ކަޅުވަކަރު މިސްކިތް ބަހައްޓާ ސަރަޙައްދަށް، ނައިބު ރައީސް ފައިސަލް ނަސީމު ޒިޔާރަތް ކުރައްވާ އެސަރަޙައްދު ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު އެސަރަޙައްދަށް ވަޑައިގަންނަވާފައިވަނީ މިއަދު މެންދުރުފަހުއެވެ.

ކުރިން ދިރާގުގެ ހެޑް އޮފީސް ހުރި ސަރަޙައްދުގައި މި މިސްކިތް އަލުން ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވާފައިވާއިރު، އެކަމުގެ ތައްޔާރީތައް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ދަނީ ކުރަމުންނެވެ.

މިއަދު ނައިބު ރައީސް ފައިސަލް އެތަނަށް ވަޑައިގެންނެވުމުން، މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެރުވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤާއި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދުﷲ ޖަމީލެވެ.

ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. އަދި މިސްކިތުގެ ވަކަރުތަކަށް ފަރުވާ ދީ، ކުރަން ޖެހޭ މަރާމާތުތައް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ތާރީޚު ހެކިދޭ ގޮތުން މާލޭގެ އެކި ތަންތަނުގައި މި މިސްކިތް ހުއްޓެވެ. 2016 ވަނަ އަހަރު މިސްކިތް ރޫޅާލިއިރު ހުރީ މިހާރުގެ ރަސްރަނި ބަގީޗާ ހުރި ސަރަޙައްދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބބ

    މިސްކިބަހަންޓަންރަގަޅީ ކިބިގަސްދޮށުގޭގަ

  2. ފޭޑެޑް

    ތަމެން ނަށް ރައްޔިތުންނަށް ކަމެއް ކޮށް ނުދެވޭއިރު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ގެން އެމްޑީޕީގެ ގޭންގަށް ކޭޓަރިންގް ނަމުގައި ފައިސާ ގަނޑެއް ދޭން ވެގެން ގަންނަ ގަނޑެއް ނޫންތޭ ތިޔާއީ ތިޔާއީ މިހާރު ތަމެންގެ ވެރިކަން ގުރުޑު ވަމުންދާތީވެ ތަމެން ޖައްސާ މީޑިއާ ސްޓަންޓް ތިޔާ ހުންނަނީ ތަމެން ތިޔާ ދަނީ ފޭޑެޑް ވަމުން ނޭ ޔޫއާރ ފޭޑެޑް ފޭޑެޑް..

  3. ޖައުފަރު

    ޢައްދެ. މިއޮށްފުއްދުނީ އަނެއް ވައުދު.