2016 ވަނަ އަހަރުގެ ތެރޭގައި ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް މިނިސްޓްރޫ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އިއުލާން ކޮށްފިއެވެ.

ހެރިޓޭޖް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ހޯދަމުންދަނީ މި މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ މީހުންނެވެ.

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުން މި މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން، ނަމާއި އީމެއިލް އެޑްރެސް 7947266 ނަމްބަރަށް އެސްއެމްއެސް ކުރަން ޖެހޭނެއެވެ.

އިއްޔެ ހެރިޓޭޖް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ މިސްކިތް އަލުން ރޭވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތް މިނިސްޓްރީ އިން ފަށާފައިވާކަމުގައެވެ. އެގޮތުން ލަކުޑީގެ ބައިތަކަށް ދޭން ޖެހޭ ފަރުވާ ދިނުމާއި ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ އާސާރީ މިސްކިތެއްކަމުގައިވާ މި މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދިރާގުގެ ކުރީގެ ހެޑް އޮފީސް ހުރި ސަރަޙައްދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލައްޓި

    ތިޔަ މަސައްކަތް ކުރާކަށް ނޫންތަ މަނަދޫ ޠާރިޤް ތިޔަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ލާފައި އެހެރީ. އޭނާއަށް އެކަނި އެކަން ނުވަންޏާ އަދި އަށެއްކަ ސްޓޭޓް މިނިސްޓަރުން ލާންވީނު. މިހާރު ރައީސް އޮފީހުގައިވެސް މިނިސްޓަރުންގެ ފެންވަރުގެ 7 މީހުނާއި ސްޓޭޓް މިނިސްޓަރުންގެ 12 މީހުން އެބަތިއްބެއްނު. އިބޫއަށް ހީވަނީ ދައުލަތުގެ ފައިސާއަކީ އޭނާގެ އަޢުވާނުންނަށް ބަހަން، އޭނާގެ އަމިއްލަ އެއްޗެކޭ. އެވެސް ރައްޔިތުންގެ ފައިސާއަށް ވެވޭ ޚިޔާނަތެއްކަމެއް، ﷲ ގެ ޙަޟުރަތުގައި އެކަމަށް ޖަވާބުދާރީވާން ޖެހޭނެކަމެއް އޭނާއަކަށް ނޭނގޭ.