ބޭއިންސާފުން ވަޒީފާ ގެއްލިފައިވާ 451 މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ހާސިލްވި މިންވަރާ ގުޅޭ މައުލޫމާތި ދިނުމަށް މިއަދު ރައީސް އޮފީހުން ދެއްވި ޕްރެޒެންޓޭޝަނެއްގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ބޭއިންސާފުން ވަޒީފާއިން ވަކިކުރި ނުވަތަ ބަދަލުކުރި 451 މައްސަލައެއް ބަލަމުންދާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭއިންސާފުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން 30 ދުވަސްތެރޭގައި ރައީސް އޮފީހާއި މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 03 ވަނަ ދުވަހު އެވެ.

ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި، ރައީސް ސޯލިހް ވަނީ ކޮމެޓީއެއް އުފައްދަވާފައެވެ.

އެފަދަ ފަރާތްތަކަށް އަނބުރާ ވަޒީފާ ހޯދައިދީ، އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ބޭއިންސާފުން މުވައްޒަފުން ވަޒީފާ އިން ވަކިނުކުރާނެ ކަމާއި އަދި ވަޒީފާ ބަދަލު ވެސް ނުކުރާނެ ކަމަށް އެތައް ފަހަރަކު ވައުދުވެ ވަޑައިގެންނެވުމަށް ފަހުއެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ވަނީ މުލީއާގޭގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައެވެ. އޭގެތެރޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ރިޔާސީ ގަނޑުވަރުގައި މަސައްކަތް ކުރެއްވި މުވައްޒަފުން ވެސް ހިމެނެއެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންތަކެއް ވަޒީފާ އަދާކުރާ ރަށް ވަނީ ބަދަލު ކޮށްފައެވެ. ވަޒީފާ އަދާކުރާ ރަށް ބަދަލުކުރި ސްޓެލްކޯ މުވައްޒަފުންނަކީ ޕީޕީއެމް މެންބަރުންތަކެކެވެ.

މުލީއާގެ އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް ސްޓެލްކޯ މުވައްޒަފުން ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރި މައްސަލައިގައި ސަރުކާރުން ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސުރައްޔާ

    ނޮވެމްބަރ 23 ، 2018 ންފެށިގެން މިހާތަނަށް ވަޒީފާތަކުންކަނޑާލި ނުވަތަ ބަދަލުކުރި 321 މީހުންނާމެދު ހދަނީ ކިހިނެއްބާ؟ ލަދުކުޑަކަމޭ ހިތަށްއަރާ

  2. ރުޒާނާ ޗޮއްޕަޓު

    މިހާރު ބޭއިންސާފުން ވަޒީފާ ގެއްލުވާ މީހުންގެ މައްސަލަ ބަލާ ދުވަހެއް ނާންނާނެކަން ކަށަވަރު ވަނީތަ؟ ނޫން އެދުވަސްވެސް އަންނާނެ.

  3. ކިނބޫ

    އަވަހަށް ގޮނޑި ރީނދޫ ކޮށްލައިގެން އަރާ އިންގޮތް ދެކިބަލަ.

  4. ސާރާ

    ވައްކަން ކޮއްގެބް ވަޒީފާ ގެއްލުމަކީ ވަކިކުރުމެއްނުން،

  5. Hey

    މީހުންތައް ކަނޑާފަ އަލުން ވަޒީފާ ދިނީމަ ނިމުނީ. ޥައުދު ފުދުނީ.

  6. Miadhu

    ޔާމީނު ވަކިކުރީ ބޭއިންސާފުން މިހާރު ތިވަކިކުރަނީ ކިހާއިންސާފަކުން މީނައަށް ހީވާކަހަލަ މިއީ އުމުރަށް ވެރިކަންކުރަންއައިސް ހުރިމީހެކޭ ތިގޮޑިން ބައިބާދުވަހަކުން ދެކެން ހުންނާތި

  7. މަސްވެރިޔާ

    ރ. ސޯލިހް އަކީ ވަރަށް އިންސާފްވެރި އެއްތޯ. މިހާރު ތިކުރައްވާ ވަޒީފާގައި ތިބި މީހުން ރަށްރަށަށް ބަދަލްކުރަން ހުއްޓާލަންޖެހޭ. ސްޓެލްކޯއަށް ލާފަ ހުރި ޖައްބާރު އިސްތުއުފާ ދޭންޖެހޭ. ރައްޔިތުން ނެތި ކޮންވެރިކަމެއްތޯ. ތިމަންނަމެން ކޯލިޝަނަކޭ ކިޔާ ގައްދާރުންގެ ޕަޕެޓުން ފިޔަވާ ދެންތިބިމީހުންނަށް ވަޒީފާގެ ފުރުސަތެއްނެތް. މިއަނިޔާވެރި ސަރުކާރުން މިހާރުވެސްވަނީ އެތައްސަތޭކަ ބައެއްގެ ވަޒީފާ ގެއްލުވާފަ. ރ.ޔާމިން ސަރުކާރުގައި އެފަދަ ޕޮލިސީތަކެއް އޮތްނަމަ އެއީވެސް އަނިޔާ. މީހުންގެ އަޚްލާގް ރަގަޅުނޫންކަމުން ވަޒީފާއިން ވަކި ކޮށްފާނެ. ނަމަވެސް އެކަން ކެޓަގޮރައިޒް ނުކުރެވޭނެ ސިޔާސީ ކަމަކަށް. މިސަރުކާރުގެ ރައީސްގެ ޗީއޮފް ސްޓާފޯ...ސޮއި ކުރަން ނުދަންނަ މީހެއް. ރިވެތި ބަހުން އިބާރާތް ކުރަން ނުދަންނަމީހެއް. އަނިޔާވެރިއެއް.

