ގޭންގުތަކުން ނޮމިނޭޓް ކުރާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްފައިވާ ކަމަށް ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވި ވާހަކަފުޅަށް، ކުރީގެ ރައީސް ނަޝީދު ތާއިދު ކުރައްވައިފިއެވެ.

ރޭ އިނގުރާއިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަ ކުރައްވާ ހަސަން އަހުމަދު (ހަސަންޓޭ)ގެ ކެމްޕޭނު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ފަނޑިޔާރުން ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތުނުކޮށް ހުރި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ ގޭންގުތަކުން ނޮމިނޭޓް ކުރާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްފައިވާ ކަމަށް ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވި ވާހަކަފުޅަށް، ތާއިދު ކުރައްވާ ކަމަށެވެ.

''ހުސްނުއް ސުއޫދު ވިދާޅުވި ވާހަކަފުޅަށް، ތާއިދު ކުރަން. އަޅުގަނޑު ދެކޭގޮތުގައި ހުސްނުއް ސުއޫދު އިތުރުފުޅެއް ނުހައްދަވާނެ. އަދި ވާހަކައެއް ހަދައިގެން ދެއްކުމުގެ ބޭނުމެއްވެސް ނޯއްނާނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެތައް ގޭންގުތަކާއި ގުޅުން އޮވެ ފަނޑިޔާރު ގެއިން ހުކުމް އިއްވަމުން ދަނީ ފައިސާގެ ނުފޫޒުން ކަމުގައި ވާނަމަ ނުވަތަ އެހެންވެސް ނުފޫޒުން ކަމުގައި ވާނަމަ އަޅުގަނޑުމެން ބޭނުންވާ ތަރައްގީ. އަޅުގަނޑުމެން ބޭނުންވާ ފުދިގެން އުޅޭ ދިރިއުޅުން ނުލިބޭނެ ކަމަށެވެ.

"ކޯޓުތަކާއި ގޭންގުތަކާ ގުޅުން އޮތް ކަމުގައި ވާނަމަ ފަނޑިޔާރުގެ ބަލަހައްޓާ ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)އިން އެކަން ބަލަންޖެހޭނެ" ނަޝީދު ވިދާޅުވިއެވެ

ރައީސް ސޯލިހު ބައިވެރިވެޑައިގެންނެއްވި މި ޖަލްސާގައި ނަޝީދު ވިދާޅުވީ މި އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އެމްޑީޕީން އަގުލަބިއްޔަތު ނަގާނެ އިންތިހާބެ ކަމަށެވެ.

"މި އަހަރު ވެގެންދާނީ އެމްޑީޕީން ނަތިއްޖާ ނެރޭ އަހަރަކަށް ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީން 19 ވަނަ މަޖިލީހުގައި މަސައްކަތް ކުރާނެ. އެ ކަންތައް ކުރެވޭނީ މެޖޯރިޓީ ހޯދައިގެން" ނަޝީދު ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތައް އެކަށީގެންވާ ވަރަށް ހަރުދަނާ ކުރެވިގެން ނޫނީ ރައީސް ސޯލިހުގެ ވައުދުތައް ނުފުއްދޭނެ ކަމަށާއި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މި ސަރުކާރުން ގިނަ ވައުދު ތަކެއް ފުއްދާފައިވާ ކަން ރައީސް ނަޝިދު ވަނީ ފާހަގަ ކުރައްވާފައެވެ.

''އަޅުގަނޑުމެންނަށް ފެންނަނީ ވަޒީރު ބޭފުޅުންވެސް ވަރަށް ރަނގަޅަށް އެބޭފުޅުންގެ މަގާމުތަކާއި ހަވާލުވެވަޑައިގެން . އަދި އެބޭފުޅުން ސަރުކާރުގައި ހިންގަވަން ހުރި ކަންކަން ރަނގަޅަށް ދެނެވަޑައިގަންނަވާ އެކަންކަން ކުރުމުގެ ތަރުތީބު ތައް ހޯއްދަވާ ސިވިލް ސާވިސްއާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަން'' ސަރުކާރަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. Anonymous

  ގޭންގްމާސްޓަރ ގަންޖާ ކަހާނީ ހައްޔަރު ކުރޭ

 2. އިންސާފު

  ކަލޭ އާއއި ގޭންގްތަކާ ގުޅުމެއް ނޯވޭތަ... ބޮޑު ޕާރޓޭ

 3. Anonymous

  ނަޝީދުވެސް އޮންނާނެ. ހީވަނީ ރައްކާތެރިކަންލިބެނީ އެމީހުންފުށުންހެން. ޢަގީދާގެ ބަލިކަށިކަން. ﷲ ރައްކާތެރިކުރެއްވެވި ފަރާތަކަށް ގެެއްލުންދެވޭނެ އެކެއްޗެއްވެސް ނުވާނެ މިތާ!

