ގޭބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު މިރޭ ޖަލަށް ގެންދިއުމުން އޭނާ ނިސްބަތްވާ އެމްޓީޑީގެ ނައިބު ރައީސް ޔާމީން ރަޝީދު މީޑިއާ އަށް ވިދާޅުވީ އަދީބު ގޭބަންދުގައި ބަހައްޓަން ޑޮކްޓަރު ދެއްވާފައިވާ މުއްދަތު ހަމަވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށާއި އަދީބުގެ ބޭސްފަރުވާ ނުނިމެނީސް ޖަލަށް ބަދަލުކުރި ކުރުން އެންމެ ހަރުކަށި އިބާރަތުން ކުށްވެރިކުރާ ކަމަށެވެ.

އަދީބު ޖަލަށް ގެންދިއުމަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ފުލުހުން ގ.ހުމަށިއަށް ވަދެފައި ވަނީ މިރޭ 22:00 ހާއިރުއެވެ. އަދީބު ހުންނެވީ ޖަލު ޙުކުމެއްގައި ކަމަށް ވީނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައި ވަނީ ފުލުހުންނާއިއެވެ. މިހާރު ވެސް އަދީބު ހުންނެވީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށްވާތީ ފުލުހުން ވެސް އަދީބު ޖަލަށް ގެންދިއުމުގެ އޮޕަރޭޝަންގައި ބައިވެރިވިއެވެ.

އަދީބު މިރޭ ޖަލަށް ގެންގޮސްފައި މިވަނީ އަދީބުގެ ޙުކުމް ތަންފީޒު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިތާ ދެތިން ގަޑިއިރު ފަހުންނެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އަދީބު ގޭގައި ހުންނެވި ނަމަވެސް، އޭނާގެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށާއި، ޑޮކްޓަރު ލަފާ ދީފައިވާ މުއްދަތު ނިމުމުން އަލުން އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.

"ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައި އެވަނީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ޑޮކްޓަރު ދެއްވާފައިވާ ލިއުމާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެގޮތަށް އެ އަމަލު ކުރެވެމުންދާނެ،" އިމްރާން ވިދާޅުވިއެވެ.

އަދީބު ގޭބަންދަށް ބަދަލު ކުރުމާއި އެކު އޭނާ ވަނީ ސިޔާސީ ހަރަކާތްތައް ފަށާފައެވެ. ގޭބަންދުގައި ހުންނަވައިގެން އެމްޓީޑީގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރައްވާ އެޕާޓީގެ ރައީސް ކަމަށް އަދީބު ވަނީ ވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ޙުކުމް އައިސްފައިވާ މައްސަލަތަކުން ދިފާޢުވުމަށް ވެސް ބައެއް މަސައްކަތްތައް އެކި ފަރާތްތައް މެދުވެރިކޮށް ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ޖ

  ތީޖަލުގަބަހައްޓަން ޖެހޭމީހެއް

 2. ކޮކާ ފަނި

  އަވަސް ކުރޭ

 3. ޙައްވަ

  ގެންދަންވީ. ބައިތުލްމާލް ހުސްކޮއްފަ އެހެން ހުރެވިގެން ނުވާނެ.

 4. ސެންޓޭ

  އަވަހައް ގެންދޭ މިޙާރުވެސް ލަސްވެއްޖެ

 5. Miadhu

  ތިކަން އަވަސްކުރޭ މިހާރުވެސް ލަސްވެއްޖެ ރިޔާސީ އިންތިޚާބަށް ވޯޓުހޯދަންވީ ވައުދު ފުދިއްޖެ އަދީބުގެއަށް ބަދަލުކުރެވިއްޖެ ދެން އޭނަހުރެފިނަމަގައުމަށްވާނީ ނުރައްކާ އުމަރާއި ޔާމީނުގެ ކުރިން ގެންގޮސް ޖަލުގޮޅިއަށްލާ ބޭސްފަރުވާއޭ ކިޔޢިގެންހެދި ދޮގު މިހާރު އެއްމެނަށް އެގޭނެ ޢަބުދުﷲ ރިޔާޒުވެސް ގެންދަންފެނޭ

 6. ކެޔޮޅު

  އަދީބަކީ 1 މިނެޱްވެސް ޖަލުންބޭރުގަ ބަހައްޱަން ހެޔޮވާވަރުގެ މީހެއްނޫން އަވަހައް ޖަލައް ގެންދޭ!!

