ނައިވާދޫއަށް އިއްޔެ ލެއްގި ހަށިގަނޑު ވަޅުލައިފިއެވެ.

ފުލުހުން ވިދާޅުވީ ލެއްގި ހަށިގަނޑު ވަޅުލާފައި ވަނީ ތަޙްޤީޤަށް ނަގަން ޖެހޭ ހުރިހާ ސާމްޕަލްތައް ނެގުމަށް ފަހު ކަމަށެވެ.

ނައިވާދޫއަށް ލެއްގީ އަންހެނެއްގެ ހަށިގަނޑު ކަމަށް އެރަށުން މައުލޫމާތު ދީފައިވެއެވެ. މި ހަށިގަނޑު ލައްގާފައިވަނީ އެރަށު އިރުމަތި ފަރާތުގެ ގޮނޑުދޮށަށެވެ.

ލައްވި މީހާ އޮތީ ބިކިނީގައި ކަމުން އެއީ އަންހެނެއްކަން އެނގޭ ކަމަށާއި އޭނާގެ ލޮލާއި އަނގަ މަތި އަދި ނޭފަތް ވަނީ ހަލާކުވެ ވަޅު ހެދިފައި ކަމަށް ނައިވާދޫ އިން މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ "ވަގުތު" އަށް ވިދާޅުވީ ނައިވާދޫ އަށް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ލައްގާފައިވާ ކަމުގެ ރިޕޯޓް ކުރީ މެންދުރު 12:00 ހާއިރު ކަމަށެވެ.

މީހަކު މަރުވެގެން ލައްގާފައި ވާއިރު ރާއްޖެ އައި ފްރާންސް އަންހެނަކު ގެއްލިގެން ޑިސެމްބަރ މަހު ކުރީކޮޅު އޭނާ ހޯދަން ފުލުހުން އިއުލާން ކުރިއެވެ. ނަމަވެސް އެއީ އޭނާގެ ހަށިގަނޑު ކަމެއް ނޭނގެއެވެ. ދާދިފަހުން އިންޑޮނޭޝިއާ އަށް ސުނާމީއެއް ވެސް އަރާފައި ވާތީ މިއީ ސުނާމީގައި ގެއްލުނު މީހަކަށް ވުން ވެސް އެކަށީގެންވެއެވެ. 2004 ވަނަ އަހަރު ސުނާމީ އަށް ފަހު ވެސް ރާއްޖެއަށް ބިދޭސީންގެ ހަށިގަނޑުތައް ލައްވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭިިސުކޫލުން

    ބިދޭސީ މީހެއްކަން ޔަގީން އަންހެނެއްކަން ވެސް ޔަގީން.... ޙީވާގޮތުން ތިޔައީ އޭޝިޔާ ބައްރުގެ މީހެއް.