ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރުގެ މައްޗަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަމަށް މިއަދު އެކުންފުނިން ބުނެފިއެވެ. އެކުންފުނިން މިހެން ބުނެފައިވަނީ ޒުހޫރު މިއަދު ކޮށްފައިވާ ޓްވީޓަކާ ގުޅިގެން، އެކަމަށް ރައްދު ދީ އެކުންފުނިން ނެރެފައިވާ ބަޔާނެއްގައެވެ.

ޒުހޫރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެތައް އަހަރުތަކެއް ވަންދެން ގެއްލުމުގައި ސްޓްލެކޯ ހިންގަމުން ދަނީ ކުރިން އެކުންފުނިން ގިނަ މަސައްކަތްތަކެއް ކޮށްފައިވަނީ ކޮމިޝަން އުސޫލުންކަމުގައިވާތީކަމަށެވެ. އަދި ކޯސްޓު ބެނެފިޓް އެނާލިސިސްގެ ދަށުން އިންވެސްޓް ކުރަން ޖެހޭކަމަށާއި، އެކަން ކުރަން ޖެހޭނީ ބަނޑުފުރަން ނޫންކަމަށް ވިދާޅުވިއެވެ.

މިކަމަށް ރައްދު ދީ، ސްޓެލްކޯ އިން ބުނެފައިވަނީ ކުންފުނީގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ފަރާތަކުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް އެކުންފުންޏަށާއި ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް، ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ދެއްކުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

ހަމައެހެންމެ، ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގެން އޭނާ ހުންނެވިއިރު މިކަންކަން އޭނާ ތަހުގީގު ނުކުރައްވާ ދޫކޮށްލެވުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި މިފަދަ ކަމެއްގައި އޭނާގެ ބައިވެރިވުން އޮތްކަމަށްވާނަމަ ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، އުންމީދަކީ އެފަދަ ކަމެއްގައި އޭނާގެ އަތެއް ނެތުންކަމަށްވެސް ސްޓެލްކޯގެ ބަޔާނުގައިވެއެވެ.

ސްޓެލްކޯގެ ބަޔާނުގައި އިތުރަށްވާ ގޮތުން އެކުންފުނިން ޚިދުމަތް ދެމުން އަންނަނީ ކަސްޓަމަރުންނާއި ރައްޔިތުންގެ އިތުބާރު ޤާއިމްވެފައިވާ ނިޒާމެއްގެ ތެރެއިންކަމަށާއި، އަދި އެކުންފުނިން ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

މިފަދަ ކަންކަން ނުކުރުމަށް އެކުންފުނިން ވަނީ ޒުހޫރަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަމީން

    ސްޓެލްކޯ ސިޔާސް ވުން

  2. ައަޙްމަދު

    ޒުހޫރު ބުންޔަސް ތެދެއްވާނީ ތެދަކަށް. ކަރަންޓް ބިލުން ރައްޔިތުން ފެލާއިރު ބަލާލަބަލަ ތިތާތަ އުޅެ އެންމެ އާދައިގެ މުވައްޒަފުވެސް ކޮންމެ މަހަކު މުސާރައިގެ ގޮތުގަ ގެޔައްގެންދާ އަދަދު. ތަނުގެ އިންޖީނުތަކަށް ބޭނުންވާ ސްޕެއަރ ޕާޓް ގަތުމަށް ތިތާ އެތެރޭގަ އެކަންކަމުގަ އުޅެ މީހުން ހުންނަނި އެމީހުން ދަންނަ މީހެއްގެ 3 ކުންފުނި ނުވަތަ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތެއް ލައްވާ ލައްވާ ކޮޓޭޝަން ހުށަހަޅައިގެން މަކަރު ހަދައިގެން ތަކެތި ގަންނަނީ. މި ޒުހޫރު ނޫނަސް ތިތާގަ އެކަން ކުރާމީހުން ކައިރީގަ މަސައްކަތް ކުރާ ޖޫނިއަރ ސްޓާފުންވެސް ސައިހޮޓާތަކުގަ ދައްކާ ބޮޑު ސިއްރެއް. މިއަދު ޒުހޫރު އެވާހަކަ ޓްވީޓް ކުރީމަ ޒުހޫރު ފަހަތަކުން ނޫން ނިކުންނަންވީކީ. ރަނގަޅު ފެންވަރުގެ އިންޑެޕެންޑެންޓް އޮޑިޓެއް ހަދަންވީ މިކަންކަން މިހިނގާގޮތް ދެނެގަންނަން. ކަންކަން އިސްލާޙް ކުރަންވީ.

  3. ނަގޫރޯޅި

    ހާދަ މޭފުއްޕާ ސަރުކާރެކޭ! ނިގޫ ފިތިފަތިބި ބަޔަކައް އެޅޭނެ ފިޔަވަޅެއް އޮންނާނެތަ. ތިތާ ތިއުޅޭ ރަތްލާޖެހި ޕާޓީ ކުދިންކޮޅު ބުނާގޮތް ހަދައިގެން މަނޑުން ތިބެވޭތޯބަލާ، ނޫނީ ދެންގޮވާނީ އަތައް.

  4. މަސްވެރިޔާ

    މިހާރު ހުރީ ޑރ.ޖައްބާރެއް. އެއްވެސް ކުށެއްނެތް ދުވަސްވީ މުވައްޒަފުން އެއްރަށުން އަނެއްރަށަށް ތިޖައްބާރުގެ ސިޔާސީ ނުފޫޒުން އެހެލަނީ ތިއީ ތިބާގެ އަމިއްލަ ކުންފުންޏެއްކަމަށްވީމަތޯ.
    ޒުހޫރު ވިދާޅުވި ވާހަކަ އެއީ އޭނާގެ ރައުޔެއް. ކޮންފިޔަވަޅެއްގެވާހަކަ. މިރީޖަނުގަ ތެޔޮ އެންމެ އަގުހެޔޮ.. ކަރަންޓް އަގު އެންމެބޮޑް ކުންފުނިތީ.

  5. ވަހީދު

    ޒުހޫރު ތިޔަ ވާހަކަ ދެއްކީ ނޭންގިގެއްނޫން. ޔާމީން ގެ ކެމްޕެއިންގަ އިސްކޮށްއުޅުނު ފައިޒް ވަހީދުމެން އަދިވެސް އިސް މަގާމު ތަކުގަ ތިބީމަ މުޒުނީގެ ރަގަޅަކަށް.

  6. ޟޮުބު

    ޢޯ. ފިޔަވަޅު އަޅަން ހަދާނެގޮތަކީ ޒުހޫރުގެއިން ކަރަންޓު ކަޑާލާނީ..