ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ހައްޔަރު ކުރުމަކީ ޒާތީ، ލާއިންސާނީ އަދި އަނިޔާވެރި އަމަލެއް ކަމަށް އަދީބުގެ އަނބިކަބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.

ދެންމެ ކުރެއްވި ޓްވީޓެއްގައި ނަޝްވާ މިހެން ވިދާޅުވިއިރު، މިރޭގެ ވަގުތެއްގައި ކަރެކްޝަންސް އިން ވަނީ އަދީބު އަނބުރާ ޖަލަށް ގެންގޮސްފައެވެ. އަދީބް ހައްޔަރުކޮށްފައިވަނީ ކުރީގެ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ކުށުގައްޔާއި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ކުށުގައެވެ.

އަދީބް ހައްޔަރުކޮށްފައިވާ މިދަނޑިވަޅުގައި ނަޝްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ. އަދީބް ގޭބަންދަށް ބަދަލުކުރެވުނީ 29 ޖެނުއަރީއާ ހަމައަށް ކަމަށާއި މުއްދަތު ހަމަވުމުގެ ކުރިން އަދީބް އަބުރާ ގެންދިއުމަކީ ލާއިންސާނީ އަމަލެއް ކަމަށެވެ. ނަޝްވާ މިހެން ވިދާޅުވެ ކުރެއްވި ޓްވީޓްގައި އަދީބް ބަލި އެދުގައި އޮތް ފޮޓޯއެއްވަނީ ހިމަނުއްވާފައެވެ

ބަލި ޙާލަތު ހުންނެވި ގޮތުން މިދިޔަ ނޮވެމްބަރު މަހު އަދީބު ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، ގޭބަންދަށް ބަދަލު ކުރެއްވުމާއިއެކު އަދީބްވަނީ އެމްޓީޑީގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. އަދި އެޕާޓީގެ ރައީސްގެ ގޮތުގައި އަދީބް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޖޭމްސް

    ތިފޮޓޯއިން ފެންނަނީ ޕާޓީހަދާގެން ރަޖިސްޓްރީކުރާތަން.އަނެއް ފޮޓޯން މެންބަރުން ގަންނަތަން.ލާރިގަނޑު ބަނޑުއަޅާގެންހުރި މުލިވަގު.

  2. ރހހ

    ތިކަހަލަ ކޮންމެކަމަކުން ތިފެންނަނި އޯގާތެރި ސަރުކާރުގެ މަކަރުވެރިކަން. މާ އަދީބުވެގެން އުޅުނީ ވެރިކަމައް އާދެވެންދެން.
    ހީވަނީ އަދީބު ނަސީދު އަތައްދިން ލެޕްޓޮޕުން ކުރިން ނުފެނުނު އެއްޗެއް މިއަދު ފެނުނީހެން. ކުއްލިޔަކައް ކިނބޫ ސަރުކާރުގެ ހޯމްސޭހް މިއަދު ޓީވީއައް އަރާ އަދީބުގެ ވާހަކަ ދައްކާ މާގިނައިރެއް އަދި ނުވެ، މިހާރު އެގެންދިޔައީ. ކިތަންމެ ބިރުންއުޅުނަސް ކިނބޫ ސަރުކާރު ވެއްޓޭނެ، އައުލާދު އެކީ ހައްޔަރުވެސް ކުރާނެ.

    • އަސްލުހާލަތު

      ކަނޑު ލަބަރި ޕާޓީގެ ކުދިން ހުވަފެނެއްގަ ތިއުޅެނީ ސަރުކާރު ވެއްޓޭނެކަމަށް ދެކިގެން.. އިންޑިއާ އެއޮތީ 24/7 ފާރައަށް ކިރިޔާ ލޮޅުމެއް އަރުވާލިޔަސް ސަރުކާރުގެ ސަލާމަތަށްޓަކައި އަރާނެ.. އޭރުން އެއްބަޔަކަށް ވެސް ލިބޭނެ މޮޅެއް ނެތް މަހުޖަނުންގެ ރިސޯޓްތައްވެސް ޗޮކުން ދާނެ..ކުޅި ކުޅި ވަރެއް ނުކުޅެވޭނެ މިހާރަކު..

