މާލޭގައި ދަތުރުކުރާ ޓެކްސީތަކުން ނަގާ އަގިތަކާ ބެހޭގޮތުން އެކި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ބާއްވާ ފޯރަމް، އަންނަ ހަފްތާގެ ތެރޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ފޯރަމް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފައިވާ ގޮތުގައި މި ފޯރަމު އޮންނާނީ އެރޭގެ 20:30 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

އެ އޮތޯރިޓީ އިން އިތުރަށް ބުނެފައިވާ ގޮތުގައި މި ފޯރަމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވިދާނެއެވެ.

މާލޭގައި ދުއްވާ ޓެކްސީ ތަކުން ނަގާ އަގުތަކާމެދު ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ސިނަމާލެ ބުރިޖު ހުރަސްކޮށް ހުޅުލެއަށާއި ހުޅުމާލެއަށް، ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާފައިވާ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގެއްގައި ދަތުރު ކުރަމުން ދަނިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެކަން ހުއްޓާލަން އަންގާ، އެކަން ބެލުމަށް ފުލުހުން ނެރެފައެވެ.

އެހެންނަމަވެސް، ޓެކްސީ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ގޮސް މިނިސްޓަރަށް ބިރު ދެއްކުމުން، ބޭނުން އަގެއްގައި ދަތުރުކުރަން ވަނީ ފުރުޞަތު ދީފައެވެ. އަދި ކަނޑައަޅާފައިވާ އަގުތައް މުރާޖަޢާ ކުރާނެކަމަށްވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    ޓެކްސީ ޑްރައިވަރުންނޫނީ ބަޔަކު ނެތީތަ. ގަވައިދެއް އުސޫލެއް ގާނޫނެއް އެމީހުންނަކަށް ނޮވޭ،. އެވރުވާއިރު މިނިސްޓަރު އަދިވެސް ހެވިފައި. ބުރިޖުން ހުޅުމާލެއަށް އެބަނަގާ 200 ރުފިޔާ ކޮޅަކަށް. 400 ރުފިޔާ އެބަދޭ ހުޅުމާލެއަށް ގޮސް އަންނަން. މީދެން ބޮޑުވަރެއްނޫންބާ

  2. ދަންޑަހެލު

    ހިނގާލާފަދިޔައީމަނުދާނެޖީބުންއެއްޗެއްއެހާކަންނެތްއެކަމުމޮޅުގޮތްވެސްބޭނުން