ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހު ތެރޭގައި ހިމެނޭ ވައުދެއް ކަމަށްވާ "ޖަޒީރާ މާހައުލެއް" ގާއިމް ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން، ކޮންމެ ހުކުރު ދުވަހަކު ބަންދު ކުރާ މަގުތައް ހައުސިން މިނިސްޓްރީން އިއުލާން ކޮއްފިއެވެ.

މިއަދު ހައުސިން އެންޑް އާބަން ޑެވެލެޕްމެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ޖެނުއަރީ 11 ވާ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގައި މަގުތަށް ބަންދު ކުރާނެ ކަމަށެވެ.

"މަގުތައް ބަންދުކުރަން ފަށާއިރު ވެސް މަދުވެގެން 13 މަގެއް ބަންދުކުރާނެ ,މިކަމަށް އޮންނަ ތާއީދަކަށް ބަލާފައި މިކަން ފުޅާކުރަން ވިސްނާނީ،" ޝާމިން ވިދާޅުވި އެވެ.

އެގޮތުން ބަންދު ކުރަން ނިންމާފައިވާ 13 މަގަކީ , ދޭލިޔާ ހިންގުން , މޫނިމާ ހިންގުން , ސިޓީ ޕާކުގެ ދެކުނަށް އޮތް ގޯޅި , ޑެއިޒީ މަގު , ދެވީނާ މަގު , ވައިދެރި ހިންގުން , ބެންތެޔޮ ގޯޅި , އަސުރުމާ ގޯޅި , ފަޑިޔާރު މަގު , ކާނޭޝަން މަގު , ކުޅި ދޮށު މަގު , ހިލާލީ މަގު , މަޖީދީ މަގެވެ.

މަގުތައް ބަންދުކުރަން ނިންމާފައި ވަނީ ހެނދުނު 6:30 އިން 10:30 އަށެވެ.

މި ވައުދު ފުރިހަމަކުރުމަށް އެންމެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް އަދި ފުލުހުންނާ އެކު ހައުސިން މިނިސްޓްރީން ވަނީ މަޝްވަރާކޮށްފަ އެވެ.

"މާލޭގައި އުޅޭ މީހުންތައް އަބަދު ބަންދުވެފައި އެ ހުންނަނީ. މި މަގުތައް ހުކުރު ދުވަހު ބަންދުކުރެވުނީމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މާލެއިން ޖަޒީރާ މާހައުލެއް އިހްސާސް ކުރެވޭނެ،" ޝާމިން ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ މަގުތައް ބަންދުކުރަން ނިންމާފައި ވާނީ ދުއްވާ އެއްޗެހީގައި އުޅޭ މީހުންނަށް ވެސް އުނދަގޫ ނުވާނެ ގޮތަށް ކަމަށެވެ.

"އެއީ ހެނދުނު ދަތުރު ދާން ބޭނުންވާ މީހުންނަށް އަދި މެންދުރު ހުކުރު ނަމާދަށް ދާން ބޭނުންވާނެ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހައުސިން މިނިސްޓްރީން ހަ ވައުދެއް ފުރިހަމަކުރުމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން ހަތަރު ވައުދަކީ ބޯހިޔާވެހިކަމާއި ފްލެޓްތައް ދިނުމުގެ ނިޒާމާއި ގުޅޭ ވައުދުތަކެކެވެ. މި ސަރުކާރުން ވައުދުތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުލަ އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފުރާ

    މަޖީދީމަގު ބަންދުކުރަނީ މޮޔަވެގެންތަ؟

  2. އާރބަން ޑިޒައިން ސާރ

    މާލޭ ސިޓީއޭ މިކިޔަނީ..އެކަމަކު މިއުޅެނީ މިތަން ޖަޒީރާކޮއް ރައްފުށު ވައްތަރުކުރާށޯ.. މި ސަރުކާރައް އެނގިލައްވާތޯ 'ސިޓީ' އޭ ކިޔަނީ ކޯޗަކައްކަމާއި ސިޓީތަކުގަ ހުންނަނީ ކޮން ސިފަތަކެއްކަން. ސިޓީއަކީ އާރބަން ސެންޓަރަކައް ކިޔާ ނަމެއް. ސިޓީ ތަކުގަ ސިފަތަކުގެތެރޭ ހައިރައިޒް ބިލްޑިންގުސް އާއި މެޓްރޯޕޮލިޓަނަ ލައިފްސުޓައިލް ހުންނަންޖެހޭ..ވީމާ ސިޓީއެއް ޖަޒީރާ ކޮއްފިއްޔާމުން އެއީ ސިޓީ ކޮންސެޕްޓާއި ދުރުވެވުނީ..އާރބަނަ ޕުލޭނިންގަ ޖަޒީރާކުރެވެނީއޭ ބުނާ މާނައެންމެ ގާތްކުރަނީ ސަބް އާރބްސް އަށް ނުވަތަ ސަބްއާރބަން ލައިފްށުޓައިލައް. ވީމާ މާލެ އަކީ ސިޓީއަކައް ވާއިރު ސިޓީގެ އެތެރޭގަ ސަބްއާރބަން ލައިފްސްޓައިލްއެއް އުފެއްދުން އެއީ އިންކޮންޕެޓިބަލް ވިސްނުމެއް. މިކަމުންވެސް ދޭހަވަނީ މި ސަރުކާރުގެ ތައުލީމީ ފެނވަރުގެ ދެރަކަމާއި ތަޖުރިބާގެ ދެރަކަމެވެ.

