ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، އަގުތައް އާއްމުކޮށްފިއެވެ. އަގުތައް ހެޔޮކޮށްފައިވަނީ ޤައުމީ އެއަރލައިން "މޯލްޑިވިއަން"ގެ އަގުތަކެވެ.
މޯލްޑިވިއަން އިން ބުނެފައިވަނީ މިހާރު ދަތުރުކުރާ އަގުތަކުގެ 25 އިންސައްތައާއި 30 އިންސައްތައާ ދެމެދަށް ހެޔޮކޮށްފައިވާކަމުގައެވެ. އަދި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނެކަމަށްވެސް ބުނެފައިވެއެވެ.
"ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން ބޭނުން، އަޅުގަނޑުމެންގެ އެތެރޭގެ ހުރިހާ ދަތުރުތަކުން 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އަގު ހެޔޮވާނެ. އަޅުގަނޑުމެންގެ ޓިކެޓު އޮފީސްތަކުން މި އަގުތަކަށް، 10 ޖަނަވަރީ 2019 އިން ފެށިގެން އަމަލު ކުރަމުންދާނެ." ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބުންޏެވެ.
މާލެ- ހަނިމާދޫ- މާލެ: 1610 ރުފިޔާ އާއި 2226 ރުފިޔާއާ ދެމެދު
މާލެ- އިފުރު- މާލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ- ދަރަވަންދޫ- މާލެ: 1098 ރުފިޔާއާއި 1562 ރުފިޔާއާ ދެމެދު
މާލެ- ކުޑަހުވަދޫ- މާލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ- ތިމަރަފުށި- މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާ ދެމެދު
މާލެ- ކައްދޫ- މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާއި ދެމެދު
މާލެ- ކޫއްޑޫ- މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު
މާލެ- ކާޑެއްދޫ- މާލެ 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު
މާލެ- ފުވައްމުލައް- މާލެ: 1698 ރުފިޔާއާއި 2598 ރުފިޔާއާ ދެމެދު
މާލެ- ގަން- މާލެ: 1698 ރުފިޔާއާއި 2666 ރުފިޔާއާ ދެމެދު
ރާއްޖޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށް ކުރާ ދަތުރުތައް ނުވަތަ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މޯލްޑިވިއަން ދަރަވަންދޫއަށް -/675ރ ހުރެފަ -/900ރ އަށް ބޮޑު ކޮށްފަ ދެން %30 ކެޑީމަ ދެން ޓިކެޓް ގެ އަގު ހެޔޮވީތަ....
ކޮބާ ތަ މާމިގިލީ ފުލައިޓް.. ގަސިމުގެ ފުލައިޓުންވެސް އަގުހެޔޮ ކުރާންޖެހޭ.. ގާސިމުގެ ފުލައިޓަކީ ބޭރު ގައުމުތަކަށް އުދުހޭ ފުލައިޓެއްތަ.. އަގުހެޔޮ ކުރާންޖެހޭ.. ހަމަ އެކަނި މޯލްޑިވިއަން ނަކުން ނޫން އަގުހެޔޮ ކުރާންޖެހެނީ އެއް..
އަދުރޭގެ ހިސާބުޖަހާފަތަ ވަގުތުގަ މިހުރީ، ؟
ކޯޗެއްތަ އަގު ހެޔޮވީ؟ ސާބަސް، އަހަރުމެންނަކީ ގަމާރު
ބުރާންޗުން ތަކެއް ކަމައްތަ ތި ހީކުރަނީ
ހަމަރަނގަޅަށް ވެސް ކަލޭތީ ގަމާރެއް. އެހެންނޫން ނަމަ ޓިކެޓް އަގުހެޔޮވިވަރު އިނގޭނެ
ސަޅި
Heyonuvaane thivara ކުދަކުރާކައް
މީޔަށް ކިޔާތާ އާޖަބު ކުރަނިވި ވަރުގެ ހެޔޮބަދަލެކޭ.މުޅިން ވެސް ރައްޔިތުން ނަށް އޮޅުވާލުން.މި ސަރުކާރަށް ކުރި ތާއިދު އަބުރާ ނަގާފިން.
