ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރީ "އަމާކީތީ ފަރަށްދާ އުސޫލުން" ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރ ޑރ.އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޓިކެޓުގެ އަގު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ކޮށްފައިވަނީ މަލާމާތެއްކަމަށް ކުޑަހުވަދޫ އާއި ތިން ގުނަ ދުރުގައި އޮންނަ މާލެ، ގަން އަދި މާލެ ފުވައްމުލައް އަދި މާލެ ހަނިމާދޫގެ އަގުތަކަށް ބަލާލުމުން އެނގޭކަމަށް ޚަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށް ކުރާ ދަތުރުތައް ނުވަތަ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފައިވަނީ ޤައުމީ އެއަރލައިން "މޯލްޑިވިއަން"ގެ އަގުތަކެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ މިހާރު ދަތުރުކުރާ އަގުތަކުގެ 25 އިންސައްތައާއި 30 އިންސައްތައާ ދެމެދަށް ހެޔޮކޮށްފައިވާކަމަށެވެ. އަދި، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނެކަމަށްވެސް ބުނެފައިވެއެވެ.

"ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން ބޭނުން، އަޅުގަނޑުމެންގެ އެތެރޭގެ ހުރިހާ ދަތުރުތަކުން 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އަގު ހެޔޮވާނެ. އަޅުގަނޑުމެންގެ ޓިކެޓު އޮފީސްތަކުން މި އަގުތަކަށް، 10 ޖަނަވަރީ 2019 އިން ފެށިގެން އަމަލު ކުރަމުންދާނެ." ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބުންޏެވެ.

ނަމަވެސް ބައެއް މީހުން ވަނީ އަގުތައް ހަޤީޤަތުގައި ހެޔޮކޮށްފައި ނުވާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. ކުރިން އެންމެ އަގުހެޔޮ ކޮށް ދަތުރު ކުރެވޭ ފެއާގެ އަގުތަކަށް ބަލާއިރު މިހާރު ކުޑަކުރި އަގުތަކުގައި މާބޮޑު ތަފާތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އަސްލުހާލަތު

    ޚަލީލު މޮޅު ވާހަކަ ނުދައްކާ ކުރިން އެއްކޮޅަށް 1475 މަ ނަގާ ޓިކެޓު މިހާރު ދެކޮޅަށް 1610 އަށް ލިބޭ އެންމެ ބޮޑުކޮށްވެސް ކޮޅަކަށް 1100 އަރަނީ 805 ކޮޅަކަށް ޖެހޭ ގިނަ ފަހަރަށް.. އެއީ ބޮޑުތަނުން އަގު ކުޑަވުން ހަމަ.. އެވަރުވެސް ނުވިއެއްނު ކަލޭމެންގެ 5 އަހަރުން.. ދެން ހަޖަމު ކުރޭ މައިތިރިވޭ

    • ބޭބެ

      ފެއަރއޭ ކިޔާފަ ކޮންމެ މަންޒިލަކަށް ތިން އަގު ކަނޑައަޅާފައި އެއޮތީ ވަރަށް ނުބައި ރޭވުމަކުން! އެއީ މުޅިންވެސް އެމަންޒިލަކަށް ދަތުރުކުރާ އެންމެ ބޮޑު އަގުގައި ޓިކެޓް ވިއްކުމުގެ ބޭނުމުގައި! މިއީ އޮޅުވާލުމާއި މަކަރު ދެއްތޯ؟ އަޅުގަނޑުވެސް ތާޢިދުކުރަނީ ފެއަރ އޭ ނުކިޔާ ހަމަ އެއް އަގެއް ކޮންމެ މަންޒިލަކަށް ކަނޑައަޅަން! މިއޮތީ އަގު ކުޑަކޮށްފަ! މިހާރު ހަދާފަ މިއޮތް ގޮތަކީ ފިއުލްޗާޖާ ސާ ޗާޖު ސެކްޓަތަކުން އުނިކުރީ! ބިގް ގޭމް ޕްލެއިން އެގެއިންސްޓް ދަ ސިޓިޒަން!

