ކަޅުވަކަރު މިސްކިތް ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައި ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން މިއަދު ބުނެފި އެވެ.

ސަލްޓަން ޕާކުގައި ކުރިން ހުރި އެ މިސްކިތް އެ ޕާކް ތެރޭގައި އަލުން ބަހައްޓަން ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ނިންމާފައިވާއިރު އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މިސްކިތް ބަހައްޓާނީ ޗާންދަނީމަގާއި މެދު ޒިޔާރަތްމަގު ގުޅޭ ކަންމަތިން، ކުރިން ދިރާގު އޮފީސް ހުރި ބިމުގައި ކަމަށެވެ. އަދި އެއީ ރައީސް ޞޯލިހުގެ ނިންމެވުމެއްކަމަށްވެސް އެބަޔާނުގައި ވެއެވެ.

ކަޅުވަކަރު މިސްކިތް

އެ ބަޔާނުގައިވާ ގޮތުން އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތް ބަހައްޓާ ބިމުގެ ކުރެހުންތައް ތައްޔާރުކުރުމާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރޭވުމުގެ މަސައްކަތްކުރިއަށް ދާ ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން މިސްކިތުގެ ލަނކުޑިތަކަށް ދޭން ޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބަޔާނުގައިވެއެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ސަންޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް އެތަނުން ނެގީ މިހާރު އެތަނުގައި ފެންނަން ހުރި ވިންޓާ ޕާކު ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވައި އެ މިސްކިތް ބެހެއްޓުމަކީ ރައީސް ޞޯލިހުގެ ރިޔާސީ ވައުދެކެވެ،

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މޮޔަ

  ސާބަސް ކުރާނެ ކަމެއެް ނޭނގިގެންތަ ތިއުޅެނީ. ތަންކޮޅެއް ޤައުމަށް ފައިދާ ހުރި މަސައްކަތެއް ކޮށްބަލަ. މީހުންނަށް ޖެއްސުންކުރުން ނޫންކަމެއް ނުކުރެވޭ މިމީހުން 100 ދުވަހު ކުރާކަމަކީ މިއީ.

  • ހިޔަ

   100 ދުވަހުގެ ވަޢުދެއް ފުދެނީ ދެން އަތްޖަހާ!!

 2. މަސްވެރިޔާ

  ކޮަސް ސަރުކާރު ރިވައިސް ދިސް ޑިސިޝަން މިސްކިތް ބަހައްޓަން އެންމެރަގަޅީ ހުޅުމާލޭގައި.. އެއީ އބާދުވާ ރަށެއް.... އިސްލާމީ މަރުކަޒާއި ޖެހިގެން މިސްކިތެއް ހުރުމުގެ އެއްވެސް ބޭނުމެއްނެތް. މަރުކަޒުގަވެސް 4 ސަފް ހަމަނުވޭ...

 3. އަބުޅޯ

  ރައީސް ސޯލިހް ކިޔާ މީހަކު މިޤައުމުގައި ރައީސްކަން ކޮށްފައެއް އަދި ނުވޭ. ދިވެހި ތާރީޚުން އެކަން ވަރަށް ރަނގަޅަށް ފެންނަން އެބައޮތް. އަދި މިހާރު ވެރިކަމުގައި ހުރީވެސް ސޯލިހް އެއް ނޫން. އެއީ އިބުރާހީމް އެއް. އޭނަގެ ބައްޕަޔަކީ މުޙައްމަދު އެއް. އަދި އޭނަގެ ކާފަގެ ނަމަކީ ސޯލިހް. ވީމާ ރައީސް ސޯލިހް މިހެންނެއް ނުކިޔޭނެ. އަދި އެހެން ކިޔުން އެއީ އެއްގޮތަކަށްވެސް ކަމުދާކަމެއްވެސް ނޫން. މި ކޮމެންޓު ނުޖަހާނެކަންވެސް އެނގޭ.

 4. ސިލްކޮ

  ދެލޯފުޅުންނޭ ޤަވްމެއް ހިންގުމަކީ މިއީހެއްޔެވެ؟ ދެއިރު ދެދަޅަޔަށް ބާސާކަނޑާފަ އަނެކާއަށް ޖެއްސުންކުރީމާ ހުންނާނީ ޤަވްމު ހިންގިފަ! މިސްކިތް ރޫޅާފަ ވަކަރުތައް ރައްކާކޮށްފަ އެހުރި ތަނުގައި ރާވަބަލަ!

 5. ފަޅުވެރިން

  ދިރާގު ކުރިން ހުރި ތަނުގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ވަރަށް ބޮޑު ޖަރީމާއެއް! ވަރަށް ގިނަ ޢަދަދެއްގެ ވެހިކަލް ޕާކް ކުރަންޖެހޭ ތަނަކަށް ވާއިރު، އެވެހިކަލްތައް ޕާކްކުރާނެ އެހެން ތަނެއް އިންތިޒާމް ނުކޮށް މިސްކިތް ބަހައްޓައިގެން ނުވާނެ! އެބިން އެއީ މާލޭގައި މަލްޓި ލެވެލް ޕާކިންގ ކޮމްޕްލެކްސް އެއް އެޅުމަށް އެންމެ އައިޑިއަލް އެއްތަން!!

 6. ބބ

  އޮޅުވާލިވޯޓުންއައީވެސް އުޅޭނީވެސްއޮޅުމެއްގަ

 7. ޚުރި

  ކުރިންވެސް ހުރިތަނުގަ ބެހެއްޓިނަމަ މިހާރު އެތަނުގަ ހުރި ތަން ތަޅާ ސުންނާފަތި ކޮއްލާފަ

 8. ލައްޓި

  ކިނބޫ އިބްރާހީމް މުޙައްމަދަށް ހީވެދާނެ ރާއްޖޭގައި މިއައްވުރެ ބޮޑު ތަރައްގީގެ މަޝްރޫއުއެއް ދެން ނުހިންގޭނެކަމަށް.
  ސާބަސް ތިޔަހިންގަން އުޅެނީ ރާއްޖޭގައި ހިންގާއެންމެބޮޑު ތަރައްގީގެ މަޝްރޫއު