ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހު ތެރޭގައި ހިމެނޭ ވައުދެއް ކަމަށްވާ "ޖަޒީރާ މާހައުލެއް" ގާއިމް ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން، ކޮންމެ ހުކުރު ދުވަހަކު ބަންދު ކުރާ މަގުތަކުގައި ކުޑަ ކުދިން ކުޅިވަރު ކުޅޭ އިރު އާންމުގެ މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސް ކޮއްފިއެވެ.

މިއަދު ހައުސިން އެންޑް އާބަން ޑެވެލެޕްމެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރެފިކް ޕޮލިސްގެ ރޯޑް ސޭފްޓީ ޔުނިޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާ ވިދާޅުވީ ބަންދު ކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އަބަދުވެސް މޮނީޓަރ ކުރަމުން ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ނެއިބަރ ހޫޑް ފުލުހުނާއި ގުޅިގެން ބަންދު ކުރާ މަގުތަށް މޯނީޓަރ ކުރަމުންދާނަން, ބަންދު ކުރާ މަގުތަކުގައި އާންމުގެ ގިނަ މުދަލާއި ފިހާރަތަށް ހުރުމުން ކުޑަ ކުދިން ކުޅިވަރު ކުޅޭ އިރު މި ކަންކަމަށް ސަމާލު ވާން ޖެހޭ" ނަޝްވާ ވިދާޅުވިއެވެ.

"ޖަޒީރާ މާހައުލެއް" ގާއިމް ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން، ކޮންމެ ހުކުރު ދުވަހަކު ބަންދު ކުރަން 13 މަގެއް ކަޑައަޅާފައިވާއިރު ބަންދު ކުރަން ނިންމާފައިވާ 13 މަގަކީ ދޭލިޔާ ހިންގުން, މޫނިމާ ހިންގުން, ސިޓީ ޕާކުގެ ދެކުނަށް އޮތް ގޯޅި, ޑެއިޒީ މަގު, ދެވީނާ މަގު, ވައިދެރި ހިންގުން, ބެންތެޔޮ ގޯޅި, އަސުރުމާ ގޯޅި, ފަޑިޔާރު މަގު, ކާނޭޝަން މަގު, ކުޅި ދޮށު މަގު , ހިލާލީ މަގު އަދި މަޖީދީ މަގެވެ.

މަގުތައް ބަންދުކުރަން ނިންމާފައި ވަނީ ހެނދުނު 6:30 އިން 10:30 އަށެވެ.

މިއަދު ހައުސިން އެންޑް އާބަން ޑެވެލެޕްމެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ޖެނުއަރީ 11 ވާ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގައި މަގުތަށް ބަންދު ކުރާނެ ކަމަށެވެ.

"މަގުތައް ބަންދުކުރަން ފަށާއިރު ވެސް މަދުވެގެން 13 މަގެއް ބަންދުކުރާނެ ,މިކަމަށް އޮންނަ ތާއީދަކަށް ބަލާފައި މިކަން ފުޅާކުރަން ވިސްނާނީ،" ޝާމިން ވިދާޅުވި އެވެ.

މި ވައުދު ފުރިހަމަކުރުމަށް އެންމެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް އަދި ފުލުހުންނާ އެކު ހައުސިން މިނިސްޓްރީން ވަނީ މަޝްވަރާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފުތާ

    ބަލަ ހުކުރު ދުވަހުވެސް ވަޒީފާއަށް ދާމީހުންއުޅޭ! އެމީހުނަގެ ހައްގުތައްކޮބާ؟ އެއޮއްބޮޑު މަޖީދީމަގު ބަންދުކޮށްގެން ކިހިނެއް އޮފީހަށްދަނީ؟؟

    • އާމިނާރަނި

      ހިނގާފާ ނޫނީ ދުވަމުން ކުޅިވަރުކުޅެމުންދާނީ. އެދާއިރު ކޮންމެސްކޮންމެސް މީހެއްގެމުދަލަށް ގެއްލުންނުދޭތި.

  2. ދޮނާ

    ފޮޓޯއިންވެސް އިންގޭދޯ އަތުންފައިން މަސައްކަތެއް ނުކުރާ ބައެއް ކަން.......

  3. ވަހީދު

    ހުކުރުދުވަހު ހެނދުނު މަގުތައް މި ބަންދުކުރަނީ ކުޅިވަރުކުޅެންދޯ؟ ހާދަރަނގަޅޭ.