ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މަންޒަރުފެންނަ ވީޑިއޯއަކާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، އެމައްސަލަ ބެލުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލާ މަޝްވަރާކުރައްވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ޙާދިސާއާ ގުޅޭ ދެ ވޯޑިއޯއެއް ދައުރުވާކަމަށާ، އެދެވިޑިއޯއާ ގުޅިގެން ދެކެވޭ ވާހަތައް ބަލައި އެކަން އަލުން ތަޙްޤީޤްކުރަންޖެހޭތޯ ޕްރޮސެކިއުޓަރ ޖެނެރަލާ މަޝްވަރާ ކުރައްވާނެކަމަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އެގޮތަށް މަޝްވަރާދެއްވައިފިނަމަ އެމައްސަލަ ބައްލަވާނެކަމަށާ، އެނޫން ޙާލަތެއްގައި އެމައްސަލަ އަލުން ބަލާނީ ޝަރީޢަތުން އެގޮތަށް ޢަމުރުކޮށްފިނަމަ ކަމަށްވެސް އެކްޓިން ސީޕީ ހަމީދު ވިދާޅުވިއެވެ.

"ސަންގް ޓީވީ" އިން މިހަފްތާގައި ވަނީ ފިނިފެންމާ ގޮވި ވަގުތު ނެގި ވީޑިއޯގެ ރޯފައިލް ކަމަށް ބުނެ ވީޑިއޯއެއް އާއްމުކޮށްފައެވެ. އެވީޑިއޯ އިން އަލިފާނެއް ނުފެނެއެވެ. ނަމަވެސް އޭގެ ކުރިން އެހާދިސާ ތަހްޤީޤު ކުރި ކޮމިޝަނުން އާއްމު ކުރި ވީޑިއޯ އިން އަލިފާން ފެނެއެވެ.

އެކްޓިން ސީޕީ ހަމީދު ވިދާޅުވީ، މި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް ބުނެ ޕީޖީގެ ފަރާތުން ލަފައެއް ނުވަތަ ޝަރިޢަތުން ޢަމުރުކޮށްފިނަމަ އެ މައްސަލަ ބެލުމަށް ފުލުހުން ތިބީ ތައްޔާރަށްކަމަށެވެ.

"ލޯންޗުކޮޅުގައި އެއްޗެއް ގޮވި. އެމައްސަލައިގެ ތަޙްޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލަށް ހުށައެޅި ޝަރީޢަތްވެސް ކުރެވިފައިވާ މައްސަލައެއް އެއީ. އެ ހާދިސާއާއި ގުޅިގެން ހާޒިރު ނުކުރެވޭ ފަރާތްތައް ނުވަތަ ހޯދާ ފަރާތްތައް ހިމެނިގެން އެބައި ފުރިހަމަ ނުކުރެވިފައި ހުރުން އެކަށީގެންވޭ. ޖުމްލަކޮށް އެ މައްސަލައިގެ ތަޙްޤީޤް ނިމިފައިވާކަމަށް. މިހާރު ސޯޝަލް މީޑިއާގައި ލޯންޗްކޮޅު ގޮވި ހާދިސާއާއި ގުޅޭ ދެ ވީޑިއޯއާއި ގުޅޭގޮތުން ތަހްޤީޤްކުރަންޖެހޭތޯ ޕީޖީއާއި މަޝްވަރާކުރާނަން އެކަން ނުވަތަ ޝާރީޢަތުން އަމުރުކޮށްފިނަމަ ބަލާނަން." އެކްޓިން ސީޕީ ވިދާޅުވިއެވެ.

