ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލް ޣަފޫރަށް ދޭން ޖެހޭ ބޭސް ދިނުމުގައި ލަސްތަކެއް ކުރިމަތިވެފައިވާކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބޭސް ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވެފައިވަނީ ބަލަދުވެރިޔާ އަށް އެނގުމެއް ނެތި ކުއްލިއަކަށް، އަދީބު ގޭބަންދުން ޖަލު ބަންދަށް ބަދަލު ކުރުމުގެ ސަބަބުންކަމަށެވެ.

"އަދީބަށް ބޭނުންވާ ބޭސް ނުވަތަ ފޯރުކޮށްދޭން ޖެހޭ ބޭސް މިވަނީ ލަސްވެފައި އިނގޭތޯ. ސަބަބަކީ އެއްވެސް ނޯޓިސް އަކާ ނުލައި ޖަލަށް ބަދަލުވީމާ ބޭސް ފޮނުވަން މަސައްކަތް ކުރިއިރު، އެއް ދުވަސް ފަހުން މި ފޮނުވުނީ." އޭނާ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި މެންބަރު ޔާމީން އިތުރަށް ވިދާޅުވީ އަދީބު ގޭ ބަންދުން ޖަލު ބަންދަށް ބަދަލު ކުރީ އެކަން ކުރަން ޖެހޭ މުއްދަތަށްވުރެ ކުރިންކަމަށެވެ. އެގޮތުން، ލިޔުންތަކުގައިވާ ގޮތުން މި ހިނގާ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހާ ހަމައަށް އަދީބަށް ގޭ ބަންދުގައި ހުރެވޭނެކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، އެއްވެސް މިނިސްޓަރަކު ނުވަތަ އޮފިސަރަކީ ޑޮކްޓަރަކަށް ވުރެ މޮޅުވާނެ މީހެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ، މިކަންކަމަކީ ސީދާ ޤާނޫނުތަކާ ޚިލާފު ކަމެއްކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"ޑޮކްޓަރަކު ވަކި ގޮތަކަށް ވަކި ކަމެއް ކުރަން އިންސްޓްރަކްޝަން ދެއްވާފައި، އަދި އެބަލިމީހާއާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް އެއީ މި ވަގުތު ކަރެކްޝަންސްގެ ބޭފުޅުން. އެބޭފުޅުންނަށް ވަކި ގޮތަކަށް އިންސްޓްރަކްޝަން ދެއްވީމާ އެއާ ޚިލާފުވުމަކީ ޤާނޫނާވެސް ޚިލާފުވުން." ޔާމީން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީޑީގެ ޒުވާނުންގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވީ މިކަންކަމުގެ ސަބަބުން އަދީބަށް ވަނީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިކަމަށެވެ. ހަމައެހެންމެ، ކަންކަން ބެލުމަށްފަހު އެޗްއާރްސީއެމް އިންވެސް ދޭން ޖެހޭ ރައްކާތެރިކަން ނުދޭކަމަށާއި، އެންޓި-ޓޯޗަރ ޤާނޫނަށް އަމަލު ކުރަމުން ނުދާކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ލޮލް

    ޑޮކްޓަރުގެ ލިޔުންވެސް ގަނެވޭނެ މެންބަރުން ގަނެވޭ ގޮތަށް. ވެރިޔާ ތިކަމާ ނޫޅުން ނަމަ ފަހަރެއްގަ ދެން އަންނަ ދައުރުގަ ހޮވުނީސް. ދެން ކޮންމެސް އެހެން ކަމަކާ އުޅޭ ޔާމީން

  2. ޔާމިން ބަފާ

    އެޔޮތީ ޖަލަށް ލާފަ ދެން ނުކުރެވޭނެ އެއްކަމެއްވެސް

  3. މައިޝަން.

    އަދީބަށް ދޭން ޙައްޤުބޭސް ދީފިއްޔާ އެއާވިދިގެން އަދީބުގެ ޖަނާޒާ ބާއްވަންޖެހޭނެ. އެންމެން ދަންނަ ބޮޑު ސިއްރު.

  4. ޙަސަން އަޙްމަދު

    ތިއޮތީވާ އަދީބެއްތާ! ދިވެހި ދައުލަތުގެ ތިޖޫރީ ނޮޅާލައިގެން ބެހި ފައިސާގެ ރަހަ އަރުގާލާފައިތިބޭ މީހުންނަށްވާނީވެސް އެހެންތާދޯ؟

  5. އަބްދުލާ.

    މީނައަށް ހާދައަސަރެއް އެބަކުރެޔޭ ދޯ ؟ ކަލެއަށް ހެޔޮތަ؟ މިގައުމުގެ ބައިތުލް މާލު އެއްކޮށް މީހަކު ދިރުވާލިޔަސް.