 7. ޢަސީލާ

  ސިކުންތަކަށްވެސް ވީއްލިފައި ހުރެގެން ނުވާަނެ. އަދީބު އަވަހަށްޖަލަށްލާ.

 8. Anonymous

  އަދީބަކީ ޚާއިނެއް، ޓެރެރިސްޓެއް، ގާތިލެއް، މުޖުރިމެއް، އަބަދަށް ޖަލުގަ ބަހަށްޓަން ޖެހެނީ، ތިކަލޭގެ ޖަލުން ނެރެފައިވާތީ އާއްމުރައްޔިތުންވެސް މިތިބީ ބިރުން ގޮތްހުސްވެފައި، ތިއީ ގައުމީސަލާމަތަށް ނުރައްކާހުރި ބިރުބޮޑު މީހެއް،

 9. ރާޅު ބޯއީ

  އާނ މިހާރު ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ. ކޮބާތަ މިކަލޭގެ ހިމާޔާތުގައި ގޮވެލިފަތިވގޮވާ އަނގައިން ވަސްލަނޑާ ކަނބުލޭގެ ފާނު. އަދީބަކީ ޗޯރޯންކާ ސަރުދާރެއް. އޭނާ ހުންނަން ޖެހޭނީ ޖަލުގެވެސް އެންމެ ކުޑަ ގޮޅީގަ. ދެން އިވޭނީ ދުވަސްކޮޅަކުން ކަލޯގަޔާ އެކަލޭގެ ބަލިވެ ހަސްނެތިގެން ގޮވާ އަޑުފައްގަނޑު. މި އަދީބަކީ މުސީބާތުލް ގައުމިއްޔަ.

 10. ތަހުތު

  ނަސްވާ ކުރިޓުއިޓަކީތީދޯ ރަގަޅު ސާބަސް ނަސްވާ ބުނީ ޔާމީނާއުމަރާ2މީހުންގެންދާށޭ އެކަމުގެ ން ދިޔައީ ފިރިސޮރު ދޯ

 11. ބުރޯ

  ޔާމީން ރަޝީދު އަންނަ މަޖިލިސް އިންތިހާބުގަ ހޮވޭނެ ބާ

 12. ހެހެހ

  ގިޓާ ދީފަ ބާންދާ ޖަލުގަ ސޭކު ހެއްދެން!

 13. ކެކެކެ

  އަދީބު ދެކެ މިމީހުންވެސް އެބަ ބިރުގަނޭ. އިބިލީހަށް ކިހާ ވަރެއް ވާނެ.

 14. ހާމިދު

  ތުބުޅިލީ ސޭހުންނައް މިނިސްޓަރުކަން ދިނީމާ ވާގޮތް މިފެންނަނީ.

  • ސުވާލު

   ރައްޔިތުން އަތުން ވައްކަން ކުރި ލާރިގަނޑު ތެރެއިން ކަލެއަށް އަދިބު ކިހާ ލާރިގަނޑެއް ދީގެން ތި ކޮމެންޓުކުރީ.

 15. ޖަހާންގިރި

  ތި އަދީބުގެ ބަލާވެރިކަން 1500 މީދަލުގެ ބަލާވެރިކަމަށްވުރެ ބޮޑުވާނެ ތީނަ އަބަދުވެސް ބަހަށްޓަން ޖެހޭނީ ޖަލުގައި ދޫނުކުރާތި.