    • ޢަލީ

      ސިޓީ ގައިވެސް ވަކި ގަޑި ތަކުގައި މަގުތައް ޓްރފިކަށް ބަންދުކުރޭ.

  3. ޢަހްމަދު

    ތި ގަޑިތައް ވަރަށް ސަޅި..ހުކުރު ދުވަހު މާލެގަ އުޅޭ ގިނަ މީހުން ހިއްލާލާނީ ވެސް 11 ގެ ފަހުން..

  4. Anonymous

    ރޭގަނޑު 10:30 އަށްތަ؟

    • ޗަބޭލި

      ރޭގަނޑު އިންނާނީ 22:30

  5. ޙަބޭޝް

    ޣޯކޭ

  6. ޖަހާންގީރު

    ޖަޒީރާ މާހައުލުގަ ޕާޓޭން ނޫޅޭނެ ގޭންގް ތަކެއް ނޯންނާނެ……… ތިހާ ޖަޒީރާ ވަންޏާ މި ކުޑާ ކުޑަ 2 ކަންތައް ކޮށްބަލަ

  7. އިބްރާހިމްބޭ

    މާލޭ ސިޓީގެ ބަދަލުގަ މާލޭ ޖަޒީރާއޭ ކިޔަންވީނުން..

  8. ލޮލް

    ހުކުރުދުވަހު ހެނދުނުވިއްޔަ ކުދިން ކުޅެލާ ސަކަރާތް ޖަހާލަން މި ނުކުންނަނީ.

  9. ށަވިޔަނި

    މަޖީދީ މަގުގރ ބަދަލުގަ އިއްޔެ ހުޅުވި އިސްލާމީ މަރުކަޒު އުތުރު މަގު ބަންދުކޮށްބަލަ.. މާލޭގެ ޓްރެފިކް ފްލޯ ހުއްތޭނެ މަޖީދީމަގު ބަންދުކުރީމާ..

  10. ޝަމްސުއްދީން

    މިލިޔުމުން މަގުތައްބަންދުކުރަނީ ކޮންގޮތަކަށް ކަމެއްނޭގުނު. ބެރިކޭޑް ބަހައްޓާގެންތޯ؟ ޓޭޕް ދަމާގެންތޯ؟ ނޫނީ ކޮންގޮތަކަށްތޯ؟ ބަންދުކުރަނީ މީހުން އެމަގުމަގުންހިނގާތީތޯ ނޫނީ އެއްޗެތި ދުއްވާތީތޯ ކަމެއްވެސް އެނގޭކަށްނެތް.

  11. ވިސްނާ

    މަޖީދީ މަގު ބަންދުކުރުމުން ނިކުންނަ މުޞީބާތާއިމެދު ވިސްނާލަބަލަ. އާކުކުޅަކަށް ގާބިހެެއް އެޅިގެންތަ މިއުޅެނީ.
    ޖަޖީރާ ވަންތަވުމަކީ އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިކުރުވުން. އަދަބު ސަދަބު ދަސްކޮށްދިނުން. މަގުމަތީ އެއްޗެހި ނުދުއްވާގޮތަށް މަގު ބަންދުކުރުމެއް ނޫން.
    ދިވެހިން ކުރީގައި އުޅެފައިވާ ރިވެތި ސުލޫކުތައް އެއީ ޖަޒީރާވަންތަ ކަމަކީ. މަގު ބަންދުކުރީމާ ހިނގާ މީހުންނަށް އުނދަގޫވާގޮތަށް އަޑުގަދަކުރުމާއި މަގުމަތީ ކުޅުމާއި އަދަބު އަޚްލާޤެއްނެތި މީހުންތައް އުޅޭ އުޅުމެއް ނޫން ޖަޒީރާ ވަންތަވުމަކީ.

  12. ޢަލީ

    ކުރާނެ ކަމެއް ނޭން ގިގެންތަ ތިއުލެނީ. ހުކުރު ދުވަހުވެސް ހެނދުނު އޮފީހައް ދާން ޖެހޭ މީހުން އުޅޭކަން ނޭންގެނީތަ.

  13. މޫސާ

    މިވެސް ވަޢުދެއް؟

  14. ނަޖީ

    ހުކުރު ދުވަހުގަ މީހުން ހޭލާޣުޅޭނީވެސް 11 ޖަހާޣިރު ދެންކޮން ޖަޒީރާޣެކޭމިކިޔަނީ ކޮމްމެކަމެވެސް މީހުން ޣޮޅުވާލުމާ ހީލަތާމަކަރު ވެރިކަން ފެނިގެން މިދަނީ ވޯޓުވަގު ކިބޫ ގެސަރުކާރުގާ

  15. ގޯޑާޑީ

    މަގުގަ އަތުރާފަ ހުރިގާތަށްނަގާފަ ވެލިއަޅާ އޭރުން ސަޅިވާނެ

  16. ޖަޒީރާ

    ވައުދު ފުއްދީމޭ ބުނަންވެގެން ކުރާ ވަރައް ބީތާ ކަމެއްކަމަށް ފެނޭ

  17. ޢިބޫ

    މުސީބާތެއް މިއޮތީ ޖެހިފަ ..... ރައްޔިތުން ގޮނޑިކޮއްކޮ ހައްދަނީ .....