    ތީކޮންކަހަލަ އިއްޒައްތެރި މެންބަރެއްތަ؟ ތިދައްކަނީ އިއްޒައްތެރިން ދައްކާ

    ކަހަލަ ވާހަކައެއްނޫން. ބޭއިއްޒައްތެރިން ދައްކާކަހަލަ ވާހަކަ.

  6. ޔާމީނު

    އެ ރަގަޅުވާނެ އަދި ދެތިންދުވަސް ފަހުން ބޭސްދިނަސް ، ތީ ދެން މާ މުހިންމު މީހެއްވެސް ނޫނެއްނު ދޯ

  7. ބަލާއެއް ހުވާ

    މި ވަގުން ޖަލަށް ވަންނަންވީމަ ހިއުމަން ރައިޓްސް ފެންނަނީީ. ގޭންގު ލީޑަރުވެގެން އެހެން މީހުންގެ ހައްގު ފެލަމުން ގައުމު ފޭރެމުން ދުވިދުވަސްކޮބާ؟

  8. Anonymous

    މިކަލޭގެއަށް އަދީބު ކާންދީފަހުރީ ކިތައްބަސްތާގެ ފައިސާތަކެއްބާއޭ ހިތަށްއަރާ، އަދީބޭ ކިޔާފަ ކޮންމެދުވަކު ކޮންމެވެސް ފަތިވަރެއް މީނަ ކިޔަނީ، ލޮލަށް ނިދިނައިސްގެން

  9. ނަޝްވާ

    އަދީބު ޖަލަށް ގެންދިޔަ އިރު އޭނާގެ ބޭސް ނުދިނުން އެއީ އާއިލާއިން ހިންގި ވަރަށް ބޮޑު ޖަރީމާއެއް. އޭނާ ގެންދާއިރު އޭނާގެ ބޭސް ނުދިނުމަކީ އިންސާނި ކަރާމާތަށް އާއިލާއިން ކުރި ބޮޑު މަލާމާތެއް. އާއިލާއިން އަދީބަށް ކުރާ އަނިޔާ ހުއްޓާލާ.

  10. ޕީޖޭ

    ބަލަގަ އަދީބު އެކަނިތަ ގޮޅީގައި ބަލީ މަވެސް ވ ބަލި ބެޑްރެސްޓް ބޭނުން..

  11. ޕޮފުބާ

    ބޭސްދޭނެކަމެއް ނެތް ދައުލަތު ފައިސާތަށް ކޮބާ އެވާހަކަ ދައްކާބަލަ

  12. ޢަހުމަދު

    ޖަލަށް ގެންދާ އިރަށް ބަލި ވޭ.. ބޭސްކޮޅު ހޯދަންޖެހިފައި.. ހިނި އަންނަނީ

  13. ޙައްވަ

    މީކޮންކަހަލަ މީހެއް. މިމީހުންގެ ސަރުކާރު އޮތްއިރު އަދީބު ގެ ވަހަކަ ނުވެސް ދައްކާ. ާމިހާރު ކިހިނެއްމިވަނީ މިމީހާއަށް

  14. އަލީ

    ތިދެން މުސީބާތެއްނު މުޅި ގައުމު ދިރުވާލާގެން

  15. عبدالله

    01 ފެބުރުއަރީގައި ސުޕުރީމު ކޯޓުން ނެފައިވާ އަމުރުގައި އަދީބުގެ ނަން އޮވެއެވެ. އެހެންނަމަވެސް މި އަމުރުގެ ދަށުން މިނިވަންވެފައިވާ މީހުންގެ ތެރޭގައި އަދީބުގެ ނަމެއްނެތެވެ. އެބަހީ، މިރާއްޖޭގައިވެސް ސިޔާސީ ހައްޔަރީންނާއި ކުށްވެރިންނާއި މިއީ މުޅިން ތަފާތު ދެބަޔަކަށްވާއިރު، މިގޮތުން އަދީބު ދޫކޮށްނުލަނީ، ރަނގަޅު ނިޔަތެއް އޮވެގެންކަމަށް ޤަބޫލެއްނުކުރެވޭނެއެވެ.

  16. މޫފިޔާ

    އަދީބު ޖަލަށް ގެންދިއުމަކީ މި ސަރުކާރުންވެސް ކުރި ރަނގަޅުކަމެއް

  17. މައިކާލޯ

    ގޭގަ އައިސް ނާޗަރަނގީ ކުޅެ ޔޫޓިއުބައް އެލާ ، ސިޔާސީ ޕާޓީތައްހަދާ އުޅެފަ ކުރިވައްކަން ފޮރުވަން ، އެނުކުރާކަމަކަށް ހަދަަން އުޅެގަތީމަ ސަރުކާރުނ ފިޔަވަޅު އެޅިލެއް ލަސްވީ މަށަށް، ތީކޮންބައެއްކަން ނޭގެނީ މިއަދު ކޮންބަޔަކަށް، "ތީތާޑުވޭ ވަގުން"