  3. ނަސް

    ޙަޔާތްކުޑަކަން.އަދިބުނެފިޔޭ ޔާމީނުއާ އުމަރާ ހައްޔަރުކުރާށޭ.ބޮޑު ވަގުހައްޔަރުކުރަންވީ .ސާބަހޭ ހޯމްމިނިސްޓަރ އިމްރާނ

  4. ޕޮފުބާ

    ނަސްވާ މޮޔަގޮވަނީ ކޮބާ ސަރުކާރު އެއްބިލިޔަނަށްވުރެގިނަ ރުފިޔާލީތަން ދައްކާބަލަ ބޮޑުވަގު

  5. ނައްލަބެ

    އަދީބަކީ މިގައުމުދުއް އެންމެބޮޑު މުލިވަގު މިކަލޭގެ ދޫކޮށްލުމާއި އެކު ޕާޓީއެއްވެސް އުފައްދައިފި ބަލިއެނދުގައި ނޯވެ ފުރަތަމަވެސް ކުރަންފެށި ކަމަކީ ސިއްރިޔާތުގައި ސަރުކާރާ ތޮޅެން މަސައްކަތްފެށުން ގުލުކޯމާ ޖެހުނީ ކާކަށްތޯ ސުވާލުކުރަން އެބަޖެހޭ ؟؟؟؟؟

  6. ރަޗީދު

    އަދީބުގެ ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދިއުމަކީ ލާއިންސާނީ ޢަމަލަކަށްވާންޖެހުނު ސަބަބެއް ނުވިސްނުނު. ކޮބާތޯ ނިކަމެތި ޢާއިލާތަކުން އެކި ކަހަލަ ކުއްކުށުގަ ޖަލުގަ ތިބި މީހުން؟ އެމީހުންގެ ޙައްގުގަވެސް ރަނގަޅުނޫންތޯ ލާއިންސާނީ ކިޔާލަން. ތި ލާއިންސާނީ ކިޔަންދަސްވި ފަހުން ތިނ|ޫން ބަހެއް ކިޔަންނޭންގޭތީ ދެރައީ.

  7. މިއަދު

    ހަދީބު ހައްޔަރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ފެހުރިހި ޖެހި ނޫޓުތައް ދެއްކުމުންނޫނީ އޭނާއަށް ލުއެއްލިބިގެންވެސް ނުވާނެ އޭނަމިގައުމަށް ދޫކޮށްލާފައިހުރެފިނަމަ މުޅިގައުމަށް ރިސްވަތުގެ ނަހަމަ ފައިސާ ފެތުރިގެންދިއުމުގެ ބިރުބޮޑު

  8. މިއަދު

    ނަސްވާއަށްވެސް މިހާރު ހުންނާނީ މިވަގުތައް ފުދޭވެފައި 1 މަސްފަހުން 24 ގަޑިއިރަށް ޖަލަށްގޮސް ރޭކޮށްލެވޭނެ

  9. ފާއިޒް

    އަދީބު ދައުލަތުގެ ބޭތުލްމާލުން ދަވާލި ލާރިގަނޑު ކައިގެން ހުރި މީހެއްތީ އެހެންކަމުން މި ނަޝްވާ ވެސް ހައްޔަރު ކުރަން ޖެހޭ....

  10. މޯދީ

    ކަނބުލޮއަށް ވެސް އެސޮރު މުޅި ބައިތުލްމާލު ކާލަިގެން ހުރިކަން ރަގަޅަށް އެނގޭނެ. ކަނބުލޮ ތި ފެންވަރަނީ އެ ފައިސާއިން. ޢެސޮރާ އިނީ ވެސް ތި ފައިސާ ފުނިވަރު އޮތީމަ.

  11. ނަފާ

    ކޯޓު ހުކުމެއް ތަންފީޒުކުރުމަކީ ކޮންމެ ސަރުކާރެއް އޮތަސް ލާޒިމްވާނެކަމެއް... ކީއްވެތޯ ކޯޓަށް ހުށަނާޅަނީ އިސްތިއުނާފަށް؟؟ އަދީބު އެއީ ދޫކޮށްފަ ބަހަށްޓަން ހެޔޮވާވަރުގެ މީހެއް ނޫން.. މިސަރުކާރުން މާ މޮޅުވަންވެގެން ކުރިކަމެއް އެހެންވެއޭ ބުނަނީ ރައީސް ޔާމީނު އެއީ ނަންބަރ ވަންއޭ

