ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު އިސްވެ ހުންނަވައިގެން، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ މެދުވެރިކުރައްވާ އުފައްދަވަން މަސައްކަތް ކުރައްވަމުންދާ "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" (ޕީއެންސީ) ޕާޓީއަށް އަދި 3000 މެންބަރުން ހަމަނުވާކަމަށް "ސަންގު ޓީވީ" އިން ހާމަކޮށްފިއެވެ.

އެފަރާތުން ބުނެފައިވާ ގޮތުގައި ކޮންގްރެސް ޕާޓީ އަށް 3000 މެންބަރުން ހަމަވެއްޖެކަމަށް ބުނެ ދައްކާފައިވާ ވާހަކަ އަކީ ދޮގެއްކަން، އެޕާޓީގެ އެތެރެއިން މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

މީގެއިތުރުންވެސް، އެފަރާތުން ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނަށް މި ފޯމުތައް ހުށަހެޅުން ލަސްވެގެން ދަނީވެސް އެސަބަބާ ގުޅިގެންކަމުގައެވެ.

ޕީއެންސީ އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީވެސް، އެޕާޓީއަށް 3000 އަށްވުރެ ގިނަ ފަރާތުން ސޮއި ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް، ޕާޓީ އުފެއްދުމަށްޓަކައި މި 3000 މީހުންގެ ފޯމު އިލެކްޝަންސް އަށް ހުށަހަޅާފައި ނުވެއެވެ.

އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ޕާޓީއެއް އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ބައްދަލުވުން ބޭއްވުމަށް ހުއްދަ ދޭނީ 3000 މީހުންގެ ފޯމު ހުށަހަޅާ، ވެރިފައި ކުރެވުމުންނެވެ. އިލެކްޝަންސްގެ ދަފުތަރުގައި ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ ބައްދަލުވުމުން ބޭއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނިޝާ

    21000 ހަމަކޮށްލާފަ ލާނީ! ބަލަންތިބޭތި! މިއަދާހަމަޔަށް 16343 ހަމަވެއްޖެ.

    • ޙައްގުބަސް

      އޯކޭއި!! ބަރާބަރު!! މިހާރު ކޮންމެ ޕާޓީއަކަށް ޓީވީ ޗެނަލް ހަމަވީ ދޯ؟ އެމްޑީޕީ ރާއްޖެ ޓީވީ! ޖުމްހޫރީޕާޓީ ވީޓީވީ!! ޕީޕީއެމް ޗެނަލް 13!! އެމްޓީޑީ ސަންގު ޓީވީ!! ސަރުކާރު ޕީއެސްއެމް، ރާއްޖެ ޓީވީ، ވީޓީވީ!! އޯކޭނު ދޯ!! ފައްކާ ކަމެއް މިއޮތީ!! ހުރިހާ ނުބައެއް ހަދަނީ ބައެއް ސިޔާސީ ބާރުވެރި މީހުން!! ކޯޓުތަކަށް އަތްބާނަނީވެސް މަޖްލީހަށް އަތްބާނަނީވެސް ގޭންގުތައް ކޮންޓްރޯލް ކުރަނީވެސް ޑްރަގް ޑީލް ހިންގަނީވެސް މިބައި މީހުން އަޑީގަ ތިބެގެން!! ދެން ރައްޔިތުން މިމީހުން ބޭނުންކުރަނީ ގުނބޯ ހައްދައިގެން މިމީހުންގެ މިބުނި ކަންތައްތައް ކުރަން މަގުފަހިކުރަން ބޭނުންކުރާ ފާލަމެއްގެ ގޮތުގައި!! މުޅިން އަމިއްލަ އެދުން!! ގައުމު މިއޮތް ހަލާކުވެ ނިމެނީ!!!

  2. ޖަހާންގީރު

    ސަންގު ދޮގުނުހަދާ

  3. ބަލަ

    ސަންގު ޓީވީން އަނގައޭ ކިޔާބަލަ. އަދީބުގެ އަޑުފޮށި ގަނޑު.

  4. ބބ

    ފޯމުތަށް ނުލާގެންެއެއުޅެނީ ފޯމުތަކައްކޮންމެސް
    ބޮޑިޔެއްދިނުމުގަ އެހެންވެ ހުށަނާޅާގެން
    ސަންގޓީވީއަށް ވައިރާގެންއެއުލެނީ

  5. އަބްދުލާ

    ސަންގު ކުދިންކޮޅު ޕީއެންސީ ދެކެ ހާދަ ބިރުގަނެޔޭދޯ؟

    ހާސްކަޑާލާ ޕީއެންސީ މިފަހަރު އުފަންވާނެ.

