ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ގިލި ލަންކަންފުށި ބަންދުކޮށްފިއެވެ.

އަލިފާން ރޯވުމުން ފަތުރުވެރިން ހުސްކުރި ރިސޯޓުން ކުރި ޓްވީޓްތަކެއްގައި ބުނީ އެ ހާދިސާގައި ރިސޯޓަށް ލިބުނު ގެއްލުންތައް ފުރިހަމައަށް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ރިސޯޓް މި ވަގުތު ބަންދު ކޮށްފައިވާ ކަމަށެވެ. ރިސޯޓް ދެން ހުޅުވާނެ ތާރީޚެއް އެރިސޯޓުން ނުބުނެއެވެ.

ރިސޯޓަށް ކުރިން ބުކިން ހަދާފައި ތިބި ޓޫރިސްޓުންނާއި ޓްރެވަލް ޕާޓްނަރުންނަށް ރިފަންޑް ދިނުމާއި އިތުރު ގޮތްތައް ހަމަޖައްސައި ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެރިސޯޓުން ބުނެއެވެ.

ރިސޯޓުން ވަނީ އަލިފާން ނިއްވުމުގައި ސިފައިން ކުރި މަސައްކަތައް ޝުކުރު އަދާކޮށްފައެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ރޭ މިނިސްޓަރ އަލީ ވަހީދު ރިސޯޓަށް ވަޑައިގެން ފަތުރުވެރިން ރަށްރަށަށް ބަދަލު ކުރުމަށާއި ދަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމުގައި ވެދެއްވި އެހީތެރިކަން ވަނީ ފާހަގަ ކޮށްފައެވެ.

ބުދަ ދުވަހުގެ ރޭގެ އަލިފާނުގެ ހާދިސާގައި ރިސޯޓްގެ ހަތް ކޮޓަރިއާއި ރެސްޓޯރެންޓެއް ވަނީ ބަންދުކޮށްފައެވެ.

އާއަހަރާއި ދިމާކޮށް މުޅި ރިސޯޓް ފުރިފައި ވަނިކޮށް މިފަދަ ހާދިސާއެއް ހިނގާ ރިސޯޓް ބަންދު ކުރަން ޖެހުމަކީ ރިސޯޓް ހިންގާ ކުންފުންޏަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. ގިލި ލަންކަންފުއްޓަކީ ރާއްޖޭގައި ހިންގާ އެންމެ މަޝްހޫރު، އެންމެ އަގުބޮޑު އެއް ރިސޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓީ

    ތަހުގީގު ފަށައިފި ތޯ. މިފަދަ މައުލޫމާތު ހިމަނާލުން މުހިންމު.

  2. ނެތީމޭ

    އަލިފާނުގެ ހާދިސާއާ ގުޅިގެން ގިލި ލަންކަންފުށިި ވަގުތީ ގޮތުން ބަންދުކޮށްފި ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ތަމެންގެ ވެރިކަމުގައި މުޅިން ވެސް މިދިމާވަނީ ގިލަންވެރި ކަމާއި މޮޅުވެރިކަން ނޫންތޭ ގިލި ލަންކަން ފުށި ރިސޯރޓްގެ ރޫމްސް ތަކަށް ދާން ވޯކް ވޭ އެއް ނެތުން މީ ޓޫރިޒަމް މިނިސްޓްރީގެ ދަ ގަމާރު ކަމާއި ދަ ބީތާ ކަމުން ވާކަންކަމޭ އެފަދަ ވިލާ ތަކުގައި ރޯވުމުން އެފަދަ ވިލާ އެއްގައި ތިބޭމީހުން ވާނީ މަރު ނޫންތޭ އަދި މިކަން ވެސް ދިމާވާނެ މިނިސްޓަރުކޮބާތޭ ދެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ގިލި ލަންކަން ފުށި ބޮޑުންނަށް ގުޅައިގެން މިކަން އޮތްބާލަން އެމެން އަތުން މިލިއަން ޑޮލަރުގެ ކަޓެއް ނަގާ މިކަން އޮތްބާލާ ތަނޭ ފެންނާނީ އެންމެ ދެކުނު ވިންގާރސް ބޯން ޓު ބީ ދަ ފަސްމާމުލު ފަސްވަގުންގެ ދަރިންނޭ ބުނަން މަމެން ނެތީމު ދޯ..