 4. ހަސަނު

  މަގޭ ކައިރީ އަހާބަ ތިކަހަލަ ވާހަކަ ފަތުރާ ސަބަބުތަށް .ވާނެ ފައިދާ އެއް ނެތޯ.!!!

 5. ރޭސް

  ދެން ކެނެރީގޭ ކަލޭގެ އުއްތަމަ ފަނޑިޔާރަކަށް، ބުރުމާ ކްރިމިނަލް އަށް، ޝާހިދު ދެންހުރިހާކޯޓެއްގެ އިސްފަނޑިޔާރަކަށް ލާންވީނު.

 6. ޖަހާންގީރު

  ޖެޒުއިޓް މާފިޔާގެ ރާއްޖޭގެ ބޮޑު ބޮސް އެލެކްސް ނަޝީދު

 7. ހުސޭނާ

  ފަނޑިޔާރުންނަށް ބިރުދައްކަނީ މޮޑީގެ ގޭންގުން ،ދެން ޔޫރަޕުގެ ގޭންގުން.އެމީހުން ބުނެ ފަނޑިޔާރުން ދޫކޮށްލިއެކަކު ތިއީ

 8. ވާންޗޯ

  ހުރިހާ ކަމެއް އެނގޭ ވާންޗޯ. ގޭންގް ތަކުގަ ތިބީ ހުސް އެމްޑީޕީ މީހުން. އިހައްދުވަހު އިންޑިއާ އިން ނެގި މާފިޔާ މީހުންނަކީ އެމްޑީޕީގެ ހާޑްކޯ އެކްޓިވިސްޓުން. ކޮބާ ވެރިކަމުގަ ހުރެ ބުނި ޑްރަގް ވިއްކާ މައި 6 މީހުން. ބާގީ ރިޔާޒް ގޮތައް އަދިވެސް ޕްލެޓްފޯމް ނޭޅިގެންތަ؟

 9. ރުޒާނާ ޗޮއްޕަޓު

  ކަލޭމެންގެ ވަޒީރުން (ޚާއްޞަކޮށް ރީލޯޑު ވަޒީރު) ނާއި ކަލޭމެންގެ ކޮމިޝަންތަކުގެ އިސް ވެެރިން (ޚާއްޞަކޮށް މަރުގެ ހާދިސާ ބަލާ ކޮމިޝަން)ނާ އޮންނަ ގުޅުމުގެ ވާހަކަ ދައްކަން ކަލެއަށް ނުކެރެންޏާ އަނގަ އައްޕަޗިހެން ހަދައިގެން ކިނބޫ ގާތު ތިހުރިހެން ހުންނަން ވީނު.

 10. މީ ޙަޤީޤަތް!

  ކެނެރީގޭ ނަޝީދަށް ވަރަށްރަގަޅަށް ގޭންގުތައް އެގޭނެއެވެ. 2012 ވައަހަރު ފެބުރުއަރީ 8 ވަނަދުވަހު މުޅިރާއްޖޭގައި ނަޝީދު ހުޅުޖެއްސުވީ ގޭންގުތަކަށް އަންގައިގެން އެމީހުންލައްވައެވެ. މިބޮޑު ޖަރީމާ އޭނާ ހިންގުވީ ގޭންގު ތަކުންނެވެ. މުޅިރާއްޖޭގައި ހުޅުޖެހުމަށް އެމްޑީޕީން ފާސްކޮށް ހުރިހައި ރަށަކަށް އެންގުމުން ގިނަރަށްރަށުން އަންނިއަށް ޖަވާބު ދިނީ މިރަށްރަށުގައި ހުރީ އަހަރުމެން ރައްޔިތުން އަމިއްލައަށް ކޮށްފައި ހުރިމަސައްކަތެވެ.އެއަކު އަހަރުމެންގެ އަތުން ހުޅުނުޖަހާނަމޭ! ދެން އަންނި އެންގީ އެހެންވިއްޔާ ތިރަށްރަށުގައި ތިބި ފުލުހުން ރަށުން ބޭރުކުރާށޭ! ހުޅުޖަހަން ނުކެރުނު މީހުން ކުރީ އެކަންތަކެވެ. ކެރުނު މީހުން އަންނިގެ އެންގުމާއެއްގޮތައް ހުޅުޖަހައި އަންދައި އަޅިއަށް ހަދާލީއެވެ. ދިވެހިރާއްޖެ. މިއަދު ދުޢް އެންމެބޮޑު އަނިޔާވެރި ޚާއިނަކީ ކެނެރީގޭ ނަޝީދެވެ!!!؟؟؟

