ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހު ތެރޭގައި ހިމެނޭ ވައުދެއް ކަމަށްވާ "ޖަޒީރާ މާހައުލެއް" ގާއިމް ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން، ކޮންމެ ހުކުރު ދުވަހަކުވެސް ވަކި ގަޑިތަކެއްގައި މާލޭގެ ބައެއް މަގުތައް ބަންދު ކުރަން ނިންމައިފިއެވެ.

މާލޭގެ ބައެއް މަގުތައް ހުކުރު ދުވަހު ހެނދުނު 6:30އިން 10:30އިން ބަންދުކުރަން ހައުސިން މިނިސްޓްރީން ނިންމަވާފައިވާ އިރު، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ފުރަތަމަ މަދުވެގެން 10 މަގެއް ބަންދުކުރާނެ ކަމަށެވެ. ނަމަވެސް އެ މަގުތަކާއި ބަންދުކުރަން ފަށާނެ ދުވަހެއް ވިދާޅެއް ނުވެއެވެ.

މި ވައުދު ފުރިހަމަކުރުމަށް އެންމެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް އަދި ފުލުހުންނާ އެކު ހައުސިން މިނިސްޓްރީން ވަނީ މަޝްވަރާކޮށްފަ އެވެ.

"މާލޭގައި އުޅޭ މީހުންތައް އަބަދު ބަންދުވެފައި އެ ހުންނަނީ. މި މަގުތައް ހުކުރު ދުވަހު ބަންދުކުރެވުނީމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މާލެއިން ޖަޒީރާ މާހައުލެއް އިހްސާސް ކުރެވޭނެ،" ޝާމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުތައް ބަންދުކުރަން ނިންމާފައި ވާނީ ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ވެސް އުނދަގޫ ނުވާނެ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފުނަދޫ

    ހުރިހާމގުބަންދުކޮއްފަ ގތައްވެސްނަގާ އޭރުންޖަޒީރާވާނީ ޖަޒީރާ ރައްތަކަކު މަގުމަތީ ގާއަޅާފަކަނުހުންނާނެ މޮޔަނުވޭ

  2. އިބްރާ

    ޖަޒީރާ އަކީ ރ ނަޝީދަށް އޮޅިގެން ވިދާޅުވެވުނު ބަހެއްކަމަށް ބެލެވެއެވެ. މާލެ ޖަޒީރާވަންތަކުރަންޏާމުން މަގުތަކުން ތާރާއި ގައު ނަގައި ދޮންވެލިލާން ފެނެއެވެ. ވާޓަރުތަށް ދުއްވާލާފަ ބީޗުހައްދަވާށެވެ.

  3. ޙައްވަ

    ޥ ރަނގަޅުކަމެއް. ޢާއިލާތަކަށް މިނިވަންކަމާއެކު ހިގާލާ އުޅެވޭނެ. ޙުކުރު ދުވަހު ދުއްވާ އެއްޗެހި ނުދުއްވާގޮތަށް ހެދުން ވެސް ރަނގަޅުވާނެ

  4. ކިނބޫ ރައީސް

    އަމީރުއަހުމަދު މަގާއި މެދުޒިޔާރަތް މަގުވެސްތަ؟ ކެކެކެ. ސޮރީ. ހަމަ އަހާލީ.

  5. ސަންގުގެރި

    ޖަޒީރާވަންތަ ކުރަންވެގެންތޯ އިސްލާމީ މަރުކަޒުގެ ހަރިއްމަ ތެރޭގައި ނަމާދު ކުރަން ޖަހާފައިވާ މާބުލްތަށްވެސް ތަޅާ ރާކޭސް އަރުވާލީ ތިޔަށްވުރެމާ ރަނގަޅުވާނެ މުންޑުލައިގެން މޮޓޯކޭޑު މަގުތަކުގައި ޖެއްސިޔަސް.

  6. މާލެ

    6.30 އިން 10:30 އާއި ދެމެދު މަގުމައްޗަށް ނިކުމެ އުޅޭނީ ހަމަކުޑަކުދިންބާއޭ ހިތަށް އަރާ

  7. ވޯޓަރ ލައިފް

    ކީއްކުރަން ހުކުރުދުވަހު އެކަނި ތީ ހުރިހާ ދުވަހަކަށް ކުރަން ޖެހޭކަމެއް. ޢެއްގަމު ދުއްވާ އެއްޗިހި ރާއްޖޭގާ ގެންގުޅުމަކީ މަލާމާތެއް. ޢިންސާނުންގެ ބުއްދިއަށް ދެވޭ އިހާނާތެއް

  8. ނުރަބޯ

    ތިޔައީ ރަގަޅު ކަމެއް. އެހެންނަމަވެސް ތިޔަކަމަކާ ޖަޒީރާ ވަންތަ ކަމަކާ ގުޅުމެއްނެތެވެ. ހިތް ހަމަޖެހޭ އަމާން މާޙައުލެއް ގާއިމު ކޮށްދިނުމުގެ ނަމުގައި ތިޔަކަން ކުރުން މައްސަލައެއް ނެތެވެ. އަދި މިއީ ދިވެހިރާއްޖެއެވެ. ރީނދޫ ހުރިހާ ޚާއިނުން ބޭނުންވިޔަސް މިރާއްޖެ މިއީ ޖަޒީރާރާއްޖެއެއް ނޫނެވެ. ޖަޒީރާ އެއީ ވަކި ސިފަޔަކަށް ކިޔާ ނަމެކެވެ. ދުނިޔޭގެ ކަންކޮޅު ތަކުގައި ޖަޒީރާ ރަށްތައް ހުރެއެވެ. އެހެންކަމުން އެއީ އެއްވެސް ބަޔަކަށް އަމިއްލަ ކުރެވޭނޭ ނަމެއްނޫނެވެ. އެހެންނަމަވެސް ދިވެހި މިއީ އަހަރެމެންގެ އަމިއްލަ ނަމެކެވެ. އަމިއްލަ ތަރިކައެވެ. އެތަރިކަ ދޫކޮށް ނުލާށެވެ. އެއީ ޔަގީނުން ވެސް ވަރަށްބޮޑު ޚިޔާނާތެކެވެ.