ރ.އިންނަމާދޫ ގޮނޑުދޮށަށް ގޮސް މަސްބާނަން އުޅުނު އުމުރުން 14 އަހަރުގެ ކުއްޖެކަށް ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެއެވެ.
މި މާވަހަރަކީ ހުދަންބަރެއް ކަމައް ރަށުގެ ގިނަ ބައެއްގެ ބެލުމަށް ޔަގީން ކުރެވިފައިވާ އިރު، ބަރުދަނުގައި ގާތްގަނޑަކައް 220 ގްރާމު ހުރި ކަމަށް ބެލެވެއެވެ. އަދި ހުދަނބަރު ޓެސްޓްކޮށް، ވިއްކާލަން މަސައްކަތް ކުރާކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އެކުއްޖާގެ ބޭބެ ބުނެފައިވެއެވެ.
ރ. އިންނަމާދޫއިން މާވަހަރެއް ފެނިފައިވާ އިރު އިއްޔެ އެ އަތޮޅު ދުވާފަރުގައި މަސްވެރިކަން ކުރާ ދޯންޏަކުން ވެސް ވަނީ ދާދިފަހުން މާވަހަރެއް ހޮވައިފައެވެ.
"މަންފާ" ނަމަކަށް ކިޔާ ދޯންޏަށް މާވަހަރު ފެނިފައިވަނީ ރ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމުގައިވާ ވައްޓަރާއި މަހިދުއާ ދޭތެރޭގައި އޮންނަ ހަލަކުންކަމަށެވެ. އަދި، މި މާވަހަރު އޮތީ ހަލުގެ ފަޅުމަތީގައެވެ.
މާވަހަރަކީ ބޮޑުމަހުގެ ފަރާތުން ލިބޭ އެއްޗެކެވެ. ވަކީން ޚާއްޞަކޮށް މިއީ "ސްޕާމް ވޭލް" ނަމަކަށް ކިޔާ ބާވަތުން ލިބޭ އެއްޗެކެވެ. ދުނިޔޭގެ ބާޒާރުގައި އަގުބޮޑުކޮށް ވިކޭ މާވަހަރަކީ އާއްމު ގޮތެއްގައި ސެންޓު އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ.
މީގެކުރިންވެސް، ގިނަ ދިވެހި ދޯނިތަކާއި މަސްވެރިން ވަނީ މާވަހަރު ހޯދާފައެވެ. އަދި ފެނުނު މާވަހަރުގެ ސަބަބުން މުއްސަނދިވެފައިވާ މީހުންވެސް އުޅެމުންދެއެވެ.
މި އަހަރަކީ މާވަހަރު ހޮވޭ އަހަރެއްބާ.. ވަހީދު ވެރިކަމައް އެރި ދުވަސް ކޮޅު ވެސް ވަރަށް މާވަހަރު ހޮވި..
ދެން ދާންވީ ރާ އަތޮޅަށް