 11. ކައުންސެލަރު

  ހުސްނުއްސުއޫދު ބުނީމާ އެއީ ގޯހެއް. އަންނި ބުނީމާ އާދެ! އާދެ! ތިޔައީ ހަމަތެދެއް ބަރާބަރު ވާހަކައެއް. މިގަމާރުންތައް ތިބެނީ ދެފައިދަނޑިއަށް ހެނޑިފަތަ؟

 12. ކުޑަހުވަދޫ

  ތިކަންތައް ބޮޑަށް އެނގިލައްވާނީ ކުރީގެ ރައީސް ނަޝީދަށާއި ކުރީގެ ރައީސް މަޢުމޫނަށް. އެންމެގިނައިން ފަނޑިޔާރުގެ ތަކަށް އަތްބާނާ ކުޅެ ހަދަނީ އެދެބޭފުޅުން.

 13. އުގޫފާރު މީހާ

  އަންނި ހައްޔަރު ކުރޭ. އަފުރާޝީމުގެ ގާތިލުން ކޮބާހޭ. ފަލީހައްވާން ކައިރި ވެއްޖެ.

 14. މަލާ

  ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ މިނިވަން މުއައްސަސާއެއްނޫން. މީގެ ހެއްކަކީ މިހާރު އެތަނުން ކުރަމުންއެދާ ހުކުމްތައް. ބޮޑެތި ށަރީއަތްތައް ހިންގާ ސާބިތުވެ،9 ހުކުމްކޮށްފައިހުރި މައްސަލަތައްވެސް މިސަރުކާރުގެ އޯޑަރަށް އެއީ ނުވާކަންތަކަށްހަދާ ބޮޑެތިކުށްވެރިން އެތިބީ ދޫކޮށްލާފައި. މިއީ މިއަނދުގެ ހަގީގަތް.

 15. މޫސަ

  ދެން އެކަން އެނގޭއިރު އެކަންތައް ރަނގަޅު ކުރަންވީނު މިއޮތީ ކަލޭގެ ޕާޓީގެ ބޮޑުހިނި ސަރުކާރެއްނު

 16. މަސްވެރިޔާ

  ކޮން ގޭންގްތަކެއްތޯ.. މިއީ ރައްޔުތުންގެ ތެރޭ ބިރުވެރިކަން އުފައްދަން ކިޔާ އަތްމަތީ ބަހެއް. ގޭންގް ތަކަކީ ހަތިޔާރު އަޅައިގެން ޤައުމުތަކުގައި ސިޔާސީ ޖައްބާރުން އާލާކުރާ ގުރޫޕް ތަކަށް ކިޔާނަމެއް. ރާއްޖޭގެ މާލޭގައި ތިބި ގުރޫޕް ތަކަކީ މައިން ބަފައިން ވަރަށް ލޯބިން ބޮޑްކޮށްފައި ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތުން ތަރުތީބުކޮށް ގުރޭޑް 10 ވުރެ މަށްޗަށް ކިޔަވާފަ ތިބި ކުދިން. އަހަރަކް 8500 ކުދިން ސްކޫލް ނިމޭއިރު ވަޒީފާގެ ފުރުސަތު ލިބެނީ 2000 ކުދިންނަށް ނުވަތަ 1500 ކުދިން. ދެން ތިބި ކުދިންނަށް ވަނީ ސަލާން ޖަހަން. ބިޓާ އެކީ ކޮފީ ބޯލާނެ ފައިސާ ނެތީމަ ގުރޫޕް ތަކާއި ގުޅި ޑުރަގް ވިއްކަން މަގުމަތީ އުޅެން މަޖުބޫރު ކުރުވަނީ ... ދެން ޖަލަށްލާ ކުދިންގެ މުޅި ހަޔާތް ބަރުބާދުވެ ބޮލަކަށް ދައުލަތުން ދުވާލަކަށް 400 ރ ޚަރަދު ކުރަންޖެހި މައިން ބަފައިން ނަފްސާނީ އަނދަވަޅަކަށް ވެއްޓެނީ.