  2. ހޮނޑާފުށީބޮޑުހުސޭނު

    އެންމެ ރުފިޔާއެއްވެސް އަގުހެޔޮވަންޏާ ތިވީ ، ޔާމިނު ސަރުކާާރުގަ ހެޔޮކުރަން ބުނެފިއްޔާ ވާނީ ބޮޑު ، ކާރޑުގެ ބާވަތްތައްވީ ބޮޑު ، ކަރަންޓު ވީބޮޑު ، ޑިއުޓީވީ ބޮޑު ، މިހެން ކިޔާނެ ކަމެއްނެތް ،

    • ޙައްގުބަސް

      މިއޮތީ އަގުތައް ކުޑަކޮށްފަ!! ރަގަނޅު!! އެކަމަކު ވާނެގޮތަކީ އިއުލާން ކޮށްފައިވާ 3 ފެއަރ (ކޮންމެ މަންޒިލަކަށް 3 ފެއަރ) ގެތެރެއިން ފެއަރ 1 އަދި ފެއަރ 2 އިން އެދާން ބޭނުންވާ މަންޒިލަކަށް ޓިކެޓް ލިބުން ނާދިރުވާނީ!! މުޅިންހެން ލިބޭނީ ފެއަރ 3 އިން!! އެއީ ކުޑަކުރި އަގުތަކުގެތެރެއިން މަންޒިލަށް ކަނޑައެޅި އެންމެ ބޮޑު އަގު!! ޓިކެޓް ގަންނަން ދިޔައީމާ ކޮންމެ އެޖެންސީއަކުންވެސް ބުނާނީ ފެއަރ 1 އަދި 2 ވަނީ ހުސްވެފައޭ ނުވަތަ ވިކިފައޭ!! ކޮންމެ ފްލައިޓަކުންވެސް ފެއަރ 1 އަދި 2 އިން 6 ވަރަކަށް ސީޓް ނަމެއްގައި ނުވިއްކާނެއެކޭނޫން މިބުނީ! އެކަންކުރާނެ! މިއީ މިކަން ހިނގާނެމަގު!! ކުރިންވެސް ހިނގިމަގު!! ވަރަށްސާފު!! އިޚްލާސްތެރިކަން ކުޑައީއޭ ދޯ؟ ދެން އޯކޭއި ވަޢުދު ފުދިއްޖެކަމަށް ހީކުރަން!! ވަރަށްސަލާމް!!

  3. ޔާމިން

    ޙަމަރަގަޅުވާހަކައެއް

  4. ާިުާަަަާަަަަަަަހުސީނު

    ކުރިން ފުވައްމުލަކު 2 ކޮޅުގެ ޓިކެޓް އަގަކީ3264 .މިހާރު އަގަކީ2598

  5. އަޙުމަދު

    ކުރިޔަށްވުރެވެސް ބޮޑުވީ ދެންކީއްކުރާނީ ކިހާދެރަ ކިތައްމެ ވަރަކަށް ކީޔަސް އަގަށް ދެންބަދަލެއް އަންނާނެކަމަށް ނުބެލެވޭ .ދެންއޮތީ މަޖުލީސް

  6. ނަދުރު

    ތިޔަކަން ތިޔަވީ ކަދުރުރުކަށް އެރި މީހާގެ ނަފުރަށް
    ބޮޑުތަނުން އަގު ހެޔޮކުރަން ބުނެފާ ބައި ލާރިވެސް ކުޑަކޮަށްލީމަ އެ އޮތީ އެ ނަދުރު ފުދހިފާތާ. ޢެންމެންނަށް އިއުލާން ކޮހްލީމަޢެވީ.
    ޢެމްޑީޕީގެ ސްޕީކަރުތަކަށް(މިހާރު ނޫހަށް) އެވަރެއް ނޯންނާންެ.

  7. ޖައުހަރީ

    ހެޔޮނުވާނެ މިގޮތަށް ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން .. މިއޮތީ ބޯމަތިވެފައި މަޖިލސް އިންތިހާބް... މީގެ ހިތި އިރާދަކުރެއްވިއްޔާ މިފަހަރު ދައްކާލާނަން...

  8. Anonymous

    100ރ. ހެޔޮވިޔަސް ޖީބައް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ހިގައްޖެ ޚަލީލަކައް ހަޖޫއެއް ޖެހޭނެ ފުރުސަތެއްނެތް، ކުދި އަދި މެދު ވޮޔަފާރިތައް އިދަޖައްސާލި މީހުން

  9. ބެއްޔާ

    ވައުދު ފުއްދުނުކަމަކަށް ރައްޔިތުންނެއް ގަބޫލެއް ނުކުރޭ. އިބޫ އަށް ތިއޮތީކަމެއް ކުރެވިފަ. ވަރަށް ފޫހިވެއްޖެ

  10. ތޯތާ

    ގައުމީ އެއާލައިނެއް ގައުމީ ބޭންކެއް ގައުމީކުން ނިއެއްވިއަސް ގައުމީ އޮފީހެއް ވިއަސް ރައްޔިތުންގެ ލޭނުބޯ އެއްވެސް މުއައްސަސާއެއް ނެތް އޭގެ ތެރޭގައި އެންމެ އަރާހުރި ދެ ތަނަކީ ގައުމީ އެއާލައިން އާއި ބޭންކު އޮފް މޯލްޑިވްސް