  3. ތަމެންނޭ

    ރާއްޖޭގެ ރިސޯރޓްސް ތަކުގައި އަލިފާނުގެ ހާދިސާ ތައް ހިނގަނީ ޓޫރިޒަމް މިނިސްޓްރީން ކޮންޑަކްޓް ކުރާ އިންސްޕެކްޝަން ޕްރޮގްރާމް ތަކުގައި ބަންޑާރަ އުސޫލު ބޮޑުވެ ކޮރަޕްޝަން އިތުރުވެ ބެލުން ތެރިކަން ކުޑަ ކަމުންނޭ ރިސޯރޓްސް ތަކުގައި އަލިފާނުގެ ހާދިސާ ތައް ހިނގަނީ ގިނައިން ކަރަންޓްގެ މައްސަލަ ތަކާއި ހެދިއޭ އެކަމަކު ރިސޯރޓްގެ ޑައިރެކްޓަރ އޮފް އިންޖިނިއަރިންގް އަދި ޗީފް އިންޖިނިއަރަކަށް ހުންނާނީ ރާއްޖޭން ބޭރު މީހެއޭ އެމީހަކީ ޓެކްނިކަލް ބެކް ގްރައުންޑެއް ނެތް ފޭކް މީހުންނޭ އެކަމަކު މިކަން ބަލަން ޓޫރިޒަމް މިނިސްޓްރީން ބޭނުން ނުވެއޭ ސަބަބަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ތިބެނީ ރިސޯރޓްސް ތަކުގައި ތިބޭ ދޮން ޖީއެމް މެންނަށް އެމެން ގުޅާ ޖީއެމް މެން އަތުން ކަޓް ކާލައިގެންނޭ އަދި ބުނަނީ ރިސޯރޓް އިން ދިވެހިންނަށް މަހަކު 200 ޑޮލަރަށް ވުރެން ބޮޑު މުސާރަ އެއް ދޭ ވަޒީފާ އެއް ދީގެން ނުވާނެ ކަމަށް މިހެން ވުމުން މިހެން ދިމާވާން މިޖެހެނީ މީސީދާ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ޒިންމާ ވާން ޖެހޭނެ ކަމެކޭ ތަމެން ޖެހޭނީ ޕޭކުރަން މިވީ ގެއްލުމަށް..

  4. މަހަށްދޭބަލަ

    ރާއްޖޭގެ އިގްތިސާދީ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް އިބޫގެ ވެރިކަމުގައި ދަށަށް ދާއިރު ވެސް ރާއްޖޭގެ އެންމެ މަޝްހޫރު މީޑިއާ ތަކުން ބަލަނީ އެކަން އޮތްބާލުމަށް ޓަކައި ތާރީޚް ގެ ތެރޭން މީސް މީހުންގެ އިމޯޝަން އާއި ކުޅެލާ ފަދަ ސްޓޯރީސް ތައް ނަގައިގެން ނޫހުގެ ފަލަ ސުރުޚީ އަށް އެކަން އެރުވޭތޯ ކޮބާތޭ އެމްޑީޕީގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައި ހިމެނޭ މާލެ ސަރަހައްދުން ގޯތި ދިނުމުގެ ވައުދު އެއަށް ހޮނުތޭ އެޅީ އެވައުދު ގެ ވާހަކަ ތަމެން ޕޮލިސީ ސެކްރެޓަރީ ނުދައްކަނީ އެއީ ތަމެން ފޫކޮޅު ދަށަށް މާލޭގެ ހުރިހާ ބިން ތަކެއް ލައިގެން އެންމެ ދެކުނު ވިންގްގެ ވަގުންނަށް އެބިން ތައް ދޭންވެގެން ތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...