ

    ބްރިޖުވެސް ތަޅާލަންވީނު

  11. ށަވިޔަނި

    " ސިފާޔާ ބަގީޗާ" ކިޔަން ފެނޭ..

    ސިފައިންލައްވާ މަސައްކަތްކުރީ ސިޔާމު - ސި
    ފާތުމަ މެޑަމް - ފާ
    ޔާމިން ރާއީސް - ޔާ

    މޭޔަރު ޝިފާ އާއިވެސް ކިހާ ގުޅޭ..

  12. ލަބީބު

    ތިތަން ކުނިއުކާ ގޮނޑަކަށްވެ ، ބަންގާޅީން ބިޑިބޯން ފިޔަވައި އެހެން ބަޔަކު ޒިޔާރަތްވެސްނުކޮށްލާ އަޅައިލުމެއްނެތް ތަނެއްގެގޮތުގައި 50 އަހަރު އޮއްވާ ރައީސް ޔާމީން ވަޑައިގެން ތިތަން ގޮނޑުފިލުވާ ރީތި ޕާކެއްގެ ސިފަ ގެންނަވާ ކުޑަކުދިންނާ ބޮޑަތިމީހުން ޒިޔަރަތްކޮށްލާހިތްވާފަދަ ހިތްގައިމުކަމެއް ގެނެސްދެއްވާ ތިތަނުގެ ނަން ރީތި ދިވެހިނަމަކަށް ބަދަލުކޮށްލީމާ ކޮވެއްޔަށް ހާލިފެނިގެން ތިޔަ ބިސްއަޅަނީ ހަމަ ހާލިގަނޑަށް އަތްބޭނުމަށްހެއްޔެވެ؟ ތިޔައީވެސް ވައުދު ފުއްދުން ހެއްޔެވެ؟

  13. ލަބީބު

    ސިނަމާލެބްރިޖް ގިނިކާމާދޫނިބްރިޖަށް ، ރަސްރަނިބަގީޗާ ދަސްވަޅުބަގީޗާއަށް ، ރިންގްރޯޑް ޕިންގްޕޮންގްއަށް ، މަހާޖައްރާފް އަނހާދައްޖާލުއަށް ، ވެމްކޯ އެހެންދޯއަށް ބަދަލުކުރިޔަސް ރައީސް ޔާމީންގެ ގިނަގުނަ އަގުހުރި ޚިދުމަތްތައް ފޮހެއެއް ނުލެވޭނެއެވެ.

  14. އިބުރާހިމް

    ބަލަ ރީތި ދިވެހި ނަމެއް ދުއްވާލުމަކީ ހެރިޓޭޖް ހަލާކުކޮށްލުމެއް ނޫންތަ؟ހެހެ

  15. މުހައްަމަދު

    މިއުޅެނީ ކީއްވެގެން؟ ކުރާނެ ކަމެއް ނެތިއްޔާ އަތުމަސައްކަތް ކުރަންވީނޫން! ރައްޔިރުންނަށް ފައިދާ ހުރި ކަމެއް ކުރިއްޔާ މާތާހިރުވާނެ.

  16. ލޮލީމޭން

    އޭ ބުނަން ރަނގަޅުވާގަކައެއް ކަލޭމެނަށް ކަމެއް ކުރަންނޭގެންޏާ ކޮށްފަހުރިކަންކަން ގޯސްނުކުރޭ

  17. މުޖާޒް

    މިސަރުކާރުން އައިސް މިކުރާ މަސައްކަތަކީ ޒާތީ ތަޢައްސުބުން ކުރާކަންތައް . އެއްސަރުކާރުންއައިސް އަނެއްސަރުކާރުން ކޮށްފއި ހުންނަ މަސައްކަތް މިގޮތަށް ހަލާކުކޮށް ނަންބޯޑު ބަދަލުކުރަނީ ދިވެހި ރައްޔިތުންނަށް ތިއަށްވުރެ ބޮޑެތިކަންތައް ނުވެފައި އެބަތިއްބެވެ.އެކަންތައް ނުކޮށް ޙސަދަވެރިކަމާ ރުޅިވެރިކަން އިސްކޮށް ރައްޔިތުންނަށް ކޮށްދޭން ވަޢުދުވެގެން އާކަންތައް ތަންކޮޅެއް ޒިންމާ ދާރު ކަމާއެކު ކުރަންވީނޫންތޯއެވެ.

  18. ނުރަބޯ

    އެމްޑީޕީ ގައި މިތިބެނީ މޮޅެތި އިނގިރޭސިން އެހެންވީމާ އެމީހުން ދިވެހިބަސް ދެކެ ވަރަށް ނަފްރަތު ކުރާނެއެވެ. އެހެންނޫންނަމަ ދިވެހި ރާއްޖޭގެ ބަދަލުގައި ޖަޒީރާރާއްޖެއޭ ކިޔައިގެންނެއް ނުއުޅުނީހެއްނު؟ ރަސްރަނި ބަގީޗާ އަކީ ކިޔާލަން އުނދަގޫ ނޫން ރީތި ދިވެހި ނަމެކެވެ. ނަންތައް އިނގިރޭސި ކުރަމުން ގޮސް ސޯލިހުގެ ނަން މިސްޓަރ ވިންސްޓަން ސޯލިހު މިނަމަށް ބަދަލު ނުކޮށްފިއްޔާ ވެދާނެއެވެ.