މާމިގިލި-މާލެ އަށް ކުރާ ދަތުރުގެ އަގުވެސް ކުޑަކުރެވެން ޖެހޭނެ.. ޢެންމެ 17 މިނިޓްގެ ކުޑަ ވަގުތުކޮޅެއް.
މިހާރު ވެސް ފެއާރ ގަ ދެވޭ ހަމަ މި އަގަށް. އަގު ހެޔޮ ކުރަނީ އޭ ކިޔައިގެން އަޑު އަރުވާނަމަ މިއަށް ވުރެ ހެޔޮ ކުރެވެން ވާނެ.
ޙާދައަގުހެޔޮވެއްޖެއޭ... މަދެންގެއިންބަދިގެއަށްވެސްދާނީ މޯލްޑިވިއަންގެ ފްލައިޓްގަ. ޙެހެހ
ސާބަހޭ އަހަރެމެންގެ މިނިސްޓަރ ނަހޫ
މައިކާނލޯ
މިވަރުން ވަޢުދު ފުދިއްޖެ ކުރިން 1442 ރުފިޔާ އަށް ޓިކެޓް ލިބޭ މިހާރު 1652ރ އާއި 2442ރ އާއި ދެމެދުގެ އަގުގައި ހެޔޮވެގެން ދިއުމުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި
ތިހެން އަގުހެޔޮކޮށްފަވެސް ސީޓު ނެތޭ ކިޔާފަބޮޑުއަގުގަ ވިއްކާނެ. ކިހާދުވަހެއްވާނެބާ މިކަންކަން ތެދުވެރިކަމާއެކުދާން. ޜަނގަޅު ގޮތުގަ ދަންނާ ވަރަށްވެސް ރަނގަޅު
އަތަށް ގޮވީމަ އަމައޭތަ ތިކިޔަނީ ދަރަވަންދޫން މާލެއަށް -/575 އަށް ދަތުރު ކުރިން ފްލައި މީ ﷲ ގަންދީ ހުވާ.. އޭރުން ދެކޮޅާށް ޖެހެނީ -/1150 ރުފިޔާ...
ތީ ބޮޑު އޮޅުވާލުމެއް.
ޥާނެގޮތަކީ ދުބަހަކުވެސް ދައް އަގުގެ ޓިކެޓެއް އަތަކުނުޖެހޭނެ. މުޅިންވެސް ލިބޭނީ މަތީ ސީލިންގުން. ޢޭރުން ލިބޭނީ މިހާރުގެ މެދުމިނުގެ ޢަގުގައި.
ޢައްޑޫ މާލެ ދެކޮޅު ކުރިން ފެއާރގަ 2000 އަށްލިބޭ. ޢިބޫ ވައުދު ފުއްދީމަ ދެން މިވީ އަގުބޮޑު. ޢަޅެ ދިވެހިންމީ ގަޅިންތަ ސާބަހޭ ސާބަހޭ ކިޔާއިރު. ދުތުރު ވައުދު މިވީ ސްކޭމް އަކަށް. މޯލްޑިވިއަނުން އެވެރެޖްކޮށް ދިވެހިންއަތުން ފެލާ ފައިސާ ކުޑަތަންކޮޅެއެވެސް މަދެއްނުވާނެ. ބަލާތި
ފުލައިމީ އުދުހެނީ ރާއްޖެއަކުނޫން ދޯ އެހެން ޢެހެން ވީމާ އަގަށް ބަދަލެށް ނާންނާނެ ދޯ ކިހާ ރަގަޅު
އަދި މޯލްޑިވިއަން ތީ މުޅިން އޮޅުވާލުން ގަޑެއްގަ ކަންކުރާ ބަޔެއް ފެޔަރ ގެ ޓިކެޓް ވެސް ހުރެޔޯ ދުވަހަކުވެސް ފެއަރ ތިކެޓެއްގަ ދަތުރު ކުރެވޭ ދުވަހެއް ނާދޭ އަހާލާއިރަށް ބުނާނެ ފެއަރ ޓިކެޓް ހުސްވެއްޖެ މިނޫންވަރެއް ދުވަހަކު ނެވޭ
އަޖައިބުން އަންތަރީސް....ހޭވެސް ނެތިއްޖެ.. ވަރައްވެސް ހެޔޮ.. -/49ރ ހެޔޮވީ .. ކުރިން 854ރ އެއްކޮޅު މިހާރު 805ރ އެއްކޮޅު ވވވވ. ހެޔޮފުޅު... ހަނިމާދޫ މާލެ.