    ޕީއެންސީ އޭކިޔައިގެން ދޮގުހަދަން ތައްޔާރުތަ؟

  6. ސޮނިހާ

    ޕަކާސް 25000އެވަރުމަދުވާނެތަ

  7. އަލްޖިބްރާ

    ބަލަ ! ތިޔަތަނުގަ ތިޔަތިބީވެސް ހަމަ ޕީ.ޕީ.އެމް ވަގަށް ނަގައިގެން ތިބި ބައިގަޑު ! މީގެ ކުރިންވެސް އެމީހުންނަކީ ދޮގު ހެދުން ފިޔަވާ އެހެން ކަމެއް ކުރިބައެއްނޫން ! މިހާރު ވަކިން ތެދެއްބުނާނެތަ ؟އެހެންވެއްޖެ ނަމަ ބުޅާ ތެތްމަހެއްވެސް ނުކާނެ !

  8. ޓިނު

    އީސީ އެއުޅެނީ އޮޅިގެން އަދުރޭ ޕާޓީއައް 35000 ފޯމް ފުރި މީހުންއެއީ

  9. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އެހެންވީމަ ޕީޕީއެމްގަ ޔާމީނު ފޫބުޑުން އުޅުނީ ޔާމީނުއަށް ހެޔޮއެދިގެން އުޅުނު މީހުނެއްނޫންތާ؟ އެހެންނޫންނަމަ މިޔަދު ތިއެންމެން ތިޕާޓީއަށް ބަދަލުވީސް. މަބުނާނެ ވާހަކައެއްނެތް. އެއްވެސް މީހަކު ޕާޓީސިސްޓަމަށް ތާއީދުނުކޮށް އެއްވެސް ސިޔާސީ ޕާޓީއެއްގަ ރަޖިސްޓްރީ ނުވުމަށް ގޮވާލަން.

  10. އަލީ

    މި ހުރިހާކަމެއް ސަންގު ޓީވީއަށް އެގެނީ ކިހިނެއް މިރޭ ދައްކާނީ އަސްވާޑުގެ ފޮށައިދައްތަ! ބޮޑު ދޮގުވެރިއެއް

  11. ާބަކުރުބޭ

    ޏުވެސްވާނެ އިންށާﷲ ތީ ޕީއޭ ސައިޒް 3000 ހަމަނުވާ ސައިޒް

  12. އަހްމަދު

    ބަލަ ޕީއެންސީއައް 3000 މެމްބަރުން ހަމަވިއަސް އަދި ނުވިއަސް އެއީ ސަންގު ގެރިއާބެހޭކަމެއްނޫންދޯ

  13. ޙައްވަ

    ޢަވަހަށް ހަމަކޮށްލާ .ޔާނުއަތުގަ ލާރިހުންނާނެ.

  14. މޫސާ

    ކޮންގްރެސް ޕާޓީގެ ސައިޒު އަދި ނޭނގިގެން ތި އުޅެނީ. އަދި ޔާމީނަށް ތާއިދުކުރާ އެތައް ބައެއް އެބަތިބި ސޮއި ނުކޮށް. ވަޒީފާގެ ބިރުދައްކާތީ ސޮއި ނުކޮށް ތިބި އެތައް ބަޔަކު އެބަތިބި.

  15. މަރީނާ

    ޔަާމީނަށް އަދިވެސް ތާއިދު އެބައޮތް ހީކުރީތަ 3000 މީހުން ހަމަނުވާނެކަމަށް

  16. ފާތުމާ

    ވަޒީފާގެ ބިރުދެއްކިޔަސް ސޮއިކުރާނަން

  17. ލަތޮއިފް

    ވަގުން ކުރާނީ ބަހުންވެސް ވައްކަން. ޓިނުން ވައްކަން. ފްލެޓުން ވައްކަން. ދައުލަުގެ މާލިއްޔަތުން ވައްކަން. ނަމުން ހީރޯ. އެބައިމީހުން ކުރާ ވައްކަންތަކުގެ އަޒާބު ދުނިޔެމަތިން ދައްކަވާށި. އާމީން