  19. ސާޑު

    ކިޔާބަލަ ފެންނުވަރާ ޝިފާ.
    ވަރަށް ސަޅި ނަމެއް.

  20. ތާރީޚު ދިވެހި ރާއްޖެ

    އެޕާކު ހިމެނޭ ސަރަޙައްދިކީ ހަމައެކަނި ރަސް ރަސްކަލުން ރަސްކަން ކުރެއްވި ތަނެއްނޫން. އެސަރަހައްދުގައި އަންހެން ބޭފުޅުންވެސް ރަނިކަން ކުރެއްވި. އެތަނަް ތަރައްޤީ ކޮށް ދީފައި އެވާ ނަން "ރަސް ރަނި ބަގީޗާ" ކިތައްމެހައިވެސް އެތަނާ ގުޅޭ.
    އެނަން ބަދަލު ކުރާނަމަ ބަދަލު ކުރަން ޖެހޭނީ ތިމާމެންނަށް ނުކުރެވި އޮތްކަމެއް އެހެން މިހަކު ކުރިތީ ހިތުގައިވާ ޙަސަދަވެރިކަމާ ނަފުރަތުގެ ސަބަބުން ކަމާމެދަކު އެއްވެސް ޝައްކެއްނެތް.

  21. ކަނުކަލޯ

    ކަލޯގެޔާ ރަގަޅު ވައުދެއްތި ފުއްދާލީ

  22. އިދިކޮޅު

    އެމްޑީޕީ އަށް ކުރެވޭނީ ތިޔަޒާތުގެ އޮއްޓަރެއްނެތް
    ކަންކަމެވެ ވެރިކަމަށް އާދެވުމުން ރައްޔިތުންނަށް
    ދަތިވެފައި ހުރި ބޮޑެތި ކަންކަން ތިޔަ ހައްލުވީ
    އެވެ ދެން މަސްމާރުކޭޓްގެ ނަން ފިސްމާކެޓަށް
    ބަލުކޮށްލައިފިނަމަ ދެން މިފަސް އަހަރު ރައްޔި
    ތުންނަށް ދަތިވާހުރިހާކަމެއް ހައްލުވީއެވެ
    ވާސަރީއެވެ

  23. Anonymous

    މަށްވަރަށް ކަމުދޭ ކުރީނަން

  24. ާަސެެެލަ

    ތަރައްގީ ނުކުރެވުނަސް ކޮައްފަހުރި ކަންތައް ހަލާކުކުރެވޭތޯ ބަލާ

  25. Miadhu

    ރަސްރަނިބަގީޗާގެ ނަން ބަދަލުކުރިގޮތަށް ޝިފާގެ ނަންވެސް ބަދަލުކުރަންފެނޭ ކުރިންމީހަކު މަހާތުނިގޮތަށް ބޮޑުކިރުޝިފާ

  26. ވަށޯ

    ރައްޔިތުން ގުބޯ ހައްދަން ޖަހާ މަޅި. ރައްޔިތުން ގެ ފައިސާ މަޅާލަން ވެގެން ކުރާ ކަމެއްތީ، ބިލްތައް ހަދާ ގެން ލާރި ކެވޭނީ ކޮންމެވެސް ކަމަކާ ގުޅުވައިގެންތާ..

    ނިކަން ގަޓު ހުރިއްޔާ ސިނަމާލެ ބުރިޖް ތަޅާލަބަލަ...

    ވޯޓު ދެވުނީ ތީ ވ ދެރަވެއްޖެ މިހާރު...

  27. އިއްބެ ހއ

    ނޮވެމްބަރ 2013 އިން - ނޮވެމްބަރ 2018 އަށް ހިނގި 5 އަހަރުގެ ތާރީޚަކީ ރާއްޖެއަށް އެއްގޮތަކަށްވެސް ނާންނަ 5 އަހަރުކަމަށް އަޅެ މޮޅިއްޔާ ނިންމަބަލަ. މަ ބުނާނަން ވަރަށް މޮޅޭ.

  28. ޖުނައިދު

    ކިހާ ދެރަކަމެއް.ހަޖަމް ނުވީދޯ.ވެރިކަމަށް އަންނަ ކޮންމެ މީހަކު ވެރިކަމުން ފައިބައިގެންދާމީހާ ކޮށްފަ ހުންނަ ކަންތައް ހުޅުވާފަހުންނަ ތަންތަން ރީބުރޭންޑްކޮށް ހަދަންޏާ ދުވަހަކުވެސް މިކަމަށް ނިމުމެއްނެތެއްނުން.ބޭކާރު ގޮތުގަ ރުފިޔާ ޚަރަދުވުންކަމެއްނުވޭ.ރަސްރަނި ބަގީޗާ އަކީ ޖަޒީރާ ވަންތަ ނަމެއް.ހުރިހާ ގޮތަކުންވެސް.ތާރީޚާއި ސަގާފަތާ ގުޅޭނަމެއް.