  11. ޟީތަލަ ހަންނާން

    އެތެރޭގެ އުދުހުންތައް ތިރިވެ ޓިކެޓްގެ އަގުތައް މަތިވީ، ވައިގެ ދަތުރު ކުރަނީ ހަމައެކަނި ގައުމީ އެއާލައިނުންބާ، ގާސިމް ގެ ފުލައިމީ ކީއްވެބާ އަގު ހެޔޮކުރަން ނުޖެހެނީ، ނަހުލާގެ ،،،،،

  12. އައްޔު

    ކުރިން 900 އަށް ކޮޅަކަށް ދެވޭ މިހާރު ދެވޭ އަދަދެއް ސާފެއް ނުވޭ
    އަދި ބޭންޑެއްގައި އަގު ބެހެއްޓުމަކީ އަބަދުވެސް މަތީއަގުގައި ޓިކެޓް ވިއްކުން އޭރަށް އަގު ހެޔޮނުވާނެ ވާނީ ބޮޑު ކުރީގެ ފެއަރތަށް އުވާލައި މިގޮތަށް ނެރުމަކީ ޓިކެޓް އަގު ހެޔޮކުރުމޭ ނުބުނެވޭނެ ބަލާހޯދާ
    މީހުން ދެކޮޅަށް ކުރިންދެވޭ އަގާއި މިހާރުދެވޭއަގު އަޅުވާކިޔާ ހެޔޮވެއްޖެކަމަށް ފެންނާންއޮތަސް އެއީކީ ހަޤީޤަތެއްނޫން މިސާލެއް
    ޑޮލަރުގެ އަގަކީ ކޮބައިހޭ ބުނާއިރަށް މީހުން ބުނާނީ 15.42 އޭ އެކަމަކު އިނގޭތޯ 10.80 އާއި 15.42 ރުފިޔާގެ ބޭންޑެއް ލާފައި އިންނަކަން ދުވަހަކުވެސް 10.80 އަށް ކިއްކުރަން 14 ރުފިޔާއަށްވެސް ޑޮލަރެއް ލިބުނުތޯ؟ ރައްޔިތުންނޭ ވިސްނާ

  13. އޮޑިވެރިޔާ

    ތިޔަޖެހުނީ އަހަރެމެންނާ. ދެން މާލެ-ކުޅުދުއްފުށި ފެރީ ދަތުރު ބާއްވާނީ ފެއަރ ތަކަށް ބަހާލައިގެން. 400-700 ދެމެދު. މީހުން އެންމެ ދަތުރުކުރަންޖެހޭ ދުވަސްވަރު ލިބޭނީ އަގުބޮޑުފެއަރއިން އެއީ ކޮޅަކަށް 700 ރުފިޔާ. ލާހިކެއްނޫން އަގުތަށް ސަރުކާރުން ކޮންޓްރޯލްކުރާކަށް. މާލޭގެ ކުއްޔާ، ޓެކްސީއާއި، ކުލިނިކްތަކުގެ އަގުތަށް އެކަންޏެއްނޫން ބޮޑުކުރެވޭނިއްޔަކީ. އަހަރެމެން އޮޑިވެރިން ހިތުހުރި ފީއެއް ނަގަށްފަށާއިރަށް ސަރުކާރުންޖެހޭނީ ސައިޒްވާން. ނާލުވެސް ބޮޑުކުރާނީ

  14. ބަފާ

    ނޯމަލް ފެއަރ (ކޮންމެ ވަގުތަކުވެސް ލިބޭ، އެންމެ ބޮޑު އަގު)

    މާލެ-ގަން-މާލެ
    ކުރީގެ އަގު 3554، މިހާރުގެ އަގު 2666 (888 އަގުހެޔޮ)

    މާލެ-ފުވައްމުލައް-މާލެ
    ކުރީގެ އަގު 3332، މިހާރުގެ އަގު 2598 (734 އަގުހެޔޮ)

    މާލެ- ކާޑެއްދޫ- މާލެ
    ކުރީގެ އަގު 3110، މިހާރުގެ އަގު 2442 (668 އަގުހެޔޮ)

    މިއަގުތައް ބޮޑިއްޔާ ދެން ކަނޑުބޯޓުން ރަށަށްދޭ. ކަލޭމެން ބޭނުންވަނީ 10ރފ އަށް ދެކޮޅު ޓިކެޓް، 50ކިލޯ ބެގޭޖް، ކިތަންމެލަހުން ދިޔަސް ބޯޓް ދޮރު އަލުން ހުޅުވާފަވެސް ފުރުން، ބިރިޔާނި ކާންލބުން. މީހަކު ހޭބަލިވެދާނެ.

