ޞިއްޙީ ހާލަތު ގޯސްވެފައިވަނިކޮށް ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަޙުމަދު އަދީބު ގޭބަންދުން ޖަލު ބަންދަށް ގެންދިޔަ ގެންދިއުމަކީ އިންސާނީ ކަރާމާތަށް ކުރެވިފައިވާ ވަރަށް ބޮޑު މަލާމާތެއްކަމަށް ވެލިދޫ ދާއިރާގެ މެންބަރު އަދި އެމްޓީޑީގެ ނައިބު ރައީސް ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ޔާމީން މިހެން ވިދާޅުވުއިރު، އެކަން މުރާޖަޢާ ކުރަން ހޯމް މިނިސްޓްރީގައި އެދިފައިވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޙުމަދު އަދީބުގެ ޞިއްޙީ ހާލަތު އަދިވެސް ވަރަށް ގޯސްވެފައިވާއިރު ދިވެހި ސަރުކާރުގެ އެއް ވުޒާރާއަކުން މިފަދަ ބޮޑު އޮޅުމެއްގެ ދަށުން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ނުވަނީސް އަޙުމަދު އަދީބު އަބްދުލް ގަފޫރު ޖަލަށް ގެންދިއުމަކީ އިންސާނީ ކަރާމާތަށް ކުރެވުނު މަލާމާތެއްކަމަށް މި ޕާޓީން ޤަބޫލު ކުރާ ހިނދު ގޭބަންދުގައި ހުރި އަޙުމަދު އަދީބު އަބްދުލް ގަފޫރު ބަންދަށް ގެންދިޔަ ގެންދިއުން އަލުން މުރާޖައާ ކުރަން އެދިފައި ވާނީ." ޔާމީން ވިދާޅުވިއެވެ،
މީގެއިތުރުންވެސް، މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެޕާޓީއަކީ ސަރުކާރު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާނެ ޕާޓީއެއްކަމަށެވެ. އެހެންނަމަވެސް، ޕާޓީއާމެދު މެންބަރުންގެ މެދުގައި ނަފުރަތު އުފެދޭފަދަ ކަންކަން ކުރުމަށް ބައެއް ވުޒާރާތަކުން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލް ގަފޫރާއި މި ޕާޓީއަކީ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ޕާޓީއެއް. އެހެންނަމަވެސް، މި ދަނޑިވަޅުގައި ޕާޓީގެ މެންބަރުންގެ ހިތްތަކުގައި ސަރުކާރާމެދު ނުތަނަވަސްކަން އުފެދޭނެ ކަންކަން ސަރުކާރުގެ ވުޒާރާތަކުން ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސް ކޮށްފައިވާނީ." ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ މިއަދު އަދީބާ ގުޅިގެން ޓްވީޓް ކުރައްވާފައިވަނީ ހޯދަންވާ މައުލޫމާތުތައް ނުހޯދާކަމުގައެވެ.
އުޅު ބަެިންދަންވީ
އަދީބަށް ކޮއްފައިވާ ޙުކުމް ،ކުރިކުށް ކިހިނަކުންތޯ؟
ހަހަހަހަަަަ..... ހަމަ ރަގަލު
ސަރުކާރަށް ތާއީދު ކުރިއަސް، މުޖްރިމަކު ދޫކޮށްލައިގެން ނުވާނެ!