މިޔައްކިޔަނީ ރައްޔިތުން ގުބޯހެއްްދުން....
ތިއޮތީ ހިލޭ ކޮށްފައެއްނު. ތަންކޮޅެއް ބޮޑުވަރު. ދެން އަތް ޖަހާ.
މިއޮތީވާ ކަމެއްކޮށްފަ. މިހާރު ތެލުގެ ޑިއުޓީ ކެނޑިފަ. މީގެ ކުރިންވެސް 1650 ދެކޮޅު ޓިކެޓއ އައްޑުއަށް ވިއްކި.. މިހާރު ތިވީގޮތަކީ ބޮޑް ވިޔަފާރީގެ އުކުޅެއް ހަދާލީ. ބަޓް ދަޓްސް ގޫޑް... އެންނެ މުހިންމީ މިކަން ދެމެހެއްޓުން ..ސޭފްޓީއާއި އެހެނިހެން މުއައްޒަފުންގެ އިނާޔަތް ކަނޑާނުލުން. 310 މޭލު އަށްޑުއަށް ބަލާއިރު .
ތެލަށް 37000 ރ ( އަންދާޒާ)
ބްރެކް އިވެން. ދެކޮޅަށް 43 ޕަސެންޖަރުން .
75% ކެޕެސިޓީ 63600 ރ
63600-37000 =
ގޮރޮސް ޕޮރޮފިޓް 26600 ރ
........... ....................
ނަމަވެސް 2666 ރ ނަގާނަމަ ވ ރަގަޅު ފައިދާއެއް އިންނާނެ. ޔަޤީން އޮނަރަބަލް ޤާސިމް 1500 ރ ދެކޮޅަށް ކޮށްދެއްވާނެ.މިހާރުވެސް ފުލައިމީ ޗީޕް.
ހައްހައްހާ... ދެން ކޮންޑުހުޅު ނެއްޓެންދެން ސަރުކާރުކުދިން އަތްޖަހާ.. މިއީ ނަންކުރާ ސަރުކާރު.. ހުރިހާ ކަމެއްވެސް ކުރާނީ ނަމެއް ހޯދަން،..
ތިދެން ކޮންކަމެއްތާ ރައްޔިތުންތިބި ލޯހުޅުވީފައި މޮޔާ ސަރުކަރާ؟؟؟؟؟
މިހާރުވެސް ދަރަވަންދޫއަށް ކޮޅަކަށްދެވޭ -/575ރ އަށް... ތިޔައޮތީ ހަމަ އަތަށް ގޮވާފަ ?
