ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަޤާމަށް މިއަދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

އެގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ޖަވާހިރުވާދީ އިފްހާމް ޙުސައިނެވެ. އަދި އެޓަރަނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ނިޔަދުރުމާގެ ޚަދީޖާ ޝަބީންއެވެ.

އިފްހާމް އަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، 2015 ވަނަ އަހަރު ޑުބާއީގައި ދެވޭ އިންޓަރނޭޝަނަލް އެވޯޑް ޕްރިންސަސް ހަޔާ ފޮރ ސްޕެޝަލް އެޑިއުކޭޝަން ވެސް ލިބިވަޑައިގެންފައެވެ. އަދި، 2016 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ދެއްވި ޑިސެބިލިޓީ އެވޯޑް ވެސް އިފްހާމަށް ވަނީ ލިބިވަޑައިގެންފައެވެ.

އޭނާއަކީ ކުރީގެ ފަސްޓް ލޭޑީ މެޑަމް އިލްހާމް ޙުސައިންގެ ކޮއްކޯފުޅެވެ. އޭނާ އެންމެ ފަހުން ހުންނެވީ އޯޓިޒަމް އެސޯސިއޭޝަންގެ އެމްޑީކަމުގެ މަޤާމުގައެވެ.

ޑެޕިއުޓީ އޭޖީކަމަށް އައްޔަން ކުރެއްވި ޝަބީން އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯ އިން މާސްޓަރ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަރނުން ބެޗެލަރ އޮފް ލޯސް ވިތު އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މި 2 ބޭފުޅުން މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސް އަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަތްގަލަން

    އިފްހާމް ޖެންޑަރ މިނިސްޓަރަކަށް ހަމަޖެއްސިނަމަ. ތިއީ ޤާބިލް ބޭފުޅެއް

  2. މަސްވެިރިޔާ

    ރ. ވަހީދު ރ. ސޯލިހުއާއި ބައްދަލުކުރީ ކައިރި ބޭފުޅުންނާއި ދަރިންނަށް ޖޮބް ސިކިއުރ ކުރަން.
    ރ.ސޯލިހް ހާދަ ގަބޭ 7 އަހަރު އެމްޑީޕީ އިން މަގުމަތީ ތިއްބެވި އިލްމީ ޤާބިލް ކުދިން ބާކީ. މުޅިން ދުރުގަ ތިބިމީހުން. އިބުރާހިމް ހަސަން އާތިފާ ޝަކޫރު ކުރީ މައުމޫނަށް ތައުރީފް ކުރުން ފިޔަވާ ކޮންކަމެއްތޯ. އެމްޑީޕީ ކުދިން ވަރަށް ހިތުގަ ޖައްސާ އެބަ. ރަގަޅު ގޯލްޑެން ގޯލެއްޖަހާނެ.