ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

މިއަދު ހެނދުނުއްސުރެ ވެހެމުންދާ ބޯ ވާރޭގައި މިހާރު އައްޑޫގެ މަގުތަކުގައިވަނީ ހިނގާ ބިގާވެ އުޅުމަށާއި އުޅަދު ފަހަރުގައި ދަތުރު ކުރުމަށް ދަތިވާ ވަރަށް ފެންބޮޑުވެފައެވެ.

އައްޑޫގެ މަގުތުގައި ވާރޭ ވެހުމާއެކު ދާދި އަވަހަށް ފެންގަނޑު ބޮޑުވާއިރު، މިމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން އައްޑޫ ކައުންސިލްއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މިހާރު މަގުތަކުގައި ފެންހެދިފައި އޮތުމާއިއެކު ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލްއިން މަޢުލޫމާތުދެއެވެ.

މިއަދު އިރުއޮއްސި 18:15 އިން ރޭގަނޑު 21:15 ގެ ނިޔަލަށް މެޓް އޮފީހުންވަނީ އައްޑުއަށް ޔެލޯ އެލާޓް ނެރެފައެވެ.

މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރުބާރު

    ހހހ

  2. ޝިޔާމް

    އައްޑޫގައި އޮތީ އެއްވެސް ކަމެއް ކުރާކައުންސިލެއްނޫން. ބާރުނުލިބިގެން ކަންނުކުރެވިގެން އުޅުނީ ބާރުލިބުނީމަ ކުރެވުނީ ކޮންކަމެއް. ގުދުރަތީ ގޮތުން ހިގާކަންކަމައް އިންސާނުންގެ ބާރެއް ނޯވޭ މިއަދު އައްޑޫ ގައި އުޅޭ އެމްޑީޕީގެ މީހުނައް ވިސްނޭނެ ވަކި ސަރުކާރެއް ނޫނީ ވަކިބަޔަކު ކަން ކަން ބަލަހައްޓަން ތިބެގެން ނޫންކަން ކަން ކަން ދިމާވަނީ

  3. ާއަޙްމަދު

    ހީވަނީ ކޮންމެ ރަށެއްގަ މަސް ފެކްޓަރީއެއް ހުންނަހެން. ތިޔައީ ނަމެއް ނެތް ތަނަކަސް ކޮން ބަޔަކު ހިންގި ނުވަތަ ހިންގާ ތަނެއްކަން ބުނެލިނަމަ....