ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދުގައި ބަހައްޓާނީ ޑޮކްޓަރު ލަފާ ދީފައިވާ މުއްދަތަށް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބުދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އަދީބު ގޭގައި ހުންނެވި ނަމަވެސް، އޭނާގެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށާއި، ޑޮކްޓަރު ލަފާ ދީފައިވާ މުއްދަތު ނިމުމުން އަލުން އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.

"ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައި އެވަނީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ޑޮކްޓަރު ދެއްވާފައިވާ ލިއުމާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެގޮތަށް އެ އަމަލު ކުރެވެމުންދާނެ،" އިމްރާން ވިދާޅުވިއެވެ.

އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެންބަރު މަހުގައެވެ. އޭނާ ގޭ ބަންދަށް ބަދަލު ކުރީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހުގައެވެ. ހޮސްޕިޓަލްގައި އަދީބުގެ ކިޑްނީގެ އޮޕަރޭޝަނެއްވެސް ކުރިއެވެ. އެ އޮޕަރޭޝަނަށްފަހު ތިން ހަފްތާ ވަންދެން އާއިލާ ކައިރިއަށް އަދީބު ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދީފައިވުމާއެކު ކަރެކްޝަނުން ވަނީ އަދީބު ގެއަށް ބަދަލުކޮށްފައެވެ.

އަދީބު ގޭ ބަންދަށް ބަދަލު ކުރި ފަހުން، އޭނާ ސިޔާސީ ހަރަކާތްތަކުގައި ޝާމިލްވަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. އެގޮތުން އެމްޓީޑީގެ ނަމުގައި އޭނާ ސިޔާސީ ޕާޓީއެއްވެސް ވަނީ އުފައްދާފައެވެ.

ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ އަދި ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ސާބިތުވެފައިވާ އަދީބަށް ވަނީ ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މިހާރު ވެސް އޭނާގެ މައްޗަށް ދައުވާ ކުރާ ތިރީހަކަށް މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަސްވެިރިޔާ

    ޝޚ. އިމްރާންމެން ހީކުރަނީ އަދިވެސް މިއީ ބޮޑްކާފަ ކުޑަކާފަހެން. މީހުންނާއި ޒުވާނުންގެ ސިކުޑި ވަރަށް ތަހްޒީބް. ވަރަށް ގިނަ ދިވެހި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން ވަރަށް ކުޑަ ކަންތަކުގަ ޖަލުގަ އެބަތިބި... ޒުވާކުދިން 3 -10 އަހަރާ ދެމެދު ޖަލަށްލާފަ ތިބީ މަސްތުވާތަކެތީގެ ކަންކަމުގަ .. އެއްވެސް ހަރުދަނާ އުސޫލެއްނެތި މަޖްލިސް މެންބަރުން އާވާރާގަ ތިބެގެން ހަދާފައިވާ ދިރާސާ ލެސް ޤާނޫނު ތަކެއްގައި ދަރިންތައް ފަނާވެގެންދާހިނދު އެމީހުންގެ ހައްގުގައި ޗުޕް ބުނާނެ މީހަކުނެތް.
    ސިޔާސީ ކިޔާފަ ކިތަންމެބޮޑް ޖަރީމާއެއް ހިންގިއަސް އެމީހަކު ސާފް. އަދީބް ޖަލަށް ގެންދެވޭނެ ހިއްވަރެއްނެތް ސަރުކާރަކު.. މިއޮތީ ޓާކޫ ސިސްޓަމް ... އަނެއްކާ ކީއްކުރަންތޯ އަދީ ދޫނުވާންވީ. އިމްރާނުގެ 13 އަހަރު 3 އަހަރަށް ބަދަލްވީގޮތަށް އަދީބުގެ ހައްގުވެސް ލިބެންވާނެތާ.

  2. ޜާއްޖެ އިސްލާމް

    ވަރައްހެއްވާ ވާހަކައެއް ޑޮކްޓަރ ބުނާނީ އަދީބު ބުނި މުއްދަތެއް އެއަި މިހާރު ކަންހިނގާގޮތް. ދެންއޮތީ މަނިކްފަނަށް ފެންނަ މުއްދަތަކަށް ޑޮކްޓަރ ޖަލުގަ ބެހެއްޓުން

  3. ޕީޖޭ

    ވ ރަގަޅުކަމެއް ކުއްވެރިން ތިބެންޖެހޭނީ ޖަލުގައި..ރައްޔިތުންގެ ފައިސާތައް ބަނޑުއަޅާ އެތައް ޖަރީމާއެއް ހިންގައި ސާބިތުވެފައިވާ މީހެއް..އެއްވެސް ޑީލެއް އަދީބާއާއިއެކު ހެދިގެން ނުވާނެ ގަބޫލުކުރެވޭނެކަމެއް ނޫން..

  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ދެލޯ އޮށްވެޓޭކަލޭގެ ޖަލުން ނެރުނީމަ އޮށްމަތިން ހަނދާނެއްނެތް.. މުޅިން އެހެންކަމެއްގަ ތެޅެނީ.. އާއިލާއިންވެސް ހެދީ ދޮގު.. ހަމަ ގަދަފަދަ.. ދެން ސަރުކާރުން މިހާރު ތިޖައްސަނީ ސީދާ ސްޓަންޓެއް.. މިކޮމެންޓް ސޭވްކޮށްލާފަ ބައިންދާތި.. ވާގޮތްބަލަންތިބޭ..

  5. ފަހަރި ވަޒީރު

    ޑޮކްޓަރު ދިން މުއްދަތަށް ބެހެއްޓިއްޖެތަ ކަލެއަށް؟ ކަލޭ ޖެހޭނީ މަތިން އޯޑަރު އަންނަ ގޮތަކަށް ކަންތައް ކުރަން. ފުއްޕޭނެ ވަރަށް ފުއްޕި ނިމިފަ ތިހިރީ. އަނގަ ނުގަޅާ ހުރޭ.

  6. ޙަންނާނު

    އަދިބު ޔާމީންވެސް ލާންޖެހޭނީޖަލަން އެއްގޮލިއަކަން