އަދީބު ދައުލަތުގެ ޚަޒާނާއިން ވަގައްނެގުން އެއީ އިންސާނީ ނަސްލު ދެމެއްޓުން ތޯ..؟
ތިބޭފުޅާ އަޑަށް ބާރުލާފަ ހަޅޭއްލަވަނީ.. ވައްކަން ކޮށްފައިވާ ބޮޑު މުޖިރިމަކު ސަލާމަތް ކުރަން.. އަނެއްކާ ތީވެސް އޭގެ މީހެއް ބާ..؟
އަދުލު އިންސާފާއި ހަމަ ހަމަ ކަން ކުރީން ނޭގުނީ ކީއްވެގެންތޯ؟ އެތައްމިލިޔަން ރައިޔަތުންގެ ޙައްޤު ވަގައްނެގުން އެއީ އެމީހުންގެ ޙައްޤަށް އަރައިގަތުން ނޫން ތޯ؟
ތިޔަވިދާލުވާ އަދީބު އެކަނި ތޯ ޙައްޤު އޮތީ..؟ އެތައްހާސް ރައިޔަތުންގެ ހައްްޤަށް ފުރަތަމަ އިންސާފު ހޯދަދީ..! ވަގައްނެގި ފައިސާ އަބުރާ ދީފަ ދެން އުޅޭ ހައްޤޭ ކިޔައިގެން އަގަހުޅުވަންވެސް.
ލަނޑަޔާވާނީ ހަމަ ލަނޑަޔާ..
ވަގުންނާއި ގުޅޭނީ ހަމަވަގުން...
އަދީބަކީ މިރާއްޖެ ދުއް އެންމެ ބޮޑު ވަގު.. އޭނާގެ ދިފާއުގައި ނިކުންނާނީވެސް އޭގެ މީހުން..
ތިބޭފުޅާ އަކީ ރައިޔަތުންގެ މަންދޫބެއް ބާ؟ ނުވަތަ އަދީބުގެ އޭޖެންޓެއްބާ..؟
ދެންވަރަށް ސަލާމް
އޭނަ ޖަލަށް ފުރަތަމަ ލީ ކާކުބާ؟ ކޮންމެސް ބޭފުޅަކު ޖަވާބު ދެއްވާ......
ބައިތުލްމާލްގެ ލާރިގަނޑު ކައްވާލުމަކީ ރައްޔިތުންގެ ކަރާމަތާ ދައުލަތާ އަމިއްލަނަފްސަށް ކުރެވުނު ރަނގަޅުކަމެއް ދެއްތޯ
އަދީބު އަކީވަގަށް އޮންނަ ޖެހޭނެޢި ޖަލި
އިންސާނީ ކަރާމާތަށް ކުރެވިފައިވާ ވަރަށް ބޮޑު މަލާމާތެއްކަމަށް ....؟ ރިލްވާނުގެ މަރުގެ މަށްސަލާގަވެސް އަދީބަ ތުހުމަތުކުރެވޭ އެވަރު ބޮޑު ޖަރީމާ ހިންގާފަހުރި މީހަކު ހެޔޮނުވާނެ ދޫކޮށްފަ ބަހަށްޓާކަށް
ގޭންގުތައްލައްވާ މީހުން މަރުވާ ދައުލަތުގެ ބައިތުލްމާލު ދާވާލާފަހުރި ވަގެއް ޖަލައް ގެންދިޔައީމަ އެކަމާ ކަންބޮޑުވެ ވާހަކަ ދައްކަނީ ކިހާވަރެއްގެ ފައިދާއެއް އަދީބުގެ ނާޖާއިޒް ފައިސާއިން ލިބިގެންތޯ؟؟؟؟ މިސިޔާސީ މީހުން ވާހަކަދައްކާއިރ ތަންކޮޅެއް ހަމަޖެހޭ ހަރުދަނާ ވާހަކަ ދައްކަންއެބަޖެހޭނޫންތޯ!! ހިތު ހުރި އެއްޗެއްބޭރުކުރަމުންދަނީ މަރުވާނެކަން ގަބޫލްނުކުރަނީތޯ؟؟؟ ބޯހަމަނުޖެހޭ ސިޔާސީ ވެރިންނާހެދި ރައްޔިތުންގެ މެދުގަ ފިތުނަފަސާދަ އުފެދެނީ!!!!!!!!!!!!!!!
ޚިޔާނަތާ ރިސްވަތު އެއީ އިންސާނީ ކަތާމަތަށް ވަންޏާ
ތިޔަވިދާޅުވީ ރަންގަލަމަކުން ލިޔަންވާ ވަރުގެ ވާހަކައެއް.
ނޫނީ މާތްﷲ ގެ ޝަރީޢަތަށް ޖެހިޖޯކެއް.
