ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީ ލަންކާ އަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ސޯލިހު އެޤައުމަށް ވަޑައިގެންނެވުމަށް ފުރާވަޑައިގަންނަނަވާފައިވަނީ މިއަދުއެވެ. އަދި، މިއީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއްކަމަށްވެސް އެއޮފީހުން ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް، ދަތުރުފުޅުގެ އެހެން އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.

މީގެކުރިން، މިދިޔަ މަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ އަވަށްޓެރި އިންޑިޔާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެދަތުރުފުޅުގައި އެޤައުމުގެ އިސްވެރިންނާއި އެޤައުމުގެ އެންމެ ވަރުގަދަ ވިޔަފާރިވެރިންނާވެސް ބައްދަލު ކުރެއްވެވިއެވެ. ހަމައެހެންމެ، އެޤައުމުގެ ބައެއް ޚާއްޞަ ތަންތަނަށް ޒިޔާރަތްވެސް ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށަށްދޭބަލަ

    ކޯއްޗެއްތޭ ކޮން ބޭއިންސާފުން ވަޒީފާ ގެއްލުނޭ ކިޔަންތޭ ތަމެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަނޭ މެންނަކީ އެއީ ކޯޓް ގާޒީންތޭ އޭން ބުނެބަލަ ބުނެބަލަ ބުނެބަލަ ތަމެން ރައްޔިތުންނަށް ވި އެންމެ ބޮޑު ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ގޯތި ދޭންވީމާ ގޯތި ނުދީ ގޯތި ތައް ފޫކޮޅު ދަށަށް ލައިގެން ދެފައި ފިއްތައިގެން އިން ނަމަވެސް ކަމަކު ނުދާނެއޭ ތަމެންނަށް ނުވާ ވަރުގެ ކަންކަމަށް ބޯނުބޭނި ނަމަ މާރަނގަޅު ވާނެ ނޫންތޭ ތަމެން ދެން ފެއްސެންވީއެއް ނޫންތޭ ތަމެންގެ ރަށަށް ރަށަށް ދޭބަލަ ދެން ރަށަށް ރަށަށް ރަށަށް ދޭބަލަ..

  2. ޙައްގުބަސް

    ރަގަނޅު ކޯލިޝަން ސަރުކާރުން 100 ދުވަސްތެރޭ ކުރަން ބުނި ގިނަ ވަޢުދުގެތެރެއިން ގިނަ ވަޢުދު ފުއްދާފަ އެދިޔައީ!! އަދި ރާއްޖެއިން ބޭރުގެ ގައުމުތކަށްވެސް ވި ބައެއް ވަޢުދު ފުއްދައިފި!! ފުރަތަމަ މަސްތެރޭ އިންޑިޔާއަށް ވެފައިވާ ވަޢުދުގެތެރެއިން ހެލިކޮޕްޓަރު ދާއިމަށް ބެހެއްޓުމާއި އެގައުމުގެ ސިފައިންވެސް މިރާއްޖޭގައި ތިބޭވަރު އިތުރުކުރުމާއި އެގައުމުން ބޮޑު ލޯނެއްނަގާ ދަރަނި އިތުރުކުރުން!! މިވަޢުދުވެސް ފުއްދައިފި!! ރާއްޖެއިން ފުއްދި ވަޢުދުގެތެރޭ މަގުމަތީ ރީނދީ ކުލަ ހޭކުމާއި، އިސްލާމީ މަރުކަރުގެ ސަރަޙައްދުގައި ޖަހާފައިވާ މާބްލްތައް ތަޅާ ސުންނާފަތިކުރުމަށްފަހު އުޅަނދުތަކަށް މަގުހުޅުވާލުމާއި، ރަސްރަނި ބަގީޗާގެ ނަން ސަލްޓަންޕާކުގެ ނަމަށް ބަދަލުކުރުމާއި، މައްސަލަތައް ބަލަން ރިޔާސީ ދެ ކަމިޝަނެއް އުފެއްދުމާއި، އެތެރޭގެ އުދުހުންތަކުގެ އަގު ފާޑަކަށް ކުޑަކުރުމާއި، ކުރީ ސަރުކާރުތަކުގައި ކުށްކޮށްގެން ކަނޑާލާފައި ތިބި މީހުން ވަޒީފާތަކަށް ވެއްދުމާއި، ޖަޒީރާ ވަންތަކަން މާލެއިން ދެއްކުމަށްޓަކައި ހުކުރުދުވަހު ބައެއް މަގުތައް ބަންދުކުރުންވެސް ހިމެނޭ!! އަދި ކުރިއަށް އޮތީ މިކަހަލަ ވައުދުތައް ފުދޭތަން ފެންނާނެ!! ހެހެ