 16. ޑެއިލް

  އިމްރާނޫ މީހުންނަށް އަނިޔާވެރި ވާކަންނުވާނެ. އެއީ ސިޔާސީ މީހެއް. ޕާޓީއެއްގެ ރައީސެއް. އަދީބު މިނިވަންކުރޭ. އަދީބަށް އިންސާފު ހޯދަދީ.

 17. ހަސަން

  27 ނޮވެންބަރު 2018 ގައި އަދީބު ގޭ ބަންދަށް ބަދަލުކުރީ 3 ހަފްތާއަށް. އެމުއްދަތު 18 ޑިސެމްބަރުގައި ވަނީ ހަމަވެފައި. ވީމާ ޑޮކޯޓަރު ދިންމުއްދަތު ހަމަވިފަހުން އެ ގެންދިޔައީ. އަދި އަދީބުކުރަން ބޭނުންވާ ކަންތައް ކޮށްނިންމިފަހުން އެގެންދިޔައީ. ސިޔާސީ ޕާޓީއެއް އުފައްދާ، ފިނިފެންމާ ހާދިސާ އޮޅުވާލުމަށް ވީޑިއޯއެއްވެސް ހަދާފި.

 18. ނަގޫރޯޅި

  ދެތިން މީހުން އަދީބު ޕާޓީއައް ސޮއެކޮއްލާއިރައް ރަިއްޔިތުންގެ ތާއީދު އޮހޭ ސަރުކާރައް ކެތެއްނުވި. ކިތަންމެ ބިރުން ތެޅި މަރުވިޔަސް މިސަރުކާރު ވެއްޓޭނެ.

 19. ޖާންޓޭ

  ނަސް ކައެ އަދީބުދެކެ އަސްލު ލޯތްބެއްނުވެއެންނު ދޯ.އެހެން ނޫންނަމަ ކައެ އަދީބު ހައްޔަރު ކުރާށޭކިޔާ ޓުވިޓެއް ނުކުރާނެ ދޯ.

 20. އަހަ

  ކިހިނެތް މި ހެދީ ހެޔޮނުވާނެ އަނިޔާނެވެރި ވާކަށް އެ އެއްވެސް ކަމެއް ކުރި ބޭފުޅެއްނޫން ހަމަ ރ.ނަޝީދު ފަދަ ބޭފުޅެއް އަވަހަށް ދޫކޮށްލާ. އޯ ސޮރީ މި ސަރުކާރުން ކޮށްފިނަމަ، އެވާނީ އިންސާފުން ކުރިކަމަކަށް.

 21. މަސްވެރިޔާ

  ޝޚ.އިމްރާން މިހާރު ދައްކުވާއިފި ހިތްވަރާއި
  ހަމަ ހަމަކަން. އެކަމަކު އަދީބަށް އިންސާފްވެރި ޝަރީއަތެއް ހިންގޭނެތޯ ސްޕްރިމްކޯޓުގެ ފަހުބަސް ވިދާޅުވުން އޮތީތާ. ދީބަކީ ދީބް.. ހިތްވަރުވެސް ގަދަ ކެރޭނެ..ދީލަތިވެސްވާނެ. މިއަންނަނީ ފެންބޭނުންވާ މޫސުމް ވަރަށްގިނަ މެންބަރުންނާއި އެހެންބޭފުޅުން މަދަދަށް އެދި ވަރަށް ފައްކާވާހަކަ ދައްކާނެ. ވަރަށް ދިގުވާނެ ނާށި ކިއު.

 22. ހެއުބަސް

  ޢަބިކަބަލުންގެ އެދުމައް ގޭގަމާބަލާބޮޑުކުރާތީވެ ޖަލައްފޮނުވާލެއްވީ ދެއްތޮ ސުކުރިއްޔާ

 23. މޭޒް

  އެބަ ރަނގަޅު ވޭ!!!ހެހެހެެ