މާމިގިލީގެ ދަތުރު ތަކުގެ އަގުކޮބާ ؟
މިއީ ދިވެހި ރައްޔިތުން ނޫންބާ؟
ތިއަށް ވުރެ އަގު ހެޔޮކޮށްކުރިންދަތުރުކުރެވޭ
ވަރައްއަގުހެޔޮވެއްޖެއެއްނުން ދެންތިބޭއަައްޖަހަން މިއީކުރިޖެއްށުމެއްތަ
ކޯޗެއް މީގެއިން ހެޔޮވީ؟ ސާބަސް ދޮގުހެދިޔަސް. ތަމެންގެ ފއ
ފެއަރ ގައި 877ރ، 977ރ، 1222ރ އަށް ދެވޭ ޓިކެޓް މިހާރު (މާލެ- ކޫއްޑޫ- މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު) މިއޮތީ މާބޮޑަށް އަގުހެޔޮކޮށްފަ.. މިހާ އަގުހެޔޮކުރީމަ ރައްޔިތުންނަށް ހާދަ ފައިދާއެއް ވާނެޔޭ ދޯ...
މި ކުޑައެއްނޫން
ސޭޓުގެ އަނބިމީހާގެ ފިރިމީހާގެ ކުންފުންޏަން ދެރަވާގޮތަކަށް، ސޭޓުގެ އަނބިމީހާއަށް ވެސް ސޭޓު "ހެޕީ" ނުކޮށް ރައްޔިތުން ހެއްވާލަދޭނި ކިހިނެއްތޯ؟؟
2 ދުވަސް ތެރޭ ގަ އަގު ހެޔޮވީދޯ، ސޭޓް އަންހެނުންގެ ފިރިމީހާގެ ފުލައިޓް ތަކުގެ އަގުތައް އަދި 2 ދުވަސް ފަހުން ކަންނޭގެ ހެޔޮވާނީ، ދޮގު ހަދާލަން ކެރޭ ބައެއް
150 ރުފިޔާ އައް އަޑޫއައް ނުދެވެންވީ ކީއްވެ.. ބަލަ އެޔާ އޭޝިޔާގަ 188 ޑޮލަރައް މެލޭޝިޔާ އައް ދެވޭއިރު. ކީއްވެތަ މި މީހުންނައް ޑޮމެސްޓިކު ބަޖެޓް އެޔާލައިން ހިންގަން ނޭނގިގެން މިއުޅެނީ..
ޢިފުރަށް އެންމެ ދައްކޮށް އިނީ 1500 ރުފިޔާ. ޢެއީ ކޮޅަކަށް 750 ރުފިޔާ. ކުރިން ގަންނަން ލިބެނީ 799 އަށް. 799 ގެ %25 ހެދީމަ އަންނަނީ 599.25 އަދި %30 ހެދީމަ އަންނަނީ 559.30. ދެން ތިބުނާ ރޭޓުގަ އަގުހެޔޮވީމަ މި ހިސާބު ދިމާނުވނީ ކީވެތޯ؟ 799 އިން 750 ކެނޑީމަ އަންނަނީ 49 ރުފިޔާ. ޢެއީ ޕަސްންޓުނ ބަލާއިރު %6. ޢަޅެބހނެދީބަލ 25-30 އަގު ހެޔޮވީ ގޮތެއް
ތިއޮތީ ދެއިނގިލި ދޭތެރެޔަށް ގޮވާފަ އޮޅުވާލުން މީ މިސަރުކާރުގެ ވައުދެއްކަން ޔަގީންވެއްޖެ ވޯޓުއޮޅުވާލި ގޮތަށް ފުލައިޓުގެ ޓިކެޓުވެސް އޮޅުވާލީ އުތަ ކޮބާތަ އަގުހެޔޮވެފަ މަށަކަށްނުފެނުނު އަގު ހެޔޮވިތަނެއް ދަރަވަންދުވަށް ކުރިންވެސް ދެވޭ 575 ރުފިޔާއަށް އިބޫ އޮޅުވާނުލާ އޮޅުވާނުލާ ވަގުނަހަދާ ވަގުނަހަދާ ސިއްރުނުކުރޭ .