ފިނިފެންމާ ހާދިސާގެ އަލިފާން ނުފެންނަ ވީޑިއޯއެއް އާއްމު ވުމުން އެމައްސަލައިގައި ޖަލު ޙުކުމެއް އައިސްފައިވާ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތުން ވަނީ މައްސަލަ އަލުން ތަޙްޤީޤު ކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފޭޑެޑް

    ޒުހޫރު ކުރެއްވި ތުހުމަތަށް ސްޓެލްކޯ އިން ރައްދު ދީފި ނަމަވެސް ސްޓެލްކޯ އަކީ މާލެ އަށް ފުރަތަމަ ވެސް ކަޓް ތައާރަފް ކުރި ކުންފުންނަކީ ލާރޖް ސްކޭލް ގައި ސްޓެލްކޯ ބިލްޑިންގް އެއީ ސްޓޭންޑިންގް މޮކް އަޕްއޭ މިއަދު ކޯއްޗެއް ކިޔަންތޭ ވެއަރ އާރ ޔޫ ނައު އެން ދެން ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ސޯ ލޮސްޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ސޯ ލެޓް އިޓް ގޯ...

  2. ފޭޑެޑް

    ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މާލީ ބަޔާން ހާމަ ކުރި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ރާއްޖޭގެ ސަރުކާރުގެ ހައި ޕްރޮފައިލްގެ ބަޔެއްގެ މާލީ ބަޔާން ނެރޭނަމަ އެ ނެރޭނީ އެ ބަޔާން މޭކް އަޕް ކޮށްގެންނޭ އެއަކު ނުހުންނާނެއޭ ތެދު އެއްވެސް ވާހަކަ އެއް އެއީ ހަމަ ޔަގީނޭ ޔޫ ލައިޑް އަސް ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ޑާންސް ޑާންސް ޑާންސް ޑާންސް..

  3. Miadhu

    އަހަރެންވެސް ވަރަށްގިނަދުވަހު ޖަލުގައޮތިން ނުކުރާކަމެއްގަ އެކަންވެސް ކުރިބަޔަކު އެބައުޅޭ އަލުން ތަހުގީގު ކުރަންވީނު

  4. Miadhu

    ރާއްޖޭގެ ބޭތަލްމާލުން ވެއްޖެ ފެހުރިހިޖެހި އެތައްބައިވަރު ފައިސާއެއް ގެއްލިފައި ދޭދޭމީހުން ބުނަނީ އެފައިސާވީ އަދީބުއަތުގައިކަމުގައި އެކަންބަލާދީބަލަ

  5. މަސްވެރިޔާ

    ޅިޔަނު ހަމީދު ހިނގާ މަށާއެކީ މަހަށް.. އަދި ބުނަންތައް 3 ނޮވެމްބަރ 1988 ގެ ޕޮލޮޓް ހިނގާ ފުރަތަމަ ރިވިއުކޮށް ތަހުގީގު ކުރަމާ. އަހަރެންގެ އަޚެއްވަނީ ބޯޓްގައި ބަޑިޖަހާ މަރާލާ ކަނޑަށް އެއްލާފަ. ހަމީދުއަކީ ކިޔަވައިގެންހުރި ރަގަޅަށް ހަތަރުފަރާތް ދަންނާނެ ފުލުހެއް.. މިއަދު ތިހުރި މަޤާމަކީވެސް ކެތްތެރިކަމާއެކު ހުންނެވުމުގެ ނަތީޖާ. މަޤާމްއަކީ ﷲ ދެއްވީމަ ލިބޭ އެއްޗެއް. ސިޔާސީނުވެ .. ކުރިން ފުލުހުން ތަހުގީގު ހިންގާފަ ހުރި މަށްސަލަތައް ރިވިއު ކުރުމުން ވަކި ކޮން ނަތީޖާއެއްތޯ ހާސިލް ކުރެވޭނީ. ސުއޫދު އިންވެސްޓިގޭޓް ކަމިޝަން ރަގަޅުވާނެ.

  6. މުހައްމަދު

    މިކަލޭގެ މިއުޅެނީ އަދީބުދޫކޮށްލާނެ މޮޅުގޮތެއް ނުފެނިގެން. ފަޔަށް ހިނިއަރާއިގެން.

  7. ރަސީދު

    ތިކަން ބެލިދާނެ ތޯބަލަން ކޮމެޓީއެއް އުފައްދާ