މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ކުއްޖަކު ހޯދަން އިއުލާން ކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އެހެންނަމަވެސް، އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ހޯދަމުންދަނީ ޏ. ފުވައްމުލައް/ދިގުވާޑް، ބަނަފްސާގެ، ފާޠިމަތު ހަނާޒް (17އ) އާއި ދަފްތަރު ނަންބަރު 2542، ޝާދިޔާ އަންވަރު (17އ) އެވެ.

މި ދެ ކުދިންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9790163 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށްދު

    ނުގެއްލޭނެ ލާންފިލީ

  2. Miadhu

    ކޯންޗެއްލާން