ރާއްޖެއަށް އަންނަ ކްރޫޒްލައިނާތަކަށް މާލެއާ 0.6 ނޮޓިކަލް މޭލު ބޭރުގައި ބަނދަރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ކްރޫޒްލައިނާތައް ބަނދަރުކުރުމަށް މާލެއާ 0.6 ނޮޓިކަލް މޭލު ހަމަޖައްސާފައިވާކަމަށެވެ.

މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެ އަންނަ ކްރޫޒްލައިނާތައް މާލެއާއި ދުރުގައި ބަނދަރުކުރަންޖެހުމަކީ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެއްކަމަށެވެ.

"ރާއްޖެ އަންނަ ކްރޫޒްލައިނާތައް މާލެއާއި ދުރުގައި ބަނދަރުކުރަންޖެހުމަކީ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެއް. މިހާރު ކްރުޒާލައިނާތައް ބަނދަރު ކުރަމުން އަންނަނީ މާލެއާއި ގާތްގަނޑަކަށް 2 ނޮޓިކަލް މޭލު ދުރުން" ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީންގެ ވެރިކަމާއި ހަމައަށްވެސް ކްރޫޒްލައިނާތައް ބަނދަރުކުރީ 0.6 ނޯޓިކަލް މޭލު މާލެއާއި ކައިރީގައެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން ފަހުން ވަނީ ކްރޫޒް ލައިނާތައް މާލެ އާއި ދުރުގައި ބަނދަރު ކުރަން އަންގާފައެވެ. އެއީ ކީއްވެ ގެނައި ބަދަލެއް ކަމެއް ނޭނގެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާއިރު މަޢުލޫމާތު ހޯދުމަށާއި އާންމު ފަރާތްތަކުގެ ޝަކުވާ ފަސޭހަކަމާއިއެކު ހުށަހެޅުމަށްޓަކައި އެ މިނިސްޓްރީން މިހާރު ވަނީ ހޮޓްލައިނެއް ތަޢާރަފްކޮށްފައެވެ.

މީގެއިތުރުންވެސް ފަތުރުވެރިކަމުގެ ތަންތަނުންދޭ ހިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އެތަންތަން އިންސްޕެކްޓުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ ގެސްޓްހައުސް ސިމްޕޯޒިއަމް އެއް ބާއްވައި ފަތުރުވެރިކަމުގެ ދާއިރާގައި އަދި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންގެންދާ ގެސްޓް ހައުސް ވިޔަފާރިއަށް ކުރިމަތިވާ ގޮންޖެހުންތަކާއި މެދު ވާހަކަ ދައްކާ، އެ ކަންކަން ހައްލު ކުރެވިގެންދާނެ ގޮތްތަކާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅުޕެޓް

    ޔާމިންގެ ސަރުކާރުގަ ތި އެޗިސް އޮތޭ މާލެ ކައިރީގަ.. ބަޔަކު ރާވައިގެން ޔާމިންގެ ފަހު އަހަރު ތަކުގަ ދިޔައީ ރައިޔުތުންނަށް އުދަގޫ ވާވަރަށް ކަންތައް ކުރަމުން.. މިހާރު މި އެގެނީ ހަގީގަތް.. މީކަން ކުރިބަޔަކު އެކަން ރަގަޅު ކޮށްފަ ކުރެޑިޓް ހޯދަން. ދެން ކިޔާ މީ ވެސް ވައުދެކޭ...

  2. ބޭހޮއްކޮ

    އިޓްސް ފޯރ ސެކިއުރިޓީ ރީޒަންސް....