ކްރޮސް ސަބްސިޑައިޒް ކުރާ ގޮތަށް ޑޮމެސްޓިކް ޓިކެޓްގެ އަގު ހެޔޮ ކުރި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ އެއީ ދުނިޔޭގެ އެއްވެސް އިކޮނޮމިކް ނޯރމްސް ގައި ހިމެނޭ ކަމެއް ނޫނޭ އެއީ ދައުލަތުގެ ބަޖެޓް ދަރަނި ކުރުވުން ނޫން އެހެން ކަމެއް ނޫނޭ އިބޫގެ ވެރިކަމުގައި އަދި އެއް ދައުލަތުގެ ބަޖެޓަށް ފައިސާ އެއް ވަންނާނެ ގޮތުގެ އަލިފު ވެސް ނާޅައޭ ވެއަރ އާރ ޔޫ ނައު ޔޫއާރ ފޭޑެޑް ފޭޑެޑް ފޭޑެޑް ޑާންސް ޑާންސް ޑާންސް ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް..
ތިއޮތީ ވައުދު ފުއްދީނުން އެކޮޅުކޮޅުން ޖެހިފަ. ކާޑެއްދޫއިން މާލެއަށް ބޮޑުޓިކެޓުގެ އަގަކީ ކުރިން 1500 މިހާރު އަގު ހެޔޮކުރީމަ މާލެ- ކާޑެއްދޫ- މާލެ 1652 ރުފިޔާއާއި 2442 ރުފިޔާއާއި ދެމެދު. ކިހިނެއް އަގު ހެޔޮކުރީ. ރައްޔިތުންނަށް މަލާމާތްކުރީދޯ. ވައުދު ނުފުއްދާ ބިރުގަނެއްގެ ދެންހުރި ވައުތަކަށް ވާނެގޮތެއްވެސް ނޭނގޭ. އިބޫ ކިހިނެއްމިވަނީ.
މާލެ-ކާޑެއްދޫ-މާލެ 1655ރ އާއި 2442ރ އާއި ދެމެދު މީ ކޮން ދެމެދެއްތަ؟؟؟؟ ކުދީންނޭ މިއޮތީ ބޮޑު އޮޅުވާލުމެއް އޮޅުވާލާފަ! ބޮޑު ޖަރީމާއެއް ހިންގާފަ! ދެން ދުވަހަކުވެސް 2442ރ އަށްވުރެ ކުޑަކޮށް ޓިކެޓެއްނުލިބޭނެ! އެއްކޮޅު ޓިކެޓް 1221ރ އަށްނޫނީ ނުލިބޭނެ! މިއޮތީ ބޮޑުތަނުން "ބޮޑުތަނުން" އަގު ހެޔޮވެފަ ބޮޑުތަނުން އަގު ކުޑަވެފަ ވ.ވ. ސަލާމް
ދެމެދޭ އެކިޔަނީ، އެދެމެދުގެ އެކި އަގުތައް ހުންނާނެ ވާހަކަ.
އޭގެން ދައްކަނީ ދެކޮޅު ގެ އަގު. މި މޮޔައިންނަކަށް ނޭގޭނެ އެއްވެސް އެެެއްޗެއް. ލިޔެފައޮންނަ ރަނގަޅަށް ކިއުމެއްވެސް ނެތް
ކޮން ދެމެދެއް ކިޔާކަށްތަ ކޮންމެވެސް އެކައްޗެއް ކިޔާބަލަ 1652ރ ވެއްޖިއްޔާ އެވަރަށް 2442ރ ވެއްޖިއްޔާ އެވަރަށް
މިކަން ކޮށްފައި މިއޮތީ އޮފީސްތަކުގައި ކައުންޓަރު ހަދާ ޚިދުމަތްދޭ އުޞޫލުން ޚިދުމަތެއް ލަސްވެގެން މީހަކު ސުވާލެއް ކުރާއިރަށް ބުނާނެ އަޅުގަނޑުމެން 8 ކައުންޓަރުން ޚިދުމަތްދެމޭ! އެކަމަކު އޭތަނުން ޚިދުމަތް ލިބޭނީ އެއްމެ ކައުންތަރަކުން ބާކީ ކައުންޓަރުތައް ހުންނާނީ ހުހަށް!