  12. ނައިންޓީ

    އަދީބުއަކީ (މީހަކުބުނެގެން ކުރިނަމަވެސް) އޭނަ ކޮށްފައިވާ ކަންކަމުގެ ސަބަބުން ގައުމަށް ޚިޔާނާތްތެރިވެފައިވާ މީހެއް. އަދީބުގެ ނަމުގަ ޕާޓީއެއް ހެދުނުކަން އެއީ ގައުމުގެ ސައިޒެއް ނެތް ކަމުގެ ހެއްކެއް. އެޕާޓީ ހަދަން ފޯމުހިފައިދިޔަ އާސިފަކީ އާތްގެލެރީގަ އަންހެނުންތަކެއް ބަރަހަނާކޮށްޕައިންޓްކުރި އަމަލު ހިނގުމަށް މަގުފަހިކޮށްދިން މިގައުމުގެ އިސްލާމްދީނަށް ފުރައްސާރަކުރި ދެވަނަ ކުށްވެރިޔާ. އެޕާޓީގެ 2ވަނަ ނައިބަކަށް ހުރި ޔާމީން ރަޝީދަކީ އަޑިބުގެ ޕަޕެޓެއްގޮތަށް ރޔާމީންގެ ވަތުކބައެއްފަދައިން އެއްވެސް ގޮތެއްފޮތެއް ނެތް މީހެއް. މިފަދަ ބަޔަކު މިގައުމުގަ ޕާޓީހަދައިން ކުރިޔަށް ދިއުމުގެ ފުރުސަތު އޮތުމުން މިއީގައުމެއްބާއޭ ސުވާލުއުފެދޭ. ސިޔާސީ މަސައްކަތަކީ ހިލޭސާބަހަށް ކުރާ މަސައްކަތެއްނޫންވީމަ އެ ޕާޓީ އަށް3 ހާސް މެންބަރުންހަމަ ކޮށްލި ކަން އެއީ ކިހާފައިސާއަކުން ނިންމާލިކަމެއްތޯ ބަލާނީ ކާކުތޯ؟ އުފެދޭ ސުވަލަކީ ރ.އިބޫ މާ ސާލިހްވެގެން (މިފަދަ ނޭއްގާނީ މީހުން ލީޑަރުންގެ ގޮތުގައި ބޮޑެތިވުމަށް) ގައުމު ހަމަ ދޫކޮށްލައިގެން ވެރިނަމުގަ ވަޅޯތާފަނާ ވެރިކަމެއް ކުރާނަމަ އެވާނެހޭ ވެރިކަމަކަށް؟

  13. ޖައުފަރު

    ކިނބޫ ސަރުކާރު ވެއްޓޭނެ

  14. ޙަލީލް

    ޔާމީން ހައްޔަރު ކުރަން ތައްޔާރުވާ ކަމުގެ ކޮޅުމަތި މި ފެންނަނީ. އަދީބު ދޫކޮށްފަ ބަހައްޓާފަ ޔާމީން ހައްޔަރެއް ނުކުރެވޭނެތާ. އެކަމަށް މި ތައްޔާރުވީ. ޔާމީން އަކީ މި ގައުމުގެ ތަރައްގީ މެކުހައް ޖެއްސެވި ބޭފުޅާ. ކޮރަޕްޝަންގެ ތުހުމަތުގައި ޔާމީން ހައްޔަރުކުރާނަމަ މި ގައުމުގަ ވެރިކަން ކުރި އެންމެންވެސް ހައްޔަރު ކުރަން ޖެހޭނެ. އައްނި ދޫކޮށްފަ ބަހައްޓާފަ ޔާމީން ކީއްކުރަން އަދީބުވެސް ހައްޔަރުކުރެވިގެން ނުވާނެ.

  15. ކެކެކެ

    އަނގަ ނުގަޅާ ވަގު މަންޖެ ގޭންގްތައް ހިންގަބަލަ ފިރި ވަގު އަންނަންދެން.

  16. ޟީތަލަ ހަންނާން

    ލާރިގަޑު ކަޓުވާލަ

  17. އަލީ

    ވަގުންނާ ބޮޑެތި މުޖުރިމުން ޖަލަށްލުމަކީ ލާ އިންސާނީ އަމަލަކަށްވަނީ ކިހިނެއްބާ!

  18. ސުރައްޔާ

    މިކަލޭގެޔަކީ ދޫކޮށްފައި ބަހައްޓަން ހެޔޮވަވަރުގެ މީހެއްނޫނެވެ. ޖައްލާދެކެވެ. މުޖުރިމެކެވެ. ޤާތިލެކެވެ. ވަގެކެވެ. މުޖުތަމަޢަށްހުރި ބިރެކެވެ.

  19. ހަނދުމަ

    ގިޓާ ކުޅެންއިން ފޮޓޯ މާރީތި ޓުވިޓްކުރަން

  20. ބަލީ

    މިސަރުކާރަކުންވެސް މުޖްރިމަކު ސަލާމަތެއް ނުކުރެވޭނެ. އެތައްހާސް ރައްޔިތުންގެ ޙައްޤު ކަާލައިގެން ހުރި ވަގަކުގެ ދިފާޢުގައި މިސަރުކާރަކުންވެސް ދުލެއްނުދެވޭނެ.ދެވިގެންވެސް ނުވާނެ.އޭނައަކީ ނުރައްކާތެރި މުޖްރިމެއް.

  21. ޔާން

    ޖަލަށް ގެންދާ އިރަށް ބަލި
    ގެޔަށް ބަދަލު ކުރާ އިރަށް ގަދަފަދަ

  22. ޖޮއްބެ

    އަދީބު މިނިވަންކޮށްފަ ބެހެއްޓުމަކީ އަދި މާބޮޑު ލާއިންސާނީ ޖަރީމާ އެއް. އޭނާއަކީ ވަގެއް، ޤާތިލެއް، އަދި ކުށެއްނެތް މީހުން ފްރޭމް ކޮށް ނުޙައްގު އަދަބަށް ހުށަހެޅުވި ބޮޑު ކްރިމިނަލެއް.