  • ނެފިނެސް

   މަސްވެރިޔާ ތިބުނީ ހަމަރަގަނޅަށް.

 17. އިދިކޮޅު

  މޑޕ އަށް މަޖިލީހުގެ އަޣްލަބިއްޔަތުލިބުމަކީ
  ރައްޔިތުން ބިކަވެ ނިކަމެތި ކުރުވާނެ ކަމެކެވެ
  މޑޕ އަށް މަޖިލިސް ނުލިބޭނެ ފޯމިއުލާއެއް
  ކޮންމެހެންވެސް ބޭނުން ކުރަން ޖެހެއެވެ

 18. Miadhu

  އިގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރ އަފަރާސީމު ޢަލީގެ ގާތިލު ރާއްޖެއިން ފުރައިގެން ހިގައްޖެކަމަށް އަންނިބުނީމު އެއީ ކާކުކަމާއި އޭނާދިޔަގައުމު ކޯޓަށް ނުވަތަ ޕޮލިހަށް ސާފުކޮށްދިނިންތަ

 19. ނަބީލް

  ތިހުރިހާކަމަކީ ރާއްޖޭން ބޭރުން ކޯޓްތަކަށް ފަނޑިޔާރުން ގެނައުމަށް ކުރެވޭ ބުރަމަސައްކަތް. އެއެއްޗެކޭ މިއެއްޗެކޭ ކިޔަނީ އެހެންވެގެން.

 20. ޑިމޮކްރަސީ

  ތިކަންކަން އެއްމެ ރަގަޅަށް އެގޭނީ ނަޝީދައް އެއީ އެކަންކަމުގައި ބައިވެރިވާމީހުންނަށް އެކަން އެގޭނީ. ބޮމްބެގެ ތާޖް ހޮޓާ ގޮއްވާލުމުގަ ބައިވެރިވި ދިވެއްސަކީވެސް ނަޝީފު. ޢައި.އެސް. ޢަށް ދިވެހިން ފޮނުވާ އެޖެންޓަކީ ވެސް ނަޝިދު. ޢެއީ އެކަންކަމުގެ ތަފްސީލް އެގޭމީހަކީ ނަޝީދު ކަމައްވާތީ. ޢިންޑިޔާ ޢާއި ކޮމަންވެލްތުގެ ފަޑިޔާރުންނާއި އެތަން ތަނުގެ ގޭގުތަކުގެ މީހުން ގެއްނަންވީނު ހުސްނު ސޫދުގެ ކޮމެޓީގެ މައްސަލަތައް ބަލަން. ޢަލުންގެ އަޅުން ދޯ.

 21. ނުރަބޯ

  ފަނޑިޔާރުގެ ތައް، ނަޝީދުމެން ބޭނުންގޮތަކަށް ދެމޭ، ކުރުގަޅުވާލެވޭ ރަބަރުގަނޑެއް ފަދަތަންތަނަށް ވީމާ ނޫންތޯ ފައުޅުގައި ޓެރަރިޒަމްގެ ޢަމަލެއް ހިންގައިގެން 13 އަހަރުގެ ޖަލުހުކުމެއް އައިއްސަ ހުރި ތިމާ މީހާ ކުއްލިއަކަށް އެއްވެސް ކުށެއް ބުށެއް ނެތް ސާފު ހުދު ކުރިކީލަ ކޮޅެއްފަދަ ވެގެން ކޯޓުން މިނިވަން ކުރީ؟ ދެންމިހާރު ކޯޓޭ ކިޔައިގެން އަނގައެރުވުމަކީ މާ ހަމަޖެހޭ ކަމެއް ނޫން.....!!!