މީގައިވެސް ވާނެ ގޮތަކީ ދުވަހަކު އަގުހެޔޮ ޓިކެޓް ހުރިކަމަކަށްނުވާނެ އަބަދުވެސް ލިބޭނީ އަގު ބޮޑު ޓިކެޓް
މަމީ މާލެއަށް ހަނިމާދޫއިން ކޮޅަކަށް 853ރ އަށް ޓިކެޓްނަގައިގެން ދަތުރުކުރާމީހެއް އެއީ އެއްމަސް ކުރިންނެގީމަ ޖެހޭ އަގު އެހެންވީމަ ރިޓާން އެބަލިބޭ 1706ރ އަށް. އެހެންވީމަ ކޮބާތަ ތިބުނާ ބޮޑުތަނުން އަގުހެޔޮކޮށް ދޭނަމޭ ބުނެ ކުރިވައު ދުފުއްދިފަ. ނުބުނަންތަ އެތެރޭގެ ދަތުރުތަކަކީ ވިޔަފާރިޔަކަށް ވުރެން ހިދުމަތެއް ގޮތައްށޭދޭނީ. އެހެންވީމަ ބޮޑުތަނުން އަގުހެޔޮވުމަކީ ހުރިއަގައްވުރެން ދެބައިކޮށް އެއްބަޔަށް ވުރެން ހެޔޮވުން. އޮޅުވާނުލާ ވައުދުފުއްދާ
ތަންދޮރު ނުދަންނަ މީހުންނާއި ހަވާލު ކުރީމަ ވާނެ ގޮތް މިފެނުނީ. ގާބިލް ބޭފުޅުންނަށް ފުރުސަތުދީ އަވަހަށް
ހަމަގައިމުވެސް ދެނެއް އެމްޑީޕީ އަކައް ވޯޓެއްނުދޭނަން ހުރިހާކަމެއްގަ ވައްކަންކުރުމާއި އޮޅުވާލުންމިއޮތީ
ސަރުކާރުން އުދުހޭސަންދަ ހަދައިގެން އެތެރޭގެ އުދުހުން މުޅިން ހިލޭ ކުރިޔަސް ޝަކުވާ ކުރާނެ ބޭރުގެ އުދުހުން ހިލޭ ނުވެގެން ނިއު ޔޯކަށް އުދުހޭސަންދަ ނުދެޔޭ ކިޔައިގެން.
ބޮޑުތަނުން އޮޅުވާލާފަމިއޮތީ. ވަގު ސަރުކާރުން ވޯޓު އޮޅުވާލި ގޮތަށް ހުރިހާ ކަމެއް އޮޅުވާލަމުން މިދަނީ. ކޯޅޭޝަން ކުދިންކޮޅު ކޮނޑުހުޅުން ނެއްޓޭވަރަށް ބާރަށް އަތްޖަހާދެން...........
ވަގުތުނޫހުން މިހަބަރުވަނީއޮޅުވާލާފަ އެއީދެކޮޅުޓިކެޓްގެ އަގު
ގަމާރު ދިވެހިންނަށް ސަލާމް! ދެން އަތްޖަހާ! ރޭގަނޑު ބާރައިގެ ފަހުން 1600ރ އައްޑުއަށް މިހާރުވެސް ފެއަރއެއްއޮވޭ، އެކަމަކު އެލިބެނީ ދެމީހަކަށް، ދެން މިހާރު އަގުހެޔޮކުރީމަވެސް ހަމަ އެއަށްވުރެ ބޮޑުވީ!
ޓިކެޓްގެ އަގުތައް ހެޔޮކުރިވަރުން މުޅި ރަށް އޮތީ ކޯމާއެއްގަ ....