ޢެންމެ ފުރަތަމަ އަދީބު ޖަލައްލި އިރު ޔާމީނުގެ އަނގަ ކޮބައިތޯ! ވިއްކާލައިގެން މައިތެރިވެގެން ހުރެ ބަލަ!
ޔާމީނު ކަލޭ މޮޔަނުގޮވާ. ލާރިގަނޑުން ބައެއް ލިބުނީ ދޯ؟
ކަލޭ އަހަރުމެނަށް ތި މަލާމާތްކުރަނީ....
ކީރިތިޤުރްއާނުގައިތޯ އެވާހަކައޮތީ.
އަދީބު ޖަލަށް ގެންދިއުމަކީ އިންސާނީ ކަރާމާތަށް ކުރެވުނު މަލާމާތެއް ވެސް ނޫން
އަދީބު އެއީ ޖަހަލު ނަގާފަ ދުނިޔެ ދުއް އެންމެ ބޮޑު ޖާހިލު
އިމްރާން ހަމަ ރަނގަޅު އަދީބު ބައްވަންވީ މުޅި އުރު ޖަލުގަ
ނާހަމަ ތެދެއް.. އެއީ އިންސާނީ ކަރާމާތައް މަލާމާތް ކުރެވެނީ..؟
ހުންނަގެ ޖަލެއު
އަދީބު ޖަލަށް ގެންދިއުމަކީ އިންސާނީ ކަރާމާތަށް ކުރެވުނު އެންމެ ރެަގަޅު ކަންތައްތަައް. ވަގުންވާނީ ހަމަ ވަގުންނަށް.
އަދީބު ޖަލަށް ގެންދިއުމަކީ އިންސާނީ ކަރާމާތް ދެމެހެއްޓިފައިވާކަމުގެ މިސާލެއް. އަދީބު ގައިން އެނަގާ ހިލަތަކަކީ ކޯ ޗެއްކަށް އެގެނީ ތީގެތެރެއިން ކިތައްބޭފުޅުންނަށްބާ. ހިލާގެ ސިަފަގައި ފެނުނުކަމުގައިވިޔަސް އެއީކީ ހިލައެއްނޫން. ކޯފާއެއްކަމުގއި ބަލާ ކުރެވުނު ކިށަށް އަވަހައް ތައުބާ ވުމަށް އަދީބުއަށް ގޮވާލަށް.
އަދީބު ކުރި ބޮޑެތި ވައްކަންތަކާއި ހިންގި ހުރިހާ
ޖަރީމާ ތައް ސިފަ ކުރައްވާނީ ކޮން ގޮތަކަށްތޯ.
އަދީބު ކުރި ވައްކަމަކީ ކޮންކަހަލަ ކަމެއްތަ؟ ކިތައް އިންސާނުންގެ ހައްޤެއްތަ އެއީ.. މިއީ މިމީހުންގެ ފެންވަރަކީ... މިތިބެނީ ވިކިފައި.. ރައްޔިތުންނޭ މިކަހަަލަ މީހުން ދަސްކުރޭ އަދި މިމީހުންނާއި ދުރުވޭ..
އަދީބަކީ ކާކުކަން އޮޅުވާލަން ނޫޅެބަލަ! އޭނާގެ ހަގީގަތް އިންގޭ! އަދި ތިވާހަކަ ދައްކާ މީހުންގެ ފެންވަރުވެސް އިންގޭ! ލާރިކޮޅެއް ލިބޭ އިރަށް މީހާ ހުދުކާފޫރަށްވީ! ދައުލަތުގެ ބައިތުލްމާލު ދަވާލާ! އެތަކެއް ދިވެހިންގެ ލޭ އަތުގަ ހުރި މީހެއްގެ ވާހަކަ އެބަ ދައްކައެއްނު!
އަދީބު ހިއްސާއޮވެގެން ގެނާވެރިކަން މީސައްހަ ރައްޔަތުންގެ ހައްގަައަރައި ގަނެފަނުވޭބާ