  15. ޖަހާންގީރު

    ތޯތާ ތިބުނީ ހެޔޮއެއްޗެއް ދިވެހީންގެ ބޭންކޭ އެ ކިޔާތަނަކީ ދިވެހީން ފެލާ ތަނެއް

  16. ޢަލީ

    ޚަލީލުމެން އަނގަ ހުޅުވަން އަދިވެސް ލަދެއް ނުގަނޭދޯ ؟ އަގުތަކާއި އެއްޗެހި ހެޔޮކުރެވޭތަ ؟ ދައުލަތުގެ ހުރިހާ ކުންފުނިތައް ބަނގުރޫޓު ކޮށްލާފަ ގޮސްތިތިބީ. ދެންވެސް އައިލެންޑް އޭވިއޭޝަން އަށް ދަރާފައިވާ ބޮޑެތި ދަރަނިތައް އަދާކޮށްބަލަ.

    • Anonymous

      އޭ. މައިބަދަބެ ގައުމު ދަވާލީމަވެސް އަހަރެމެން ޝަކުވާ ނުކޮށް ގައުމު ހިންގިން. ދެން ކޮން ވާހަކައެއް ދައްކާކަށް. ވެރިކަން ކުރަން ނޭނގެންޏާ ފައިބާ.

  17. މިނިީ

    މީ ހިތާހިތުގެ ގުޅުމެއް އެހެންވެ ވީގޮތްމީ...ހަ ހަހަހަހަހަ

  18. ޜަނާ

    ޢެތެރޭގެ އުދުހުން ތަކުގެ އަގުހެޔޮ ކުރަން ބުނީ އެތެރޭގަ އުދުހެނީ ނޫނީ އުދުއްސަނީ ހަމައެކަނި މޯލްޑިވިއަންތަ ކޮބާ ފްލައިމީގެ އަގުތައް ކަނބުލޯ ކަނބުލޮގެ ފިރިމީހާގެ ކުނފުނީގެ އަގުތައް ފުރަތަމަ ކުޑަކުރެވޭތޯ ބަލާ ބަލަ

  19. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    އައްޑޫ މީހުންނަށް ހުރިހާކަމެއް ވަނީ... ޓިކެޓުން އެވެރީންނަށް 1000 ކެނޑޭއިރު ދެން ތިބީންނަށް 400 ކެނޑެނީ.... މީ ސޭޓު އަންހެނުން ބަޔަކު އުފާކޮށް އަނެތް ބަޔަކު ބާކީކުރުން...

  20. ޕަބުޖީ ނަޓްވަރުލާލް

    ދެކުނު އަތޮޅުތަކަށް މޮޅުގޮތް ހެދިއިރު އުތުރުގެ އަޅުންނަށް ދެރަގޮތް... މަޖުލީސް ވޯޓުން ދައްކާލާނަން އެތަފާތު

  21. ދިޔާނާ

    މިއީ ފެންނަ ފެނުމަށް ދެކުނު މީހުނަށް ކޮށްދިން ކަމެއް...

  22. ތްރާންސްޕޯޓް ގެ ވެރިމީހާ

    މިހާރު ފިލާފަ އޮންނާނީ. ފުރަތަމަ އަބުދުއްރަޙީމު ކައރިއަށް ގޮސްއެއްކޮށް ކަނޑާ ގުނަކޮށްފަ ގެއްލަން ދަސްކޮށްބަލަ....އައިސްތު ނަހުލާ

  23. ނެތީމޭ

    ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ ކަމަށް ތަމެން ބުނާއިރު އެންމެ 200 ރުފިޔާ ޓިކެޓް އިން އަގު ހެޔޮ ކުރުމަށް ފަހު އެފައިސާ ދައުލަތުގެ ބަޖެޓުން ނަގާ ކްރޮސް ސަބްސިޑައިޒް ކުރުމުން އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ މަމެން ބުނަން ނެތީމޭ...

  24. ރާއްޖެ

    ޓީކެޓްގެ އަގު ހިޔޮކުރާކަމަށް ބުނެ ފަތުރަނީ
    ދޮގުވާހަކައެކެވެ އަގުހެވެއްނުވެއެވެ މޑޕގެ އާދައި މަތިން މިފަހަރުވެސް މިހެދީ މަކަރެވެ

  25. ސުނާ

    ޚަލީލު އަދުރޭ ގާތުން ޓިއުޝަންނަގާތީ ހިސާބު ދިމާނުވަނީ. ތިޔަ އަދުރެޓިކްސް ޓިއުޝަންނެގުން ހުއްޓާލާލާފަ މެތަމެޓިކްސް ކިޔަވަން އުޅޭ އަވަހަށް. އޭރުން ރަނގަޅުވާނެ.