ޓެކްސީ ޑްރައިވަރުން ކަންކުރި ގޮތަށް ހުރިހާ ރައްޔިތުން ސޭޓުގެ އަންހެނުންގެ މިނިސްޓްރީއަށް ދާން ފެންނަނީ.
މާލެ- ހަނިމާދޫ- މާލެ: 2226 ރުފިޔާއާ
މާލެ- އިފުރު- މާލެ: 2056 ރުފިޔާއާ
މާލެ- ދަރަވަންދޫ- މާލެ: 1562 ރުފިޔާއާ
މާލެ- ކުޑަހުވަދޫ- މާލެ: 2056 ރުފިޔާއާ
މާލެ- ތިމަރަފުށި- މާލެ: 2226 ރުފިޔާއާ
މާލެ- ކައްދޫ- މާލެ: 2226 ރުފިޔާއާއި
މާލެ- ކޫއްޑޫ- މާލެ: 2442 ރުފިޔާއާއި
މާލެ- ކާޑެއްދޫ- މާލެ 2442 ރުފިޔާއާއި
މާލެ- ފުވައްމުލައް- މާލެ: 2598 ރުފިޔާއާ
މާލެ- ގަން- މާލެ: 2666 ރުފިޔާއާ
ނޯމަލް ފެއަރ (ކޮންމެ ވަގުތަކުވެސް ލިބޭ، އެންމެ ބޮޑު އަގު)
މާލެ-ގަން-މާލެ
ކުރީގެ އަގު 3554، މިހާރުގެ އަގު 2666 (888 އަގުހެޔޮ)
މާލެ-ފުވައްމުލައް-މާލެ
ކުރީގެ އަގު 3332، މިހާރުގެ އަގު 2598 (734 އަގުހެޔޮ)
މާލެ- ކާޑެއްދޫ- މާލެ
ކުރީގެ އަގު 3110، މިހާރުގެ އަގު 2442 (668 އަގުހެޔޮ)
މިއަގުތައް ބޮޑިއްޔާ ދެން ކަނޑުބޯޓުން ރަށަށްދޭ. ކަލޭމެން ބޭނުންވަނީ 10ރފ އަށް ދެކޮޅު ޓިކެޓް، 50ކިލޯ ބެގޭޖް، ކިތަންމެލަހުން ދިޔަސް ބޯޓް ދޮރު އަލުން ހުޅުވާފަވެސް ފުރުން، ބިރިޔާނި ކާންލބުން. މީހަކު ހޭބަލިވެދާނެ
އަހަރެމެންގެ ތާއީދުވެސް އޮތީ މި ސަރުކާރަށް، އެކަމަކު މިއީ އަގުހެވެއްނޫން، އައިލެންޑް އޭވިއޭށަނުން ބޭނުންވި ގޮތަށް އަގު ފާސްކޮށްފައި އެއޮތީ، މިދެން ބޮޑު ޖޯކެއް، މަޤްސަދު ހާސިލެއްނުވި، ބޮޑު އޮޅުވާލުމެއް މިއީ، ވަރަށް ދެރަ، އެހެން ބަޔަކު އަދި ނިކުންނަން ފެނޭ މިކަން ކުރަން.
އެމްޑީޕީ އަކީ އޮޅުވާލުމާއި މަކަރުހެދުމުގެ އެއްވަނަ އަބަދުވެސް
އެތެރޭގެ އަގުހެޔޮކަމައްބަލާނީ އެއަރ ޓެކުސީގެ އަގުވެސް ހެޔޮވީމަ،މިހާރުވެސް އަދިފަހުންވެސް އަހަރުމެން ދާންމިޖެހެނީ މޯލްޑިވިއަން ޓެކުސީގަ 1275 ދެރަ އުމީދުކުރަން އަގުހެޔޮވާނެކަމައް، ވަގުތު ނޫހުގެ އެއްބާރުލުން ވަރައްބޭނުން ،ރައްޔިތުންގެ އަޑުއިވަދީ