  8. ޓީޗަރ

    ބިލަބޮންގ އިންޓަރ ނޭޝަނަލް ސްކޫލުއިން ވަޒީފާއިން ވަކި ކުރިމީހުންގެ މައްސަލަ ބެލުމަށް ގޮވާލަން

  9. އާނަ

    ދެން މި ދައުރުގަ ބޭއިންސާފުން ވަޒީފާ ގެއްލޭ މުވައްޒަފުން ފަސް އަހަރަށް މަޑުކުރަންވީތޯ؟؟؟

  10. ްްއިއްޔަ

    ދެން ކޮބާ މިސަރުކާރުން ވަޒީފާ ގެއްލުވާލި މީހުން.ވަޒީފާގެ ބިރު ދައްކަމުން އަންނަ މީހުން.

  11. Anonymous

    ވެރިކަން ކުރަން ނޭގެންޏާ އެނގޭބަޔަކާ ހަވާލުކުރަންވީނުން، މި ފަސްއަހަރު ނިމިގެންދާނީ މިގޮތަށްކަން ޔަޤީން، ބޮޑު މުޞީބާތެއްޖެހިފަ މިއޮތީ.

  12. ދާށަށް

    ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މާލީ ބަޔާން ހާމަ ކުރަނީއޭ އެހެންތޭ އެެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ބުނި އެއްޗެއް ނޫންތޭ މާލީ ބަޔާން ގައި އޮންނާނީ ތަމެން ނަށް ދެން ތަމެންގެ މެނިފެސްޓޯގައި އޮތް ގޮތަށް މާލެ ސަރަހައްދުން ގޯތި އެކަކަށް ވެސް ނުދެވުނީމާ ޕްރޮޕެގެންޑާ ފަތުރައިގެން މީޑިއާގެ ފަލަ ސުރުޚީ އިން ޖާގަ އެއް ހޯދަން އޭ ތަމެން ތިޔާ އުޅެނީ ސޯ ލީވް އިޓް ބިހައިންޑް ތަމެން ތިޔާ ދަނީ ދަށަށޭ ދަށަށޭ ދަށަށޭ ދާށަށް ދާށަށް ދާށަށް...

  13. ޑޯންޓްޔޫ

    އެހެންތޭ ތަމެން ފުއްދި ވައުދު ތަކަކީ އެއީ ނޮން ޓެންޖިބްލް އަދި ނޮން ފީލްވާ ވައުދު ތަކޭ މަމެން ބުނަން ނެތީމު ދޯ މަމެން ވެސް ތިޔާ ގޮތަށް ވައުދު ފުއްދަފާނަމޭ އިނގޭތޭ ކުދިންނޭ ތަމެން ބަލާބަލަ މަމެން މިއުޅެނީ ހަނދަށް ދާން ބޮއްކުރައެއް ގައި ރޮކެޓް ރިޔަލެއް އަޅަންއޭ ކުދިންނޭ ޑޯންޓް ޔޫ ނޯ ދިސް...

  14. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ލަކޭތީ ނުހައްގުން އެންމެ ގިނަމީހުން ވަޒީފާއިން ވަކިކޮށް ކަނޑާބޭރުކުރި އަދި މިހާރުވެސް ކުރަމުންގެންދާމީހާ.. ކަލޭ ތިކަހަލަވާހަކަ ދައްކަން ލަދުގަންނަންޖެހޭ..

  15. Anonymous

    ކައުން ސިލަރުން ސަސްޕެންޑު ކޮއް ކެންޑި މުސާރަ އދިވެސް ނުލިބޭ

  16. މަސްތަކާ

    ކައުންސިލަރުން ސަސްޕެންޑު ކޮއް ކެންޑި މުސާރަ އަދިވެސް ނުލިބޭ

  17. ހާސަރު

    އިބޫ އަކީ ވެރިކަމަށް ގާބިލު ބޭފުޅެއް!

    މިރާއްޖެއަކުން ދެން ނުލިބޭނެ ރަގަޅު މީހަކު!

  18. މުހައްމަދު

    ޕިސްޕިސް އެކަމުދޯ ލަދުހަޔާތް ކުޑަވެގެންވެސް ބޮޑުވަރު އެހުރިހާމީހުން އަދި އިތުރުމީހުންގެ ވަޒީފާތަށް ވަގަށްނަގާ އެންމެން މަގުމަތިކޮށްފަ މިހާރު އނެއްކާއެމީހުންގެ ރުހުން ހޯދަން އަނެއްކާ އެމީހުންގެފަޒީފާ ދިނުމޭކިޔައިގެން އެމީހުންގަނަތަޅުވަނީ ވަގުން މުޅިންވެސް ކުރާނީ ވައްކަން އެމީހުންނަށް ހަމަނިދިވެސް ނާންނާނެ ވައްކަމެއް ނުކުރެވެނީސް ކަޅުހިލަދައިގެ ފޮއި ވަގަށްނަގައިގެން ނިދިކަލޭގެޔެކޭ އެއްފަދަ އެހެހޭ

  19. އަލީ

    ކޮން ބޭއިންސާފެއްތަ؟ ވެރިކަމު އައުމުގެކުރިން މިހާރު ވަޒީފާތަކުގައި ތިބި މީހުނަނަށް އެއްވެސް ބިރުވެރިކަމެއް ނެތަެ ކިޔާފަ ދުވާލަކު 5 މީހުން ވަޒީފާއިން ވަކިކުރަމުންދަނީ ނުވިތާކަށް 2 މަސް ދުވަސް ހަވާއިރު ކުރާނެ ެިތުރުކަމެއް ނެއް ދުވާލަކު އެތަށް ވަޒީފާ ތަށް ދެމުން ދަނީ ގޯހެއްނޫ